ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް: ޖަޕާނު ސަފީރުކަމަށް އޭނާ އައްޔަންކުރަން ސަރުކާރުން ވަނީ މަޖިލީހަށް ނަން ފޮނުވާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު
26 ނޮވެމްބަރ 2025 - 12:12
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އައްޔަން ކުރުމާ މެދު ގޮތެއް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަން އޭނާގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގަ އެވެ. އެ ސިޓީފުޅުގައި މަޖިލީހަށް އިއްވުމަށް ފަހު އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދު ފޮނުވި އެވެ.
އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.
ވެރިކަން ކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މި މަހުގެ 17 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރުންކުރު
28 November 2025
ދެން ޕާޓީގަ މިއޮއް ހުރިހާ ދުވަހު ތެޅުނު މީހުން ފަރަށް ގޮސް ބޮލި ހިލަންވީނުން
ނަތީޖާ ހަމަ ރަނގަޅު ދޯ؟؟
28 November 2025
މީގެން އެނގެނީ ވެރިކަމުގައި ހުރި މީހާގެ ވިސްނުން ކޮށިކަން. ސިޔާސީ ކަންކަމުގައި އެއްވެސް މާނައެއް ނެތްކަން. މޮޅު ގޮތް އޮތީ ބަލަދު އަރާފައި ތިބި މަދު ބަޔަކަށް އެކަނިކަން
އަހަންމާ.
27 November 2025
ދިވެހި ބޯދާ ބަހެއް އޮވޭ ދެއްތޯ؟ އޭގަ ބުނަނީ "އޮޔާދާ ކާއްޓެއްގަ ރުކެއް ނުފަޅާނޭ"..މަހުލޫފަކީ އެއް ޕާޓީން އަނެއްޕާޓީ އަށް ދުވާ ބޭފުޅެއް، ޕާޓީ އަކަށް ކުރާނެ މާކަބޮޑު ފައިދާއެއް ނެތް.....ބޯހަލާކު...ކެމްޕޭނުގައި މަހުލޫފު ގޮތަށް މަށައްވެސް މުޢިޒް އަބުރާ ބެހެވުނުނަމަ އެމްބެސެޑަރަކަށް ވީސް.
ޑރ ވާންޗޯ
27 November 2025
މާތްކަލާންގެޔާ ވަކީލު. އަޅުގަނޑު ހައްޕު.
ސާބަސް ރ
27 November 2025
މަހުލޫފުމެންކަހަލަ ދުލި ބަދަލުކޮށްލާނެ ހުނަރެއް ދަސްކޮށްދޭ ތަނެއް އެނގޭ ބޭފުޅާކު އަޅެ އަންގާލަ ދެއްވަ ބައްލަވާ. އަޅުގަނޑުވެސް ހަމަ ބޭނުމޭ އެކަހަލަ ފަސޭހަ ވަޒީފާ. މިހާރުގެ މަޖިލީސްބޭފުޅުން ގެގައިގާ ދަރިއަކު ވިހާއިރު އަޅާވޭން އެޅިޔަސް މަހުލޫފުމެން މެންބަރުކަން ކުރިއިރު އެ ވޭނެއްވެސް ނާޅާވިއްޔާ. އަނެއްކާ އަނެއް މަޤާމް. ހުވާ މަށަށްވެސް އެކަހަލަ މަގާމެއްދެންޏާ މިހެން ކޮޓަރި ޖަލްސާއަށް ދާކަށް ނުހުންނާނަން.
ކައުންސެލަރު....
27 November 2025
ދެބޯގެރި ދުއްވަ ދުއްވާފަ އވ އާއެއްކޮށް ފައިސާ މަގުމައްޗަށް އުކައުކާފަ ލާރި ލާރި ޔެސްސާ ޔެސްސާ އޭެ ގޮވަގޮވާފަ އައިސް މިސަރުކާރަށް ވަންނަން ކޮބާ ކަލޭގެ ލަދުހަޔާތް؟ އޭނ ރައީސް މުއިއްޒުވެސް މިކަހަލަމީހުން ކައިރި ކުރީމާ ކަމަކުނުދޭ
އިއްބޭ
27 November 2025
ސަޅި، މަޙްލޫފް ދެނެގަންނަވާތި ދިވެހިން އަކީ މީހަކަށް ހެޔޮކަމެއް މިންވަރު ކުރައްވައިފިއްޔާ އެކަމާ ވަރަށް ބޮޑަށް ޖެލީވާ ބައެއް. މިކަހަލަ މުނާފިގުންގެ ދޫތަކުން މަހޭ ސަލާމަތްކޮށްދެއްވާ. މަހޭއަށް ފާގަތި ކަމާއި ކުރިއެރުން އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރުކުރައްވާށި.
އެފ4އ
27 November 2025
ސަރުކާރަށް ބަލަދުއަރާފަ ތިބޭކަަހަލަ
ޢަރުތަ
27 November 2025
ބޭރު ޤައުމުތަކަށް ސަފީރު ކަމުގެ މަޤާމު ދީފަ ފޮނުވާއިރު، ވަރަށް ގިނަ ކަންތައްތަކަށް ބަލާނެ ކަމަށް ގަބޫލުކުރެވޭ، އެކަމަކު ތިކަމަށް ރުހުން ދޭން ތިބި މީހުންގެ ހާލަތު ހުރި ގޮތުން ތިކަމަކީ ކުރިން މިބުނިހެން އެއްވެސް ބެލުމެއް ނެތި، ރައީސް މީހާ ފޮނުވި ނަމެއްވީމަ ބޮޑުކޮށް އާނ ބަސް ބުނާނެ ބައެއްކަން ވަރަށް ސާފު، ޤާނޫނުހަދާ ރައްޔިތު މީހާ ތަމްސީލުކުރަން މަޖިލިހަށް ވަންނަ މީހުނަކީ، ހަމަ އެކަނި ވޮށުފިލާ އަޅަން ދަންނަ މީހަކަށް ވީމަ ދެން ކަމަކު ނުދޭ ދެއްތޮ.
ކަލޭގެސަން
26 November 2025
މިއީ އަންހެނެއް ނަމަ މީނަޔަށް ގޮވާނެ ނަންތައް އެނގޭ!