ދޯންޏެއް ދަތުރުކުރަމުން ދާއިރު ދެ މީހުން ދޯނީގެ ގެގަނޑު ތަށުގައި މަޑުކޮއްލައިގެން -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
16 ޑިސެމްބަރ 2025 - 13:49
ށ. ފުނަދޫން ފީވަކަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިއަށް ދިޔުމުން ކަނޑުވި މީހަކު ފުލުހުން މިއަދު ސަލާމަތްކޮށްފި އެވެ.
ފުލުހުން ބުނީ އެ ހާދިސާގެ މައުލޫމާތު މިއަދު ހެނދުނު 11:50 ހާއިރު ލިބުމާ އެކު، ފުލުހުންގެ ލޯންޗު އެ ސަރަހައްދަށް ގޮސް ބަލަމުންދަނިކޮށް ދޯނިން ދަތުރުކުރި މީހާ ފީވަށް ކައިރި ކަނޑުތެރެއިން ފެނިފައިވާ ކަމަށެވެ.
އުމުރުން 68 އަހަރުގެ އެ ފިރިހެންމީހާ ސަލާމަތްކޮށް ފުލުހުންގެ ލޯންޗުގައި ފީވަކަށް މިހާރު ގެންގޮސްފައި ވާއިރު އޭނަގެ ހާލު ރަނގަޅު ކަމަށް ވެސް ބުންޏެވެ.
އެނގިފައިވާ އެއީ ކުޑަ ދޯންޏެއްގައި އަމިއްލަ އަށް ދަތުރުކުރާ ށ. ނޫމަރާ މީހެކެވެ. އެ ހާދިސާ ހިނގީ ދޯނީގެ ދިރުނބާކޮޅުން ފެން އަރަން ފެށުމުން ކޮންޓްރޯލް ނުކުރެވި، ދޯނި އަޑިއަށް ދިއުމުން ކަމަށް އެނގިފައިވެ އެވެ.
އެ ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް /
16 December 2025
އެއްބަޔަކު އެއީ ކާރު ސައިކް ކަހަލަ އެއްގަމު އުޅަނދު ދުއްވާ ހިތްވާ މީހުން.އަނެއް ބަޔަކު އެއީ ކަނޑު އުޅަނދު ދުއްވައި ގިނަ ވަގުތު ކަނޑުމަތީގަ އުޅޭ ހިތްވާ މީހުން.ނަމަވެސް މިގޮތަށް އެކަނި ކަނޑުމައްޗަށް ނިކުތުން އެއީ ރައްކާތެރިކަމެއް ނޫން.ޖަރުމަނުގެ ރައްޔިތެއް ކަމުގައިވާ Manfred Fritz Bajorat އެއީ އެކަނި ދަތުރުކުރުމުގަ މަޝްހޫރުމީހެއް.ނަަމަވެސް ނިމިގެން ދިޔައީ ޔޮޓެއްގަ އެކަނި ހުރެ މެއިޑޭކޯލް ކުރަނިކޮށް ހިތް ހުއްްޓިގެން.
ހުސެން ސައީދު
16 December 2025
އެއްގަމުގަ ހުރެވެސް ހިތް ހުއްޓުނީމަ ނިމުނީ އެއްނު، ވަކި ކީއްކުރާނީ؟