ރ. އުނގޫފާރު: ފީނަން ގޮސް އުޅެނިކޮށް މަރުވެފައި ވަނީ އެރަށަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެނެއް.
25 އޮކްޓޯބަރ 2022 - 22:05
ށ. ގޮނާފަރު ފަޅުގެ ބޭރަށް ޑައިވްކުރަން ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި ވަނީ ރ. އުނގޫފާރަށް ނިސްބަތްވާ އަބްދުﷲ ސޯދިގު، 22 އެވެ.
ފުލުހުން ބުނީ ގޮނާފަރު ފަޅުގެ ބޭރަށް ޑައިވްކުރަން ގޮސް އުޅެނިކޮށް އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު 3:00 ހާއިރު ކަމަށެވެ.
އޭނާ ހޯދުމުގެ މަސައްކަތްކުރަނިކޮށް ފެނިފައި ވަނީ 4:15 ހާއިރު ކަމަށާއި އިތުރު ފަރުވާއަށް އެ އަތޮޅު ކަނޑިތީމު ސިއްހީ މަރުކަޒަަށް ގެންދިޔައިރު ވެސް އެ ޒުވާނާ މަރުވެފައިވާ ކަމަށް އެ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަނގޮޅިތީމް
26 October 2022
އާއިލާއަށް ކެއްތެ ރިކަން ދެވާށި! މަ ރުހޫމަށް ސުވަ ރުގޭގެ ނިއުމަތް މިންވަ ރު ކު ރައްވާށި.
ށަވިޔަނި
26 October 2022
ހިތާމަވެރި ހާދިސާއެއް. މަރުހޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވާށި.
މައި ސެލްފް
26 October 2022
އާމީން