އެންމެ ގިނައިން ހަރަދުކުރީ ބޭސްފަރުވާ އަށް. އެއީ 135 މިލިއަން ރުފިޔާ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އެންސްޕާއާ އެކު ބޭއްވި ބައްދަލުވުމުގައި އެންސްޕާގެ އިސްވެރިން. -- ފޮޓޯ: މަޖިލިސް
21 ނޮވެމްބަރ 2022 - 15:34
އެންސްޕާ އިން މާލީ އެހީގެ ގޮތުގައި މިދިޔަ އަހަރު 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އެޖެންސީން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމުގައި، އެންސްޕާއިން އެ އިދާރާގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅި އެވެ. އެ ބައްދަލުވުމުގައި މިދިޔަ އަހަރު، އެ އިދާރާއިން އެކި ކަންކަމުގައި ރައްޔިތުންނަށް ދީފައިވާ މާލީ އެހީތަކުގެ ތަފުސީލު ވެސް ދިނެވެ.
އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީގު ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއްކުރީ ބޭސްފަރުވާގެ އެހީ ދިނުމަށެވެ. ބޭސްފަރުވާގެ އަށް މިދިޔަ އަހަރު 135 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ފަހަރަށް ވަރަށް ބޮޑު އެހީއެއް ދީފައި ހުންނާނީ ވަރަށް ކްރިޓިކަލް ކޮންޑިޝަންސް، މިސާލަކަށް ނިއުރޯ ބޮޑެތި ސާޖަރީސް ހަދާ ފަރާތްތަކަށް،" އޭނާ ވިދާޅުވި އެވެ.
• ބޭސްފަރުވާގެ އެހީގެ ގޮތުގައި 6،598 މީހަކަށް 135 މިލިއަން ރުފިޔާ.
• ނުކުޅެދުންތެރިކަން ހުންނަ 9،644 މީހަކަށް އެހީގެ ގޮތުގައި 223.1 މިލިއަން ރުފިޔާ.
• ފަގީރު ހާލަތުގައި ދިރިއުޅޭ 623 މީހުންނަށް 200،000ރ.
• 3،067 އެކަނިވެރި މައިންނަށް 62 މިލިއަން ރުފިޔާ. އެއީ 5،290 ކުދިންނަށް.
• 109 ފޯސްޓަ ޕޭރެންޓުންނަށް 2.5 މިލިއަން ރުފިޔާ. އެއީ 144 ކުދިންނަށް.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން އެންސްޕާއާ އެކު ބޭއްވި ބައްދަލުވުން. -- ފޮޓޯ: މަޖިލިސް
އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދު ވިދާޅުވިގޮތުގައި އެންސްޕާގެ ހިދުމަތްތައް ފަސޭހަކުރުމާއި އަވަސްކުރުމުގެ ގޮތުން ބެނިފެޝަރީ ޕޯޓަލްއަކާއި މޯބައިލް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. އަދި ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން ވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބެނެފިޝަރީ ޕޯޓަލްއަކާއި މޯބައިލް އެޕްލިކޭޝަން ނިމޭއިރު، ކައުންސިލުތަކާ އެކު މަސައްކަތް ކުރެވޭނެ ނިޒާމެއް ވެސް އޮންނާނެ. އެއާ އެކު ކައުންސިލުތައް މެދުވެރިކޮށް އެންސްޕާގެ ހިދުމަތްތަކަށް އެޕްލައި ކުރެވޭނެ. ކޮންމެހެން އެންސްޕާގެ އޮފީހަށް، މާލެ ނައިސް ހިދުމަތް ހޯދޭނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަންދަ އާއި އެންސްޕާއިން ދޭ ހިދުމަތްތައް އެއް ސިސްޓެއްގެ ތެރެއިން ދެވޭނެ ގޮތަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ނިމުމުން ވެސް ގިނަ ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރުމަވަންތަ
21 November 2022
އަދިވެސް 4 އަހަރުވާއިރު ދަރުމަވަންތާގައި އޮޕަރޭޝަނެއް ކޮށްނުލެވޭ. މިޖެހެނީ ރަައްޖޭން ބޭރަށްދާން
ސަންޕު
21 November 2022
ތިތަނުގެކަމެއް ހިނގާކަމައްވާނީ ސޯޝަލްމީޑިއާގަ ދިވެހިންސަލާންޖެހުން ހުއްޓުވީމަ. ސަލާންޖަހާވަރައްވުރެން ތަނަވަސް ގައުމެއްމީ. އެންސްްޕާ ރަނގަޅު ރިފޯމަކުން ކުރިއަށްދާންޖެހޭ. މިހާރުވެސް ވަކިބަޔަކައް އެހީދޭގޮތް އަވަސްވެފަ ދެގުނަ