ކައިވެނީގެ މަޖިލީހަކަށް ބަޔަކު ފެމިލީ ކޯޓަށް ވަންނަނީ: މިދިޔަ މަހު 186 ކައިވެނި ކުރިއިރު 103 މީހުން ވަނީ ވަރިކޮށްފައި --- ފޮޓޯ/މިހާރު
15 ނޮވެމްބަރ 2022 - 13:33
މިދިޔަ މަހު މާލެ ސަރަހައްދުގައި 186 ކައިވެނި ކުރިއިރު، 100 އަށް ވުރެ ގިނަ މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސްހިސާބު ދައްކާ ގޮތުން 186 ކައިވެނި ކުރިއިރު 103 މީހުން ވަރިކުރި އެވެ. މިދިޔަ މަހު ވެސް އެންމެ ގިނައިން އެ ކޯޓަށް ހުށަހެޅީ ވަރީގެ މައްސަލަތަކެވެ. ވަރީގެ 140 މައްސަލައެއް ހުށަހެޅިއިރު، އެންމެ ގިނައީ ވަރިވުމަށް އެދި ހުށަހެޅި މައްސަލަތަކެވެ.
ވަރިވުމަށް އެދި 67 މައްސަލައެއް ހުށަހެޅިއިރު، ވަރިކުރަން 25 މައްސަލައެއް އަދި ވަރި ސާބިތުކުރަން 47 މައްސަލައެއް ހުށަހެޅި އެވެ. ވަރީގެ 132 މައްސަލައެއް މިދިޔަ މަހު ފެމިލީ ކޯޓުން ނިންމި ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.
ދެން އެންމެ ގިނައިން ހުށަހެޅީ އާއިލީ އެހެން މައްސަލަތަކާއި ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކެވެ. އާއިލީ އެހެނިހެން މައްސަލަތަކުގެ ގޮތުގައި 19 މައްސަލައެއް އަދި ކުޑަކުދިން ނުދެއްކުމުގެ 11 މައްސަލައެއް ވެސް ހުށަހެޅި އެވެ.
ހަރަދު ނުލިބިގެން މިދިޔަ މަހު ހުށަހެޅީ ހަތް މައްސަލަ އެކެވެ. އަދި ހަތް މައްސަލައެއް މިދިޔަ މަހު ނިންމި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިކަމުގަ ހަބަރު ލިޔުއްވުން އެދެން
17 November 2022
ރިސާރޗް ހިމެނޭ ގޮތައް ރިޕޯޓެއް ހެއްދެވުން އެދެން.
ދިއްދޫމީހާ
15 November 2022
ދެން ތިޔަ ވަރިކުރާއާ މީހުންތައް ކޮބާބާ؟؟
ޢެހެންނަމަވެސް
15 November 2022
.ވަރިއަށް އެދި ފޯމް ހުށައަޅަނީ ބާރުވެރި ނުވެވިގެން އުޅޭ އަންހެނުން ތޯ، ނުވަތަ ރަޑާލި ބޯދިގު ފިރިހެނުން ތޯ؟
މާހިރު
15 November 2022
މިދެން ތަންފުކެއް ބޮޑު ވަރެވެ. ދިވެހިން މީހުންނާ އިންނަނީ ކުޅިވަރަކަށް ހެއްޔެވެ. ލަފާކުރެވޭގޮތުން މިހާރު އެންމެ ވަރި ގިނަވާ ސަބަބަކީ އަންހެނުންނާއި ފިރިހެނުން ހަމަހަމަވެގެންގޮސް އަނބިން ފިރިންނަށް ކިޔަމަންވާން ނުޖެހޭ ހިސާބަށް ހަމަހަމަކަން ގޮސްފައިވާތީ އެވެ. އެއީ ޣައިރު މުސްލިމުން ފަތުރަމުންދާ ޕްރަޕެގެންޑާ އެކެވެ. ނަމަވެސް އިސްލާމް ދީނުގައި ކަނބަލުންނަށް ދެއްވާފައިވާފަދަ މަތިވެރި މަޤާމެއް އެހެން އެއްވެސް ދީނެއްގައި ދީފައި ނޯންނާނެއެވެ.
ދޭހަ
15 November 2022
މިފެންނަނީ ދިވެހިންގެ އަޚުލާޤެއް ގޮތެއްފޮތެއް ނެތްކަން. ކަންނެތްކަމާއި ބޮޑާކަމާއި ގޮތްދޫނުކުރުމާއި އިޙްތިރާމް ނުކުރުން. ލިބޭ މިންވަރަށްވުރެން އުޅެން ބޭނުންވާ ފެންވަރު މަތިވެގަނެގެން އަކަޔަންބޯ ހެދިގެން އުޅުން. އިންނަންވާނީ އަނބިމީހާއާއި ދަރިން ބަލަންޖެހޭނެ ކަން ގަބޫލުކޮށްގެން. އިންނަ މީހާ އިންނަންވާނީވެސް ކިހާވަރެއްގެ އާމްދަނީއެއް ލިބޭ މީހެއްކަން ދަނެގެން. ދެމީހުން އުޅެންވާނީ ލިބޭ މިންވަރަކުން. އިންނައިރުވެސް ކުށްވެރިންކީ ކުށްވެރިންކަން އެނގޭނެ.
ފީބޯ
15 November 2022
މިކަން ހައްލުކުރަން ރަގަޅު ގޮތަކީ ފޯނު ހުޅުވަން ޕާސްވޯޑެއް ޖަހަންޖެހޭ ފަދައިން، އަދި މާގިނައިން ޕާސްވޯޑް ނުބައިކޮށް ޖަހައިފިއްޔާ ދެން ޕާސްވޯ ޖަހަން 5 މިނެޓް މަޑު ކުރަންޖޭހޭގޮތައް ( މިސާލަކަށް އަހަރެއްގައި ދެތިން މީހުނާ އިނދެ ދެތިން ވަރިކޮށްފިއްޔާ، ދެން މީހަކާ އިނދެވޭނީ 5 އަހަރު ފަހުން ކަމަށް ހަމަޖެއްސުން، އަދި 5 އަހަރު ފަހުން މީހާކާ އިނދެ 5 އަހަރު ތެރޭ ވަރިކޮށްފިއްޔާ ދެން ދުވަހަކުވެސް މީހަކާ ނީދެވޭ ގޮތައް ހެދުން. އޭރުން އެއްޗެއް ވިސްނޭނެތާ!
ލަތީފާ
15 November 2022
މިވެސް މިހާރު މިރާއްޖޭގައި އާލާވަމުން އަންނަ ކަލްޗާއެއް. އިނދެ ވަރިވެފައި ތިބޭ އަންހެނުންނާ ބޮޑެތި މަގާމުތަކުގައި، މީހުންނާ އިނދެގެން ތިބޭމީހުން ބައްދަލުކުރުން. އެނގޭ ފިރިހެނުންނަށް 4 އަނބިން ހުއްދަކަން އެކަމަކުވެސް އެފިރިހެނުންގެ އަސްލު މަގުސަދަކީ ހަމަ އެމީހުންނާ އިންނަން ބޭނުންވާތީބާ! ޝައްކު!
ނޯޓީ
15 November 2022
ދެންކިހިނެތް ގައުމުގެ އިޖުތިމާއީ ފޭރަންރަގަޅުވާނީ. އިނުމުގެ ކުރިން ކޯހެއްވެސް ހަދައިގެންނޯ އިންނަނީ، އެކަމަކު ވަރި އޮބިނޯވެގެންދަނީ. ކޮބާތަ މައްސަލައަކީ؟ ރަގަޅަށް ދެމީހުން ދަސްނުވަނީސް އިންނަނީތަ؟ އަންހެންކުއްޖާ މާ ޒީލަގަދައީތަ؟ ރައްޓެހިވެގެން އުޅޭއިރު ނުވާވަރަކުން ޚަރަދުކޮށްފައި އިނީމަ ފިރިހެންމީހާ އަސްލު ފައިނެންޝިއަލް ހާލަތު ފެނިފައި އަންހެންކުއްޖާ ފޫހިވަނީތަ؟ ކުދިންލިބޭތަނުން ވަރިވާނަމަ، ކުއްޖާއަށް ކިހާބޮޑު ދެރައެއް،
ހެޔޮ މަށަށް
15 November 2022
ދެން މަށަށް ކީއްތަ؟
ކަބާލް
15 November 2022
މިކަމުންދޭހަވަނީ ގިނަމީހުން ކައިވެނިކުރާއިރު ކައިވެނީގެ މަގްސަދުތައްވެސް ރަނގަޅަށް ނޭނގޭކަން… މިކަން އެނގޭނެ ތިޔަ ފެމިލީ ކޯޓުކައިރިން ދުއްވާފަދާއިރު ކޯޓުގެދޮރު ބޭރުގަ އަލަށް ކައިވެނިކުރަންގޮސް ހުންނަ ޒުވާންކުދިން އުޅޭގޮތުން.. ފާޑަކަށް ސިލީގޮތަކަށް ގިގްލްކޮށްކޮށް ތިބޭނީ ހިހިހި ހުހުހު ކިޔަކިޔާ، އެއްވެސް ވަރަކަށް ދިރިއުޅުމުގެ ކަންކަން ރޯނުފިލާ…
ނިޔަދުރު މަނިކު
15 November 2022
ކައިވެނިކުރަންގޮސް ހުންނަ ޒުވާންކުދިން އެއްނޫން ގޮސް ތިބޭ ޒުވާންކުދިން، ގިނަ މީހުންނަށް ބޭނުންކުރާނީ ތިބުން، އެކަކު ނަމަ ހުންނާނި! ދެންވެސް ފިލާވަޅު ކިޔައިދޭ ގަޑީގަ ނިދާފަ ނޯންނާތި!