ވިމެން އެންޑް ޑިމޮކްރަސީއިން ބޭއްވި ވެބިނާގެ ޕެނަލިސްޓުންނާއި މޮޑަރޭޓަރު. އެ ވެބިނާ އަކީ މުޖުތަމައުގައި އަންހެނުންގެ ދައުރު އިތުރު ކުރުމުގެ މުހިންމުކަމަށް ވަރަށް ބޮޑަށް މަޝްވަރާ ކުރި ވެބިނާ އެއް. -- ފޮޓޯ: ފޭސްބުކް
15 ނޮވެމްބަރ 2022 - 11:27
ބާރުވެރި އަންހެނުންތަކެއް ދިރިއުޅޭ މުޖުތަމައެއް ބިނާ ކުރުމަށް އަންހެނުންގެ ދައުރު އިތުރުކުރުމާ ގުޅޭ މުހިންމު މަޝްވަރާތަކެއްގެ ވެބިނާއެއް ވިމެން އެންޑް ޑިމޮކްރަސީން މިދިޔަ ހަފުތާގައި ބާއްވައިފި އެވެ.
"މުޖުތަމައުގައި އަންހެނުންގެ ދައުރު" ގެ މައްޗަށް ވާހަކަ ދައްކަން މިދިޔަ ބުދަ ދުވަހު ބޭއްވި ވެބިނާ ފައްޓަވައި ދެއްވަމުން ސެންޓަ ފޯ ސިވިލް ސޮސައިޓީގެ ފަރާތުން ލަކްޝްމީ ވިދާޅުވީ، ރާއްޖޭގެ ތަރައްގީގައި ޒަމާނުއްސުރެ އަންހެނުންގެ ޝާމިލުވުން އެކި ދާއިރާތަކުން ފެނިވަޑައިގެންފައިވާ ކަމަށެވެ. މީގެ ކުރިން ދިވެހި އަންހެނުންގެ ދައުރު ފެނުނީ ގޭތެރެއިން ކަމަށް ވިޔަސް އެކަން މިހާރު ބަދަލުވެ އެކި ދާއިރާތަކަށް އެ މީހުން ނުކުމެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ލަކްޝްމީ ވިދާޅުވީ، މުޖުތަމައުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަށް، ސަރުކާރާއި ރައްޔިތުންގެ މަޖިލިހާއި އެހެނިހެން މުއައްސަސާތަކުގައި އަންހެނުންގެ ބައިވެރިވުން އަދިވެސް އިތުރުކުރަން ޖެހޭ ކަމަށެވެ. ހާއްސަކޮށް އިސް މަގާމުތަކުގައި މިހާރަށް ވުރެ ބޮޑަށް އަންހެނުންގެ ދައުރު ބޮޑު ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ރާއި މުނައްވަރު މޮޑަރޭޓް ކުރެއްވި އެ ވެބިނާގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް، ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދާއި އީކުއަލް ރައިޓްސް އިނިޝިއޭޓިވްގެ ޗެއާޕާސަން އަދި ކޯ ފައުންޑަރު ޑރ. މަރިޔަމް ޖަބީން އާއި އަމިއްލަ ވިޔަފާރިވެރިއެއް ކަމަށްވާ ގިފްޓް ބާސްކެޓުގެ ވެރިޔާ ޔުމްނާ ރަޝީދެވެ.
އެ ވެބިނާގައި ޕެނަލިސްޓުން ވަނީ އެ ބޭފުޅުންގެ އަމިއްލަ ބައެއް ތަޖުރިބާތައް ވެސް ހިއްސާ ކުރައްވައިފަ އެވެ. އަންހެނުންގެ ދައުރު ޝަރުއީ އަދި ގާނޫނީ ދާއިރާގައި އިތުރުކުރަން ޖެހޭ ކަން ޕެނަލިސްޓުން ފާހަގަ ކުރެއްވި އެވެ. އަންހެނުންނަށް އެކި ދާއިރާތަކުގައި ހުރި ގޮންޖެހުންތަކާއި އަންހެނުންގެ ކުރިމަގަށް ހުރި ބައެއް ހުރަސްތަކާ މެދު ވެސް މަޝްވަރާ ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބަވަނީ އެންމެ ހަތަރު މެމްބަރުން ކަމަށް ވުމުން ގާނޫނުތައް ހެދުމުގައި އަންހެނުންގެ ދައުރު ގެއްލޭ ކަމަށް ޖީހާން ވިދާޅުވި އެވެ.
ޑރ. ޖަބީން ވިދާޅުވީ، ގާނޫނީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކުރަން ޖެހޭ ކަމަށެވެ.
އަންހެނުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރު ކުރުމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އޭނާ ވިދާޅުވިގޮތުގައި ގާނޫނީ ދާއިރާތަކުގައި އަންހެނުންގެ ޝާމިލުވުމެއް ނެތި، އެ މީހުންގެ ހައްގުތަކާ ފުށުއަރާ ގާނޫނުތަކެއް ހަދާފައި ވުމެވެ. މިސާލެއްގެ ގޮތުން ޑރ. ޖަބީން ފާހަގަކުރެއްވީ އާއިލާއާ ބެހޭ ގާނޫނެވެ.
އޭނާ ވިދާޅުވީ، އެ ގާނޫނުން ފެނިވަޑައިގަންނަވަނީ އަންހެނުންނަށް އެކި ދަތިތަކާ ކުރިމަތިލާން ޖެހޭ ގޮތަށް ހުރި ބައިތައް ކަމަށެވެ. އެއީ އަންހެނުންގެ ބަހަކާ ނުލައި އެ ފަދަ ގާނޫނުތަކެއް ހެދުމުގެ ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.
ޑރ. ޖަބީން ވިދާޅުވި ގޮތުގައި އަންހެނުންނަށް އެކި ހާލަތުތަކުގައި ކުރިމަތިވާ ކަންތައްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ މުއައްސަސާތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމަކީ ވެސް މުހިންމު ކަމެކެވެ. އެއީ އަންހެނުންގެ ހައްގުތައް ކަށަވަރުކޮށް، އެކި ކަހަލަ ނާޒުކް މައްސަލަތަކުގައި އެންމެ އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވި އެވެ. ފުލުހުންނާއި ވިކްޓިމް ސަޕޯޓު ޔުނިޓު ފަދަ ތަންތަނުގައި އަންހެނުންގެ ދައުރު އިތުރު ކުރަންޖެހޭ ކަމަށް ޑރ. ޖަބީން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ޖީހާން ވިދާޅުވީ، އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް ގާނޫނީ ދާއިރާގައި އަންހެނުންގެ ދައުރު އިތުރު ކުރަންޖެހޭ ކަމަށެވެ. ގާނޫނުތައް ހެދުމުގައި އަންހެނެއްގެ ބަހެއް ނެތް ނަމަ، އެ ގާނޫނެއްގައި އެ މީހުންގެ ހައްގުތައް އެންމެ ރަނގަޅަށް ރައްކާތެރި ކުރެވޭނެ މާއްދާތައް ނުހިމެނިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ޖީހާން ވިދާޅުވި ގޮތުގައި، އަންހެން މެމްބަރުން ނުހިމެނޭ ކޮމިޓީތައް މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގައި ހިންގަ އެވެ. އަދި އަންހެން މެމްބަރުންގެ ހިޔާލެއް ނެތި ބައެއް ބިލުތަކުގެ މަސައްކަތްތައް ކުރާ ކަމަށް ވެސް ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިހުގައި މިހާރު ތިއްބަވަނީ އެންމެ ހަތަރު މެމްބަރުން ކަމަށް ވުމުން ގާނޫނުތައް ހެދުމުގައި އަންހެނުންގެ ދައުރު ގެއްލޭ ކަމަށް ޖީހާން ވިދާޅުވި އެވެ.
ފުލުހުންނާއި ވިކްޓިމް ސަޕޯޓު ޔުނިޓު ފަދަ ތަންތަނުގައި އަންހެނުންގެ ދައުރު އިތުރު ކުރަންޖެހޭ ކަމަށް ޑރ. ޖަބީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަންހެނުންނަށް އެކި ދާއިރާތަކުގައި ހަމަހަމަ ފުރުސަތުތަކެއް ފަހި ކޮށްދީ، މަޖިލީހުގައި އަންހެނުންނަށް ހޯދައި ދޭން ޖެހޭ ފުރުސަތުތަކާއި ބާރުވެރިކަން ހޯދުމަށް އެ ދާއިރާ އަށް އިތުރު އަންހެނުން ބޭނުންވާ ކަމަށެވެ. އަންހެނުންނަށް ހޯދައި ދޭން ޖެހޭ އަސާސީ ބައެއް ހައްގުތައް ހޯދުމަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، އެ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ވެސް ރައްޔިތުންގެ މަޖިލިހުގައި އަންހެނުންގެ އަދަދު އިތުރު ކުރަން ޖެހޭ ކަމަށް ޖީހާން ވިދާޅުވި އެވެ.
ރާއްޖޭގެ ސަގާފަތާއި ދީނީ ބައެއް ގަބޫލު ކުރުންތަކާ ގުޅިގެން އަންހެނުންނަށް ކުރާ ތަފާތު ކުރުންތައް ވެސް ޕެނަލިސްޓުން ފާހަގަ ކުރެއްވި އެވެ. އެކި ދާއިރާތަކުގައި އަންހެނުންނާއި ފިރިހެނުންގެ ފަރަގު ކުޑަކުރުމަށް މިހާރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ
ގިފްޓް ބާސްކެޓުގެ ވެރިޔާ ޔުމްނާ ވިދާޅުވީ، އަމިއްލަ ބައިވެރިވުން ހިމެނޭ މަސައްކަތްތައް އަންހެނުން ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެއީ ވިމެން އެންޑް ޑިމޮކްރަސީން ޖަރުމަނުގެ ޖަމިއްޔާއެއް ކަމަށްވާ ފެޑްރިކް ނައުމަން ފައުންޑޭޝަން އޮފް ފްރީޑޮމް (އެފްއެންއެފް) އާ ގުޅިގެން ބޭއްވި ވެބިނާ އެކެވެ. އެ ވެބިނާގެ މަގުސަދަކީ ދިވެހި މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަހުލުވެރިކޮށް، އަންހެނުންގެ ޝާމިލުވުން އިތުރު ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.
ނޯޓު: މިއީ ވިމެން އެންޑް ޑިމޮކްރަސީގެ ޕްރޮމޯޝަނަލް އާޓިކަލެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޔަލުރޭޕު
15 November 2022
މީގެ ދެ އަހަރު ކުރިން، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅިތާ ދެ އަހަރު ވާން ކައިރިވެފައި ވާއިރު ވެސް އެ މައްސަލަ އަދިވެސް އޮތީ އިބްތިދާއީ މަރުހަލާގައެވެ.
ސާލު
15 November 2022
އަންހެނުންނަކީ އެހެން ޕްލެނެޓަކުން އައިސް ތިބި ބަޔަކީތަ އެމީހުންނާ ނުލާ ޤާނޫނޫ ހަދަން ނޭނގެންވީ؟ ކިޔާލާ ގޮތުން ހީވަނީ މިމީހުން ވަކި ގަބީލާއެއް ހެން.މިމީހުންނަށް ދިމާވާ ކަންކަމަކީ ފިރިހެނުންނަށް ހަމަ ސަޕްރައިޒެކޭ.. ފިރިހެނުންނަކީމިމީހުން ދެކޭ ބައެއްވެސް ނޫނޭ.. އެހެން ނޫނަސް ޤާނޫނަކީ އިންސާނުން އަމިއްލައަށް ހަދާ އެއްޗެއް ނޫން.. ހެއްދެވި ފަރާތުން އިންސާނާ ހައްދަވާފަ ވަރަށް ސަޅި މެނުއަލްތައް އުޑުން ބާވާ ލައްވާފަ ހުރީ..
ޗިކުން
15 November 2022
އަންހެނުންގެ ދައުރޭ ކިޔާފައި ވާހަކަ ދައްކަން މިތިބެނީ އެކަމުގައި އެކްސްޓްރީމިސްޓުން... ދެން ކިހިނެއް ރަނގަޅުވާނީ...
މޭނު
15 November 2022
އަދި އަހާލަން، މަސްވެރިކަމާ، ކޮންސްޓްރަކްޝަނާ، މުދާ އުފުލާ މަޖޫރީންގެ ގޮތުގަ އަންހެން ބޭކަނބަލުން ނެތިޔަތީވެ ހިތާމަ ނުކުރަނީ ކީއްވެ؟ ވަކި ކަން ކަމެއްގަތޯ އެއްގޮތްވާން ބޭނުންވަނީ؟
މީދެން ދެރަކަމެކޭ
15 November 2022
އޯކޭ. ދެން މަސްވެރިކަން ކުރުމާ ގުޅޭ ގާނޫނެއް ހަދާއިރު އަންހެނުންގެ ރެޕްރެސެންޓޭޝަން މަޖުލިހުގައި ނެތިގެން އަންހެނުންގެ ހައްޤަކަށް އުނިކަމެއް އަންނާނެ ކަމެއް މިވިސްނަނީ. ދެން އެހެން ނޫނަސް އަންހެނުންގެ ކަންކަން ނިންމަން އަންހެނަކު ނެތަސް އަންހެނުން ބޭނުންވާ ގޮތަށް ނެހެދޭނީތަ؟ ޤައުމުގެ ވަލިއްޔުލް އަމުރުންކަމަކަށް ކަނބަލަކާއި ބޭކަލަކު ތިއްބަވާ އެހެންޏާ
މޭނު
15 November 2022
ލަކްޝްމީ މެންނަށް މިތާ 'ދީނީ ޤަބޫލު ކުރުން'ތަކާ ނުބެހި ނުހުރެވޭނެ. ފުރަތަމަ ކަމަކަށް ބުނެދީބަލަ ޖެންޑަރ މިނިސްޓްރީއަށް އެއްވެސް އިރެއްގަ ފިރެހެނެއް އައްޔަނު ނުކެރެވެނީ، ޖެންޑާރ ގެ މާނަ އޮޅިފައޮތީމަތޯ ނޫނީ ޖެންޑާރ ގެ ވަރުގަދަ ޖެންޑަރއަށް ދޭންވެގެންތޯ؟! ހަމަހަމަ ކުރުމާ އެއްގޮތް ކުރުމަކީ ތަފާތު ދެކަންތައް. ދައުލަތުން ޚަރަދުކޮށްގެން ހުރިހާ ރަށެއްގަ ފިރެހެނުން ކުރިއަރުވާ ކޮމިޓީ ނެތީ ކީއްވެ؟ ޔުނިވާސިޓީ ނިންމަނީ ގިނައިން އަންހެން ދަރިން.
ޑރ. އަލްއިދްރީސް ބިން ހަމީދު
15 November 2022
ރޭޕިސްޓެއްގެ އަންހެނުން، ރޭޕިސްޓް ދިފާއު ކޮށް، އަންހެނުންނަށް މަލާމާތް ކުރުމަށްފަހު، އަންހެނުންގެ ހައްގުގެ ވާހަކަ ދައްކަފާނެބާ؟ ރާއްޖޭގައި މިއީވެސް ހަމަ ވެދާނެ ކަމެއް
ދިމާކުރާ
15 November 2022
ތިހަމަ ދެބޯގެރި ދުއްވާ ބަޔެއް. އަންހެނުންގެ ބާރު ވެރިކަމޭ އަނިޔާ ވެރިކަމޭ ވެސް ކިޔަނީ ވަކި އެޖެންޑާއެއްގެ ދަށުން. ތިމާގެ ފިރިކަލުން އަންހެނަކަށް ކުރިއަނިޔާ ފޮރުވަން މަސައްކަތް ނުކުރީސް އެހެން ނޫންނަމަ
ދެފުއްކެހެރިން
15 November 2022
ރަސޫލާ ސއވ ދެއްކެވި ނަމުނާ ދަސްކޮއްބަލަ. ގޭގަ ތިބެބަލަ! އެއްފަހަރު އުޅޭނެ ވަރައް ދީންވެގެން. އަނެއްފަހަރު ސެންޓު ޖަހައިގެން މަޖީދީ މަގުގަ، އުގުޅޭ ބާޒާރުގަ!
އައިސަނިކެ
15 November 2022
އަންހެނުން އުޅެންވީ ރަނގަޅު ގޮތްވެސް މި އޮތީ އިސްލާމްދީނުގަ ވަރަށް ފުރިހަމައަށް އަންގަވާފަ މަދު ކެނައިން އެގޮތްދޫކޮށްލައިގެން އުޅެން ފެށުމުން އެކިއެކި އަވާގަ ޖެހި ފެންނަނީ ސިނގެރޭޓު ބޮއި ބޮއި ތުންފަތް ކަޅުވެ ކެންސަރަށް ހިފާތަން އިހުނުވި ރައްކަލެއް ފަހަކުން ނުވެވޭނެ