ޚަބަރު / ސްޓެލްކޯ

އެފްއޭއެމްގެ ކަރަންޓް ބިލަށް 6 މިލިއަން ރުފިޔާ ނުދައްކާ، ހިދުމަތް ކަނޑާލައިފި

އެފްއޭއެމް ހައުސް: އެތަނުގެ ކަރަންޓް ބިލަށް 6.5 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް.-- ފޮޓޯ: ވީނިއުސް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓް ބިލަށް ދައްކަން ޖެހޭ 6.5 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެފްއޭމް ހައުސް އިން ކަރަންޓްގެ ހިދުމަތް މިއަދު ކަނޑާލައިފި އެވެ.

ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ބުނީ، އެފްއޭމް ހައުސް އިން ކަރަންޓުގެ ހިދުމަތް މެދުކަނޑައިލަން ޖެހުނީ، އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކި ފަހަރު މަތިން އަންގައި، ގިނަ ފުރުސަތުތަކެއް ދިނުމުން ވެސް އެކަން ކޮށްފައި ނުވާތީ ކަމަށެވެ.

އެ ފައިސާ ނުދައްކާ ނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުން ވެސް ކަރަންޓްގެ ހިދުމަތް މެދުކަނޑައިލާނެ ކަމުގެ އިންޒާރު ވެސް ސްޓެލްކޯ އިން ދިނެވެ.

ސްޓެލްކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ސެޕްޓެމްބަރު 2019 އިން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްވެސް ކަރަންޓް ބިލެއްގެ ފައިސާ އެފްއޭއެމުން ނުދައްކާ ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި ސްޓެލްކޯ އިން މިހާރު ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާއަކީ ޖޫރިމަނާ އެކު އެ މުއްދަތުގެ ކަރަންޓު ބިލުތަކަށް އަރާ ޖުމުލަ އަދަދެވެ.

އެފްއޭއެމް ހައުސްގެ އިމާރާތް ބާވެ، އެ ތަނުގެ މަސައްކަތް ޗާންދަނީ މަގުގައި ހުންނަ އިމާރާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެފްއޭއެއެމް ހައުސް ހުސްކުރީ އެ ތަނުގައި 20 ބުރީގެ އިމާރާތެއް ހެދުމަށެވެ. އެކަމަކު އެ މަސައްކަތް މިހާތަނަށް ފަށާފައެއް ނުވެ އެވެ.

ގަލޮޅު ދަނޑުގައި ވެސް އެ އެސޯސިއޭޝަންގެ ބައެއް މަސައްކަތްތައް ކުރެ އެވެ. އަދި މި ފަހުން އަނެއްކާ ވެސް އެ އިމާރާތުގައި ބައެއް މަސައްކަތްތައް ކުރަން ފެށި އެވެ. ކޮވިޑް-19ގެ ހާލަތު އެންމެ ގޯސްވި ދުވަސްވަރު ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ވެސް އެ އިމާރާތް ބޭނުންކުރި އެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ކަރަންޓް ބިލް ނުދައްކާ މައްސަލަ ވަރަށް ބޮޑު ކަމަށް ސްޓެލްކޯއިން މި ފަހުން ބުނެފައިވެ އެވެ. އެ ކުންފުނިން މި މަހު ކުރީކޮޅު ބުނި ގޮތުގައި ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ކަރަންޓު ބިލުތަކަށް 80 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކަައި އެބައޮތެވެ.

40 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 8%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

LaamuonlineDOTcom

24 October 2022

ސަރުކާރު ކުންފުނިތަކުން ނުވަތަ އޮފީހަކުން ކަރަންޓު ބިލުނުދައްކާ "ދިހަ ބާރަ" އަހަރުވެގެންދާއިރު ވެސް ކަރަންޓު ކަނޑާނުލަނީ ކީއްވެތޯ؟ ދައްކަންޖެހޭ އަދަދު މިލިޔަނުން ބިލިޔަނުން އަރައިގެން ދާއިރު އެކަމާ ފިޔަވަޅެއްނާޅާ ކަރަންޓުވެސް ކަނޑާނުލާ ބެހެއްޓުމުގައި ސުޓެލްކޯގެ އިހުމާލު އެބައޮތެއްނޫންތޯ؟ ކަރަންޓު ބިލުނުދެއްކީމާ ފިޔަވަޅުނާޅާ ގިނަދުވަސްކުރަނީ ސުޓެލްކޯގެ ރޭވުމަކުން ނޫންބާ؟ ހުރިހާދުވަހެއްގެ ޖޫރިމަނާއާ އެކު ކިހާބޮޑު ފައިދާއެއް ދެއްތޯ؟

The name is already taken The name is available. Register?

ލެވެލި

24 October 2022

ލެވަލް އޮފް ފުޓްބޯލް އިން މޯލްޑިވްސް. މި އަހަރު ވޯލްޑް ކަޕް ކުޅޭނެ ރާއްޖެ

The name is already taken The name is available. Register?

އިޙްސާސް

24 October 2022

ދިވެހި އެކަކުވެސް ފީފާއަކަށް ނުދާނެކަން ބައްސާމަށް އެނގޭ. އެހެނީ ފީފާއިން ފިޔަވަޅު އަޅާނީ އެފްއޭއެމް އާމެދު ބައްސާމު ހުންނާނެ މަގާމުން ވަކިވިޔަސް ވަކިކުރިޔަސް ހެވިދިލިފަ. ދިވެހި ފުޓުބޯޅައިގެ ހަލާކު.

The name is already taken The name is available. Register?

އަންދިރިހިއްކި

24 October 2022

މިހާ ދުވަހު ބިލްނުދައްކާ އޮތްއިރު ކަރަންޓު ނުކެންޓީ ކީވެތޯ، ކޮން އުސޫލަކުންތޯ! މިއަދުން ފެށިގެން އެއްވެސް މީހަކު ބިލް ދައްކާނެކަމެށް ނެތް. ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ހަރު މުދަލެއް، ނޫނީ ވަކި ހާއްސަ އެއްޗެއް ބައްސާމު އަތުގަ އޮތީތާ! މާބިރަކުން ތި އުޅެނީ؟؟

The name is already taken The name is available. Register?

ބަލަ

24 October 2022

މަހުޅޫފަކާއި އެފް.އޭ.އެމް އަކާއި ނުކުޅެވޭނެ. އެއީ އިންޑިވިޖުއަލް ބޮޑީއެއް. ދުނިޔޭގެ ފީފާގެ ދަށުން ހންގާތަނަކަށްވާތީ ކުރިންވެސް މަހުލޫފު ބެހެން އުލުމުން ފީފާއިން ބަނީ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ. މިކަމުގައި ޒިންމާ ނަގަންޖެހޭނީ ހުދުމުހުތާރު ބައްސާމު އާއި އޭނަގެ އައްވާނުން. އޭނަ އައީ ވެލެންސިޔާ އެއްވަނަ ޑިވިޝަނަށް ގެންނަން އަދި ރާއްޖޭގެ އެންމެން ލޯބިކުރާ ފުޓުބޯޅައިގެ ދުވަސް ދުއްވާލަން. އެކަން ކޮށްފި

The name is already taken The name is available. Register?

ބަލަ

24 October 2022

މިހާރު ސްޓެލްކޯއަށްވެސް މުސާރަނުދޭ، ބަނސާމޫ ކަލޭގެ ލަދުކޮބާ؟ އެފް.އޭ.އެމް އިން ގެންނަ ކޯޗުންނަށްވެސް މުސާރަނުދެ، ޤައުމީޓީމަކަށް މުސާރަނުދެވޭ، މުވައްޒަފުންނަށް ބަނސާމުފިޔަވާ މުސާރަނުލިބޭ، ޓީމުތކަށް ދޭންވާ ފައިސާއެއް ނުދެވޭ،. ކިހާބޮޑޫވެއްޖެކަމެއް ބަނސާމޫ؟ މަށައްފެންނަނީ މިހުރިހާއެންމެން ދުނިޔޭގެ ފީފާ ހެޑްއޮފީހަށް މިމައްސަލަތަށް ހުށައަޅައިގެން މިކަލޭގެ މިތަނުން، މިމަގާމުން ގަދަކަމުންނަމަވެސް ދުރުކޮށް އޭނާ ޝަރިއްޔަތަށް ގެންދަން

The name is already taken The name is available. Register?

ކިހާބޮޑުކަމެއް

24 October 2022

މިހާރު މިގައުމުގެ ފުޓްބޯޅައިގެ މުހިއްމު ޚަބަރަކަށްވެސް މިލިބެނީ މިކަހަލަ ވާހަކަތައް. ފުޓްބޯޅަ ކުރިއަރާ ރަގަޅަށް ހިންގާ ގައުމުތަކުގައި ލިބޭނީ އެގައުމުގެ ލީގުތަކުގެ ނަތީޖާތަކުގެ ވާހަކަ!!

The name is already taken The name is available. Register?

48343

23 October 2022

އެފްއޭއެމް ތަޅާލަފާ ނިކަމެތިންގެޚާނާއެއް ތިތާހަދަންވީ.

The name is already taken The name is available. Register?

ކައުންސެލަރު

23 October 2022

ކިހާތާހިރު؟ އެފްއޭއެމުގެ ބިލްތަކަށް ޖޫރިމަނާއާއެކީ 6.5 މިލިއަން ރުފިޔާ އެރީމަ ޚިދުމަތް ކަނޑާލީ... ޕީއެސްއެމްގެ ބިލްތަކަށް 80 މިލިއަން ރުފިޔާ (ޖޫރިމަނާނުލާ) އެރީމާވެސް ޚިދުމަތް ދެނީ ޕްރޮޕެގެންޑާ މެޝިންވީމާތާދޯ. ވާހް

The name is already taken The name is available. Register?

އެޑަމް ބެ

23 October 2022

ހުރިހާ އެސޯސިއޭސަނަކުން ތިބޭ މީހުން ގެ ޖީބައް ބަރުވަންޔާ ވާނެ ގޮތްތީ

The name is already taken The name is available. Register?

މޯޑޭ

23 October 2022

ހުރިހާ އެސޯސިއޭސަނަކުން ވެސް ކަރަންޓް ކަނޑާލަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454