އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ހުޅުވައިގެން. ދަރަނި އަދާކުރަން ކުރިއާލައި ޕްލޭނެއް ހަދަން ޖެހޭ
13 ނޮވެމްބަރ 2022 - 21:01
ދައުލަތުގެ ދަރަނި އަދާކުރަން ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 30.5 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށް އޮޑިޓް އޮފީހުން މިރޭ ބުނެފި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގައި އޮޑިޓް އޮފީހުން ބުނީ، އެ އޮފީހުން ހެދި ދިރާސާއިން، އިން ކުރިއަށް އޮތް ހަތަރު އަހަރު ބޮޑު އަދަދެއް ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭ އިރު ދަރަނި އަދާކުރުމަށް ދުރާލާ ޕްލޭނެއް އެކުލަވައިލުން ވަރަށް މުހިއްމު ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ، ދަރަނި އަދާކުރަން އެންމެ ބޮޑު އަދަދެއް ހޭދަކުރަން ޖެހެނީ 2025 އާއި 2026 ގައި ކަމަށެވެ.
ބަޖެޓުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އަންނަ އަހަރު ދަރަނި އަދާކުރަން 5.5 ބިލއަން ރުފިޔާ ހޭދަކުރާނެ އެވެ. އަދި 2024 ވަނަ އަހަރު 6.4 ބިލިއަން، 2023 ވަނަ އަހަރު 8.9 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ އިރު 2026 ވަނަ އަހަރު 9 ބިލިއަނަށް ވުރެ ބޮޑު އަދަދެއް ދަރަނި އަދާކުރަން ޖެހޭނެ ކަމަށް ބެލެވެ އެވެ. މިއީ ވޭތުވެދިޔަ 10 ވަރަކަށް އަހަރުން ވެސް ދަރަނި އަދާކުރަން ހޭދަކުރަން ޖެހިފައި ނުވާ ވަރުގެ އަދަދެކެވެ. އަދި، 2026 އަކީ ދައުލަތުގެ ދަރަނި އަދާކުރަން އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ހޭދަކުރަންޖެހޭ އަހަރު ވެސް މެ އެވެ.
"މީގެ ތެރޭގައި ބޮޑު ޕަސެންޓެއް ބޭރުގެ ފައިސާގެ ގޮތުގައި ވެސް ދައްކަން ޖެހޭނެ. ބޭރު ފައިސާގެ ރިސްކާއި އިންޓްރެސްޓް ރޭޓުގެ ރިސްކަށް ބަލައި، މިއީ ދުރާލާ ފިޔަވަޅުތަކެއް އެޅިގެން ޕްލޭންތަކެއް ކުރެވިގެން ރީޕައިންސިން މިޓިގޭޓް ކުރަން ކަންތައްތަކެއް ކުރަން ޖެހޭ،" އޮޑިޓް އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން ވިދާޅުވި އެވެ.
އަންނަ އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 113.6 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ގާތްގަނޑަކަށް 108 ޕަސެންޓެވެ.
ކުރިއަށް އޮތް ތިން އަހަރު ދައުލަތުގެ ދަރަނި އަދާކުރަން ބޮޑު އަދަދެއް ހޭދަކުރަން ޖެހޭ އިރު އެ ފައިސާ ދެއްކުމަށް ހަމަޖެހިފައި ވަނީ އެސްޑީއެފް ފަންޑު ބޭނުންކޮށްގެން ކަމަށް ބަޖެޓުގައި ފާހަގަކޮށްފައިވެ އެވެ. މިކަމާ ގުޅިގެން އެމްއެމްއޭއިން ވެސް ވަނީ އެސްޑީއެފްގައި ހުރި ފައިސާ އެހެން ބޭނުންތަކަށް ހަރަދުކުރެވޭނެ ހާލަތްތައް މިހާރަށްވުރެ ހަނިކޮށް، އެކަމަކާ ގުޅޭ ގާނޫނުތައް ފާސްކުރުން އަވަސް ކުރުމަށް އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަތްނެތްކުއްޖާ
15 November 2022
ސަހަރޯ! ކޮން ދިވެހިރައްޔިތަކު ތިކަމާ ވިސްނާ ފިކުރު ކުރަނީ. ނެތް. އެއްވެސް ރައްޔިތަކުނެތް. ދިވެހިންނަކަށް މައްސަލައެއްނޫން އަނދެގެން ހުންނަ މުންޑުގަޑު އުނަގަޑުން ވަކިނުވާހާ ހިނދަކު. މިބުނީ ވަރަށްވެސް ކަންފަސޭހަ ބައެކޭ. ދެން ލޯނުތަކާއި؛ މުންޖާ ނުދެއްކުނީމާ ރާއްޖޭގެ ކޮންމެވެސް ރައްތަކެއް އެބަޔަކަށް ވިއްކާލިމާވެސް ހަމަ ރައްޔިތުންނަށް އޯކޭވާނެ. ބަޔަކު އަރާ މި ޤައުމު ހިފިޔަސް ހަމަ އޯކޭ ވާނެ. ދުވަހަކުވެސް ހޭވެރިކަމެއްނުވާނެ. ކާން ބޭނުންވާނީ ހިހޫތަނުން.
މިނިސްޓަރުއޮފްޓެކްސް
14 November 2022
ޓެކްސް ބޮޑުކުރުމުގެ ކުރިން ފުރަތަމަ ސިޔާސީ މުސާރަތައް ކުޑަކޮއް ރިސޯޓު ކުއްޔާ ޓެކްސްގެ ގޮތުގައި އެތައް މިލިއަން ބިލިއަނަކުން އެތިބަ ރީކޯ މޫސަ މެން ނުދައްކާ ހުރި ފައިސާތައް ހޯދަބަލަ. އެފައިސާ ނުދައްކައިފިއްޔާ ގެންގޮސް ކުޑަގޮޅީގައި އޭނާ ބަންދު ކޮއްބަލަ. ދައުލަތައް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކީ ގާނޫނަށް ފައިންއަރާ ގާނޫނާ ހިލާފުވުން. އޭގެ ބަދަލެއްގެ ގޮތުގައި ފައްޔަ ބުރޮ އޭނާ އަބުރާ އެވެއްދީ އެމްޑީޕީއަށް.
ޙުޖިިނ
14 November 2022
މިތާގައި ޒިންމާ ނަގާނެ މީހަކު ނެތް. ވެރިންނާއި މިނިސްޓަރުން ދައުލަތް ފޭރިގަންފައި ދެންއަންނަ ބައެއްގެ ބޮލުގައި އެކަން އެޅުވުން ނޫން ކަމެއް ނެތް
ދަރަނި ދަންތުރަ
14 November 2022
ދަރަނި ދަންތުރައޭ ކިޔާފަ ވެރިކަމަށް އަރާ އެންމެ ދައުރެއްތެރޭ ދައުލަތުގެ ދަރަނި ދެގުނަކޮށްފި. މިވާހަކަ ދައްކާނެ ބޭރުގެ ނޫސްތައްވެސް މިހާރު އެކަމަކު މަދުވާނެ. އެއީ ދުނިޔޭގެ ހުރިހާ ބަޔަކުވެސް އަދި ގައުމަކުންވެސް ކުޅެނީ އެބަޔަކަށް އެންމެ ފައިދާވާނެ ސިޔާސީ ގޭމު. ދެން ތި ދަރަނިވެސް ދެއްކޭނީ އިތުރަށް ވޯލްޑް ބޭންކާ އިންޑިޔާ ތަންތަނުން ދަރަނީގެ މައްޗަށް އިތުރަށް ދަރަނި ނަގައިގެން. އޭރު އޮންނާނީ ރަނގަޅަށްވެސް އެބުނި ދަންތުރައިގަ ޖެހިފަ.
ފޫހި
14 November 2022
ފުޓްސެލްދަނޑާ ބަށިކޯޓްވެސް ދަރަންޏަށް ނަގައިގެން އަޅައިނުދޭށޭ. އަދި އަޅަނީވެސް ބޮޑުއަގުގައި ކަޓް މަޖިލިސްމެމްބަރުންނަށް ލިބޭގޮތަށް. ބޮޑެތި ވައުދުވެގެން އަންނަ އެކަކަށްވެސް ދެން މަ ވޯޓެއް ނުލާނަން. އެ މީހުން ކުރާކަމަކީ ދައުލަތް ދަރުވާލާ ރައްޔިތުން ބިކަކުރަނީ. އެ ދައުރެއްގައި އަދާނުކުރެވޭވަރުގެ ދަރަނި ނެގުން މަނާކުރާ ގާނޫނެއް އެބަ ހަދަންޖެހޭ. މިސަރުކާރު މިހާރު ވަނީ ނިމެންކައިރިވެފަ. އެކަމަކު ބަޖެޓް އެއޮތީ ބޮޑު ދަރަންޏަކަށް ގޮއްސަ.
އަލިފުޅު1111
14 November 2022
ބުރިޖަކީ ލޯނެއް ނަގައިގެން އަޅާފައިވާ ތަނެއް. ލޯނު ދައްކަންޖެހުމުގެ 2 އަހަރުކުރިން ބުރިޖްގެ ބޭނުން ކުރަން ފަށައިފި. މިބުނާ ވާހަކައަކީ ބުރިޖަކީ އެއީ ދަރަންޏެއް ނޫނޭ. އެތަނުން ދަތުރުކުރާކޮންމެ މީހެއްގެ އަތުން 1 ރުފިޔާނެގިޔަސް ލޯނުދެއްކޭނެ. އެއަރޕޯޓަކީވެސް ފައިސާލިބޭނެތަނެއް. މީގެ އިތުރުން މީހުންއުޅޭ ބައިމަދުރަށްތަކުގެ މީހުން ބޮޑެތި ރަށްރަށް ބަދަލުކޮށްފިނަމަވެސް އެރަށްރަށުގެ މީހުންނަށާ ސަރުކާރަށްވެސް ފައިދާވާނެ. ބިކަވަނީ ވަކި ރަށްރަށުގައުޅޭތީ.
ޑިމޮކްރަސީ
14 November 2022
މިއީ ދިވެހިން ބެނުންވާ ގޮތްތަ ހަމަ؟ އެހެންވީމަތާ ދިވެހިން ކަހާތަން ހިރުވަވެސްނުލާމިތިބެނީ ބޭރުގެ މާލީ އިދާރާތަކުންނާ ފަންނީ މީހުންނާ ޤަވްމުގެ މުއައްސަސާތަކުން މެދު ކެޑުމެއްނެތި ގޮވަމުން އެދަނީ ޤަވްމު ދަރާ ބޯހިކެންނެތްވާހަކަ އެކަމު މިކަމާ ކަންބޮޑުވާ އެއްވެސް ބަޔަކު ތިބިހެނެއްހިޔެއްނުވޭ ބޮޑެތި ބަޖެޓްތައް ފާސްކޮށްނިންމަނީ ބޭނުންބަޔަކަށް ލައްކައިން މުސާރަތައްދީ ހިތުހުރި އެއްޗެއްހަދަމުން މިއޮއްދަނީ އެންމެން އަތްޖަހާ އަތުގެ ކުޑަހުޅުބިދެންދެން އަތްޖަހާ
އާދަމް ޒާހިރު
14 November 2022
ވެރިކަމަށް އާދެވުނަސް ނާދެވުނަސް ޚަރަދުތަކާ ގުޅެ ވައުދުތައް ނުވެބަލަ. ޤައުމިއްޔަތާމެދު އިބްރާހީމް ނާސިރު ވިސްނި ތިއަރީ ދެނެގަނެބަލަ. ދަރަނިތައް އަދާނުކޮށް އިތުރު ދަރަނިތަކެއްގައި ސޮއިކުރުމީ ކޮންމެ ސަރުކާެަކުމްވެސް ކުރާ އަޅުވެތިކަމުގެ ގޯސް.
ރަދީފު ބިން ރަފައިދާ
14 November 2022
ގައުމު ދަރުވާލައިފި. ގައުމުގެ ފޭރާން ވީދާ ކުދިކުދިކޮށްފި. މިއަށްވުރެ ބޮޑު ގެއްލުމެއް ބަޔަކަށް ގައުމަކަށް ދެވިދާނެތޯ؟
ކާކުހޭ
14 November 2022
ޔާމިން ދިން ބުރިޖުގެ ފަސޭހަކަމާއެކު ޓޮލްފީ ނުނެގުން އެއީވަރައް ގޯސްކޮން ކުރިކަމެއް.
ފަޅޯ
14 November 2022
ގައުމެއް ނެތް ގައުމެއް ނެތް
ކާކުހޭ
14 November 2022
ބުރިޖު އެބައޮތެއްނު...