އީރާންގެ ރައީސް އިބްރާހީމް ރައީސީ
17 އޮކްޓޯބަރ 2022 - 11:49
އެމެރިކާއަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ހަމަނުޖެހުމާއި ޓެރަރިޒަމްގެ އަމަލުތައް ފަތުރާ "އެންމެ ބޮޑު ޝައިތޯނު" ކަމަށް، އީރާންގެ ރައީސް އިބްރާހީމް ރައީސީ އިއްޔެ ތުހުމަތު ކުރައްވައިފި އެވެ.
އީރާންގެ ރިއާސީ ގަނޑުވަރުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާންގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަޑީގައި ހުންނެވި އެންމެ އިސް އެކަކީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ކަމަށެވެ. އޭނާ މި މެރުމުން ބައިޑެން އަށް ތުހުމަތު ކުރެއްވީ، އީރާންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އަންހެނަކު މަރުވުމާ ދެކޮޅަށް އީރާންގައި ކުރަމުންދާ މުޒާހަރާތަކަށް ތާއީދު ކުރައްވައި ބައިޑެން ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.
"އަހަރެމެން މިތިބީ އީރާންގެ ހިތްވަރު އަންހެނުންނާއި ރައްޔިތުންނާ އެކުގައި. އީރާނުގައި ހިނގަމުން އެދާ ކަންތަކުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެއް،" އީރާންގައި ކުރަމުންދާ މުޒާހަރާތަކަށް ތާއީދު ކުރައްވައި، އެމެރިކާގެ ރައީސް ބައިޑެން މިދިޔަ ހުކުރު ދުވަހު ވިދާޅުވި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އީރާންގެ އާންމުން މުޒާހަރާ ކުރަމުން އަންނަނީ، ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް މިދިޔަ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި، މަހްސާ (ޒީނީ) އަމީނީ، 22، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި އަނިޔާތަކުގެ ސަބަބުން މަރުވުމާ ގުޅިގެންނެވެ. އޭނާ މަރުވީ، ފުލުހުންގެ އަނިޔާތަކުން އޭނާގެ ސިކުޑިއަށާއި އެތެރެ ހަށްޓަށް ލިބުނު ގެއްލުންތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު އެވެ.
ސެޕްޓެމްބަރ 19، 2022: ސަރުކާރުގެ މިންގަނޑާ ޚިލާފަށް ބުރުގާ އަޅައިގެން އުޅެނިކޮށް، އީރާންގެ ފުލުހުން ހައްޔަރުކޮށް އަނިޔާކުރުމުގެ ސަބަބުން އަންހެނަކު މަރުވި މައްސަލައިގައި، އާންމުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރުމުގެ ތެރޭގައި ފުލުހުންގެ އުޅަނދެއްގައި ރޯކޮށް އަންދާލަނީ. --އޭއެފްޕީ
"އެހެން ގައުމެއް ނައްތައިލުމަށާއި އެހެން ގައުމެއްގައި ހަމަނުޖެހުމާއި ބިރުވެރިކަން ފެތުރުމަށް ބާރުއަޅަމުން އަންނަ، އެމެރިކާގެ ރައީސްގެ ވާހަކަތަކުން، އަހަރެމެންގެ ހަނދާން އައުކޮށްދެނީ، އެމެރިކާއަކީ އެންމެ ބޮޑު ޝައިތޯނާ ކަމަށް، މި އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ (އާޔަތުﷲ ރޫހުﷲ ޚުމައިނީ) ވިދާޅުވި ވާހަކަފުޅު،" ރައީސީގެ ބަޔާނުގައިވެ އެވެ.
"ރައްޔިތުންގެ މައްސަލަތައް ހައްލުކުރުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައިގެން، ދުޝްމަނުންގެ އެ ރޭވުންތައް އަހަރެމެން ނާކާމިޔާބު ކޮށްލާނަން."
މަހްސާ އަމީންގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އެ ގައުމުގެ ސަލާމަތީ ބާރުތަކުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން، މިހާތަނަށް 135 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މަރުވި މީހުންގެ ތެރެއިން ގިނައީ މުޒާހަރާތަކުގެ ބައިވެރިންނެވެ. އޭގެ އިތުރުން މުޒަހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ފުލުހުންގެ ބައެއް މީހުން ވެސް މަރުވެފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ގޮވަމުން ދަނީ އަންހެނުންނާ މެދު ސަރުކާރުން ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި، މަޖުބޫރުކޮށްގެން ބުރުގާ އެޅުވުމުގެ އުސޫލު ނިމުމަކަށް ގެނައުމަށެވެ. އަދި އަންހެނުންނަށް އިތުރު މިނިވަންކަން ދީ، މުޖްތަމައުގައި ހަމަހަމަކަމާ އެކު އަންހެނުންނާ މުއާމަލާތު ކުރުމަށް ވެސް، މުޒާހަރާގެ ބައިވެރިން ގޮވައިލަ އެވެ.
މުޒާހަރާތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އަޅަމުން ދާ ފިޔަވަޅުތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދު މިހާތަނަށް ހާހަކަށް ވުރެ މަތިވެދާނެ ކަމަށް، އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އަމިއްލަ ޖަމާއަތްތަކުން ލަފާކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
hasan
18 October 2022
ސާބަހޭ ! ތީ ފާރިސީން ދޫކުރާނެ ކަމެއްނެތް . ތިހެން ބުނެލަން ކެރޭނެ ދެވަނަ ގައުމަކީ މެލޭޝިއާ !
ރަދީފްއޮފިޝަލް
18 October 2022
ކޮބާ ސަލީމް އިދްރީސް؟؟ ބްރޯއަށް ފެނޭތަ؟؟
ނަރްގިސް
17 October 2022
ހޫން. އެއްކަލަ އީރާން. ވާހަކައިން ހުރިހާ ކަމެއް ކުރާ. ވަރަށް އަޑުގަދަ ވާނެ. ކުޑަމިނުން ދިފާޢުގަވެސް ކުރެވޭނެ ކަމެއް ނެތް. ކޮމާންޑަރަށް ހަދާލި ގޮތް ވިސްނާ. ރައްދުގައި ހުޅަނގާ ދެކޮޅަށް އެއްކަމެއްވެސް ނުކުރެވުނު.
އެންޓި ލީ
17 October 2022
ކޮމާންޑަރު މަރުވުމުން ރައްދުގައި އެމަރިކާގެ 2 ބޭހަކަށް މިސައިލްހަމަލާދީ ބޭހުގެ ކޮންޓްރޯލް ރޫމާއި 3 ބަންކަރު އަދި ރަންވޭ ތައް ގޮއްވާލި އަދި އެމަރިކާގެ ބައެއް އުޅަނދުތަކުގައި އަލިފާން ރޯވި ޕެންޓަގަން ބުނަނީ އެތައް ސަތޭކަ ސިފައިންނެއް ސީރިއަސް ބޮޑެތި އަނިޔާ ލިބިގެން ފަރުވާ ދޭން ކައިރިގައުމުތަކަށް ގެންދިޔަކަމަށް ނޭގޭ އަނެއްކާ ބައިވަރު ސިފައިން މަރު ނުވާ ކަމެއް އެމަރިކާ ހަވާލެއްނުވި. ނަރުގިސް ހަބަރު ތި ބަލަނީ އެއް ގަނޑުން
ގެދާނޯމޮސް
17 October 2022
ސުޕަރ ބަރުތަކަށް ހަތިޔާރުދީ ބާރުގަދަ ކޮށްދީ ނަންމަޝްހޫރު ވާއިރު ކުޑަ އިޒްރޭލުގެ މުސްލިމް ބިންތަށް ރަޝިޔާ ގޮތަށް ނަގައިދޭން ތިގަންނަ ބިރަކީ ޝައިތާނާ ދެކެ ގަންނަ ބިރެވެ.
ޒަބޫރު
17 October 2022
އަހަންނަށް ނުވިސްނުނު ތީކީ އެއްޗެއް؟
ބީރުބޮލު ވަޒީރު.
17 October 2022
ބަޔަކާ ހަސަދަވެރިވިއަސް ތިއީ ބޮޑުވަރު. އީރާނު އަތުގަ ހަތިއާރު އެބަހުރި. ޓެކުނޮލޮޖީ އެބައޮތް. އެކަމަކު އީރާނުގެ ވެރިން ސައްދާމުހާ މޮޔައެއްނޫން. އިޒްރޭލަށް ހަމަލާދިނުމަކީ މުޅިދުނިޔެއަށް ހަމަލާދިނުންފަދަ ކަމެއް. އޭރުން އީރާނާ ދެކޮޅަށް އެމެރިކާ މުޅި ޔޫރަޕު ނިކުންނާނެ. އެމީހުންނާ ބައިވެރިވެގެން އަޑިންނާއި މަތިން ގުޅިގެން ހުރިހާ ޢަރަބި ސުންނީ ޕުރިންސުން ނިކުންނާނެ. ދުނިޔޭގެ ޖިއޯ ޕޮލިޓިކުސް ނޭނގެންޏާ ކޮސްނުގޮވާ ހުރެބަލަ.