ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް--ފޮޓޯ: މަޖިލިސް
19 އޮކްޓޯބަރ 2022 - 09:54
ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ވަސީލަތްތައް ގާއިމްކުރުން ކަމަށާއި އެކަންކަމުގެ ނަތީޖާ ހަ އަހަރު ފަހުން ފެންނާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން އެންމެ ބޮޑު ސަމާލު ކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ބޮޑު ދަނޑުތައް ގާއިމް ކުރުން ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން އެއްކޮށް ނިމުމަކަަށް އައިސްފައިވާ ކަމަށާއި ފުޓުބޯޅައިގެ ބަދަލުގައި މިނީ ފުޓުބޯޅަ ދަނޑުތަކެއްގައި ކުޅެމުން އަންނަނީ ފުޓްސަލް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"އުއްމީދު ކުރަނީ މިހާރު މި ގާއިމް ކުރެވޭ ވަސީލައްތަކުގެ ނަތީޖާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން ފެނިގެން ދާނެ ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.
ދިވެހި ގައުމީ ޓީމާ ދެކޮޅަށް ގިނަ ލަނޑުތަކެއް ވަންނާތީ ސީދާ މިނިސްޓަރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެކަމުގެ ކަންބޮޑުވުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީ އާ ވެސް ހިއްސާ ކުރެއްވި ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ސަރުކާރުން ފުޓްބޯޅަ އަށް އެހާ ވަރަށް އިންވެސްޓު ކުރާ އިރު ފުޓްބޯޅަ ޓީމު ވީހާވެސް ރަނގަޅަށް ތައްޔާރު ވެގެން ދެވޭ ގޮތަށް އިންތިޒާމް ކުރުން މުހިންމު،" މަހުލޫފް ވިދާޅުވި އެވެ.
އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގައި އެތައް މިލިއަން މީހުން އެބަތިބި ކަމަށާއި އެ މީހުން ފުޓްބޯޅަ އަށް ވެސް އެތައް މިލިއަނުން ހަރަދު ކުރާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. ކުރިޔަށް އޮތް ތަނުގައި އެ ގައުމުތަކާ އެއް ހަމައަށް އައުން ވަރަށް ބޮޑު އުނދަގުލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހުލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީ ޕްރޮޖެކްޓެއްގެ ތެރެއިން ގަލޮޅު ދަނޑު އެކީ ތަޅާލައި އާ ދަނޑެއް އެޅުމުގެ މަޝްރޫއު ވެސް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އެކަން ކުރާނީ ހުޅުމާލޭގައި އޮތް ދަނޑުގައި ކުޅެވޭނެ ސެޓަޕްތައް ހެދުމަށް ފަހުގައި ކަމަށާއި އެއަށް ފަހު ރަނގަޅު ފެންވަރެއްގެ ދަނޑެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
"ނޭޝަނަލް ބާސްކެޓް ބޯލް އެރީނާ ވޮލީބޯލް ޓޭބަލް ޓެނިސް ސެންޓަރު އަދި ކުޅުދުއްފުށީ ހިތަދޫ ފުވަމުލަކުގައި ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް ދޭ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީ ކޮޅު މަސައްކަތްތައް ފެށިގެން ދާނެ،" މަހުލޫފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޓުބޯޅަ
20 October 2022
ކުރީގައި ފުޓުބޯޅަ ކުޅުނީ ވެލިދަނދުގައި، ހެންވޭރު ،މާފަންނު ދަނޑު ބޭނުން މީހަކަށް ކުޅެން އޮވޭ،ވަކި މީހެއްގެ ހުއްދައެއް ހޯދާކަށެއްވެސްނުޖެހޭ.މިހެންވުމުން ގިނަވެގެން ކަމެއްނެތް ފޫހިވެފައި އުޅޭކުދިން ޑްރަގް ނޫނީ މާރާމާރީއާއިދިމާލަށް ދިއުމުގެބަދަލުގައި އެދަނޑުތަކަށްގޮސްއެ އެނަރޖީތަށް ދުއްވާލަނީ ފުޓުބޯޅަކުޅުމުގައިއެވެ. އެކުދިންގެމެދުގައި އެކުވެރިކަން އާލާވެސްވޭ. ދަނޑުތަށް ވަކިބަޔަކާއި ހަވާލުލުކުރުމުން، ރަނގަޅުނޫންމަގުން ގިނަ ޒުވާނުންދާތަންމިފެންނަނީ
ފުޓުބޯޅަ
20 October 2022
ރާއްޖޭގައި ބެން ފުޓުބޯޅަ އެންމެއަވަހަށް ކުރިއަރާނީ 1- ބައްސާމް އާއި އޭނަގެ ޓީމް އެފް.އޭ.އެމް އިން ބޭރުކޮށްގެން 2- ބައްސާމް އާއި އޭނަގެ ޓީމް އެފް.އޭ.އެމް އިން ބޭރުކޮށްގެން 3- ބައްސާމް އާއި އޭނަގެ ޓީމް އެފް.އޭ.އެމް އިން ބޭރުކޮށްގެން 4- ބައްސާމް އާއި އޭނަގެ ޓީމް އެފް.އޭ.އެމް އިން ބޭރުކޮށްގެން 5- ބައްސާމް އާއި އޭނަގެ ޓީމް އެފް.އޭ.އެމް އިން ބޭރުކޮށްގެން. ދިވެހިޤައުމުގެ ފުޓޫބޯޅަދެކެ ލޯބިވާނަމަ މިކަންތަށް ކޮށްދީ އާދޭސްކޮށްފައިބުނަން. މިނޫންގޮތެއްނެތް
ކިހާބޮޑުކަމެއް
20 October 2022
ކޮބާހޭ ކޮބާހޭ ތިޔައަޅާ ބޮޑެތި ދަޑުތައް. ޢެހަވަރަށް އިންވެސްޓްކުރަނީ އޭ، ކިހާވަރެއް، ކޮންތާކުން ހޯދައިގެން؟ މީހުންނަށް މުސާރަނުދީ، މޮޑަން ސްލޭވަރީ ހަދައިގެންދޯ! މީގެ 6އަހަރު ފަހުންވެސް ބުނާނީ ހަމަ ގޯލުފުންޏެއްވަނަސް ކަލޭމެންކުރާނެ ކަމެއްނޯންނާނެޔޭ. މިހާރުވެސް ފުލުގައި، 6އަހަރު ފަހުންވެސް ފުލުގައި... ޝުކުރިއްޔާ ޔަގީންކޮށްދިނީތީ.
ބަލަ
19 October 2022
ކޮޞާ އިންޑިޔާއިން ހަދާޑެން ބުނި އިންޓަނޭޝަނަލް ފެންވަރުގެ ކުރިކެޓް ސްޓޭޑިއަމް. ކޮބާ ގަތަރުން އަޅާދޭންބުނި ފުޓުބޯޅަ ސްޓޭޑީއަމް.
ބަލަ
19 October 2022
ރައީސް މައުމޫން ވެރިކަމުގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއަށް ދިޔަވަރަކަށް ކުރިއަކަށް ނުދޭ މިއީ ހަގީގަތަކީ. ތިޔަ މީހުންތަށްގިނަ އިންޑީޔާ، ބަންގްލދޭޝް އަދި ނޭޕާލްވެސް ފަހަތަށް ޖައްސާފަ ދޯ އަހަރެމެން ކޮންމެފަހަރަކުހެން ފައިނަލް ކުޅެނީ. އެއިރު އިންޓަރ ސްކޫލް ފުޓުބޯޅައޮވޭ އެއިން އެތަކެއް ޅަފުޓުބޯޅަކުޅުންތެރިން ނުކުތް(އަނިލް، އިންމަ،އަލީ އުމަރު، އޮއްޕޮ، ދަގަނޑޭ)އަދި ޕޯމިސްކަޕް ބާއްވައިގެން ފުޓުބޯޅައިން މިރީޖަނުން ކުރިއެރުންހޯދި. ނާްާބިލު ބައްދާމު ބޭރުކުރޭ
ކުރުބެ
19 October 2022
ކަލޯ ފޮނިވާހަކަ ދައްކާ އެއްވެސް ކަމެއް ނުވާނެ . ކަލޯ އަކީ އަހަރެން ދަންނަސޮރެއް
ޒައީރު
19 October 2022
އަނެއްވާހަކަ…ތިއޮއް އަންގަޔެއް ދޯ…ނުފެންނާނެ…ނޯ ސިސްޓެމް އޮންލީ ކަޓް
ބޮޑުމީހާ
19 October 2022
ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން. ނަމެއްގަ ޕްރޮޖެކްޓްތައް ހިންގައި އެކްޓިވިސްޓުންގެ ޖީބުތައް ފުރިގެންދަނީ. އަދި 6 އަހަރުފަހުން މަލްޓިމިލިއަނަރުންނަށް ވާނެ
އ
19 October 2022
ރަށު ފެންވަރުގައި ގޭންގު ފެންވަރުގެ ނަތީއްޖާ ނުކުންނަނީ.. ބަޔަކާ ޖެހިއްޖިއްޔާ ދެން ދުވަހަކުވެސް ނައަންނަވަރު ކޮށްފައި ދޫކޮއްލަނީ.. ކުރާޚަރަދާ ކަޑާ ފޮއްޏާ ދިމާވެއެއްނުން....
ތރިބެ
19 October 2022
ތިތަންތައް ވީރާނާ ވާނީ އެއްވެސް ކޮލެޓީއެއްނުހުރޭ ކަޓައް ދިނީމަ ބަލާނެ މީހަކުނުހުރޭ