ޚަބަރު / އެމްއެމްޕީއާރްސީގެ ކޮރަޕްޝަން

ޔާމީންގެ ދިފާއީ ހެކި ދޮގުކުރަން ޕީޖީން ހުށަހެޅި އާ ހެކި ބަލައިގެންފި

ޔާމީން: އެމަނިކުފާނުގެ ދިފާއީ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި ހެކިތައް ބަލައިގަތުމަށް ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުން ހުށަހެޅި އާ ލިޔުންތައް ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އާރަށް ކުއްޔަށް ދިން މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާގައި އެ މަނިކުފާނުގެ ފަރާތުން ދިފާއުގައި ހެކިބަސް ދިން ދިފާއީ ހެކިން ކޯޓުގައި ދިނީ ދޮގު ހެކިބަހެއް ކަން ސާބިތުކުރަން ދައުލަތުން އާ ހެކިތަކެއް ކުރިން އޮތީ ހުށަހަޅައިފަ އެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އެކަމާ މެދު ގޮތެއް ނިންމަވަމުން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް ވިދާޅުވީ ދައުލަތުން ހުށަހެޅި އާ ހެކިތަކަކީ ޖިނާއީ އިޖްރައާތުގެ 135 ވަނަ މާއްދާގެ ދަށުން ބަލައިގަނެވޭނެ ހެކިތަކެއް ކަމަށް ނިންމެވީ ކަމަށެވެ.

ޖިނާއީ އިޖްރައާތުގެ ގާނޫނުގެ އެ މާއްދާގައި ބުނެފައިވަނީ ޝަރީއަތް ކުރިއަށް ދަނިކޮށް އާ ހެކިތަކެއް ލިބިއްޖެ ނަމަ، ކޯޓަށާއި އަނެއް ފަރާތަށް އަންގަވާނެ ކަމަށެވެ.

އެ މައްސަލާގައި ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ވެސް ކުރެ އެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ކުރިއަށް ގެންދަނީ އެއްކޮށެވެ.

އާ ހެކިތައް ބަލައިގަތުމަށް އިސްގާޒީ ނިންމެވުމުން، އެ ނިންމުން ރިވިއުކުރަން ޔޫސުފް ނައީމްގެ ވަކީލުން އެދިވަޑައިގަތެވެ. އަދި އެކަމާ މެދު ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދިނުމަށް ފަހު އަލުން ގޮތެއް ނިންމަން އެ ވަކީލުން އެދިވަޑައިގަތެވެ.

Yameen ge dhifaaun dhogu heki dhinkan saabithu kuran liyunthakeh hushahalhaifi

Yameen ge dhifaaun dhogu heki dhinkan saabithu kuran liyunthakeh hushahalhaifi

The most trusted news source in the Maldives

Mihaaru

ޔާމީންގެ ދިފާއީ ހެކި ދޮގުކުރަން ދައުލަތުން ހުށަހެޅި ހެކިތައް

އެކަމަކު އިސްގާޒީ ޝަކީލް އެކަމަށް ދެކޮޅު ހެއްދެވި އެވެ. އަދި އާ ހެއްކާ މެދު އަމަލުކުރާނެ ގޮތް ކުރީގެ އަޑުއެހުމުގައި ވެސް އިއުލާން ކޮށްފައިވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ ދިފާއުގައި ކޯޓުގައި ކުރިން ހެކިބަސް ދެއްވީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރުގެ އިތުރުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ.

ސައީދާއި ޒުހޫރު ހެކިބަސް ދެއްވީ އެ މައްސަލާގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއްގެ ޔައުމިއްޔާއަކީ ސައްހަ އެއްޗެއް ނޫން ކަން ސާބިތުކުރުމަށެވެ.

ނަރީޝް ހެކިބަސް ދިނީ ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމާއި އަދި އޭގެ އަގަށްވާ ދިވެހި ރުފިޔާ ޔާމީން ހަވާލު ކުރުމުން ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ.

83 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 57%
icon sad icon sad 0%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔާނު

18 November 2022

ސުޖާހުއްޓާ ނައިބުރައީސް ކަމަށް ނަރީޝް އަށް ތާއިދުކުރި ސަބަބަކީ މިނޫންތަ

The name is already taken The name is available. Register?

މައިލޯ

18 November 2022

އަޅުގަނޑަށް މަންޒަރު ސިފަވަނީ ސުޖާއު މޭޔަރު އަދި ރަމީޒު ނާއިބު މޭޔަރު ކަންކުރާމަންޒަރު 2023 ގެ އިންތިހާބަށްފަހު! މުއިޒު ގައުމުގެ ރައީސް އަދި ނައިފަރު އެމްޕީ ގައުމުގެ ނާއިބު ރައީސް! އަދުރޭ މަޖިލިސް ރައީސް ޑރ ޖަމީލް އުއްތަމަ ފަނޑިޔާރު

The name is already taken The name is available. Register?

ބަސްމާ

18 November 2022

ސުޖާއަށް މަދުވާނެ އެއްޗެއްނެތް ނާއިބު މާޔަރުކަން ނުލިބުގެން! ޔާމީންއަށް އިހްލާސްތެރިން ވަކިކުރަން ނޭގުނީ! އަދުރޭ އާއި ސުޖާއު އަށްވުރެ ނަރީޝް އާއި ޝުއާއު ޔާމީނުއަށް އިހްލާސްތެރިވާނެ ގޮތެއް ނޭގުނު

The name is already taken The name is available. Register?

ރާއްޖެ ތެރޭ މީހާ

18 November 2022

ހަމަ ގައިމުވެސް ރޔާމިންގެ ތަރައްގީ ފެންނަން އެބަހުރި. ރާއްޖޭގެ ކޮމްމެ ތަނަކައް ބެލިޔަސް.

The name is already taken The name is available. Register?

ޢަރުތަ

18 November 2022

މިޒާތުގެ ބޯނެތް ކުރަފި އަދިވެސް އުޅެޔޭ އުތަ! ތަރައްޤީ ފެންނަން ނެތޭ އެބަކިޔާތަ! މިކިޔަނީ ދައުލަތުގެ ބޭތުލްމާލު ބަޔަކު މީހުން ގުޅިގެން ދިރުވާލި ވާހަކަ، އެއީ ރައްޔިތުންގެ ފައިސާ، އެހެން ހަމަ ތިބެފަ ނަގާ އޭގެ ބޭނުން ނުކުރެވޭނެ ވާހަކަ، އެކަން ކުރި ބަޔަކަށް ހައްޤު އަދަބު ދޭން ޖެހޭނެ ވާހަކަ، ޔާމީނަކަސް ކާސިމަކަސް އަދި ކިއެއްތަ މައުމޫނަކަސް އިބޫއަކަސް ނަސީދަކަސް އެކަން އޮންނަންވާނީ އެގޮތަށް.

The name is already taken The name is available. Register?

ޢަރުތަ

17 November 2022

"ނަރީޝް ހެކިބަސް ދިނީ ޔާމީނަށް ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމާއި އަދި އޭގެ އަގަށްވާ ދިވެހި ރުފިޔާ ޔާމީން ހަވާލު ކުރުމުން ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ". ރ ޔާމީނުގެ ޚަޒާންދާރުތަ މިސޮރުމީ! ރ ޔާމީނު ހިންގާ ފައިސާގެ ހުރިހާ މުއާމަލާތެއް ރަނުންރަނަށް އިގެނީ!

The name is already taken The name is available. Register?

އެއާރޕޯޓް

17 November 2022

އަހަރުންނަ އެގޭ މީ ސިޔާސީ ހުކުމެއްކަން.

The name is already taken The name is available. Register?

ޢަރުތަ

18 November 2022

އެންމެނަށްވެސް އިނގެޔޭ ތިކަން، ބަލަގަ ސިޔާސީ މީހުނަށް ކުރާނީ ސިޔާސީ ހުކުމޭ، އެވަރުނޭގިގެން ތިޔާއުޅެނީ. ދައުލަތުގެ ފައިސާގަ ޖެހުނީވެސް ސިޔާސީ މަޤާމުގަ ތިބެގެން ސިޔާސި ގޮތުންނޭ، އެވަރު ދެނަހުރިންތޭ.

The name is already taken The name is available. Register?

އެމްޑީޕީ އައްޑޫ

17 November 2022

ރައިސް ޔާމިނަކީ ދިވެހި ރައްޔިތުންނަ ރަނގަޅު މީހެެއް. މި ސަރުކާރު ވަރައް ކަޑަ.

The name is already taken The name is available. Register?

ޢަރުތަ

18 November 2022

ރައީސް ޔާމީނަކީ ދިވެހި ރައްޔިތުންނަށް ގޯސްމީހެކޭ، ނޫނީ މިސަރުކާރު ކަޑަ ނޫންވާހަކައެއް ނޫނޭ މިކިޔަނީ، ރައީސް ޔާމީނު ދައުލަތުގެ ފައިސާގަ ނުޖެހޭކަން ކޯޓަށް ގޮސް ސާބިތުކޮށްދީބަލަ، މޮޅު ކޮމެންޓް ލިއަން ނުހުރެ.

The name is already taken The name is available. Register?

އުކުޅަހުސީޑީސޭހް

17 November 2022

ސަލަފަ ކުދިންގެ ދީނުގައި އިންނަ ހިސާބެއްކަމަށް މިހާތަނަށް ފެނެރެފާހުރި ފަތުވާތަކުން ފެންނަނީ އެކުދިންކޮޅާއި ޔާނު އާއި ބައިވެރިން ވައްކަންކޮށް ލޫޓްވުމަށް ގެންގުޅޭ ހުރިހާ މަކަރުވެރި އުކުޅުތަކާއި ޖާހިލު ފިކުރު ތައް ފިޔަވާ ދެން ހުރީ ހުސް ހަރާމް ކަމުގަ

The name is already taken The name is available. Register?

ޔައުޣޫއްބެ

17 November 2022

ހާދަ މިލިޔަނެކޭ އެގޮތްމިގޮތައް އެތައްބައިވަރު އެކައުންތުތަކަކަށް ދުވެފަ މިއޮންނަނީ . މިހާގިނަދުވުން ދުވެފަ ހުރީމަ އެފައިސާ މިފައިސާ ހަރާމްކޮށްލިބުނު، ހަލާމްކޮށްލިބުނު ،ވަގައްނެގުނު ، ސްވަތައްލިބުނު ، ހަދިޔާއަށް ލިބުނު ބައިބައިވަކިކުރަން އުދަގޫވާނެ ދެއްތޯ. މިއަށްވެސް މިކިޔަނީ ވެރިކަންކުރެއްވުން ވިއްޔަ!

The name is already taken The name is available. Register?

ނުހާ އިރުޝާދު

17 November 2022

މާލޭ ސިޓީކައުންސިލްއަކީ ނަޒާހަތްތެރި ކައުންސިލެއް ގޮތުގައި ކުރިޔަތް ގެންދިޔުމަށް ނަރީޝް މިވަގުތު އެއްފަރާތަށްޖެހި ސިޔާސީގޮތުން އެއްވެސްކަހަލަ ކިނލަބުކަމެއް ނެތް ބޭފުޅަކަށް ޑެޕިއުޓީ މޭޔަރުކަން ދިނުން ބުއްދިވެރި! ކައުންސިލަރު ރަމީޒު އަކީ ހިންގުންތެރިކަމުގެ ނަމޫނާ ބޭފުޅެއް

The name is already taken The name is available. Register?

މުއައްލިމް

17 November 2022

އަޅުގަނޑުވެސް ރަމީ ޑެޕިއުޓީ މޭޔަރުގެ މަގާމަށް ގެންނަން ތާއިދު ކުރަން! ހުރިހާ އުމުރަކާއި ގުޅޭ ޒުވާން ބޭފުޅެއް އަދި ތައުލީމީ ގޮތުން ވެސް އެކި ސެޓިފިކެޓް ވަނީ ހޯދާފައި

The name is already taken The name is available. Register?

އިބުއްޓީ

17 November 2022

ރަމީޒު އަށް ތާއިދު

The name is already taken The name is available. Register?

ސައިފު

17 November 2022

އަޅުގަނޑުއަދި އެމްޑީޕީ ކައުންސިލަރުންގެ ވޯޓު އާދަމް ރަމީޒް އަށް ލިބޭނެ، އެކުގައި މަސައްކަތް ކުރެވުނު ކުޑަ ދުވަސްކޮޅުގައި އެބޭފުޅާގެ ގާބިލްކަން ފެނިއްޖެ! ޒީރޯ ޓޮލަރެންސްޓު ލަޔާސް ނަރީޝް އައުޓް

The name is already taken The name is available. Register?

މުޝް

17 November 2022

އާދަމް ރަމީޒު އެޗްޑީސީގައި އުޅުނު ޒަމާނުން ފެށިގެން ދަންނަން! ވަރަށް އަހްލާގު ރަނގަޅު ބޭފުޅެއް

The name is already taken The name is available. Register?

ފުވާދު

18 November 2022

ކައުންސިލަރު އާދަމް ރަމީޒު މަގާމުގެ ދަހިވެތިކަމުގައި ޑެޕިއުޓީގެ އަގުވައްޓާލަން ތިޔަކުރާ މަސައްކަތް ކާމިޔާބެއް ނުވާނެ!

The name is already taken The name is available. Register?

މައުރީން

18 November 2022

ރަމީ އަކީ ގާތް އެކުވެރި އެއް! އަޅުގަނޑަށް ރަމީގެ އެންމެ ކަމުދާ އެއް ސިފައަކީ ތެދުވެރިކަމާއި އިހްލާސްތެރިކަން

The name is already taken The name is available. Register?

ރާއްޖެތެރޭމީހާ

17 November 2022

ނަރީޝްްއެއް ޔާމީނުއެއް ކާސިމެއް ގާސިމެއް ކިޔާނެކަމެއްނެތް މިހާރުންމިހާރަށް ހައްޔަރުކޮށްޖަލަށްލާ ދައުލަތުގެޚަޒާނާއިންވައްކަންކޮށްފަދެންއެކަމުންސަލާމަތްވާން މަސައްކަތްކުރަނީ އަދިމީގެތެރެއިންއަމިއްލަގެޔަތްފޮށިފޮށިގަނޑުގަފައިސާވަންވާހަކަބުނީޔާމީން ދެންވެރިކަމަށްއަރާފަކިހާވަރެއްހަދާނެބާ

The name is already taken The name is available. Register?

ސުން

17 November 2022

ނަރީޝް ދެކެ ގިނަކުދީން ހާދަ ލޯބިވޭ ދޮގެއްތަ؟

The name is already taken The name is available. Register?

މައިސަން

17 November 2022

ލޯބިވަނީ އެއް ނޫން! ވައްކަން ކުރަނީ ކޯޓުތަކުގައި ދޮގު ހެކި ދެނީ! މާލޭ މަގުގެ ދެފަޅި މަދު ފައިސާ ކޮޅަކަށް ވިއްކާ ހުސްކޮށްލި މީހެއް ދެކެ ކާކު ލޯބި ވާނީ؟؟؟؟

The name is already taken The name is available. Register?

މައިޝާ

17 November 2022

ގުރޭޑް 7ގެ ފެންވަރު ނެތް ބޭފުޅެއްގެ ވާހަކަ ތިދައްކަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454