16 އޮކްޓޯބަރ 2022 - 11:57
އިންޑިއާގެ އަސްކަރިއްޔާ އިން ކާމިޔާބު ކަމާއެކު، ބެލިސްޓިކް މިސައިލެއް އަޖުމަ ބަލައިފި އެވެ.
އިންޑިއާގެ ދިފާއި ވުޒާރާ އިން ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު އަޖުމަ ބެލުމުގެ ގޮތުން ބެލިސްޓިކް މިސައިލް އުދުއްސައިލީ، އިންޑިއާގައި އަމިއްލަ އަށް ބަނދެފައިވާ، ނިއުކްލިއާ ހަކަތައިން ދުއްވާ ފުރަތަމަ ސަބްމެރިން ކަމަށްވާ އައިއެންއެސް އަރިހަންތު އިންނެވެ. ސަބްމެރިން އިން ފޮނުވައިލި މިސައިލް އެއަށް ކަނޑައެޅިފައިވާ އަމާޒަށް ބަރާބަރަށް ފޯރި ކަމަށް އިންޑިއާ އިން ބުނެ އެވެ.
އަޖުމަ ބެލި މިސައިލް ފޮނުވައިލީ ބޭ އޮފް ބެންގޯލްގެ ތެރެއިން ކަނޑައަޅާފައި ހުރި އަމާޒަކަށެވެ. އެ އަމާޒަށް މިސައިލް ދަތުރުކުރުމުގައި ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ބަރާބަރަށް ކަމަށާއި މިސައިލްގައި ބޭނުންކޮށްފައިވާ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ވަރަށް ފުރިހަމަ އަށް މަސައްކަތް ކުރި ކަމަށް ވެސް އިންޑިއާގެ ދިފާއީ ވުޒާރާ އިން ބުންޏެވެ.
އިންޑިއާގެ ދުވަހު ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި އެ ގައުމަކީ، ބެލިސްޓިކް މިސައިލުން ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ، ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިން ގެންގުޅޭ ހަ ގައުމުގެ ތެރެއިން އެއް ގައުމެވެ. އަނެއް ފަސް ގައުމަކީ އެމެރިކާ، އިނގިރޭސި ވިލާތް، ރަޝިޔާ، ފަރަންސޭސި ވިލާތް އަދި ޗައިނާ އެވެ.
ހުކުރު ދުވަހުގެ މި އަޖުމަ ބެލުމަކީ އަސްކަރީ އާލާތްތައް އަމިއްލަ އަށް އުފެއްދުމުގެ ގާބިލުކަން ލިބިގަތުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް އެ ގައުމުން ބުންޏެވެ. އަދި މިއީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ ނުފޫޒު ފަތުރަމުން ދިއުމަށް ދެވޭ ރަނގަޅު ރައްދަކަށް ވާނެ ކަމަށް ވެސް އިންޑިއާ އިން ދެކެ އެވެ.
އިންޑިއާގައި އަމިއްލަ އަށް އުފެއްދި، މަތިންދާބޯޓު އުފުލާ މަނަވަރު އައިއެންއެސް ވިކްރާންތު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ޚިދުމަތަށް ނެރެފަ އެވެ. އެ މަނަވަރު ބަނދެ އަޖުމަ ބެލުމުގެ މަރުހަލާތައް ފުރިހަމަ ކުރުމަށް 17 އަހަރު ހޭދަވި އެވެ. ދިގުމިނުގައި 262 މީޓަރު ހުންނަ ވިކްރާންތު އަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އަސްކަރީ އެއް އުޅަނދަށް ވާނެ އެވެ.
އިންޑިއާ އިން އަމިއްލަ އަށް އުފެއްދި، ނިއުކްލިއާ ހަކަތައިން ދުއްވާ ފުރަތަމަ ސަބްމެރިން، އައިއެންއެސް އަރިހަންތު ޚިދުމަތަށް ނެރުނީ 2009 ވަނަ އަހަރު އެވެ. އޭގެ ފަހުން އިންޑިއާ އިން ވަނީ، ސަބްމެރިން އިން ފޮނުވައިލައިގެން އެއްގަމަށް ހަމަލާ ދޭ ޒާތުގެ ދެ މިސައިލެއް އުފައްދައިފަ އެވެ. އޭގެ ތެރެއިން އެއް މިސައިލަކީ 3500 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިގެންވާ މިސައިލެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަބީލް2
17 October 2022
ބަލަގަ ރަށިޔާ ތަޅަނީކީ ޔޫކުރޭން އަކާ އެކަންޏެއް ނޫނޭ. މުޅި ނޭޓޯ އާ ރަށިޔާ އެކަނިން އެ ތަޅަނީ.
ޖުހާ.
16 October 2022
އަހަރުމެން ދިވެހިން އެންމެފަހުން އުފެއްދި މިސައިލް ޓެސްޓުކޮށްލީމަ މޯދީބޭ ބިރުން ރޫރޫލާނެ. ތިއައުޅެނީ ދިވެހި މިސައިލްތަކުގެ ފެންވަރު ނޭނގިގެން.
ގަންނަބިރު
17 October 2022
މޯދީބޭ އެންމެ ބިރުގަންނަނީ މިގައުމުގެ ޔާމީން ކިޔާ މިސައިލެއް ދެކެ.
ޙިނި
16 October 2022
އިންޑިޔާ އަކައް ރަސިޔާ އާ އިދިކޮޅެއް ނެހެދޭނެ، އޭރުން މުޅި އިންޑިޔާ ވަށާލާ ތިބޭނީ ހުސް ހަތުރުން.
ބަތަރމާލޫ
16 October 2022
ރަޝިޔާ އެއުޅެނީ ޔޫކްރޭނަށް އެރުނު މޮޔަ ހިތަށް އަރައިގެން. ރަޝިޔާގެ ނިސްބަތުން ކުޑަ ގައުމަކަށް އަތްގަދަކުރަން އަރާ ސަލާމަތްނުވެވިގެން. އިންޑިޔާއަކާ ކުޅޭކަށެއް ނުކެރޭނެ. ދުނިޔެ އިއާދަކުރެވޭ ހަކަތައަށް ބަދަލުވާން ފެށުމުން ތެލުގެ ބާރު ދާނީ.
ޗަންކީމާރީ
16 October 2022
މިހެންވެތަ އަނެއްކާ އުދަ އެރީ ދިގުރަށަށް؟
ދުމްމ
16 October 2022
ބާރުގެ ތިލަފަތް ހަމަހަމަކަން ތިއިން އެނގުނު އެއްޗަކީ. ބްލޮކް 1 ގަ އެމެރިކާ ފްރާންސް އިނގިރޭސިން. ބްލޮކް 2 ގަ ރަޝިއާ ޗައިނާ އިންޑިއާ.
އަފްރާސިޔާބު
16 October 2022
ކޮބައިތޯ އުތުރު ކޮރެޔާގެ ނަން. އތުރުކޮރެޔާ އަކީ ގައުމެއްކަމަށް އިންޑިއާ ނުބަލަނީތޯ؟ އެމީހުން ދުވާލަކު އެއްޗެއް ކަހަލަގޮތަކަށް ބެލެސްޓިކް މިސައިލް ދެކުނު ކޮރެޔާއާއި ޖަޕާނުމަތިން އެބައުދުއްސާ. ދެން މަނަވަރެއް ބަންނަން 17އަހަރު. ޗައީނާއިން 3އަހަރުގެތެރޭގައި އެންމެމިޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށް ބިޔަ މަނަވަރުތައް އެބަ އުފައްދާ. ދިރާސާ ކުރާ މީހުން ބުނާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭގައި ޗައިނާގެ އަސްކަރީ ގާބިލުކަން އެމެރިކާއަށްވުރެ 2ގުނައިތުރު
އަވެލި
16 October 2022
ސުއްބޫހުން.. ތިއެތި އަނެއްކާ އަހަރުމެންގެ ބޮލަށް ނުވެއްޓިއްޖެއާ ރަގަޅު.