ރިޕޯޓް / އަރަބިއްޔާ ސްކޫލް

އަރަބިއްޔާ އަށް އަބަދުވެސް ޖެހެނީ މި ހާލު، އަނެއްކާ ވެސް ޝަކުވާ!

އަރަބިއްޔާ ސްކޫލްގެ މައްސަލައިގައި، އެ ސްކޫލުގެ ބެލެނިވެރިން 2021 ވަނަ އަހަރު ކުރި މުޒާހަރާ -- ފޮޓޯ: ފަޔާޒު މޫސާ

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން އަނެއްކާ ވެސް ޝަކުވާތައް އޮއްސާލައިފި އެވެ! އެ މީހުންގެ މި ފަހަރުގެ ޝަކުވާ އަކީ ވަގުތީ އިމާރާތުގައި ވަސީލަތެއް ނެތުމެވެ. ކިޔެވުމުގައި ދަތިތައް ހުރި ކަމެވެ. ބާކީކޮށް، އަޅާނުލެވި އޮތް މައްސަލަ އެވެ.

ޗާންދަނީ މަގުގައި ހުރި އިމާރާތް ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން، އެ ޝަކުވާ އަށް ވަގުތީ ހައްލެއް ގެނެސް، އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މިހާރު ކިޔަވަމުން ދަނީ ކުރިން ފޮރިން މިނިސްޓްރީ ހިންގި، ސޯމިލް ކޮށީގަ އެވެ. އެކަމަކު އަރަބިއްޔާ ހިންގަން، ކުރީގެ ބާޖަމާލުއްދީން ސްކޫލުގެ ބިމުގައި ދާއިމީ ސްކޫލެއް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު، އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޝަކުވާ އަކަށް ވީ އެ ބިމުގައި އިތުރު ސްކޫލެއްގެ ބައެއް އަޅަން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ. އަނެއްކާ ވެސް ޝަކުވާ އެވެ!

ބާ ޖަމާލުއްދީން ބިމުގައި އަރަބިއްޔާގެ އާ އިމާރާތް އަދި ޖަމާލުއްދީން ސްކޫލެއްގެ ބައެއް އަޅަން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ އެކު އެޑިއުކޭޝަން މިނިސްޓްރީން ސޮއި ކުރީ މި މަހުގެ ދެވަނަ ދުވަހު އެވެ. ފަނަރަ މަސް ދުވަހުން ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރީ 168 މިލިއަން ރުފިޔާއަށެވެ. އެ ތަނުގައި އަރަބިއްޔާގެ 40 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް ހަދާނެ އެވެ. އޭގެ އިތުރުން ޖަމާލުއްދީންގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރަން ބޭނުންވާ 34 ކްލާސްރޫމް ވެސް، ބާ ޖަމާލުއްދީންގެ ބިމުގެ ބައެއްގައި ހަދާނެ އެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ޝަކުވާތަކަށް ނިމުމެއް ނެތެވެ. ބައެއް ބެލެނިވެރިން ބުނާ ގޮތުން މިއީ އަރަބި ތައުލީމު ފުޅާކުރިޔަ ނުދޭން ސީދާ ސަރުކާރުން ކުރާ ޖެއްސުމެކެވެ. އެކަމަކު، އާންމުންގެ ބައެއް މީހުން ބުނާ ގޮތުން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ ގޮތްނުކުރުން ވެސް ބޮޑީ އެވެ! މިއީ މަސްހުނި ހިޔާލުތަކެކެވެ

އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަރަބިއްޔާ ބެލެނިވެރިންނަށް!

"ބާ ޖަމާލުއްދީން ބިމުގައި ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން" މި ސުރުހީގެ ދަށުން މި މަހުގެ ދެވަނަ ދުވަހު "މިހާރު"ގައި ލިޔުނު އާޓިކަލް އަށް އާންމުން އޮއްސާލީ ގިނަ ފާޑުކިޔުންތަކެކެވެ. އަރަބިއްޔާގެ ބެލެނިވެރިންނަަށް "ހެޔޮ އެއްގޮތެއް ވެސް ނެތް" ކަމަށް ބުނެ ބައެއް މީހުން ކޮމެންޓު ކޮށްފައި ހުއްޓެވެ.

"ވަކި ރަށަކަށް އަރަބިއްޔާ ބަދަލު ކުރަން އެދެންވީ ނޫންތޯއެވެ. މީކީ މިފުރަ މާލޭގައި އަލަށް އެއްބިމެއްގައި ދެ ސްކޫލް އަޅާ ފަހަރެއް ނޫން. މަޖީދިއްޔާ އަދި ދަރުމަވަންތަ ހުރީ ވެސް ހަމަ މިހެން އެއްބިމެއްގައި، އަދި އަމީނިއްޔާ، އިސްކަންދަރު އަދި ފަހުން ސީއެޗްއެސްސީ ވެސް އެހެރީ ހަމަ އެއްބިމެއްގައި އަޅައިފަ ނޫންތޯ އެވެ. ކޮބައިތޯ މިކަމުގަ މައްސަލައަކީ؟ ތި ބިމުގެ އެއްބަޔަކީ އޮރިޖިނަލީ ޖޭއެސްގެ ބިމެއްކަން އަރަބިއްޔާ ބެލެނިވެރިންނަށް ނޭންގެނީ ކަންނޭނގެ،" މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ވެ އެވެ.

ހަބަރަށް ކޮމެންޓުކުރި ބައެއް މީހުން ވަނީ އިލްމަކީ އިމާރާތަކުން ލިބޭ އެއްޗެއް ނޫން ކަމަށާއި އަރަބިއްޔާގެ ބެލެނިވެރިންނަކީ ވަރަށް "ކަންތައްބޮޑު ބައެއް" ކަމަށް ބުނެފަ އެވެ. އަދި އަރަބިއްޔާ ސްކޫލް އުވާލަން ޖެހޭ ކަމަށް ވެސް ބައެއް ކޮމެންޓުތަކުގައި ވެ އެވެ.

"މިހާރު"ގެ ހަބަރަށް ކުރި ކޮމެންޓުތަކުގެ އިތުރަށް ވެސް ސޯޝަލްމީޑީއާގައި އެކި ގޮތްގޮތަށް އަރަބިއްޔާގެ ބެލެނިވެރިންނަށް ވަނީ ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ.

ގިނަ ކޮމެންޓުތަކެއް އަރަބިއްޔާގެ ބެލެނިވެރިންނާ ދެކޮޅަށް ހުރި ނަމަވެސް އަރަބިއްޔާ ސްކޫލަށް ހައްގު މިންވަރަކީ އެއީ ނޫން ކަމަށާއި އެއަށްވުރެ ބޮޑު ޖާގައެއްގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން ޖެހޭ ކަމަށް ބުނެ ވެސް ބައެއް މީހުން ކޮމެންޓު ކޮށްފައި ވެ އެވެ.

"ގޮތް ނިންމާނީ އަރަބިއްޔާގެ ބެލެނިވެރިންނެއް ނޫން. ޕީޓީއޭ އަކީ އެ ބާރު ލިބިފައި އޮންނަ ބައެއް ނޫން. ގޮތް ނިންމާނީ ސްކޫލުން. ސަރުކާރުން. ކޮންމެފަހަރަކު ބެލެނިވެރިންގެ ޖަމިއްޔާ ނުކުމެ މިހެން ކަންތައްތައް ކުރަން ދޫކޮށްލެވިގެން ނުވާނެ،" އެއް ކޮމެންޓެއްގައި ވެ އެވެ.

އަރަބިއްޔާގެ މައްސަލަ އާއި ދީނާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް ވެސް އާންމުން ހިޔާލު ފާޅުކޮށްފައި ވެ އެވެ.

"އަރަބިއްޔާގެ ތަފާތަކީ ހަމައެކަނި އަރަބި ބަހުން މާއްދާތައް ކިޔަވައިދޭކަން. އަހަރެމެންގެ ދަރިން ވެސް އިސްމާލާއި ގުރުއާން ކިޔަވާ. އެހެން ހުރިހާ ސްކޫލުތަކެއްގައި ވެސް އިސްލާމް އާއި ގުރުއާން ކިޔަވައިދޭ. މިއީ ދީނާ ގުޅުން ހުރި ކަމެއް ނޫން. ހެޔޮ އެއްގޮތެއް ވެސް އަރަބިއްޔާ އަކަށް ނޯންނާނެ،" އެކަކު ބުނެފައި ވެ އެވެ.

"ދަރިވަރުންގެ ތައުލީމުގައި ދީން ހަތިޔާރަކަށް ހަދައިގެން ނުވާނެ."

އަަބަދުވެސް އަރަބިއްޔާއަށް ޖެހެނީ މި ހާލު!

އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް ހާމަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސްކޫލުގެ ބޯޑު މެންބަރު އިބްރާހިމް އަބްދުﷲ ވިދާޅުވީ 2008 ވަނަ އަހަރު މަޖީދީ މަގުގައި އަރަބިއްޔާ ސްކޫލް ހުރި އިރުގައި ދިމާވި މައްސަލައަކީ ސްކޫލުގެ ޝީޓް ވެއްޓުން ކަމަށެވެ. އަދި އޭރު އެމްއެންޑީއެފުން އެ ތަން ޗެކުކުރުމަށްފަހު ކުދިންނަށް ކިޔަވައިދޭން ރައްކާތެރި ނޫން ކަމަށް ބުނި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ލަފުގައި ހިފާ ބޭރުކުރުން ފަދަ ކަމެއް އެ ތަނުގައި ކުރީ،"

"އަކިރި ގާ ބޭނުންކޮށްގެން ހަދައިފަ ހުރި ތަނެކޭ މިއީ. އެ ތަނުގެ މުއްދަތަކަށް ވާނީ 20 އަހަރޭ. ހަގީގަތުގައި އެ ހިސާބުން ވެސް އަރަބިއްޔާ ސްކޫލް ދޫކޮށްފައި ނުކުންނާކަށް މެނޭޖްމަންޓުން ވެސް ޕޭރެންޓުން ވެސް ބޭނުމެއް ނުވި،" އޭރު ވެސް އަރަބިއްޔާގެ ބެލެނިވެރިއެއް ކަމަށްވާ އިބްރާހިމް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭރުގެ ރައީސް މުހައްމަދު ނަޝީދު، އަރަބިއްޔާ އަށް މާ ރަނގަޅު ފެންވަރެއްގެ ސްކޫލެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވުމުން އެ ތަނުން ނުކުންނަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި ލަފުގައި ހިފާ ބޭރުކުރުން ފަދަ ކަމެއް އެ ތަނުގައި ކުރީ އެނގޭތޯ،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭރު ދަރިވަރުންނަށް ކިޔަވައިނުދީ ތިން މަހެއްހާ ދުވަސް ހޭދަވެގެން ދިޔަ ކަމަށާއި އެ ހިސާބުން ބެލެނިވެރިން ނުކުމެ ކަންބޮޑުވުން ފާޅުކުރަން ފެށި ކަމަށެވެ. ބެލެނިވެރިންނާ ބައްދަލުކުރައްވައި، އޭރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ނައިބު އެ ދުވަހު ވިދާޅުވީ މާދަމާއިން މާދަމާއަށް ވެސް ދަރިވަރުންނަށް ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ. އަދި އެ ދަރިވަރަކު ބޭނުންވާ ސްކޫލަކަށް ނަން ނޯޓު ކުރުމަށް ވިދާޅުވި ކަމުގައި އިބްރާހިމް ކިޔައިދެއްވި އެވެ.

"އަޅުގަނޑުމެން މި ވާހަކަ ހިފައިގެން ޕްރިންސިޕަލާ ހިސާބަށް ހިނގައްޖިން. ޕްރިންސިޕަލަކަށް އޭރު މުހައްމަދު ރަޝީދު އިބްރާހިމް ރަޝީދު ހުންނެވީ. އެ ބޭފުޅާ ކައިރީ އަޅުގަނޑުމެން ދަންނަވައިފިން މިހެންނޭ މި އޮތީ މި ކަންތައް. އެހެންވީމަ ކުދިން މާދަމާއިން ފަށައިގެން ކިޔަވަން އަޅުގަނޑުމެން ބޭނުންވެޔޭ،" އިބްރާހިމް ވިދާޅުވި އެވެ.

"ބުނީމަ ދަންނަވައިފި ތިއީ ވަރަށް ނުރައްކާ ކަމެކޭ. ދެން އަޅުގަނޑުމެން ދެންނެވިން ދަރިވަރުންނަށް ނުކިޔަވައިދީ ތިބުން މާ ނުރައްކާ ނޫންތޯއޭ. ވިދާޅުވީ އެ އުޅެނީ އަރަބިއްޔާގެ ދަފުތަރު އުވާލާށޭ. އެ ހިސާބުން އަޅުގަނޑުމެންނަށް އެނގުނީ އެއީ ތެދު ވާހަކައެއްކަން. އެހެން ސްކޫލްތަކަށް އަރަބިއްޔާގެ ހުރިހާ ކުދިން ރަޖިސްޓްރީވީމަ ނޯންނާނެ ނޫންތޯ."

އަރަބިއްޔާ ސްކޫލްގެ ބޯޑު މެންބަރު އިބްރާހިމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިބްރާހިމް ވިދާޅުވީ އޭރު ވެސް އަަރަބިއްޔާ ސްކޫލު ބާކީކޮށްލަން ރޭވީ މަކަރުވެރި ހީލަތްތެރި ގޮތަކަށް ކަމަށެވެ. އެހެންކަމުން އެ ގޮތް ކަމު ނުގޮސްގެން އެ ފަަހަރު ވެސް އަރަބިއްޔާގެ ބެލެނިވެރިން ނުކުތީ މުޒާހަރާ އަށް މަގުތަކަށެވެ.

އެކަމަކު، އިބްރާހިމް ވިދާޅުވި ގޮތުގައި އަރަބިއްޔާގެ ބެލެނިވެރިން އުޅެނީ މުޒާހަރާ ނުކުރެވިގެންނެއް ނޫނެވެ. އަރަބިއްޔާގެ ބެލެނިވެރިން ބޭނުންވަނީ އެ ސްކޫލަށް ދާއިމީ ހައްލެއް ލިބުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖީދީ މަގުގައި އަރަބިއްޔާ ހުރި ބިމުގައި އިމާރާތްތަކެއް ހަދަން ކުރެހުންތަކަކާއި ޕްލޭންތަކެއް ވެސް ހުށަހެޅި އެވެ. އަދި އެ ތަނަށް ފައިނޭންސް ކުރާނެ މީހުން ވެސް ލިބުނު ކަމަށް ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ކުރެހުންތަކާއި ޕްލޭންތައް ވެސް ބަލައިނުގަތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭރު ވަގުތީ ގޮތުން އަރަބިއްޔާގެ ދަރިވަރުން ބަދަލުކުރީގެ ކުރީގެ އެމްއީއެސް ހިންގި އިމާރާތަށެވެ. އޭރު މަންދު ކޮލެޖު ވެސް ހިންގަމުންދިޔައީ އެ ތަނުގަ އެވެ. އެކަމަކު، އޭރުގެ މަންދު ކޮލެޖުގެ މެނޭޖްމަންޓާ މައްސަލަ ޖެހި އަރަބިއްޔާގެ ދަރިވަރުން އެ ތަނުން ނުކުތީ އެވެ.

އެއަށްފަހު، އަަރަބިއްޔާގެ ދަރިވަރުން ކިޔަވަން ފެށީ އަމީނިއްޔާގެ ދަރިވަރުންނާ އެއް ސްކޫލެއްގަ އެވެ. ޝެއާ ކޮށްގެން ކިޔަވައިނުދެވޭނެކަން އެެނގުނީ އެ ހިސާބުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ. އަމީނިއްޔާގެ މެނޭޖްމަންޓާއި ބެލެނިވެރިން ވެސް ފުރިހަމަ އެއްބާރުލުން ދިން ކަމަށާއި ނަމަވެސް، އެއް ކްލާސް ރޫމެއްގައި ދެ ސެޝަނެއްގައި ދެ މީޑިއަމަކަށް ތުއްތު ކުދިންނަށް ކިޔަވައިދިނުމަކީ ފަސޭހަކަމަކަށް ނުވި ކަމަށް އޭނާ ވިދާޅުވި އެވެ.

އެއަށްފަހު، އަރަބިއްޔާގެ ދަރިވަރުން ބަދަލުވީ ޗާންދަނީ މަގުގައި ހެދި އެ ސްކޫލުގެ އާ އިމާރާތަށެވެ. އެހެން ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އެ ސްކޫލުގައި ކިޔަވައިދިނުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އިންޖިނޭރުން ބުނުމުން އަރަބިއްޔާގެ ދަރިވަރުންނަށް އެ ތަނުން ނުކުންނަން މަޖުބޫރުވީ އެވެ.

"މިއީ އިއްތިފާގެއް. މިއީ އިއްތިފާގެއް ކަމުގައި ވިޔަސް އެމްޑީޕީ ސަރުކާރު އޮތްއިރު ކުރީ ބާ އިމާރާތް ވެސް ވެއްޓުނީ. އަނެއްކާ ވެސް އެ ބޭފުޅުން ހެެއްދެވި އިމާރާތް ވެއްޓުމަކީ އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަން ޖެހޭ ސަބަބެއް ނޫނޭ. އެހެން ނަމަވެސް ތަން ނުދިނީމަ އަޅުގަނޑުމެން ޖެހުނީ ނުކުންނަން،" އިބްރާހިމް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލާފައި.--

އަރަބިއްޔާގެ ދަރިވަރުން މިހާރު ކިޔަވަނީ ވަގުތީ އިމާރާތެއްގަަ އެވެ. ދާދި ފަހަކާ ޖެހެންދެން ފޮރިން މިނިސްޓްރީ ހިންގި އެ އިމާރާތުގައި ވެސް ދަރިވަރުން ކިޔަވަނީ ވަރަށް ހާލުގައި ކަމަށާއި ޕީއީ ގަޑި ނަގާނޭ ތަނެއް ނެތް ކަމަށް ބެލެނިވެރިން ބުންޏެވެ. އަދި އެ ތަނުގައި ލައިބްރަރީއެއް އަދި ލެބޯޓަރީއެއް ވެސް ނެތް ކަމަށާއި ޖާގައިގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށް ބުނެ އެވެ.

ބަޔަކަށް ތަނެއް ލިބޭތީ މައްސަލައެއް ނޫން!

"އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެެއްވެސް މައްސަލައެއް ނެތް ޖަމާލުއްދީން ސްކޫލަށް އިތުރު ކޮށްދެެއްވާތީ. ޖަމާލުއްދީންއަކީ ވަރަށް ރަނގަޅު ސްކޫލެއް. މާލޭގެ އެންމެ ރަނގަޅު އެއް ސްކޫލް،" އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަރަބިއްޔާގެ ބެލެނިވެރިން ބުނީ މިހެންނެވެ.

އަރަބިއްޔާގެ ބެލެނިވެރިން ނުކުތީ އެ ސްކޫލުގެ ބެލެނިވެރިންގެ ހައްގުތައް ޔަގީންކުރަން ކަމަށާއި އަރަބިއްޔާގެ ދިފާއުގައި ނުކުންނާނީ އެ ބެލެނިވެރިން ކަމަށް ވެސް ބުންޏެވެ.

އިބްރާހިމް ވިދާޅުވީ ސަރުކާރުން އަޅައިދެނީ ވަރަށް ރަނގަޅު ސްކޫލެއް ކަމަށާއި ނަމަވެސް މިހާރު ޖާގަ އެ ދެނީ މި ވަގުތު ސްކޫލުގައި ތިބި 800އެއްހާ ދަރިވަރުންނަށް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި އަރަބިއްޔާއިން ޖާގަ ނެތިގެން އުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަރަބިއްޔާއަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ލިމިޓެޑް އެއްޗެއް ނޫން ދެއްވަންވީ. އަޅުގަނޑުމެންނަށް ދެއްވަންވީ އެއަށްވުރެ އެކްސްޓެންޑް އެއްޗެއް. ރައީސުލްޖުމްހޫރިއްޔާ ދެއްވައިފައި އޮތް ބިމަކީ ވަރަށް ރަނގަޅު ބިމެއް،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 25،000 އަކަފޫޓަށްވުރެ ސްކޫލުތައް ކުޑަ ނުކުރުމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭންޑެއް ކަމަށާއި ބާ ޖަމާލުއްދީންގެ ބިމުގައި 30،000 އަކަފޫޓު ހުރި ކަމަށެވެ. އެ ހިސާބުން ވެސް މައްސަލައަކީ ޖަމާލުއްދީނަށް ބައެއް ދިނުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މައްސަލައަކީ ލިމިޓެޑުކޮށް މިހާރު ދެއްވާތީ. އަޅުގަނޑުމެން މި އުޅެނީ ކުޅިވަރު ކުޅޭނެ [ޕީއީ ގަޑި] ތަނެއް ވެސް ނުލިބިގެން،" އޭނާ ވިދާޅުވި އެވެ.

ބާ ޖަމާލުއްދީން އިމާރާތް ތަޅާލުމުގެ މަސައްކަތް ކުރަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާގެ ބެލެނިވެރިން ބުނި ގޮތުގައި މިހާރު ޖަމާލުއްދީން ސްކޫލް އެހުރި ބިމަކީ 29،000 އަކަފޫޓުގެ ބިމެކެވެ. ބާ ޖަމާލުއްދީންގެ ބިމުން ޖަމާލުއްދީނަށް ދޭ ކްލާސްރޫމްތަކާއެކު، އިތުރު 12،000 އަކަފޫޓު އެ ސްކޫލަށް ލިބޭނެ ކަމަށް ބެލެނިވެރިން ބުނެ އެވެ. އެހެންކަމުން 30،000 އަކަފޫޓުގެ ބާ ޖަމާލުއްދީން ބިމުން އަރަބިއްޔާއަށް ލިބޭނީ 18،000 އަކަފޫޓެވެ. އެއީ އަރަބިއްޔާއަށް ހައްގު މިންވަރު ކަމަކަށް ބެލެނިވެރިން ގަބޫލެއް ނުކުރެ އެވެ.

އަރަބިއްޔާގެ ބެލެނިވެރިންނާ ސަރުކާރާ ކުރެވުނު މަޝްވަރާތަކުގައި 50 ކްލާސްރޫމް ހިމެނޭ ސްކޫލެއް އަޅުއްވައިދެެއްވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް ބެލެނިވެރިން ބުންޏެވެ. އެކަމަކު، މިހާރު 40 ކްލާސްރޫމަށް ބަދަލުވުމަކީ އެ ބެލެނިވެރިންގެ ކަންބޮޑުވުމެކެވެ.

އެ ބެލެނިވެރިން ބުނާ ގޮތުގައި ވަކި ތަނެއްގައި ސްކޫލު އަޅާކަށް ޑިމާންޑެއް ނެތެވެ. އެހެން ނަމަވެސް، ބޭނުންވަނީ ދެތިން އަހަރު ފަހުން އަނެއްކާ ވެސް ނުކުންނަން ނުޖެހޭ ޖާގައިގެ ގޮތުން ތަނަވަސް ސްކޫލެކެވެ.

އަރަބިއްޔާ ސްކޫލަކީ މާލޭގައި ގުރޭޑް އެކަކުން 12އަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. 800އެއްހާ ދަރިވަރުން ކިޔަވާ އެ ސްކޫލަށް ބެލެނިވެރިން ގަބޫލުކުރާ ގޮތުގައި ބޭނުންވަނީ ދާއިމީ ހައްލެކެވެ. އަބަދު މި ހާލުގައި އަަރަބިއްޔާ ދޫކޮށްލަން ބޭނުން ނުވާތީ އެވެ.

81 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 25%
icon angry icon angry 63%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިޖޭ

08 November 2022

އަރަބިއްޔާ ޕޭރަންޓުންނަކަށް ނޫން ދޯ އެނގޭނީ ސްކުލް ހިނަގާން

The name is already taken The name is available. Register?

ބަރުސީލު

27 October 2022

ހެޔޮވަރު ބާޖެއްގަ ފްލޯޓިން އަރަބިއްޔާ އެއް އަޅަންވީ. ވަށައިގެން ކަދުރު ރުއް ޖަހާފައި. ބެލެނިވެރިން ހިތްހަމަ ޖެހޭ ހިސާބެއްގަ ނަގިލި އަޅާފައި ބާއްވާނީ.

The name is already taken The name is available. Register?

ތިމް

26 October 2022

އެހެން ހުރިހާ ސުކޫލަކަށް ބޮޑު ބިމެއް ބޭނުންވާ އިރު ޢަރަބިއްޔާ އަށް ކުޑަ ބިންދޭކަށް ނުޖެހޭ. ރައީސުލްޖުމްހޫރިއްޔާ އަރަބިއްޔާ އަށް ދެއްވާފަ އޮތް ބިމެއް އެއީ. ހިރިޔާ ސުކޫލު ހެދި އިރު އެހެންޔާ ތާޖުއްދީން އެނެކުސް ހުންނަންވާނެ. މިހާރު ހަދާ ދަރުމަވަންތަ ސްކޫލްގައިވެސް އަރަބިއްޔާ އެނެކްސް އެއް ހުންނަންވާނެ. ދަރުމަވަންތަ އަށްވުރެ ކުދިންވެސްމާ ގިނަ ޢަރަބިއްޔާގަ.

The name is already taken The name is available. Register?

ާއައްޔަބޭ

25 October 2022

ތި ޕީޓީއޭ ކޮބައިތޯ އީޕީއެސް ހުރިބިމުގަ ހިލާލައިގެން ހެދި އިމާރާތް ވަހީދު ރެބަންފައް ކެނޑިދުވަހު މަޖީދީ މަގުގަހުރި އަރަބިއްޔާ އިމާރާތުގެ ތަނބުގަ ރެދުލައިގެން ދަރިވަރުންގެ ކިޔެވުން ކުރީގެ އެމްއީއެސް ހުރި އިމާރާތުގަ ހަމަޖައްސައި ދެއްވީމަވެސް ތި ޕީޓީއޭ އަކައް ކަމަކު ނުދިޔަ ޔާމިން ސަރުކާރުގަ ކަންކުރީ އަދި މާގޯސްކޮއް ޕީޓީއޭ އަނގަމަތީ. މަލަން އަޅަގެން ބިރުން ފިލާ ތިބީ ފޮޓޯއިން ތިފެންނަ މީހަކީ 100% ފޭކެއް

The name is already taken The name is available. Register?

އިބްރާހިމް ޓިކްޓޮކް

25 October 2022

މަގޭ ދަރި ބޭނުންވަނީ ޗައިނާ ބަހުން ކިޔަވަން. ސަރުކާރައް ގޮވާލަން ޗައިނިއްޔާ ސްކޫލް އެއް މަޖީދީ މަގުން ބިމެއްގާ އަޅާދޭން! ހަމަ ގައިމުންވެސް ޗައިނާ ބަހުން ކިޔަވައިގެން އެކުދިންނައް ވަޒީފާ ލިބޭނެ ކަން ކަށަވަރު!

The name is already taken The name is available. Register?

ކިމަން

26 October 2022

ކޮމެންޓުކުރާ ގިނަ މީހުނަށް ވާނުވާއެއް ނޭނގެ. ނޭނގޭ ކުދިން އަވަހަށް ޢަރަބިއްޔާ ހިސްޓްރީ ބަލަންވެފަ ތިއޮތީ.

The name is already taken The name is available. Register?

ޝޯމޭން

25 October 2022

މާލޭގަ ޕްރީސްކޫލުން ފެށިގެން ގްރޭޑް 12 އަށް ކިޔަވައިދޭ އަހުމަދިއްޔާގަ. އަރަބިއްޔާއަކީ މާލޭގަ 1-12 އަށް ކިޔަވައިދޭ ހަމައެކަނި ސްކޫލެއް ނޫން. އަހްމަދިއްޔާގަވެސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު. މިހާރުވެސް 2000 ކުދިންނަށްވުރެ ގިނައިން އެތާ އެބަކިޔަވާ. އެމީހުންނަށް ރަނގަޅު ޖާގައެއްދީފަ އަރަބިއްޔާ ކުދިން ގެންގޮސް އަހުމަދިއްޔާއަށް ވައްދަބަލަ.

The name is already taken The name is available. Register?

ނޫމަރ

26 October 2022

އަޙްމަދިޔާއަކީ ސަރުކާރު ސުކޫލެއް ނޫން. ޢަރަބިއްޔާ އަކީ ސަރުކާރު ސުކޫލެއް. ސަރުކާރު ސުކޫލު ތަކަށް ލިބިގެންވާ ހަމަހަމަ އުސޫލު ތަކުން ޢަރަބިއްޔާ މަޙްރޫމް ކުރާތީ އެވާހަކަ އެކިޔަނީ. ޢަރަބި އިސްލާމީ ތަޢުލީމަށް ކުރާ ޖެއްސުން ހުއްޓާލާ!

The name is already taken The name is available. Register?

ފޮއި

24 October 2022

އަރަބިއްޔާ ކުދިންނަށް ހޯދައިދޭންވީ މަންނައާ ސަލްވާ!

The name is already taken The name is available. Register?

ހަޑި ތުނބު

24 October 2022

އެއީ މާމަތީ ބެލެނިވެރިން ނޯ!

The name is already taken The name is available. Register?

ޢަލީ ޖީ

24 October 2022

މިހާރު ވާހަކަ މި ދެވެވެނީ މައިނޯރިޓީގެ ހައްގެއް ހޯދައިދޭން. ޢަރަބި މީޑިއަމް އަށް ކިޔަވާ ހުރީ ޢަރަބިއްޔާ އެކަނި. އިނގިރޭސި މީޑިއަމް އަށް ކިޔަވަން ޖަމާލުއްދީން ސްކޫލުގަ ޖާގަ ނެތިއްޔާ ވައްދާނެ އަނެއް ބަތާޅީސް ސްކޫލް ހަމައެކަނި މާލެ ސިޓީގަވެސް. އެހެންވީރު އެ 30000 އަކަފޫޓުން 25000 އަކަފޫޓު އަރަބިއްޔާ އަށް ނުދީ ޖަމާލުއްދީން އެކްސްޓެންޑް ކުރަން ނިންމި ނިންމުމަކީ އަނިޔާ އެއް. ބޭއިންސާފެއް. ޢަރަބިއްޔާ އަށް ޙައްޤުމިންވަރު ދީ!

The name is already taken The name is available. Register?

ކިމް

24 October 2022

އަންހެން ފިރިހެން އެކުވެގެން މުޒާހަރާކުރަން އޯކޭ….އަންހެން ފިރިހެން އެކުވެގެން ޕީޓީއޭގަ އުޅެން އޯކޭ. ޢަންހެން ފިރިހެން ނޫސް ކޮންފަރެންސް ބާއްވާ ޖެހިގެން ތިބެން އޯކޭ. ކިޔެވުން ނޮޓް އޯކޭ؟ ޑަބަލް ސްޓޭންޑަރޑް

The name is already taken The name is available. Register?

އުންސުރު

24 October 2022

ކޮއިފުޅާ! ދެލޮލަށް މިރުސް ދުން އެޅުނީތަ؟

The name is already taken The name is available. Register?

ކިމް

24 October 2022

އުންސުރު ހަޖަމް ޕްލީސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454