ދުނިޔެ / ޕާކިސްތާން

އިންތިޚާބަށް ގޮވާލައި އިމްރާން ޚާން ހިނގާލުމެއް ބާއްވަނީ

އޮކްޓޫބަރ 21، 2022: ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން،، އޭނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުން ދުރު ކުރުމަށް އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ނިންމުމާ ގުޅިގެން، އޭނާގެ ސަޕޯޓަރުން ވެރިރަށް އިސްލާމް އާބާދުގައި މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ނުކުމެ ކަރުނަގޭސް ޖަހައި މުޒަހަރާ ހުއްޓުވަނީ. --އޭއެފްޕީ

26 އޮކްޓޯބަރ 2022 - 12:52

1 comments

ޕާކިސްތާނުގައި އަވަސް އާންމު އިންތިޚާބެއް ބޭއްވުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން، ހިނގާލުމެއް ބޭއްވުމަށް އެ ގައުމުގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ.

އިމްރާން ޚާން އިއްޔެ ވިދާޅުވި ގޮތުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައި ބާއްވާ ހިނގާލުން އޮންނާނީ މިއަންނަ ހުކުރު ދުވަހު އެވެ. މި ހިނގާލުން ކުރިއަށް ގެންދިއުމަށް އޭނާ ރާވާފައިވަނީ ލާހޯރުން ފެށިގެން ވެރިރަށް އިސްލާމް އާބާދަށެވެ.

ލާހޯރުން އިސްލާމް އާބާދާ ދެމެދު، އެއްގަމުން ކުރާ ދަތުރުގައި 380 ކިލޯމީޓަރު ކަޑައްތުކުރަން ޖެހޭނެ އެވެ. ކާރެއްގައި ގަޑިއަކު 112 ކިލޯމީޓަރު ބާރުމިނުގައި ދަތުރު ކުރިޔަސް، އެ ރާސްތާ ކަޑައްތުކުރުމަށް ތިން ގަޑިއިރާއި 23 މިނެޓް ނަގާނެ އެވެ.

އިމްރާން ޚާން ވިދާޅުވި ގޮތުގައި އޭނާގެ ސަޕޯޓަރުންނާ އެކުގައި ހިނގާލުން ފަށާނީ މިއަންނަ ހުކުރު ދުވަހު ހެނދުނު 11 ޖަހާއިރު، ލާހޯރުގެ މިނިވަންކަމުގެ މައިދާނުންނެވެ.

"ދިގު ހިނގާލުމަކަށް އަހަރެމެން މި ނުކުންނަނީ، މިހާރުން މިހާރަށް އިންތިޚާބު އިއުލާން ކުރުމަށް ސަރުކާރަށް ބާރު އެޅުމުގެ ގޮތުން. މިއީ މި ގައުމުގެ ތާރީޚުގައި ވެސް ބާއްވާ އެންމެ ބޮޑު ދިގު ހިނގާލުން. މި ހިނގާލުމުގެ ބައިވެރިންނާއި ޕާޓީގެ މެންބަރުންނާއި ޕާޓީ އަށް ސަޕޯޓްކުރާ އެންމެން ވެސް، ހުރިހާ ހަރުކަށި އަމަލުތަކުން ދުރުހެލިވާން ވާނެ."

މި ހިނގާލުމާ ގުޅޭ ގޮތުން ޕާކިސްތާން ސަރުކާރުން ބުނީ ހިނގާލުމުގެ ބައިވެރިން ވެރިރަށް އިސްލާމް އާބާދަށް ވަނަ ނުދޭނެ ކަމަށެވެ. އަދި އިސްލާމް އާބާދަށް ވަނަ ނުދިނުމުގެ ގޮތުން، އެ ސަހަރުގެ ވަށައިގެން ސަލާމަތީ ކަންތައް ބެލެހެއްޓުމަށް 30000 ސިފައިންނާއި ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ވެސް ސަރުކާރުން ބުނެ އެވެ.

އިމްރާން ޚާންގެ މައްޗަށް ކުރެވޭ ޚިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން،، އޭނާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަމުން ދުރު ކުރުމަށް ނިންމުމާ ގުޅިގެން، އިސްލާމް އާބާދުގައި މުޒާހަރާ ކުރަން ފެށުމުން، ފުލުހުން ނުކުމެ ކަރުނަގޭސް ޖަހައި މުޒަހަރާ ހުއްޓުވަނީ. --އޭއެފްޕީ

މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ބޮޑުވަޒީރުކަމުގެ މަގާމުން ދުރުކުރުމާ ވިދިގެން، އިމްރާން ޚާން ގެންދަވަނީ ދޭތެރެ ދޭތެރެއިން މުޒާހަރާތައް ބާއްވައި، އަވަސް އިންތިޚާބެއް ބޭއްވުމަށް ގޮވާލައްވަމުންނެވެ. ނަމަވެސް ސަރުކާރުން ބުނަމުން އަންނަނީ، އެންމެ އަވަހަށް ވެސް އާންމު އިންތިޚާބެއް އޮންނާނީ، ކުރިން ވެސް ކަނޑައެޅިފައި އޮތް މުއްދަތުގައި، މިއަންނަ އަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރުގެ މަގާމުގައި، 2018-2022 ހުންނެވި ދުވަސްވަރު، ގައުމުން ބޭރަށް ކުރެއްވި ދަތުރުތަކުގައި ލިބިވަޑައިގެން، ދައުލަތުގެ މިލްކިއްޔާތުގައި ހުއްޓައި މަގާމުގެ ނާޖާއިޒު ފައިދާ ނަންގަވައި، އެތަކެތިން ވިޔަފާރި ކުރެއްވުމުގެ ތުހުމަތުގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމުން ދުރުކުރުމަށް، އެ ގައުމުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ދެން އޮންނަ އިންތިޚާބެއްގައި ވާދަކުރުމުގެ ހައްގުން އިމްރާން ޚާން މަހުރޫމް ކުރުމަށް އެ ކޮމިޝަނުން ނުނިންމަ އެވެ. ޕާކިސްތާނުގެ ގާނޫނު ބުނާ ގޮތުން، އެފަދަ ޚިޔާނާތެއް ފެންމަތިވެއްޖެ ނަމަ، ބޮޑުވަޒީރުކަމުގެ މަގާމަށް ވާދަކުރުމުގެ ހައްގު ފަސް އަހަރުގެ މުއްދަތަށް ނިގުޅައިގަނެވިދާނެ އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮއްޔަ

26 October 2022

ސާބަހޭ އިމްރާނޫ. ދޫނުކުރާތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454