މީހަކު ފައިސާތަކެއް ގުނަނީ: 18 މިލިއަން އޮޅުވާލައިގެން ނެގި މައްސަލާގައި ޖަލަށްލި މީހާގެ މައްސަލަ ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައި --- ފޮޓޯ/މިހާރު
16 ނޮވެމްބަރ 2022 - 12:53
ޝީޝާ ތިން ބެެއިންގެ ޖޮއިންޓް އެކައުންޓުން 18 މިލިއަން ރުފިޔާ އޮޅުވާލައިގެން ނެގި މައްސަލާގައި ފަސް އަހަރަށް ޖަލަށްލި މީހާގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.
ރާއްޖޭގައި ބޭންކު އެކައުންޓަކުން މިހާތަނަށް އޮޅުވާލައިގެން ނެގި އެންމެ ބޮޑު އަދަދުގެ ފައިސާގެ އެ މައްސަލަ 2011 ވަނަ އަހަރު ހިންގީ ޝީޝާ ތިން ބެއިންގެ ނަމުގައި އެސްބީއައިގައި ހުޅުވާފައިވާ ޖޮއިންޓް އެކައުންޓަކުން ފޯޖް ލިޔުންތަކެއް ބޭނުންކޮށްގެން އެކިފަހަރު މަތިންނެވެ.
އެ މައްސަލާގައި މަކަރާއި ހީލަތުގެ ކުށް ސާބިތުނުވެ، ދަށު ކޯޓުން ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އޮގަސްޓް މަހު ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ބ. ތުޅާދޫ މާފަރިވާގޭ އިބްރާހިމް ޝާހިދުގެ މައްޗަށެވެ.
އެ މައްސަލަ އިސްތިއުނާފް ކުރަން ޝާހިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މި ހަފުތާގަ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލަ އަށް ފަހު ޝާހިދު ރާއްޖެއިން ބޭރުގައި އުޅެނިކޮށް އޭނާ ހައްޔަރުކުރީ 2012 ވަނަ އަހަރު އިންޓަޕޯލް މެދުވެރިކޮށް ސްރީލަންކާއިންނެވެ. އެ މައްސަލާގައި ޝާހިދުގެ އިތުރުން އެ މައްސަލާގައި އިތުރު ބަޔަކަށް ދައުވާ ކުރިޔަސް، އެހެން އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކުހަން
16 November 2022
މިހާރު ޝޭޚު އަންމަޓީގެ ކަންތައްގަނޑު އުޅެނީ ކިހާހިސާބެއްގާ؟
ކުޑާބެ
16 November 2022
ބ.ތުޅާދޫ މީހަކު މިޖުޑިޝަރީގައި ގޯހެއްނުވާނެވެ