އެއާޕޯޓު ޓަަވަރުގައި މުވައްޒަފުންތަކެއް މަސައްކަތްކުރަނީ: ޓަވަރުން ރަންވޭއަށް ޖައްސާ ބޯޓުތަކާއި ފުރާ ބޯޓުތައް ކޮންޓްރޯލް ކުރޭ--ފޮޓޯ: ނިޝާން އަލީ/ މިހާރު
25 އޮކްޓޯބަރ 2022 - 12:15
ރާއްޖޭގައި ދުވާލެއްގެ މައްޗަށް އެއާޓްރެފިކްގެ 1،200 މޫވްމަންޓް ހިނގާ ކަމަށް އެމްއޭސީއެލުން ބުނެފި އެވެ.
ދުނިޔޭގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެމްއޭސީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް ތޯހާ ވިދާޅުވީ ވައިގެ ދަތުރުތައް އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި އެންމެ ބޮޑު ޑިމާންޑެއް އޮތީ، ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށާއި އެ އެއާޕޯޓުން ދުވާލެއްގެ މައްޗަށް އެއާޓްރެފިކްގެ 800 މޫވްމަންޓް ހިނގާ ކަމަށް ތޯހާ ވިދާޅުވި އެވެ.
އެއާކްރާފްޓެއް ޖެއްސުން އަދި ފުރައިގެން ދިއުމަކީ ވެސް އެއާޓްރެފިކް މޫވްމަންޓެއްގެ ގޮތުގައި ބަލާނެ އެވެ.
ރާއްޖޭގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް މި ވަގުތު ދެމުން އަންނަނީ އެމްއޭސީއެލުންނެވެ. މި ވަގުތު 19 އެއާޕޯޓަކަށް ދަތުރުކުރެ އެވެ.
ދުނިޔޭގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތަށް 100 އަހަރު ފުރުން ފާހަގަކުރަން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ ތޯހާ ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއޭސީއެލް
ތޯހާ ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމާ އެކު އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމަކީ ވަރަށް ގިނަ ބައެއްގެ، ވަރަށް ބުރަ މަސައްކަތެއް ކަމަށެވެ. އެކަމުގައި އޭޓީސީންގެ ދައުރު ވަރަށް ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއާޕޯޓުތައް އިތުރުވަމުންދާ ވަރަކަށް ސީޕްލޭން ދަތުރުތައް ވެސް އިތުރުވަމުން އަންނަނީ،" އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ތޯހާ ވިދާޅުވި އެވެ.
ޕައިލެޓުންނާއި އިންޖީނިއަރުންނާ ހިލާފަށް އެއާ ޓްރެފިކް ކޮންޓްރޯލަރުންނަކީ ސީދާ އެމްއޭސީއެލް އިން ތަމްރީންކުރާ ބައެކެވެ. އެ ކުންފުނިން ވަނީ ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން އެންމެ ފަހުގެ ވަސީލަތްތަކާ އެކު މި އަހަރުގެ ތެރޭގައި އޭޓީއާރު ސިމިއުލޭޓަރެއް ބޭނުންކޮށްގެން ތަމްރީންތައް ވަރުގަދަކޮށްފަ އެވެ.
ތޯހާ ވިދާޅުވި ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހު އާ ރަންވޭ ހުޅުވި ފަހުން އެއާޓްރެފިކް ކޮންޓްރޯލާއި އޭވިއޭޝަން ކޮމިއުނިޓީގެ މަސައްކަތަށް ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެއް ދުވަހުން އަނެއް ދުވަހަށް ނަމްބަރުތައް އިތުރުވެ، ލިބޭ ލުއި ފަސޭހަ އިތުރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެ ދަތުރުތައް ކުރިއަށް އޮތް ތަނުގައި ވެސް އިތުރުވެ، ސީޒަންގައި މި ފަހަރު ގިނަ ބޯޓުތައް އޮޕަރޭޓްކުރެވޭނެ ކަމަށާއި އެ މަންޒަރު ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަބޯ ފާތުމަ
25 October 2022
ތިއީ ހަމަ ތާހާ ގެ މޮޅުކަން.
ބޮކި
25 October 2022
1200 މޫވުމަންޓީ ހިގާނަމަ 24 ގަޑިއަށް ބެލިނަމަ އެއި ކޮންމެ ގަޑިއަކު 50، ހާދަބައިވަރޭ، ތިބޭފުޅުން ޓަވަރަށް އަރާފަ ފައިބާގަޑިވެސް ހިމަނައިގެން ދޯ ތިބުނީ.
ފީބޯ
25 October 2022
އަމުލުވެގެން މޫނުވަތައް މަގުމައްޗަށް ވެއްޓޭ ޕާޓެންވެސް ތީގެތެރޭ ހިމެނޭތަ؟ ފުލައިޓަކަށް ނުވިޔަސް ވަރަށް ބާރު މޫވްމަންޓާކާއެކު "ލޭންޑްކުރަނީ"
ނަގިއްޔާ
25 October 2022
މާލޭގެ މަޖީދީމަގުގައިވެސް ތިކަހަލަ 5 ވަރަކަށް ފޫޓް އުސްމިނުގެ ޓަވަރެއް ބަހައްޓަން އެބަޖެހޭ ވަރަށް ޕާޓޭން އެބަގިނަވޭ. އޭރުން ދާންވިދިމާލެއްނޭގިގެން ކާކު ބެންޑުވެފައި ތިބޭމީހުން ފަސޭހައިން ގައިޑު ކުރެވޭނެތާ! ކުރީ ދުވަހުކުވެސް ޕާޓޭއަކުގޮސް ބޫމް! ފާރުގައި ފުލްފޯސްގައި! އޭނަ ހީކުރީ އެތާ ދޮރެއް ހުރިކަމަށް!
ނޯ މޫވްމަންޓްސް
25 October 2022
ތޯހާ ދައްކަނީ ތޯތޯ ވާހަކައެއްނުންކަން އެބައެގޭ އެންމެ މަތީހުރި ފޮޓޯއަށް ބަލާލީމަ. އެސޮރު ހުރީ ވަރަށް ބޮޑަށް ދާހިއްލާފަ ވަރަށް ބައިވަރު ފުލައިޓް ޖައްސާނަމަ އެހިސާބަށްދާނެދޯ.
ދިރުންވެށި
25 October 2022
ކިތަންމެ މޫވްމަން ގިނަވިޔަސް އަދި ނަމްބަރު އިތުރުވިޔަސް ފައިދާވާކަމަކަށް ނުވޭ.
ސޮއިބ
25 October 2022
24 ގަޑި ކަމަށް ބަލައިފިއްޔާ 1.8 މިނެޓަކުން މޫމަންޓެއް. ދެން އޮތީ ހީތްރޯ އެއާޕޯޓު އެތަނުގައި ދުވާލަކު ޖައްސަނީ 1299 ފްލައިޓު. 2 ގުނަ ކުރީމަ 2،598 މޫމަންޓު.
ބާބާ
25 October 2022
ތޯހަވެސް މީހުންނަށް އެގޭގޮތައް ތިލަކޮށް ވާހަކަ ދައްކަންވީނުން ކޮން 800 މޫވުމަންޓެއް، ތިބުނަނީ 400 ފުލައިޓް ޖައްސާ/ނައްޓާލާ ވާހަކަތަ؟ އެަކަމަކު އެއީ ހާދަ ބައިވަރޭ، ނޮޓް ޕޮސިބަލް.
ކާފާ
25 October 2022
ކުޑަފޮތަކާ ފަންސުރަކާ ހިފައިގެން ހުޅުމާލޭ ވިލާ ޕެޓްރޯލް ޝެޑާ ދިމާލު ތޮށިމަތީ އިނދެ ގުނާލަބަލަ ރަންކޮޅާ. މޫދައްޖައްސާ ބޯޓުވެސް އެއީ ރިމޯޓް ކޮންޓްރޯލު އެއްޗިއްސެއްނޫން. ގުނާތި މޫދައްޖައްސާ ބޯޓުވެސް. ރަންވޭއަށް ޖައްސާ، އުދިއްސާލާ، މޫދައްޖައްސާ އުދިއްސާލާ.. ގުނާލާފަ ، ތޯހާއަށް ގުޅާތި އިނގޭ
ވާނުވާ09
25 October 2022
800 އެކިޔަނީ ސީޕެލެންވެސް ލައިގެން
hasan
25 October 2022
ހާދަ އުފާވެރި ޙަބަރެކޭ މަރުހަބާ ! ތިޔައީ ތަރައްގީ . .
ކައުންސެލަރު
25 October 2022
ޝުކުރިއްޔާ ރައީސް ޔާމީން! ޠާހާ އަށް ސަލާމް. އާރަންވޭގެ އެންމެ އުތުރުކޮޅާ ބާރަންވޭގެ އެންމެ އުތުރު ކޮޅު ގުޅާނުލެވިގެން މިއުުޅެނީ އެތާ އަޅާނެ ސިމެންތިކޮޅެއް 3 އަހަރުވީއިރު ނުލިބިގެންބާ؟ އެހެނީ މިހާރުވެސް ތިޔަތަނަށް ޖައްސާ އެންމެ ބޮޑެތި ބޯޓުފަހަރު ރަންވޭއަށް ޖެއްސުމަށްފަހު އަނބުރާލާފަ ޓެކްސީވޭއަށް އެރުމަށްފަަހު ކުރިޔަށް ދެވޭކަށްނޯވެ އަނެއްކާވެސް ރަންވޭއަށް ނާރައެއް؟ ކޮބާބާ ޖަވާބަކީ؟! ސިމެންތިކޮޅެއްދޭންވީތަ؟