ށ. ފުނަދޫގައި މިއަދު ދޯނީގައި ރޯވެ އަނދަނީ:
04 ނޮވެމްބަރ 2022 - 18:23
ށ. ފުނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ އެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަން ރިޕޯޓުކޮށްފައި ވަނީ 11:15 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ވަގުތު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާއި ދުން އެރުމަށް ފަހު ކުއްލިއަކަށް މުޅި ދޯނީގައި ހުޅުގަނޑު ހިފީ ކަމަށް އޭނާ ވިދާޅުވި އެވެ.
"މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކަންޏެއް ޖަހާފައި ހަމަ ސިކުންތުކޮޅެއް ތެރޭ މުޅި ދޯނީގެ ޑެކު އެކީ ރޯވީ،" އޭނާ ވިދާޅުވި އެވެ.
ދޯނީގައި ރޯވުމާ އެކު ރަށުގެ އާންމުންނާއި ކައިރީ އޮތް ކޮމަންޑޫގެ ދޯންޏެއް އަދި ފުލުހުން ވެސް ގުޅިގެން އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރި ކަމަށް އަހުމަދު ވިދާޅުވި އެވެ.
ނަމަވެސް ދޯނީގެ ބޮޑުބައި އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން އަންނަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
LaamuonlineDOTcom
05 November 2022
އަތްފޯރާ ހިސާބުގައި މޫދު ނަމަވެސް އެފެން އަލިފާނަށް ޖެހޭނެގޮތެއްނެތް، އޮޑިފަހަރުގައި އަލިފާނުގެ ހާދިސާއެއްހިގީމާ "އޮޓަމެޓިކުން" ފެންޖެހޭގޮތައް ހެދުމަކީ ވަރަށް ފަަސޭހަކަމެއް، ބޭނުންވާނީ ކުޑަަޕަންޕެއް، ބެޓަރިއެއް، ނުވަތަ އިންވާޓަރެއް، ފުރިހަމަކޮށްލަން ބެޓަރި ޗާޖުކުރަން ކުޑަ ސޯލާޕެނަލެއް، ދެން ބޭނުނުވާނީ ހައެއްކަ ޓެންޕަރޭޗަރ ޑިޓެކުޓަރު، މީހަކު އޮޑީގައި ނެތަސް އަލިފާނުގެ ހާދިސާއެއް ހިގައިފިނަމަ އޮޓަމެޓިކުން މުޅި އޮޑިއަށް ފެންޖެހޭގޮތައް ރާވާލެވިދާނެ
.....ޖޖޖރޖ
05 November 2022
ހުސްވެސް ހަމަ ކުރަން ރަނގަޅު ކަންކަން. ތިކަހަލަ އެތައްކަމެއް އެބަތޮތް ކަލޯ، ނެތީ ލާރި އޭ
ހިތަދޫ ހުސެން
05 November 2022
ފައިބަރުގަ އަލިފާން ހިފީމަ ދެން ވަރަށް އުނދަގުވާނެ ނިވަން، ލިޔެލަން ނިކަން ފަސޭހަ ވާނެ! ފަހަތަށް ސޯލާ ލީމަ އަދި ވަރަށް ކިޔާލަން ރީތި ވާނެ!
ށަވިޔަނި
04 November 2022
ހިތާމަވެރި ހާދިސާތައް ހިނގުން އިތުރުވޭ. ރައްކާތެރި ފިޔަވަޅު އެޅުމެއްނެތް.