ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު.-- ފައިލް ފޮޓޯ: މިހާރު
20 ނޮވެމްބަރ 2022 - 16:12
އޭނާ އަށް ގުރޫޕަކުން ހަމަލަދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ގްރޫޕަކުން ވަނީ ޝިމާޒަށް ހަމަލާދީފަ އެވެ. އޭގެ ކުރިން މިދިޔަ ހަފުތާގައި އޭނާގެ ސައިކަލަށް ގެއްލުންދީފައިވާއިރު، އޭނާއަށް އިންޒާރުދީ މެސެޖުތަކެއް ފޮނުވި މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.
ޝިމާޒު، ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓަރީ ކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލާ ކަމުގެ ތުހުމަތުކޮށް އޭނާ މަގާމުން ވަކިކޮށްދޭން ވަރަށް ފަހުން މިނިސްޓަރު އާއިޝަތު ނަހުލާ ވަނީ ރައީސް އޮފީހުގައި އެދިވަޑައިގެންފަ އެވެ. އެކަމަކު ޝިމާޒް ގެންދަވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގު ކުރައްވަމުންނެވެ.
އޭނާ އަށް ދިން ހަމަލއާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އޭނާ ގޮވާލެއްވި އެވެ.
18 ނޮވެމްބަރ 2022 ވީ ހުކުރު ދުވަހުގެ ރޭ އަޅުގަނޑަށް ދިން ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެކެވެ. މިކަން ކުރުމުގެ ކުރިން އެކިގޮތްގޮތުން އެތައް އިންޒާރެއް އަޅުގަނޑަށް ދީފައިވާއިރު، 1/2
— Shimaaz Ali (@shimatey) November 20, 2022
ޝިމާޒަށް ދިން ހަމަލައާ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާއާ ގުޅުވި ނަމަވެސް އެ ކަމަށް ނަހުލާ ވަނީ އިންކާރު ކުރައްވައިފަ އެވެ.
ނަހުލާ ވިދާޅުވީ، މައްސަލަތައް ބަލަމުންދާ ދަނޑިވަޅެއްގައި އެކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، އެކަމުގެ ތެރޭގައި އޭނާގެ އާއިލާއަށް ނިސްބަތްކޮށް، އަބުރު ކަތިލުމުގެ ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ.
ނަހުލާގެ ޕާޓީ ޖުމްހޫރީ ޕާޓީން ބުނީ، އެ ހަމަލާގައި ނަހުލާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ. އޭނާއަށް ދިން ހަމަލާއާ މެދު ޖޭޕީން ވެސް ކަންބޮޑުވުން ފާޅުކުރި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ޝިމާޒް "މިހާރު" އަށް ކުރިން ވިދާޅުވީ، ވެހިކަލް ރަޖިސްޓްރޭޝަނާއި ޓްރާންސްޕޯޓް މިނިސްޓްރީ ތެރޭގައި ހިނގާ އެހެން މައްސަލަތަކުގެ ތުހުމަތު އެޅުވިޔަސް ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ޒިންމާއެއް އަދާކުރައްވަނީ މިނިސްޓަރު ނަހުލާ އަށް އެނގިވަޑައިގެން ކަމަށެވެ. މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެމްއާރުއެމުން ވެސް ޝިމާޒްގެ މައްސަލަ ބެލި އެވެ. އެކަމަކު ޕާޓީން އޭނާއާ މެދު ފިޔަވަޅެއް ނާޅަން ނިންމީ ޕީޖީން ދައުވާނުކޮށް މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރުބާދު
21 November 2022
ހަމަލާގެ ނުރައްކާތެރިކަމުން އެއްވެސް ގެއްލުމެއްނުވެ ޕޮލިޓިކަލްސްޓޭންޑްގަ!!!!!!
ރޯޒް
21 November 2022
ތިޔަފަދަ ނުރައްކާތެރި ހަމަލާގެ ތަފްސީލްވެސް ބުނެލިނަމަ ދޯ؟ ރާއްޖޭގައި އަބަދުވެސް މި ސިޔާސީމީހުންގެ ޑްރާމާއިން ސަލާމަތް ނުވެވިގެން އަހަރެމެން މިއުޅެން ޖެހެނީ. ކަލޭމެން އެކަކު އަނެކަކާއި ހަމަލަދީދީ ތިބެބަލަ. ވޭތުވެ ދިޔަ ވިއްސަކަށް އަހަރު ތިޔަކަހަލަ ޑްރާމާ އަޑު އިވިއިވި ފޫހިވެއްޖެ. އެހެެންނަމަވެސް މީހުންނަށް ހަމަލާ ދިނުން ކުއްވެރިކުރަން.
ފޯލްސްފްލެގް
20 November 2022
މިޔަށް ކިޔަނީ ފޯލްސް ފްލެގް އިންދުން.
ސިޔާސި ކުޅިގަނޑުގެ ހުއްޓާާލާ
20 November 2022
ހެޔޮނުވާނެ މަގޭ ގައުމު
ޥަގު ރަޖިސްޓާރާ
20 November 2022
މި ނޫނަސް އެތައް ތުހުމަތެއް މަނިކުފާނަށް ކުރެވޭ
ފުޓުބޯޅަވެސް ބަލާނިކަމެއްނެތް، މިވާހަކަ އަޑުއަހާ!
20 November 2022
ހެޔޮނުވާނެ ހުރިހާ ދިވެހިން އެމީހަކު ކުރަން ހުރި ހުރިހާ ކަމެއް ހުއްޓާފަ، މި ބޭފުޅާ މި ދައްކާވާހަކަ އަޑުއަހަން، ވުލޫކޮއްލައިގެން އާދެބަލަ.
ފިނިފިނި ޙައްޖަ
20 November 2022
ގަވއިދާ ޚިލާފަށް ތަކެތި ރަޖިސްތަރީ ކުރުން ހިތްވަރު ހުރި ޢަމަލެއްބާ؟
ޝައްކު
20 November 2022
ތިޔައީ ހައްތަހައިވެސް ސިޔާސަކުދިން.. ތިހިންބުނެ ހަމްދަރުދީހޯދަން ރާވައިގެން ހިންގިކަމަކަށްވެސްވެދާނެެ.