ޚަބަރު / މަސްތުވާތަކެތި

ހޯނޑެއްދޫން މިހާތަނަށް 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ

ގދ. ހޯނޑެއްދޫ: އެރަށުގައި މިހާރު ކުރިއަށްދާ ޑްރަގް އޮޕަރޭޝަނުގައި 15 ވަރަކަށް ކިލޯގެ ޑްރަގްގެ ހޯދާފައިވޭ.

ގދ. ހޯނޑެއްދޫގައި ފުލުހުން މިހާރު ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 15 ވަރަކަށް ކިލޯގެ ޑްރަގު ފެނިއްޖެ އެވެ.

ފުލުހުން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް އަދި ސައުތު ޕޮލިސް ގުޅިގެން ކުރިއަށް ގެންދާ ޑްރަގް އޮޕަރޭޝަނެއްގައި ހޯނޑެއްދޫ ވަލު ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަޅުލާފައި ހުއްޓާ ވަނީ ހޯދައިފަ އެވެ.

އެތަނުން ފެނިފައި ވަނީ ކިހާ އަދަދެއްގެ ޑްރަގްކަމެއް ފުލުހުން ހާމަނުކުރިޔަސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި މިހާތަނަށް 15 ވަރަކަށް ކިލޯގެ މަސްތުވާތަކެތި އެ ރަށުން ފެނިފައިވެ އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ހިންގަމުންދާ އެ އޮޕަރޭޝަނުގައި ހޯނޑެއްދޫގެ އެކި ތަންތަން ބަލައިފާސްކުރާނެކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެ އެވެ.

އެކަމަކު މިހާތަނަށް ފެނުނު ޑްރަގަކީ އެރަށުގެ ވަޅު ތެރެއިން އެކަނި ފެނުނު ޑްރަގްގެ އަދަދު ކަމެއް ސާފެއް ނުވެ އެވެ. ރަށުގެ އެކި ތަންތަން ބަލައި ފާސްކުރަމުންދަނީ އެކި ތަންތަނުގައި ޑްރަގް ފޮރުވާފައިވާކަމުގެ މައުލޫމާތު ލިބިގެން ކަމަށްވެ އެވެ.

ނަމަވެސް ޑްރަގުގެ ބޮޑު އޮޕަރޭޝަނެއް މިވަގުތު ކުރިއަށްދާއިރު މިދިޔަ އަންގާރަ ދުވަހު އެރަށުން ވަނީ ޑްރަގް މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރެއިން އަބްދުﷲ ރަޝީދު 42، މަރުވި މައްސަލައާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް ޕޮލިސް ކޮމިޝަނަރު ވިދާޅުވީ އޭނާއަކީ ރާއްޖެއަށް ޑްރަގް އެތެރެކުރި މައްސަަލައަކާ ގުޅިގެން ހައްޔަރުކުރި މީހެއް ކަމަށާއި ހައްޔަރުގައި ހުއްޓާ އޭނާ މަރުވުމަކީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ތަހުގީގުކުރަމުން އަންނައިރު އިންސާފުވެރިކަމާ އެކު މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިރުޝާދު ދެއްވާފައިވާ ކަމަށް ސަރުކާރުން މިއަދު ބުންޏެވެ. އަދި އެކަން ހިނގަމުންދާ ގޮތް ރައީސް ގާތުން ބައްލަވަމުން އެބަ ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

18 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 80%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސިދުރަތު

30 October 2022

ހެންވޭރުކޮޅުގަ އުޅޭ ތިރަށު ކުދިބަޔަކުވެސް، ވިއްކުމުގައި

The name is already taken The name is available. Register?

މިނާ

29 October 2022

ނުހުންނާނެ. ނުފެންނާނެ. ހޯޑެއްދޫ އަކީ މަސްތުވާތަކެތި ދަންނަ ބަޔަކުވެސް އުޅޭ ރަށެއް ނޫން. މަސްތުވާތަކެތީގެ އެއްވެސް ރެކޯޑެއް ވެސް އޮތް ރަށެއްނޫން.

The name is already taken The name is available. Register?

ސީޒަން ޖެކުހަން

28 October 2022

15 ކިލޯ؟ އަބާދީ ކިހާވަރެއް؟

The name is already taken The name is available. Register?

ނަންނެތް

28 October 2022

ޝްޝްޝް. ތިވާހަކަ ނުދައްކާ. މަރުވި މީހާގެ ވާހަކަ ދައްކާ.

The name is already taken The name is available. Register?

48343

28 October 2022

ގައުމެއް ވާ ނެތް.

The name is already taken The name is available. Register?

ކަޑި އަލިކޮއި

28 October 2022

ނ. އަތޮޅު ވެލިދޫ ގަ ވެސް މިފަދަ އޮޕަރޭޝަން އެއް ހިންގަން ޖެހޭ! މުސްކުޅި އުމުރުން ފެށިގެން ކުޑަކުދިންނަށް ވެސް ގަންނަށް ލިބެނީ ބަޔަކު ވިއްކަތީ!

The name is already taken The name is available. Register?

ބޮޑުމީހާ

28 October 2022

ހުކުރު ދުވަހު ހުކުރު ވަގުތުގައި 15 ކިލޯގެ މަސްތުވާތަކެތި ފެނުން، އިންޓަލިޖެންސް ރިޕޯޓް ހެދުން ފަދަ ކަމެއްބާ! އާއްމު އުސޫލުން ފުރަތަމަ ފުލުހުން ހޯދަނީ ޑްރަގް، ދެން މީހާ ހައްޔަރުކުރަނީ. މިކޭސްގަ ފުރަތަމަ މީހާ ހައްޔަރު، އޭގެ 3 ދުވަސް ފަހުން ހުކުރު ދުވަހެއްގެ ހުކުރު ވަގުތު 15 ކިލޯގެ ޑްރަގް

The name is already taken The name is available. Register?

ބަސް

28 October 2022

ހާދަ ވަަކަށް އާންމު އުސޫލު ވެފަ... ތިހާ ބޮޑަށް އިނގެންޏާ ދާންވީނު އެތަނަށް ގޮސް އެކަން ކުރަން.

The name is already taken The name is available. Register?

ސަމްތިންގ

28 October 2022

ބްރާންޗާ ކަލެއައް އެނގޭތަ އިންވެސްޓިގޭޝަންއޭ މިކިޔާ އެއްޗެއް

The name is already taken The name is available. Register?

ހިމާރުލްގައުމު

28 October 2022

ކުރިން ފެންނަނީ މަސްތުވާ އެއްޗެހި ކަމަށް ޝައްކު ކުރެވޭ އެއްޗެހި. މީހެއްގެ މަރުގަ މިވެރިންގެ އިހުމާލު އޮތޭ ކިޔާ ގޮވާތީ މެޑަލެއް ޖަހާ އެކަން ފޫ ބައްދާލަން މިފަހަރު މި ފެނުނީ ސީދާ ހަމަ މަސްތުވާ އެއްޗެހި. އަނެއްކާ މޭބިސްކދުރުތަ؟

The name is already taken The name is available. Register?

ޖަމަލުލްގައުމު

28 October 2022

ކަލޭގެ ދަރިޔަށް ޓެސްޓަކަށް ދޭން ފެނޭ އެއީ އަސްލުތޯ ބަލާލަން.

The name is already taken The name is available. Register?

ބަބުކޮޔޮ ޒަރީނާ

29 October 2022

މޮޔަވެގެން އެބައްލަވާއިރު ނޭގެނީތަ1 އެހެން ވާނީ ވެސް ތަނަވަސް ކަން އާއިލާ އިން މަހްރޫމް ވާތީ ފިސާރި ރޯމަހެއް ހެން ތެޅިލާނެ އެއްނު

The name is already taken The name is available. Register?

ހާމިދު ޝާޙިދު

28 October 2022

މާލޭގައާއި އެހެން ރަަށްރަށުގައި އުޅޭ ޕާޓޭންގެ އަތްފޯރާ ފަށުގައި ހުންނަ އެއްޗެއް ނޫން ތިއީކީ. ތީގެން އިންސައްތައެއްހާ މަދުން މިންވަރެއް ރާއްޖޭގައި ސަރކިއުލޭޓް ކުރެވޭނީ. އެހެނީ، އަގު ބޮޑުކޮށް ތިގަންނާނެ ބަޔަކު މިގައުމުގައި އަދި، އަމުދުން ހޯނޑެއްދޫއަކު ނެތް. އެކަމަކު ރާއްޖެ އޮންނަ ލޮކޭޝަންގެ ފައިދާ ހިފައިގެން މަސްވެރި އުޅަނދުފަހަރު ބޭނުންކޮށްގެން އެތަކެތި ރާއްޖޭގައި ޓްރާންސިޓް ކޮށް އެކި ގައުމުތަކަށް ދާ އުޅަނދުތަކަށް އިކޮނޮމިކް ޒޯން ތެރެއިން އަރުވަނީ

The name is already taken The name is available. Register?

އަފްރާސިޔާބު

28 October 2022

ހީމިދަށް ތިޔަހެން ހީވިޔަސް ހޯނޑެއްދުއަށްވުރެ ގިނަ ޑްރަގު ފައިސާ އަނބުރާ ރަށެއް ފާލެ ފިޔަވައި ރާއްޖޭގައި ނޯންނާނެ. ރިސޯޓުތަކުގެ ވަޒީފާގައި ތިބެފައި ކެނޑިގެން އެރަށުގެ ޒުވާނުން އުޅެނީ މުޅި ހުވަދު އަތޮޅަށް ޑްރަގު ވިއްކުމުގައި. ތިޔަ މަރުވީމާވެސް ކުރާ މަސައްކަތް ރަނގަޅަށް ތަހުގީގެއް ކުރީމާ އެނގޭނީ އޭނާ ޑްރަގު ވިއްކުމުގައި އުޅެނީ ކިހާވަރަކަށް ކަން.

The name is already taken The name is available. Register?

1828

28 October 2022

"އިންސާފުވެރިކަމާ އެކު މައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިރުޝާދު ދެއްވާފައިވާ" ނުޖެހޭ އިރުޝާދު ދޭކަށް. އެއީ މިނިވަން 02 މުއައްސަސާ. އެތާގައި ތިބި މީހުންނަށްވެސް އިނގޭނެ މައްސަލައެއް ހުށައެޅިއްޖެނަމަ މައްސަލަ ބަލަންވާނީ އިންސާފްވެރިކޮށްކަން.

The name is already taken The name is available. Register?

ކޯރާޑި

28 October 2022

އެހެން ނޫނިއްޔާ މުޅިން ފެންނަނީ “މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ”އެއްޗެހި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454