އެޮކްޓޫބަރ 26، 2022؛ (ކ-ވ) އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމަން އާއި ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ހުޔުން-ޑޮންގް އާއި ޖަޕާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޓަކެއޯ މޯރީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ
26 އޮކްޓޯބަރ 2022 - 16:19
އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރެއް އަޖުމަ ބަލައިފިއްޔާ، މިއިން ދުވަހަކު ވެސް ނުދޭ ވަރުގެ ވަރުގަދަ ރައްދެއް ދޭނެ ކަމަށް، އެމެރިކާ ދެކުނު ކޮރެއާ އަދި ޖަޕާނުން މިއަދު އިންޒާރު ކޮށްފި އެވެ.
އެ ތިން ގައުމުން މިއަދު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާ އިން އެ ގައުމުގެ ހަތް ވަނަ ނިއުކްލިއާ އަޖުމަބެލުމާ ދިމާއަށް މިސްރާބު ޖަހާފައިވާ އިރު، އެފަދަ ކަމެއް ކޮށްފި ނަމަ، މިއިން ދުވަހަކު ވެސް ކުރިމަތިނުވާ ވަރުގެ ރައްދަކާ އުތުރު ކޮރެއާ ކުރިމަތިލާންޖެހޭނެ އެވެ. އެ ތިން ގައުމުގެ ފަރާތުން އުތުރު ކޮރެއާ އަށް މި އިންޒާރުކުރީ، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ތިން ގައުމުގެ އިސް ބައެއް ބޭފުޅުންގެ މެދުގައި ބޭއްވި މަޝްވަރާތަކަށް ފަހު އެވެ.
މި މަޝްވަރާތަކުގައި ބައިވެރިވީ އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމަން އާއި ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ހުޔުން-ޑޮންގް އާއި ޖަޕާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޓަކެއޯ މޯރީ އެވެ.
"އަހަރެމެން އެއްބަސްވެގެން މިތިބީ، އުތުރު ކޮރެއާ އިން އެ ގައުމުގެ ހަތް ވަނަ ނިއުކްލިއާ އަޖުމަބެލުން ކުރިއަށް ގެންގޮސްފި ހާލަތެއްގައި، މިއިން ދުވަހެއްގައި ވެސް ނުދޭ ވަރުގެ ރައްދެއް ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް،" ދެކުނު ކޮރެއާގެ ޚާރިޖީ ވަޒީރުގެ ނައިބު ޗޯ ހުޔުން-ޑޮންގް ވިދާޅުވި އެވެ.
މިއަހަރު ފެށުނީއްސުރެ އިތުރު ކޮރެއާ އިން މިހާތަނަށް 24 އަށް ވުރެ ގިނަ މިސައިލް އަޖުމަ ބަލައިފި އެވެ. އޭގެ ތެރެއިން ބައެއް މިސައިލްތައް ޖަޕާނުގެ މަތިން ފޮނުވާލާފައިވާ އިރު، އޭގެ ތެރޭގައި ކުރު ރާސްތާގެ މިސައިލްތަކާއި މެދު ރާސްތާގެ ބެލެސްޓިކް މިސައިލް ވެސް ހިމެނެ އެވެ.
އުތުރު ކޮރެއާގެ މިސައިލް އަޖުމަބެލުންތަކާ ގުޅިގެން އެމެރިކާ އާއި ހުޅަނގުގެ ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އުތުރު ކޮރެއާ މިހާރު ތައްޔާރުވަމުން އަންނަނީ ނިއުކްލިއާ ހަތިޔާރެއްގެ އަޖުމަ ބެލުމަށެވެ.
"މި މައްސަލަ އިތުރަށް ހޫނު ނުކުރުމަށް އުތުރު ކޮރެއާ އަށް އަހަރެމެން އިލްތިމާސް ކުރަން. އެފަދަ ކަމެއް ކޮށްފިއްޔާ އަހަރެމެންގެ ބައިވެރިން ކަމަށްވާ ދެކުނު ކޮރެއާ އާއި ޖަޕާނުގައި، އެމެރިކާގެ އެންމެ ފުރިހަމަ އަސްކަރީ ގާބިލުކަން ބޭނުންކުރަން ޖެހިދާނެ. އޭގެ ތެރޭގައި ނިއުކްލިއާ ހަތިޔާރާއި އެނޫން ބާވަތުގެ ހަތިޔާރުތަކާއި މިސައިލްގެ ދިފާއީ ނިޒާމުތައް ވެސް ހިމެނޭނެ،" އެމެރިކާގެ ޚާރިޖީ ވަޒީރުގެ ނައިބު ވެންޑީ ޝާމަން މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެކުނު ކޮރެއާ އާއި ޖަޕާނު ދިފާއުކޮށްދިނުމަށް އެމެރިކާ އިން ވެފައިވާ ވައުދަކީ، އެކަތައިގެ ނިންމުމެއްކަން އުތުރު ކޮރެއާ ދަންނަންޖެހޭނެ އެވެ. އެހެންކަމުން އެމެރިކާގެ ބައިވެރިން ހިމާޔަތް ކުރުމަށްޓަކައި އެމެރިކާ އަށް ލިބިގެންވާ ދިފާއީ ހުރިހާ ގާބިލުކަމެއް ބޭނުންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1206
28 October 2022
ނިއުކްލިއަރ ޓެސްޓުތައް ހެދުން އެއީ އެމެރިކާއާއި އިޒުރޭލެކޭ އެއް ފަދައިން އުތުރު ކޮރެއާ އަށް ވެސް ލިބިގެންވާ ހައްގެއް. އެމެރިކާ ދުނިޔޭގެ ވެރިކަމަށް އެއްވެސް ބަޔަކު އައްޔަންކޮށްގެން ނޫޅޭ. އެމެރިކާ އަމިއްލަޔަށް މަތިން ބައިން ޖެހިގެން އުޅުނެއް ކަމަކު. މި އެމެރިކާ ސައިޒު ވާނެ ދުވަހަކަށް ކުރެވޭ އިންތިޒާރެއްގެ ފޮނިކަމާ އެވެ. އެ ދުވަހަކުން މަ ލައްކަ އުފާވާނެ. އެ ކަން ކުރާނެ ބަޔަކަށް ހާސްހާސް ފަށުން ޝުކުރު ހުރި.
އެކަނބާ
25 February 2023
އެދުވަހު ބުނާނެ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
ސަލީމު އިދުރީސް
27 October 2022
އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މިތާ ނިއުލިޔާ ހަތިއާރު ބޭނުކުރުމައް ތާއީދުކޮއް ވާހަކަދައްކާ ބީރުބޮލުމެއްގެ އެއްކަންފަތުން ވައްދާ ރޯނުފައް އަނެއްކަން ފަތުން އަޅައިގަތުމެއްނެތި ނެރެވޭވަރައް އެ ދޭތެރެހުސް! ތި އުތުރުކޮރިޔާ ތިއީ ރައްޔިތުން ލައްވާ އިންސާނީ ކަރާމާތް ގެއްގޮތައް މަސައްކަތްކުރުވާފަ ޑިއްޓާގެ އަރާމު ދިއުޅުމައް ފައިސާ އެއްކުރާތަނެއް!އުތުރު ކޮރިޔާ އެއީ އެއްންމެ މިނިވަން ގައުކަމުގަ މިފަދަޒަމާނެއްގަ ގަބޫލު ކުރެވެނީ ޒާތެއްގެ ނަފުޒާނީ ބައްޔެއްހުރީމަ
ބީރުބޮލުވަޒީރު.
27 October 2022
ޢިއްޒަތްތެރި ސަލީމު އިދުރީސު ހުސްބަނޑާހުރިހެން ހާދަހީވެޔޭ. އުތުރު ކޮރެއާގެ ސަރުކާރަށް ތާއީދުކޮށެއްވެސް އަދި ނިއުކުލިއަރ ހަނގުރާމައަކަށް ތާއީދުކޮށްވެސް އަޅުގަނޑު ވާހަކައެއް ނުދައްކަން. ވަރަށް ހެއުދުޢާ ސަލާމް.
ބީރުބޮލުވަޒީރު.
26 October 2022
އެއްކަލަ ދަތްނެތް ސިންގާ ހަޅޭލަވަންފެށީ. ކުރަފިވެސް މިހާރު އެމެރިކާއަށް ނުސިހޭ.
ޔާޔާ
26 October 2022
އެއްކަމެއްވެސް ނުކުރެވޭނެ. ކުރާކަށް ނުވެސްކެރޭނެ. އަނގައިން ވަރުގަދަ ރައްދެއްދީފާނެއެވެ. އެމެރިކާއަކީ އެހެން ޤައުމުތައް ބިރުގެންނެވުމަށް ވަރަށް ކުޅަދާނަ ޤައުމެކެވެ.
ޝެންޒެން
26 October 2022
ކޮން ރައްދެއް ދެވޭނީ؟ ބިރުދެއްކުން ނޫންކަމެއްވާ ބައެއްނޫން ތިއީ. ކުރެވޭނެހާވެސް ކަމަކީ އުތުރު ކޮރެއާ އެކަހެރި ކުރުމާ އިގްތިސާދީގގޮތުން ދަތިކުރުން.
ޖުންމަސް
26 October 2022
ތީހަމަ އަރުވާ ފޮނައެއް ކަލޭމެންނަށް ނުކެރޭނެ ހަމަ އެއްކަމެއްވެސް ކުރާކަށް....ލޮލް
އަފްރާސިޔާބު
26 October 2022
ދެން ޖަހާބަލަ. ވަރުގަދަ އެތިފަހަރެއް ޖަހާނަން. އެޖެހީ! ދެން ޖަހާބަލަ. ބިންމަތިކޮށްލާން. އެޖެހީ! ދެންޖަހާބަލަ. ފައިތާޅައަށް ފޮނުވާލާނަން. މިނޫން އަޑެއް އެމެރިކާއާއި ދެކުނުކޮރެޔާ އަދި ޖަޕާނުން ކިޔާތަނެއް ފެނޭތަ؟
ކިމްގޯވަންޓުވަން
26 October 2022
އެއްދިމާލަކުން ނުފެށުނިއްޔާ އަނެއްދިމާލަކުން ފެށޭތޯބަލަނީތޯ؟