ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް މަހްލޫފު އައްޔަން ކުރަން ރައީސް މުއިއްޒު ނިންމެވުމުން، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ކުރި އިންޓަވިއުގެ ސުވާލުތަކަށް މަހްލޫފު ޖަވާބު ދެއްވަނީ.---ފޮޓޯ: މަޖިލިސް
03 ޑިސެމްބަރ 2025 - 10:56
ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫގު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ 26 ގަ އެވެ. އެ ހުށަހެޅުއްވުން މަޖިލީހުގެ ހާރިޖީ ކޮމިޓީން ދިރާސާކޮށް، ނިންމި ގޮތުގެ ރިޕޯޓް މަޖިލިހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށް، މަހުލޫފަށް ރުހުން ދޭން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަމަށް ވަޑައިގެންނެވުމުގެ ކުރިން މަހުލޫފަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެކެވެ. ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުގައި އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ. އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގަ އެވެ.
ވެރިކަން ކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މިދިޔަ މަހުގެ 14 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގަ އެވެ.
ޖަޕާންގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމު ހުސްވީ އެ މަގާމު ފުރުއްވަމުން ގެންދެވި ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހަސަން ސޯބިރު މި އަހަރުގެ ޖުލައި 28 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލިކޮއެ/ހުޅުމާލެ
04 December 2025
ބަންޑާރަ ކަފަލީ ބާލީހުގަ ނޫނިއްޔާ ނުނިދޭ ބޭފުޅެއް.
ޒިންދަގީ
03 December 2025
އިޚްލާސްތެރިކޮށް ރައިސް ވެރިކަމަށް ގެންނަން މަސައްކަތްކުރި މީހުންނަށް ބޮޅެއް، އިދިކޮޅުބަޔަށް ސަފީރުކަމުގެ އިއްޒަތް..
ބުންބާ ހަސަނު
03 December 2025
ސާބަސް އެކަމަކު މުއިއްޒަށް. މީ މިޔޮއްހާ ދުވަހު ސަރުކާރަށް ބެވި މީހެއް. މި ގައުމު ނުވާނެ ރަނގަޅެއް
މުހައްމާބެ
03 December 2025
ނޫނޭ ކަލޭވާ ގަދަ މަހުލޫފު. ދެން އަންނަ ވެރިކަމެއްގަވެސް ފެންނާނެ ކޮންމެވެސް މަގާމަކުން. ހަމަ ތީ ހުނަރެއް
ޖައިޝަމް،
03 December 2025
ހަޔާތެއް ރައްޔިތުންގެ ޓެކްސް ފައިސާއިން
ހާމިދު ސޭޓު
03 December 2025
މީ މިގައުމުގެ ހާލަތުގެ ފުރިހަމަ މިސާލެއް. އަބަދުވެސް މިތަނުން ކަން ކަން ވަނީ މިކަހަލަ ހަޔާތްކުޑަ މީހުންނަށް
ހައިލަމް ފަހުމީ
03 December 2025
އޭ މަވެސް މިހިރީ ކިޔަވައިގެން. މަށަކަށް ނުލިބުނު ރަނގަޅު ވަޒީފާއެއް. މީ ގަލޮޅުމަދަރުސާއިން ކިރިޔާ 10 ނިންމުނު ސޮރެއް. ޝުކުރިއްޔާ ޤައުމު
ގުޑުގުޑާ ދޫނި
03 December 2025
މީނަ މި ގެންގުޅޭ ފޮތެއްނުން ހޯދަންވީ؟ 2003 އިން ފެށިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ދިރިއުޅުން ހަމަޖައްސަނީ
ސަރުމިލާ
03 December 2025
ހަޑިހުތުރު މަންޒަރެއް. ރައީސުލްޖުމްހޫރިއްޔާއަށް ކޮން މަޖުބޫރު ކަމެއްތޯ؟ މީދެން ކާކު! ސަރުކާރުމަތިން ފޫހިވެއްޖެ.
ޒުވާން ޖީލް
03 December 2025
ޒުވާނުންނަށް އުފާވެރި ޚަބަރެއް