ހިޔާ ޓަވަރެއްގެ ލިފްޓަށް އަރަން ބަޔަކު މަޑުކޮށްލައިގެން: ވަގުތީ ކޭބަލެއް އަޅައި ހިޔާ ފްލެޓްތަކަށް މިހާރު ވަނީ ކަރަންޓު ދީފައި -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
15 ނޮވެމްބަރ 2022 - 15:29
ވަގުތީ ކޭބަލެއް އަޅައި ހުޅުމާލެ 2 ގައި ހުންނަ ހިޔާ ފްލެޓްތަކަށް ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދީފި އެވެ.
އެ ކުންފުނިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ހިޔާ ފްލެޓްތަކަށް ކަރަންޓު ދީފައިވާ ކަމަށެވެ. ހިޔާގެ ފްލެޓްތަކުގައި ކަރަންޓާއި ފެން ނެތި ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ހޭދަވި އެވެ.
މިއަދު ހެނދުނު ހިޔާ ފްލެޓްތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ އެ ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އަޅާފައިވާ މައި ކޭބަލެއް ބުރިވެގެންނެވެ.
އެ ކުންފުނިން ކުރިން ބުނީ، މައި ކޭބަލަށް ގެއްލުންވީ، ހުޅުމާލެ 2 ގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ބަޔަކު ކޮންނަނިކޮށް ކަމަށެވެ. އެހެންވެ، އެ ކޭބަލް މަރާމާތު ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ހިޔާ ފްލެޓްތަކަށް އަލުން ކަރަންޓު ދޭން ގިނަ ވަގުތު ތަކެއް ނަގާނެ: ސްޓެލްކޯ https://t.co/G4XMjrTnlJ
— Mihaaru (@Mihaarunews) November 15, 2022
ކަރަންޓު ކެނޑި ގިނައިރުތަކެއް ވުމުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކުރި އެވެ. ބައެއް ޓަވަރުތަކުން މިއަދު ފެނުގެ ހިދުމަތް ވެސް މެދުކެނޑުނެވެ.
ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގައި ވިއްސަކަށް ހާސް މީހުން ދިރިއުޅެ އެވެ. ކޮންމެ ޓަވަރެއްގައި 3-4 ލިފްޓް ހުންނައިރު މިއަދު ކަރަންޓު ކެނޑުނު ވަގުތު ޓަވަރު އެކެއްގެ ލިފްޓެއްގައި ތިބި ބަޔަކު ގަޑިއެއްހާއިރަށް ތާށި ވެސް ވި އެވެ.
އެ މީހުން ލިފްޓުން ނެރުނީ ލިފްޓްތައް ސާވިސް ކުރާ މީހުންގެ އެހީތެރިކަމާ އެކު އެވެ. އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަދުރެމެޓިކްސް
15 November 2022
ވެރިން ވަގުތީ ވާނީ ކޮންދުވަހަކުން؟ މިބުނީ ޔާމީން އަނެއްވާވެސް ވެރިކަމަށް އަންނަން ފޫގަޅަނީ ކޮން ހައިސިއްޔަތަކުން؟ ވެރިޔަކަށް ހުރިއިރު އެންމެ އަރިސްކޮށް ހުރި ނައިބްރައީސް ގައުމު ލޫޓްވިއިރު ނޭގުނު ބޭފުޅަކަށް ދެންވެރިކަމަށް އަޔަސް މީހުން ކިހިނެތް އިތުބާރު ކުރާނީ. ބްރިޖެއް އަޅާއިރު އެއާ އެއްވަރަކަށް ފައިސާ ގެއްލެންޏާ އެއީ ވަރަށް ބޮޑު މައްސަލައެއްދޯ!
ވަގުތީ އަލީ
15 November 2022
މިގައުމު މިހާރު ހިގަނީ މިގޮތައް. ވަގުތީ... ހުރިހާ އެއްޗެއްވެސް ވަގުތީ..ވަގުތީ ކޭބަލެއް...ވަގުތީ ހިޔާ.. ވަގުތީ މިސްކިތް....އެވަގުތީ ތަން ދާއިމީވާ ދުވަހެއް ނާންނާނެ. އެގޮތައް ހުންނާނީ ތާއަބަދު. މީހާރުވެސް ކިތައްމިސްކިތް އެބަހުރި ވަގުތީ ތަންތަނުގެ ގޮތުގައި. ވެރިންވެސް އެގޮތައް ނަމަ ދޯ، އެކަމަކު ވެރިކަން ލިބިއްޖެއްޔާ ދުވަހަކުވެސް ވެރިކަން ދޫކޮށްލަން ބޭނުންނުވާނެ. ދާއިމަށް ވެރިކަމުގައި ތިބެންބޭނުންވަނީ.
ކޭބަލް
15 November 2022
ކީއްވެބާ އެހާ ފައްސޭހައިން ގެއްލުންވާ ގޮތަށް މިހާ މުހިއްމު ކޭބަލްތަކެއް އަޅާފައި ހުންނަނީ
އުއްތަމަ އުސްތާޛް
15 November 2022
ގަސްތުގައި ގެއްލުން ދެނީ. ސިޔާސީ ފައިދާ ނަގަންށާއި މަރާމާތުން ކަރަޕްޝަން ހިންގަން