އަލިފާން ރޯވި މ. ނިރުފެހިގޭގެ ބޭރުގައި ފަޔަ އެންޑް ރެސްކިއުގެ ޓީމުތައް އަލިފާން ނިއްވުމާއި މީހުން ހޯދުމުގެ މަސައްކަތް ކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 ނޮވެމްބަރ 2022 - 13:45
ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގި މ. ނިރުފެހިގެ ސާފުކުރަނިކޮށް ފެނުނު ފައިތިލައަކީ އެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މީހެއްގެ ފައިތިލަ ކަމަށް ބެލެވޭ ކަމަށާއި އިތުރު މީހަކު މަރުވެފައިވާ ކަމަށް ނުބެެލެވޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުންގެ ތަރުޖަމާން ޔޫނުސް ސޮބާހު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި މަރުވި 10 މީހުން ފިޔަވައި، އިތުރު މީހަކު މަރުވި ކަމުގެ ރިޕޯޓެއް ލިބިފައި ނެތް ކަމަށެވެ.
"މަރުވި ބައެއް މީހުން ހަށިގަނޑު ވަރަށް ބޮޑަށް ޑެމޭޖުވެފައި ހުރީ. އެހެންވީމާ ބެލެވެނީ އެއީ އެއިން މީހެއްގެ ފައިތިލަ ކަމަށް،" ޔޫނުސް ވިދާޅުވި އެވެ.
އެއީ ކާކުގެ ފައިތިލައެއްކަން ޔަގީންކުރުމުގެ ގޮތުން ޓެސްޓުތައް ވެސް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަރުވި ބައެއް މީހުންގެ ހަށިގަނޑު ވަރަށް ބޮޑަށް ފިހި، ކާކުކަން ދެނެގަންނަން އުނދަގޫވި އެވެ.
ނިރުފެހިގެ ސާފުކުރުމުގެ ތެރޭގައި މީހެއްގެ ފައިތިލަ ފެނިއްޖެ https://t.co/I1Ct37mnXW
— Mihaaru (@Mihaarunews) November 15, 2022
ފުލުހުން މިއަދު ބުނީ އެ ހާދިސާގައި މަރުވި 10 މީހުންގެ ހަށިގަނޑު ވެސް މިހާރު އެ މީހުންގެ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެއީ އިންޑިއާގެ އަށް މީހުންނާއި ބަންގުލަދޭޝްގެ ދެ މީހެކެވެ.
އެ ހާދިސާގައި ފިހުނު މީހަކަށް އައިޖީއެމްއެޗުގައި ވެސް އަންނަނީ ފަރުވާދެމުންނެވެ. ކުރިން ވެންޓިލޭޓަރުގައި ފަރުވާދިން އެ މީހާގެ ހާލު ރަނގަޅުވަމުން އަންނާތީ މިއަދު ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގި ނިރުފެހިގޭގެ ތިރީގައި ހުންނަ ޖަރާޖެއްގައި ރޯވެގެންނެވެ. އެ ގޭގައި މަތީ ފްލޯގައި ދިރިއުޅުނީ ބިދޭސީ މަސައްކަތްތެރިންނެވެ. އޭގެ ތެރޭގައި ބަންގްލަދޭޝް، ސްރީ ލަންކާ އަދި އިންޑިއާ މީހުން ވެސް ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
20 November 2022
އައިޖީއެމްއެޗުން އިވުނު އަޑުތަކަށް ބަލާއިރު 14 މީހުން މަރުވިކަމަށްވަނީ.......އެހެންނޫނަސް ކުއްޔަ ދޫކޮށްފައި ހުރިތަނެއްގައި ބަޔަކު ރެންޓައް ތިބޭއިރު އެތިބިބައެއްގެ ލޭންޑްލޯޑެއްވެސް ހުންނާނެތަ؟ އޭނަ ކޮބާ؟ ފެއިންޓް ވީގޮތައް އަދިވެސް ހޭނައަަރަނީތަ؟ ތިކަން ޕޮލިހުންނަށް ޔަގީން ނުކުރެވޭތީ ތިވެސް ބޮޑު އަރަތެއް؟