ދުނިޔެ / ނައިޖީރިއާ

ނައިޖީރިއާގައި ފެން ބޮޑުވެ 600 މީހުން މަރުވެއްޖެ

18 އޮކްޓޯބަރ 2022 - 10:17

2 comments

ނައިޖީރިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ބޮޑު ސަރަހައްދެއްގައި ފެން ބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ގޮސް ކިސަޑު ފޭބުން ފަދަ ހާދިސާތައް މެދުވެރިވެގެން މިހާތަނަށް 603 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ނައިޖީރިއާ އިން ބުނި ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން ފެށިގެން އެ ގައުމަށް ކުރަމުން ދާ ވިއްސާރައަކީ މިދިޔަ 10 އަހަރުގެ ތެރޭގައި ޖެހުނު އެންމެ ގަދަ ވިއްސާރަ އެވެ. އެ ގައުމުގެ ހިއުމެނިޓޭރިއަން އެފެއާޒް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް، ސާދިޔާ އުމަރު ފާރޫގު ވިދާޅުވި ގޮތުގައި މިދިޔަ އާދީއްތަ ދުވަހުގެ ނިޔަލަށް 603 މީހަކު މަރުވެ 2407 މީހަކު ވަނީ ޒަޚަމްވެފަ އެވެ.

ނައިޖީރިޔާގެ ރައީސް މުހައްމަދު ބުޚާރީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް، ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް މިހާރު އަންގަވާފައިވާނެ ކަމަށެވެ.

ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެ ގެތައް ފެނު އަޑީގައި ހުރުމުން، ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދިއުމުގެ ސަބަބުން 1.3 މިލިއަން މީހުން ވަނީ އެކި ސަރަހައްދުތަކަށް ވިއްސިވިހާލިވެފަ އެވެ. އަދި 82000 އަށް ވުރެ ގިނަ ގެވަނީ އެއްކޮށް ހަލާކުވެފަ އެވެ. އޭގެ އިތުރުން 108000 ހެކްޓަރު ގެ ދަނޑުބިން މުޅިން ހަލާކުވެ، 332000 ހެކްޓަރުގެ މަގުތަކާއި އިންފްރާސްޓްރަކްޗާ ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް ދުރާލައި އިންޒާރު ދިނުމުން ވެސް، ގިނަ ސްޓޭޓްތަކުން އެކަމަށް ތައްޔާރެއް ނުވުމުގެ ސަބަބުން ލިބެމުން ދަނީ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތަކެކެވެ. އަދި ހާލުގައި ޖެހިފައިވާ މީހުން އަނބުރާ ދިރިއުޅުމުގެ އާންމު ހާލަތަކަށް ގެންދިއުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ގައުމުގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ބައެއް ސްޓޭޓްތަކަށް އަދިވެސް އިތުރު މަހެއްހާ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. މިހާރު ފެން ބޮޑުވެފައިވާ ބައެއް ސަރަހައްދުތަކުގައި ގެތަކުގެ ފުރާޅާ ހަމައަށް ފެންގަނޑު ބޮޑުވެފައިވާ އިރު، ފުރާނަ ސަލާމަތްކުރުމަށްޓަކައި ބައެއް މީހުން އަރައި ތިބީ ފުރާޅުތަކުގެ މަތީގަ އެވެ. ބައެއް މަގުތަކުން މިހާރު ފެންނަން ހުރީ ޕާކްކޮށްފައި ކާރުތަކުގެ ފުރާޅުތައް އެކަނި ކަމަށް ނޫސްތަކުން ރިޕޯޓްކުރެ އެވެ.

އެ ގައުމުގެ ތިމާވެއްޓާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ފެން ބޮޑުވުމަށް މެދުވެރިވި ހަމައެކަނި ސަބަބަކީ ބޯކޮށް ވާރޭ ވެހުމެއް ނޫނެވެ. އެ ގައުމުގެ އިރުމަތީ ފަރާތުން އިއްވެގެން އޮތް ކެމަރޫންގައި ހުންނަ ބިޔަ ޑޭމް އިން ދޫކޮށްލާ ފެންގަނޑުގެ ސަބަބުން ވެސް، ނައިޖީރިއާގައި ފެން ބޮޑުވުމަށް މެދުވެރިވެ އެވެ.

ކެމަރޫންގެ އުތުރު ކޮޅުގައި ހަދާފައި ހުރި ޑޭމް ހުންނަނީ، ދެ ގައުމު ގުޅޭ ހިސާބުގެ އުސް ސަރަހައްދެއްގަ އެވެ. އެހެންކަމުން، އެ ޑޭމުން ދޫކޮށްލާ ފެންގަނޑުގެ ބޮޑު ބައެއް ފައިބައިގެން ދަނީ ނައިޖީރިއާގެ ތެރެއަށެވެ. ކެމަރޫން އިން 1980ގެ އަހަރުތަކުގައި އެ ޑޭމް ހެދި އިރު، ނައިޖީރިއާއާ އެކުގައި އެއްބަސްވެފައި އޮތީ، އެ ޑޭމުން ދޫކޮށްލާ ފެންގަނޑު ކޮންޓްރޯލް ކުރުމުގެ ގޮތުނ ނައިޖީރިއާ އިން ވެސް އެ ސަރަހައްދުގައި ހަމަ އެފަދަ ޑޭމެއް ހެދުމަށެވެ.

ނަމަވެސް އޭގެ ފަހުން 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވެގެން ދިޔައިރު ވެސް، ނައިޖީރިއާ އިން އެ ސަރަހައްދުގައި ޑޭމް ނުހެދުމުގެ ސަބަބުން، ކޮންމެ އަހަރަކު ވެސް ބޮޑު ސަރަހައްދެއްގައި ފެންބޮޑުވުމަށް މެދުވެރިވެ އެވެ.

އާބާދީގެ ބޮޑު ބައެއް މިހާރު ވެސް ހައިހޫނުކަމުގައި އުޅެމުން ދާއިރު، ފެން ބޮޑުވުމުގެ ސަބަބުން ދަނޑުބިންތައް ހަލާކުވެ ކާބޯތަކެތި އުފެއްދުމަށް ހުރަސްއެޅިފައިވުމުން، އެތައް ލައްކަ ބަޔަކު ހާލުގައި ޖެހޭނެ ކަމަށް އަންދާޒާ ކުރެވެ އެވެ.

2 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހާމިން ސަލީމް

19 October 2022

ނައިޖީރިޔާ އަކީ މުސްލިމުން ގިނަ ގައުމެއް. ވަރައް ދެރަ. އެކަމު އަހަރުމެންނަކީ ވަރައް ރޭސިސްޓް ބައެއް. އެހެން ކަމުން ޕާކިސްތާނައް އެހީ ފޯރު ކޮއްދިނަސް، ކަލޭމެންނަކައް އެހީ ގެ ވާހަކަ ބުނެލާނެ މީހަކުވެސް މި ގައުމަކު ނޫޅޭނެ. ސަލާން ބުނެލެފާނެ!

The name is already taken The name is available. Register?

ށަވިޔަނި

18 October 2022

ވަރަށް ހިތާމަކުރަން. މިފަދަ ކާރިސާތަކުން އެންމެން ރައްކާތެރިކުރެއްވުން އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454