ޚަބަރު / ޕީޖީ އޮފީސް

"ވާނުވާގައި" 300 އަށް ވުރެ ގިނަ މީހުން؛ ގިނައީ ޑްރަގް ވިޔަފާރި އަދި ކުޑަކުދިންނާ ބެހޭ މީހުން

ފުލުހުންގެ ބެލުމުގެ ދަށަށް މީހުން ގެންދަން ފުލުހުންގެ ވެހިކަލަކަށް މީހަކު އަރުވަނީ: ވާނުވާ ބަންދުގައި 300 އަށްވުރެ ގިނަ މީހުން ތިބި އިރު އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުން. -- މިހާރު ފައިލް ފޮޓޯ

ވަކި މުއްދަތެއް ނެތް "ވާނުވާ" ބަންދުގައި 300 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން މިއަދު ބުނެފި އެވެ.

ވާނުވާ ބަންދުގައި ތިބި މީހުންގެ އަދަދާ ބެހޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން ޕީޖީ އޮފީހުން ހިއްސާކުރި ތަފާސްހިސާބުން އެނގޭ ގޮތުގައި ވާނުވާ ބަންދުގައި މިދިޔަ މަހުގެ ނިޔަލަށް ތިބި މީހުންގެ އަދަދަކީ 329 އެވެ.

އޭގެ ތެރެއިން 117 މީހުންނަކީ މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ މީހުންނެވެ. އަދި 108 މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންނެވެ.

ދެން އެންމެ ގިނައީ މީހުން މެރުމުގެ މައްސަލަތަކުގައި "ވާނުވާ ޖަހާފައި" ތިބި މީހުންނެވެ. އެއީ 42 އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރު ހއ. އަށް ކުރައްވާ ދަތުރުފުޅުގައި، ކޯޓުން މީހުންނަށް ބަންދު ޖެހުމުގައި ގެންގުޅޭ އުސޫލަށް ފާޑު ވިދާޅުވެ އިހަވަންދޫގައި، އިއްޔެ ރޭ ވާހަކަފުޅު ދައްކަވަމުން ވަނީ ޕީޕީއެމްގެ ވެރިކަމެއްގެ ފުރަތަމަ 10 ދުވަސް ތެރޭ، ވާނުވާ ބަންދުގައި ތިބި އެންމެން މިނިވަން ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

ސުލްހަވެރިކަމާ އެކު އެއްވެ، ހިޔާލުފާޅުކުރާ މީހުން ހައްޔަރުކޮށް، ކޯޓުތަކުން ބަންދުގެ މުއްދަތު ޖެހުން ހުއްޓާލަންޖެހޭ ކަމަށާއި ބަންދުކުރަން ޖެހޭނީ މުޖުތަމައަށް ނުރައްކާތެރި މީހުން އެކަނި ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަނިކުފާނުގެ ވެރިކަމެއްގައި ގާނޫނުތަކުން އެކަން ކަށަވަރު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި ބަދަލަކުން މިހާރު ވެސް ބަންދުގައި ހުންނަ ކޮންމެ މީހެއްގެ ބަންދު ކޮންމެ 30 ދުވަހަކުން މުރާޖައާކޮށް، ބަންދާ މެދު އަލުން ގޮތެއް ނިންމަން ޖެހެ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އާދައިގެ ކުށްތަކުގައި އެއްފަހަރު ބަންދު ޖެހުމަށް ފަހު ދެވަނަ ފަހަރަށް ބަންދު ނުޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ދައުވާ ކުރަން ޖެހޭނެ އެވެ.

ޕީޖީ އޮފީހުގެ ހިސާބުތަކުން އެނގޭ ގޮތުގައި މުޒާހަރާކުރުން ނުވަތަ އަމަން ނަގައިލުން ފަދަ ކަމެއްގައި ވާނުވާ ބަންދަކު މިހާރު އެއްވެސް މީހަކު ނެތެވެ.

ވާނުވާ ބަންދުގައި ތިބި މީހުން (ސެޕްޓެމްބަރު 2022)

● ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރުން: 117

● ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން: 108

● މީހުން މެރުން: 42

● ތޫނު ހަތިޔާރު ބޭނުންކޮށްގެން ހާނިއްކަވާ ގޮތަށް މާރާމާރީ ހިންގުން: 24

● ޓެރަރިޒަމް: 23

● ޖިންސީ ގޯނާކުރުން: 4

● ވައްކަން/ފޭރުން: 3

● ރޭޕްކުރުން: 2

ދެން ހިމެނެނީ ނުކުޅެދުންތެރިކަން ހުރި މީހަކާ އެކު ޖިންސީ އަމަލު ހިންގުމާއި ރައްކާތެރިކަމުގެ އަމުރާ ހިލާފުވުމާއި އަނިޔާއެއް ދިނުމާއި އެއްޖިންސުން ގުޅުން ހިންގުން އަދި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމާއި ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ މައްސަލަތަކުގައި ތިބި މީހުންނެވެ. އެ އިން ކޮންމެ މައްސަލައެއްގައި ވެސް ހިމެނެނީ އެންމެ މީހެކެވެ.

ހުސަން ޝަމީމް ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ބަންދު މުރާޖައާ ކުރަން ފައްޓަވައި އެތައް ބަޔަކު ބަންދު ދޫކުރައްވައިފަ އެވެ. ޕީޖީން ދެކޭ ގޮތުގައި ބޮޑެތި ކުށްތަކުގައި ނޫނީ ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްގެން ނުވާނެ އެވެ.

30 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 9%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތޔކހ

18 October 2022

ޑޮޅަރު ނެތިގެން މިސަރުކާރުން އަޕް ގްރޭޑް ކުރަނީޔޭ ކިޔައިފަ ބޭރުން އެއްޗެހި ނުގަނެވޭގޮތް ހަދާގެން އުޅެނީ

The name is already taken The name is available. Register?

ޖާބެ

17 October 2022

ކޮބާ އިންސާފަކީ ވާނިވާޖެހުންތަ މިއީ ނިޒާމް ފެއިލްވުން އަދި ތަހުޤީޤީ އިދާރާތަކުގެ ނާޤާބިލްކަން މިކަމުން ދޭހަވަނީ އަނިޔާވެރިކަން ތަހުޤީޤުކޮށް ކޯޓުމަރުހަލާ ނިންމަން ގަރުނެއް މިއީތޯ އަދުލުވެރިކަމަކީ.. ފަނޑިޔާރުންވެސް މިކަމުގަ ނާޤާބިލްކަން މިފެންނަނީ.، ސާބިތުނުވަންޏާ ދޫކޮށްލަންޖެހޭނީ ޑްރަގެއް މީހުންނާބެހިމެއް އަދި ވައްކަމެއް އިސްތިސްނާއެއްނުވާނެ ސާބިތުނުވާކަމަކައް އަދަބުދެވިގެންނުވާނެ

The name is already taken The name is available. Register?

ގަމާރު މަކަރު ޕީޖީ

17 October 2022

ވާނުވާ ޖަހާފަ އެބަތިއްބޭ ކުޑަ ކުއްޖަކާ ބެހުނޭ ބުނެ ދޮގު މައުލޫމާތު ދީގެން އާއިލީ ހަސަދަވެރިކަމުގެ ތެރޭންވެސް. މައްސަލާގެ ނަމުގެ ބޮޑުކަމުން އިންސާފު ހޯދަދޭން ބޭނުންނުވެ އެބަތިބި. ވާނުވާ ޖަހާފަ އެބަތިއްބޭ އަތުގައި 50 ލާރި ނޯންނަ މަންމަ ބައްޕަ ދިނީމަ ކާގެން އުޅުނު ސޮރުން. ރައްޓެހިންގެ ބަހަށް އެއީ އެނާގެ ތަކެތިކަމަށް އެއްބަސްވެއްޖެ ނަމަ ސަލާމަތްކޮށްދޭނެ ކަމަށް ބުނުމުން ހެއްލިގެންވެސް. އިންސާފު ގާއިމު ކުރާކަށް ނޭނގެ އެމްޑީޕީ ސަރުކާރަކަށް.

The name is already taken The name is available. Register?

ވާނުވާ ގައިދީން ޖަމިއްޔާގެ ނޫސް ބަޔާން

18 October 2022

ހުރިހާވެސް ނުބަޔަކީ ޑްރަގު ފައިސާ ނަގާ ލޯޔަރުންނާ ކަމާބެހޭ ފަރާތްތައް އަނދިރި މަންމަނު ބަޔަކަށްވުން. ލޮޖިކެއް ނެތް ކަމަކަށް އަދަބު ދެނީ ތިމާމެންގެ ސިކުނޑިވެސް އެކަމަށް ބޭނުން ކުރަން ބޭނުން ނުވާތީ. ﷲ މޮޅަށް ދެކެ ދެނެވޮޑިގެންވޭ އަދި މަޙުޝަރުގެ މައިދާނުގައި އެފަދަ ވެރީންނަށް ސަލާމަތެއް ނެތްކަން އިންޒާރުކުރަން. ނުހައްގު އަދަބު މިދުނިޔޭގަ ދެވިދާނެ. ގާނޫން ތަކުގެ ނާޖާއިޒް ފައިދާ ނަގާ މީހުންނާ ދެކޮޅަށް ތެދުވެ އިންސާފު ގާއިމު ކުރާނެ ޖަމިއްޔާއެއް ބޭނުންވޭ

The name is already taken The name is available. Register?

ސެންޓިމެންޓު

17 October 2022

ސެންޓިމެންޓު ބުނަނީ ތިކަން ކުރަނީ ރަގަޅަށް ކަމެވެ. ޑްރަގްމައްސަލަތަކުގައި އެންމެ ރަގަޅު ގޮތަކީ ވާނުވާ ޖެހުމެވެ. މުޅި އުމުރަށް ޖެހުން ރަނގަޅު.

The name is already taken The name is available. Register?

ވަހީދު

17 October 2022

ކުށުގެ ބާވަތް އަދި ކިތަންމެ ގޯސްވިޔަސް، ޢަމަލު ކުރަން ޖެހޭނީ ގާނޫނުގައި އޮންނަ ގޮތަށް. އެހެން ނޫނީ ބާރުގަދަ މީހާ

The name is already taken The name is available. Register?

ޕްރިންސް ވާނުވާ

17 October 2022

ވާނުވާ ޖަހާފަވަނީ އޭ.ޑީ.ކޭ ކައިރިން ފޮށުނު މީހާއަށްވެސް އޭނާ ފޮށުނީ ކިހިނެތް ވެގެން ކަމެއް ނޭގޭ، ސުވާލަކީ އޭ.ޑީ.ކޭ ކައިރިންގ ފޮށިގެން އޭނާ ދިޔަ އަމީނިއްޔާ ސޫކުލް އާ ހަމައަށް، އަންހެން މީހާ ކޮންމެވެސް އެއްޗެކޭ ބުނީމާ އޭނާ އެހިސާބުން ފެށިގެން އަމީނިއްޔާ ސުކޫލް އާ ހަމައަށް ދާނީ، އަންހެން މީހާ ވީޑިޔޯ ކޮށް ޓްވީޓާއަށް ލީމާ އެމީހާ ހައްޔަރު ކޮށް ވާނުވާ ޖަހާފަވަނީ

The name is already taken The name is available. Register?

ކުރިޔަށް 2023

17 October 2022

ތިޔަ ބުނީ ހެޔޮކޮށް، މިކަހަލަ ކިތައް މީހުން ވަނީ ޓްވިޓަރ ޕޮލިސް އިން ހައްޔަރު ކޮށް ވާނުވާ ބަންދު ކޮށްފަ، އެމީހުންގެ ކުށަކީ ކޮބާކަން އެމީހުންނަށް ނޭގި

The name is already taken The name is available. Register?

ވަޒީރީ

17 October 2022

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބުނާގޮތުން ބަންދުގައި ހުންނަމީހާ ގެ ބަންދަށް 45 ދުވަހުގައި ދައުވާ އުފުލަން ޖެހޭ. އެހެންވީމާ މި އެންމެންނަކީ ވެސް މި މުއްދަތުގައި ދައުވާ އުފުލިފަ ތިބި މީހުން ކަމަށް ބެލެވޭ. މި މުއްދަތުގައި ދައުވާ ނޫފުލައިފި ނަަމ ދެން ދައުވާ އެއް ނުކުރެވޭ. ކޯޓް ތަކުގެ ސުޕީޑް ދަށްކަމުން މައްސަލަތަށް ދިގުލައިގެންދާ ކަމަށް އަޅުގަނޑަށް ފެންނަނީ

The name is already taken The name is available. Register?

ޖާބެ

17 October 2022

މިއީ ވެސް ވިޔަފާރީގެ މާކެޓެއް އެވެސް އިންސާނުންނައް އަނިޔާވެރިވުގަ ޖަލުގަ މީހުންގޮނަވުމަކީ ވިޔަފާރިއެއް އަދި ލޯޔަރުން ޖަޖުންގެ ވަޒީފާވެސް ދެމިއޮއްނާނީ މައްސަލަގިނަވި ވަރަކައް

The name is already taken The name is available. Register?

ބޮޑުމީހާ

17 October 2022

ކޮންމެ ދާއިރާއެއް ބެލިކަމުގަވިޔަސް ދައުލަތުގެ ފެއިލިއަރ މި ފެންނަނީ. ގާނޫނުތަކާއި ގަވާއިދުތައް ހަދައިގެން ކަމެއް ހުއްޓުވޭނަމަ މިގައުމުގަ އެވަރަށް ގާނޫނު އަދި ތަންފީޒުކުރާނެ މުއައްސަސާތައް އެބަހުރި. ވާނުވާ ލިސްޓްގަ އެތައް ބަޔެއް، ކޮރަޕްޝަން ލިސްޓްގަ އެތައް ބަޔެއް، ޑޮކްޓަރައްދައްކަން ކިޔުގަ އެތައް ބަޔެއް، ބޮޑެތި މުސާރަ ނަގައިގެން މުއައްސަސާތަކާއި ހަވާލުވެތިބޭ މީހުން ޒިންމާ އަދާކުރާނަމަ މި ލިސްޓްތަކެއް މިހާ ދިގެއް ނުވާނެ!

The name is already taken The name is available. Register?

ކިއްލި

17 October 2022

ޔާނުވެސް ބޭނުނީޔެ ދޯ

The name is already taken The name is available. Register?

ތައްޓޭ

17 October 2022

އެމީހުންނަކީ ކުރީގެ ސަރުކާރުން ޙިމާޔަތް ކޮށްފައިވާބައެއް، އެމީހުންގެ ވާހަކަ މުހިންމުވާނެ، އެވިޔަފާރިއަކީ ސީދާ ބައިއެޅިގެން ހިންގޭ ރަޙުމެއްނެތް ޙަރާމް ވިޔަފާރިއެއް އެހެންވީމާ ގައުމަށް ވާނެގޮތް ހިތައް ގެންނަވާ، ސިލްސިލާ ގޮތެއްގައި ހިންގަމުން އައި އެނުބައި ވިޔަފާރިއަށް މިއަދު ފުލުހުންގެ ހިތްވަރުން ޓަނުން ޓަނުން އަތުލައި ގަންނަން ފެށުމަކީ އެފަދަ މީހެއްގެ ހިތައް ކެތްކުރެވޭނެ ކަމެއްތޯ؟

The name is already taken The name is available. Register?

އަފްރާސިޔާބު

17 October 2022

ޓަނުން ޓަނުންވިޔަސް އެމީހުން ބަންދުކޮށްގެން ގެންގުޅުމަކީ އެމީހުންގެ އާއިލާއަށް ލިބޭ ނިކަމެތިކަމެއް. އާމްދަނީ ހޯދަން މަސައްކަތްކުރާ އުމުރުގެ އެންމެން މުއްދަތެއް ނެތި ޖަލުގައި ތިބުމަކީ ހެދޭ ވަރަށް ބޮޑުގޯހެއް. އެގޮތަށް ބަންދުގައި ވާނުވާގައި ބައިތިއްބަންޏާ ބައިތިއްބަން އެންމެ ރަނގަޅީ ވެރިކަމާ ތޮޅޭ މީހުން. އެމީހުން ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަމަށް އަރާފައި ދައުލަތް ދަވާލަނީ. މަށަށް ވެރިކަން ލިބިއްޖެއްޔާ ވެރިކަމާ ތޮޅޭ އެންމެން ޖަލަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454