ޚަބަރު / ގދ. ހޯނޑެއްދޫ

ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުނުވާނަން: ރަޝީދުގެ އާއިލާ

ރަޝީދު މަރުވުމުން މަޑަވެއްޔަށް ގެންދަނީ: އޭނާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ދަނީ މަސައްކަތް ކުރަމުން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ ހަށިގަނޑުގެ އާއިލާއާ ހަވާލު ނުކޮށް، ޕޯސްޓްމޯޓަމް ހަދަން އުޅޭތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ގދ. ހޯނޑެއްދޫގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި ފުލުހުންނަށް ވަނީ ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފަ އެވެ. އޭނާ މަރުވީ މެޔަށް ތަދެއް އެރުމުން އޭނާއަށް ފަރުވާ ދިނުމަށް ފުލުހުން އިންކާރު ކުރުމުން ކަމަށް ތުހުމަތު ކުރެ އެވެ.

އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ބޭނުންވިޔަސް، އާއިލާއިން އެކަމަށް އިންކާރު ކުރެ އެވެ. އޭނާގެ ހަށިގަނޑު އަދިވެސް އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ގަލޮޅު މޯޗަރީގަ އެވެ. އާއިލާ މީހުންނަށް އެތަނަށް ވަނުމުގެ ހުއްދައެއް ފުލުހުން ނުދެ އެވެ.

ރަޝީދުގެ އާއިލާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އޭނާގެ އަންހެނުން ބުނީ ހަށިގަނޑު މާލެ ގެނައީ އާއިލާއާ ހަވާލުކުރަން ކަމަށް ކުރިން ބެލެވުނަސް، އެކަމަށް އަދިވެސް ފުލުހުން ދެކޮޅު ހަދާ ކަމަށެވެ. އަދި ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވާ ކަމަށް އާއިލާއިން ތަކުރާރުކޮށް ބުނެފައި ވަނިކޮށް، ފުލުހުންނަށް އަމިއްލައަށް އެކަން ނުކުރެވޭނެ ކަމަށާއި އެހެންވެ، ހަށިގަނޑު އާއިލާއާ ހަވާލުކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އެ މީހުން ކުރާ ތަހުގީގެއް ކުރަން އަޅުގަނޑުމެން ހުރަހެއް ނާޅަން ދެއްތޯ. އަޅުގަނޑުމެން ބުނީ އަޅުގަނޑުމެންނާ އެއްވެސް އެއްޗެއް ހިއްސާ ނުކޮށް، އެއްވެސް އެވިޑެންސެއް ހިއްސާ ނުކޮށް، އަނދިރީގައި ބައިތިއްބާފައި ޕޯސްޓްމޯޓަމް ނުހެދޭނެއޭ. އަހަރުމެންގެ ހައްގެއް ވެސް އެބައޮތޭ،" އަންހެން ބުންޏެވެ.

މަރުވި އަބްދުﷲ ރަޝީދު

"މަރުވުމަށްފަހު ހަށިގަނޑަކީ އަހަރުމެންގެ އެއްޗެކޭ." އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަޝީދަކީ ދުވަހަކު ވެސް މަސްތުވާތަކެތި ބޭނުންކުރި އަދި އެފަދަ ރެކޯޑެއް ވެސް އޮތް މީހެއް ނޫނެވެ.

ރަޝީދުގެ ބޮޑުބޭބެ ބުނީ އޭނާގެ މަންމައާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ ބައްދަލު ކުރުމަށްފަހު ހަށިގަނޑުގެ ޕާސްޕޯޓަމް ހަދާނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދައިފިނަމަ، ހަށިގަނޑާ ހަވާލުވާން އާއިލާއިން ބޭނުންނުވާ ކަމަށް އޭނާ ބުންޏެވެ.

"ގެންގޮސްފައި އަނބުރާ އަޅުގަނޑުމެން ބޭނުމެއް ނޫނޭ މަސްގަނޑެއް،" އޭނާ ބުންޏެވެ.

އަބްދުﷲ ރަޝީދުގެ ކޮއްކޮ ބުނީ ހަށިގަނޑު ގެނައި ފަހުން މިހާތަނަށް އޭނާގެ ހަށިގަނޑު ދައްކާފައިނުވާ ކަމަށެވެ. އަދި ފުލުހުން މަސައްކަތް ކުރަނީ ގަދަބާރުން އާއިލާގެ ނުރުހުމުގައި ޕޯސްޓްމޯޓަމް ހަދަން ކަމަށް އޭނާ ބުންޏެވެ.

"ތަކުރާރުކޮށް ބުނީ ތިމަންނަމެން ބޭނުމޭ ޕޯސްޓްމޯޓަމް ހަދަން. ނަހަދާ ދޫ ނުކުރާނަމޭ،" އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަޝީދު މަރުވީ ފުލުހުން ގަސްދުގައި އޭނާ މަރާލުމުންނެވެ. އަދި އޭނާ ހައްޔަރުކުރި ވަގުތުން ފެށިގެން ވެސް އާއިލާއިން ދިޔައީ ފުލުހުން އަމަލުކުރި ގޮތް ބަލަމުން ކަމަށާއި އަދި އާއިލާގެ ފަރާތުން އެއްވެސް ހުރަހެއް އޭރު ފުލުހުންނަށް ކުރިމަތިކޮށްފައިނުވާ ކަމަށް އޭނާ ބުންޏެވެ.

ރަޝީދުގެ މަރުގެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.

74 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 10%
icon angry icon angry 68%
icon wow icon wow 10%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބެލޭ

28 October 2022

މައްޔިތާގެ އަބުރު ސާފުވާނެ ގޯހެއް ނެތިއްޔާ ޕޯސްޓުމޯޓަމުން

The name is already taken The name is available. Register?

ދޮން މަނިކު

28 October 2022

އާއިލާއަށް ތައުޒިޔާ ދަންނަވަން. އާއިލާގެ ބަސްމަގު ތިޔަ ހުރީ އަރަބިއްޔާ ބެލެނިވެރިންގެ ބަސްމަގު ހުންނަގޮތަށް.

The name is already taken The name is available. Register?

ޙުމނު

28 October 2022

މަރުގެ ހަގީގަތް ހޯދަން އިދިކޮޅު ހަދަނީ ކީއްވެބާ؟ ރަގަޅު މީހަކަށްވިޔަސް މައްސަ ތަހްގީގު ކުރަން ޖެހޭނެ. އަނެއްމީހާ އަށް އިގޭނެތާ ތި މީހަކާ ތިކަމަކާ ގުޅުުން އޮތިއްޔާ.

The name is already taken The name is available. Register?

ފައުޒު

28 October 2022

އާއިލާ އަށް ތައުޒިޔާ ! މައްސަލަ އަކީ ޑްރަގްގެ ބޮޑު މައްސަލަ އެއް. ހައްޔަރު ކުރި އަނެއްމީހާ ދެއްކި ތަންތަނުން ޑްރަގް ހޯދައިފި. ޕޯސްޓްމޯޓަމް ހެދީމަ އެނގޭނެ އޯވަރޑޯޒް ވެގެން މަރުވިޔަސް. އިދިކޮޅު ޕާޓީގެ މެމްބަރެއް ވީމަ އެޕާރޓީ އަށް ވެސް ތައުޒިޔާ.

The name is already taken The name is available. Register?

ސްމޭޝް-ފުވައްމުލައް

28 October 2022

ވަނާލު ވިޔަސް ނުވިޔަސް ގާނޫނުން ލިބިދޭ ބާރެއް ފުލުހުން ބޭނުންކޮށްގެން ވެސް ތަހުގީގު ކުރާނެ. ހަވާލު ނުވިއްޔާ ދައުލަތުން ވަޅުލާނީ - ނިމުނީ އެއްނޫން

The name is already taken The name is available. Register?

އެމްސް

28 October 2022

ރަޝީދުގެ ޢާއިލާއިން މަރުގެ ޙަޤީގަތް ހޯދަން ބޭނުން ނެތިއްޔާ އެއްވެސް ބަޔަކަށް ތުހުމަތުކުރުން ހުއްޓާލަންވީ!

The name is already taken The name is available. Register?

ޑިމްސް

28 October 2022

ބޭނުމީ ތާ އަބަދައް ފުލުހުން ބަދުނާމް ކުރުން އަދި ރަޝީދު އަކީ ހުދު ކާފޫރަކައް ހަދާފަ ވާހަކަ ފަތުރަން!

The name is already taken The name is available. Register?

ޔާންބެ

28 October 2022

އޮޓްޕްސީ ހެދުން މައްސަލައެއްނޫން. މިމައްސަލާގެ ވަށާގެންވާ ކަންކަމަށް ބަލާއިރު އޮޓްޕްސީ ހެދިޔަސް ރިޕޯޓް ލިބޭނީ ފުލުހުންގެ އަތަށް. ފުލުހުން ތަހުގީގު ހިންގަނީ އެމަިހުން ބުނިއެއްޗެއް އެގެން އޮންނީ. ދެއްކި ލިއުމެއް ފެންނަން އޮނާނީ. އިތުބާރު ގެއްލުނީ އާއިލާއިން ބޭނުންމެއް ނުވާނެ މިކަމުގެ ތަހުގީހިންގަން

The name is already taken The name is available. Register?

އެމްސް

28 October 2022

ފެބްރުއަރީ 7 ގަ އާއި ޙުސެއިން ޞަލާޙުގެ ކަންކަމުގަވެސް ކަންތައްވީ ތިޔަހެން!

The name is already taken The name is available. Register?

އެތިކް

28 October 2022

ކޮންމެފަދަ ހާލަތެއްދިމާވެގެން މަރުވިކަމުގައިވީނަމަވެސް، ފަރުވާދޭން ލަސްވިނަމަ، ލަސްނުވާ ކަމަކަށް ނުވާނެ. އާއިލާގެ ހުއްދަނެތި ހަށިގަނޑު ފެޅުމަކީ ދެވޭ އިތުރު އަނިޔާއެއް. ތުހުމަތު ޕުރޫވް ކުރުމުގެ ނިޔަތުގައި ވިޔަސް، އާއިލާއިން ދައުވާ ނުކުރަން ނިންމާފަސެސް ހަށިގަނޑު ނުފެޅުން އެއީ ޕޮލިޓިކަލީ ކަރެކްޓް ގޮތަކީ. އިތުރު ރުޅިވެރިކަމެއް މިކަމުން ނިކުން ނާނީ.

The name is already taken The name is available. Register?

ރާޒީ

28 October 2022

ފުލުހުން އޭނާ މަރާލީކަމަށް އާއިލާއިން ބުނާނަމަ ޕޯސްޓްމޯޓަމް ނަހަދަ ވަޅުލައިގެންނުވާނެ. މަރުވިގޮތް ކޮންމެހެންވެސް ބަލަންޖެހޭނެ އެހެންނޫންނަމަ އާއިލާއިން ކޯޓަށްގޮސް ތިމައްސަލައިގަ ފުލުހުން ބެދުން އެކަށީގެންވޭ. އާއިލާއިން ޕޯސްޓްމޯޓަމް ހަދަން ދެކޮޅީ ކޮން މަގުސަދެއްގަ ކަމެއްވެސް ނޭގެ.

The name is already taken The name is available. Register?

ޢަހްމަދ

28 October 2022

ބައެއްފަހަރު ހީވޭ ތިޔަ އެއްޗެއް ހަދައިގެން އިތުރު ކަންތައްތަކެއް އެނގިދާނެތީ އުޅޭހެންވެސް..

The name is already taken The name is available. Register?

އިސްފު

27 October 2022

އާއިލާ ނުރުހުމުގާ އެހެން ނަހަދާ.....

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454