ކުޅުދުއްފުށި ރޯ ހައުސްތައް ނިމިފައި.-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
22 ނޮވެމްބަރ 2022 - 12:25
ހދ. ކުޅުދުއްފުށީގެ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި، ހޮވުނު މީހުންނާ 11 އަހަރަށް ފަހު އިއްޔެ ގުރުއަތުލުން ބާއްވައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަައި 2010 ގައި އިމާރާތްކުރަން ފެށި 145 ރޯހައުސް ތަކުގެ މަސައްކަތް 2012 ގައި އެއްކޮށް ހުއްޓުނެވެ. އޭރު ހުރީ އެ ތަންތަން އިމާރާތްކޮށް ނިންމާފައި ވިޔަސް އެހެން ބައެއް ކަންކަން ނުނިންމަ އެވެ.
އޭގެ ފަހުން އައި ދެ ވެރިކަމުގައި ވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން، އެ ތަނުގެ މަރާމާތުގެ މަސައްކަތް މިދިޔަ އަހަރުގެ އޭޕްރީލް މަހު ދޮންބެޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރި އެވެ.
ކުޅުދުއްފުށީ ރޯހައުސެއްގެ ފާހަނާ ނިމިފައި.--- ފޮޓޯ: ކައުންސިލް
އޭގެ ތެރެއިން 40 ރޯހައުސްއެއްގެ މަރާމާތުގެ މަސައްކަތް ނިންމައި މިހާރު އެ ތަންތަނުގައި މީހުން ވެސް ދިރިއުޅެ އެވެ. ބާކީ ނުނިމި ހުރި 105 ރޯހައުސްގެ މަސައްކަތް ކުރަނީ ޕީއެސްއައިޕީގެ ބަޖެޓުންނެވެ.
ނުނިމި ހުރި 105 ރޯހައުސްގެ މަރާމާތުގެ މަސައްކަތަށް ހަތަރު މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެ މަޝްރޫއު ނިންމަން ކުރިން ރޭވީ 240 ދުވަހެވެ.
ކުޅުދުއްފުށި ކައުންސިލްގެ މެމްބަރު އަހުމަދު އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެ 105 ހައުސިންގެ ޔުނިޓްތައް މަރާމާތު ކުރުމަށް ފަހު އިއްޔެ ގުރުއަތުލުން ބާއްވާފައިވާ ކަމަށެވެ. އަދި މި މަސް ނިމުމުގެ ކުރިން ތަޅުދަނޑި ހަވާލުކުރެވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރޯހައުސެއްގެ އެތެރެ.-- ފޮޓޯ: ކައުންސިލް
"މިނިސްޓްރީގެ ބޭފުޅުން އަންނަ ހަފުތާ އަންނަ ގޮތަށް ނިންމާފައި ވަނީ. އެހެންވީމާ މި މަސް ނިމުމުގެ ކުރިން އެެ ތަން ހަވާލު ކޮށް، ލިބުނު ފަރާތްތަކަށް އުޅެން ފެށޭ ވަރުވާނެ ކަމަށް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.
އެ ހައުސިން ޔުނިޓްތަކުގެ ޑައުން ޕޭމަންޓަށް 19،000ރ. ދައްކަން ޖެހޭއިރު، ކުއްޔަކީ މަހަކު 3،000ރ. ކަމަށް ވެސް އަހުމަދު ވިދާޅުވި އެވެ.
އެއީ ތިން ކޮޓަރީގެ ހައުސިން ޔުނިޓް ތަކެކެވެ. ކޮންމެ ތަނެއް ހުންނާނީ ދެ ފްލޯ އަށް ހަދައިފަ އެވެ. ކުރިން ދޫކުރި 40 ރޯހައުސްގެ ކުއްޔަކީ ވެސް 3،000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮންބިބީ
22 November 2022
މާލޭ ރައްޔިތުނަށްވިއްޔާ 5 ނޫނީ 7 ހާސް. އެހެން ރަށެއްގަ ވިއްޔާ 3 ހާސް. ރަށެއްގަ އަޅަންޏާ އަގު ހެވީތަ؟ ބަލާލާފަ ހަމަ ފެންނަނީ މާ ފުރިހަމަކޮށް. ބާކީބައި ދައްކާދެނީ ސަރުކާރުންތަ؟ ހަމަ އަހާލީ އިނގޭ
ލޯބި
23 November 2022
އެއިން ދޭހަވަނީ މާލޭގައި އަސާސީ ޚިދުމަތޭ ކިޔައިގެން ސަރުކާރުން ވެސް ކުރަނީ ވިޔަފާރިކަން. މާލޭގެ ޑިމާންޑަށް ބަލާއިރު ކުޅުދުއްފުށިން 6000 ރުފިޔާއަށް ކުއްޔަށް ދޭވަރު ތަނެއް މާލެއިން ނުލިބޭނެ 200000 އަށް ވެސް. އެހެންވީމާ ރައްޔިތުންނަށް ހީވާނެތާ މާލެއިން 100000 ނެގިޔަސް ޑަބަލް އަގުހެވޭ. އެކަމަކު ހަގީގަތުގައި ބޮޑު ވިޔަފާރިއެއް.
ހުސެންދީދީ
22 November 2022
މި ސަރުކާރުން ހިޔާފުލެޓަށް މިހެން ނުހެދިކަން ނަސީބެއްނު! 11 އަހަރު އެ ކޮށްލީ!