ރައީސް ޑރ.،މުހައްމަދު މުއިއްޒު ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ ފަތްކޮޅު ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
04 ޑިސެމްބަރ 2025 - 11:08
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް މިއަދު އައްޔަންކުރައްވައިފި އެވެ.
ޖަޕާނުގައި ހުންނަވާ ސަފީރަކަށް މަހުލޫފު އައްޔަންކުރައްވައި ރައީސް ޑރ.މުހައްމަދު މުއިއްޒު އެ މަގާމުގެ ފަތްކޮޅު އޭނާއަށް ދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ގަ އެވެ. އެ ހުށަހެޅުއްވުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް، އޭނާއަށް ރުހުން ދޭން ނިންމައި އެކުލަވައިލި ރިޕޯޓް މަޖިލިހުގެ އިއްޔެގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ. ވެރިކަންކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.
ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑރވާންޗޯ
04 December 2025
ތީހަމަ ކޮންމެ ވެރިކަމެއްގެވެސް ނިމުން. ތީނަ ފަހަތުލައިގެން ދެވަނަ ދައުރެއް އަދި ލިބިފައެއްނެތް.
ސަޅި ގައުމެއް
04 December 2025
މުޅި އުމުރު ދައުލަތުން މުސާރަ ނަގައިގެން އުޅޭ ބޯވައެއް. މުއިއްޒު އައް ގޮވާލަން ދެންވެސް ކުޅިވަރު ކުޅޭ ހުރިހާ ކުދިން ބައްޕަ މެނައް ސަފީރު ކަން ދިނުމައް
ފަހުދު.
04 December 2025
މިތާންގައި މަހޭއާއި އެއްކޮޅަށް ކޮމެންޓްކުރީ މަހޭ
ޑރވާންޗޯ
04 December 2025
މިސަރުކާރަށްވެސް އުންމީދުތަކެއް ކުރެވުނު، އެކަމަކު މިފެންނަނީ ހަމައެއްގަނޑެއް ގަންނަތަން.
އަބުދު
04 December 2025
ރައީސް ހަފަރާތަށް ބަލާފަ ނިންމެވި ކަމެއްތީ.ކެއްތެރިވޭ.ފަހުން ރަގަޅުވާނެ
ކައުސަރު
04 December 2025
މަރުހަބާ. ވަރަށް ބޮޑު އިއްތިފާގެއް ދެއްތޯ. ބެޑްމިންޓަން ޓްރެއިނިންއަށް އެންމެ ރަނގަޅު އެއް ގައުމު މީ.
ޑަމީ
04 December 2025
ޢަޅުގަނޑު ދަށްކާ ޓެކްސް މަނީ، އިންނާނެތޯ މީރާ އަށް ނުދީ، ސީދާ މަހްލޫފް މެންގެ އާއިލާ އެކައުންޓަކަށް ފޮނުވާލެވޭނެ ގޮތެށް؟
ޕެކެޓު
04 December 2025
ތާއީދު
1181
04 December 2025
ރައްޔިތުން ރުޅިއެރުވުން ނޫންކަމެއް ސަަރުކާރަށް ކުރަން ނޭންގެނީބާ
ބުއްދިވެރިންނަކީ ތިއީި........
04 December 2025
މަޙްލޫފްގެ ޙަޔާތުގެ ބޮޑުބައެއް ޚިއްޞާ ކޮށްފައިވަނީ ސިޔާސީ ގޮތުންނެވެ. އެހެންކަމުން މަޚްލޫފަކީ ސިޔާސީ ތަޖުރިބާކާރެކެވެ. ތިވަރުގެ މަޤާމަކަށް މަޚްލޫފް މާބޮޑަށް ވެސް ފިޓްވާނެ އެވެ. ހިތްްހަމަޖެހޭ ސިޔާސީ މަޤާމެއް ލިބުމުން ނުދާންވީ ސަބަބެއް ނެތެވެ. އެފަހަރަކު ވައިޖެހޭ ކޮޅަކަށް ދަތުރު ކުރުމަކީ ބުއްދިވެރި ކަމެކެވެ. ކުރަންޖެހޭނެހައި ވެސް ކަމަކީ އިޚްލާޞްތެރި ކަމާއިއެކު ޙަވާލުކުރެއްވި ޒިންމާ އަދާކުރުމެވެ.
މަ ބުނީ
04 December 2025
މިއަދު އިސްލާހިއްޔާ ބަންދުކޮއްފައިވާތީ ހިތާމަކުރަމެވެ ، މަގޭ އެދެނީ ސްކޫލްތަކާއި ކޮލެޛްތަކާއި ޔުނިވަރސިތީތައް ބަންދުކޮށްފައި އަލުން އިސްލާހިއްޔާ ހުޅުވައިދެންވުމަށެވެ !