ކްރިމިނަލް ކޯޓު: ސިނގިރެޓް ފޮށިތަކެއް ވަގަށް ނެގި މީހަކު ހަތް މަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި --- ފޮޓޯ/މިހާރު
22 އޮކްޓޯބަރ 2022 - 12:23
ވަގަށް ފިހާރަކަށް ވަދެ، ސިނގިރެޓް ފޮށިތަކެއް ނެގި މީހަކު ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ގއ. ކޮލަމާފުށީ ނަސީމީގޭ އަހުމަދު އާރިފްގެ މައްޗަށް އެ ހުކުމް އައީ 2019 ވަނަ އަހަރު މާލޭގެ ފިހާރެއްގެ ދޮރު ހަލާކުކޮށްލައިގެން އެތަނަށް ވަދެ، 14 ސިނގިރޭޓް ފޮށްޓާއި 450ރ. ވަގަށް ނެގުމުންނެވެ.
އެ މައްސަލާގައި އޭނާގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ވައްކަމުގެ ދައުވާ އާއި ފިހާރައިގެ ދޮރަށް ގެއްލުން ދިނުމުން މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އާއި ސިއްރުން އެތަނަށް ވަދެފައިވާތީ އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.
އެ ތިން ދައުވާއަށް ވެސް އޭނާ ކޯޓުގައި އެއްބަސްވި އެވެ.
އޭނާގެ އިއުތިރާފުން ކުށް ސާބިތުވާތީ، މިދިޔަ ބުދަ ދުވަހު ވައްކަމުގެ ދައުވާގައި އިއްވީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާގައި އިއްވީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި އިއްވީ ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޙުމަދު.
08 December 2022
ސިގިރެޓް ފޮށިތަކެއް ނެގިމީހާ ޖަލަށް. މީހެއްގެ ބޮލަށް ވަޅިހެރި އެކަކުވެސް ކުއްވެރި ނުވެ ކޯޓުން ސަލާމަތް ވެއްޖެ. ފަޑިޔާރުން ކިހާ ރަނގަޅު. ސާބިތު ނުވީމަ ދޫކޮށްލީ.
ސިނގިރޭޓް އިސްމާއީލް
23 October 2022
މި މީހާ އުމުރަށް ޖަލައްނުލީކަން ނަސީބެއްނު، މި ޤައުމުގައި މިލިއަނުން ދައުލަތުގެ ފައިސާ ކަޓުވާލާ މީހާއަށް ބޮޑެތި މަޤާމާއި، ޤަރުނުގެ އެންމެ ބަޤްބޫލް ޝަހުސިއްޔަތުގެ ަމަޤާމް ލިބޭ ޤަނޫނެއް މަޖިލީހުން ފާސްނުކުރަނީ ކީއްވެބާ...މިއީ އާދަޔާ ޚިލާފަށް ހިނޤާ ޤައުމެއް، ބަކުރުބޭ ދަރި ރިހާކުރުފުޅި ވަގަށް ނެގިޔޭ ކިޔާފަ 05 އަހަރު ޖަލުގަ...ރައްޔިތުންގެ ފައިސާއިން ބިލިއަނުން ކޮޅާލީމަ..މަތީމަޤާމައި ލަގަބު..އަޖައިބެއް ނުވާނެތަ...
ޢަހާ
23 October 2022
މީކޮންކަހަލަ ގާނޫނެއް އޮވެގެން ހުކުމް ކުރާތަނެއް. ސިގިރޭޓް ފޮއްޓެއް ނަގައިގެން 7 މަހަށް ޖަލަށް. ކުޅިކުޅެގެން 3 މަހަށް ގެއަށް
ނާފީ
23 October 2022
ކުދިވައްކަންތަކަށް ހުކުމް އަންނާނީ ބޮޑެތި ވައްކަން ކުރާބޭފުޅުންނައް ވީ އައިޕީ ކެއުން ބޯހަލާކު އެމީހަކާ އެމީހެއް ހުކުމް ތަފާތުވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ގޮތަށް އަދު އިންޞާފް ނުހިގާތީ ބިރުވެތި ވާންވެއްޖެ
ނަމޭ
23 October 2022
ކޮންމެ މީހަކު ކުރިއަސް ހެޔޮ.... ޖަލަށްވެސް ލާންވީ.. އަތްވެސް ބުރިކުރަންވީ.... ކާކުތަ ބުނީ ވަގަށް ނަގާށޭ!!! ނުޖެހޭ ވަގަށް ނަގާކަށް.
ރާފުޅި
22 October 2022
ރާއްޖޭގައި، ރާފުޅި ތަކެއް ވަގަށް ނަގާމީހާއަށް ވައްކަންކުރުމުގެ ހުކުމް އަންނާނެބާ؟
ލަތީފަ
22 October 2022
މިލިޔަނުން ޑޮލަރު ނަގައިފިއްޔާ ގޭގަ އަދި ފުލްފެކިއުރިޓީއާއެކު
ދ.މ.ޒ
22 October 2022
ވަރަށް ރަނގަޅު 3 އަހަރުފަހުން ތިޔަފަ މައްސަލަ އެއް ނިންމާ ޙުކުމް ކުރުމުން މަސައްކަތުގެ ސްޕީޑް ވަރަށްސާފު. ބައެއްފަހރު ހީވާކަހަލަ ބޮނޑެތިވައްކަން ކުރުމަކީ ހުއްދަ ކަމެއްހެން.
ކަތްދައްތަ
22 October 2022
ރަނަށްވުރެ އަގު ބޮޑު އެއްޗެއް. އަދަބު ކުޑަ
އިސްލާހުޖާޑި
22 October 2022
އެކަމަކުވެސް ދައުލަތުގެ މާލިޔްޔަތު މިލިއަނުން ދިރުވާލާ ބޭފުޅުން ގޭގަ، ފިނިކޮޓަރީގަ