ބިދޭސީތަކެއް ކޮވިޑު ވެކްސިން ޖެހުމަށް ކިޔުގައި މަޑުކޮށްލައިގެން.-- ފައިލް ފޮޓޯ: މިހާރު
20 އޮކްޓޯބަރ 2022 - 13:31
ބިދޭސީންގެ ސިއްހަތާ ގުޅޭ ޕޮލިސީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރު މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ވިދާޅުވީ ދިވެހިންގެ ސިއްހީ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާ ނަމަ އެ ކަމުގައި ބިދޭސީން ވެސް ބައިވެރިކުރަންޖެހޭނެ ކަމަށެވެ.
އޭގެ އެއް މިސާލަކީ ކޮވިޑު-19 ގެ ހާލަތެވެ. އެ ބަލި ފެތުރިގެން ދިޔައިރު، އެންމެ ގޯސް ހާލަތުގައި ތިބީ ބިދޭސީންކަން ޝާހު ފާހަގަކުރެއްވި އެވެ.
އެހެންވެ، "މައިގްރޭޝަން ހެލްތު ވޯކާސް" ޕޮލިސީ ހަދަން ފެށީ އެ ކަމަށް ޖުމުލަ ހައްލެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
އެ ޕޮލިސީ ހެދުމަށް ހެލްތު މިނިސްޓްރީން މި ފަހުން ވަނީ ސްރީ ލަންކާގެ ކަމާގުޅޭ ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. ނަމަވެސް، ލަންކާއަކީ ރާއްޖެއާ ހިލާފަށް މަސައްކަތް ކުރަން އެހެން ގައުމުތަކަށް މީހުން ފޮނުވާ ތަނެކެވެ. ރާއްޖެއަކީ މީހުން އެތެރެކުރާ ގައުމެކެވެ.
ބިދޭސީންނަށް މިހާރު ވެސް ރާއްޖެއަށް އާދެވެނީ ބައެއް ޓެސްޓުތަކެއް ހަދައިގެންނެވެ. ނަމަވެސް، އެކަމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ސީދާ ޕޮލިސީއެއް އަދި ނޯވެ އެވެ.
"މިހާރު އޮތް ޕޮލިސީގައި ބިދޭސީންނަށް އިންޝުއަރެންސެއް އޮވޭ. އެ އިންޝުއަރެންސްގައި ހުރި ބައިތަކަށް ބަލާފައި ބައެއް ބަދަލުތައް ގެނައުމާއި ވަޒީފާ ދޭ ފަރާތުން ޑިފެންޑު ކުރަން ހުރި ކަންތައްތަކާއި ބިދޭސީންގެ ނަފުސާނީ މައްސަލަތަކަށް އިތުރަށް މަސައްކަތް ކުރެވޭނެ،" ޝާހު ވިދާޅުވި އެވެ.
"ސިއްހީ ދާއިރާ ވަރުގަދަކުރަން މައިގްރެންޓް ޕޮލިސީއަކީ ރަނގަޅު ކަމެއް. ވިން-ވިން ސިޓުއޭޝަނަކަށް މި ވަނީ،"
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާނިމް
20 October 2022
ވަކި އުމުރެއްގެ މީހުންނަށް ބިދޭސީ ވިސާދޭން ވެސް ފެނޭ،
ސިކުނޑި
20 October 2022
ސިއްހަތާގުޅޭ އުސޫލެއް ނެތީ ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އެކަނި! ގަވާއިދާ އެއްގޮތަށް އުޅޭ މީހުންގެ އިންޝުއަރެންސްވެސް ދައްކަންޖެހޭ! މެޑިކަލްވެސް ހައްދަންޖެހޭ! ބޭރު ގައުމުތަކާ ބައްދަލު ކުރުމުގެ ކުރިން ރާއްޖޭގެ އިކޮނޮމިކް މިނިސްޓްރީއާ ބައްދަލު ކުރުން މުހިންމު!
އޮނަރަބްލް އަފީފު ދީދީ
20 October 2022
ސިޔާސަތާއި ޤަވާއިދާއި ޤާނޫނު ނެތިގެންތޯ ސަރުކާރަށް ކަންކަން ނުކުރެވިގެން އުޅެނީ. ؟ ކޮބާތޯ މިޤައުމުގެ އިމިޤްރޭޝަން ޤާނޫނު. މިދެންނެވި ޤާނޫނާއި ޙިލާފަށް ރާއްޖޭގައި އުޅޭ ބިދޭސިންގެ އަދަދު ހޯދާ އެމީހުން ޤައުމުން ބޭރުކުރާން ކޮންކަމެއްތޯ ސަރުކާރަށް ކުރެވުނީ.؟ އަދި މިފަދަ ބިދޭސިން އެންމެ ގިނައިން އެތެރެވަމުން އަންނަ ބަންގްލަދޭޝް އޯޑިނަރީ ޕާސްޕޯޓު ހޯލްޑަރުން ރާއްޖެއައުމަށް ހުރަސްއެޅޭނެ ކޮންކަމެއްތޯ ކުރީ.؟
ސައި
20 October 2022
ރާއްޖެއަކީ ރެފިއުޖީން ބައިތިއްބާ ގައުމެއް. ދިވެހިންގެ އާބާދީއާ ކައިރިކުރާވަރަށް ރާއްޖޭގަ ރެފިއުޖީން އެބަތިބި