ކުރީގެ ރައީސް ނަޝީދާއި ހައުސިން މިނިސްޓަރު އަސްލަމް: އަސްލަމްގެ މައްސަލާގައި ނަޝީދު ސީރިއަސް.
22 ނޮވެމްބަރ 2022 - 12:00
ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ގަވައިދު ގެޒެޓު ނުކުރާ މައްސަލާގައި ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމްގެ މައްސަލަ ސީރިއަސްކޮށް ނަގައި ފިޔަވަޅުތަކެއް އަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
މަޖިލީހުން 2008 ވަނަ އަހަރު ފާސްކުރި އާންމު ގަވައިދުތަކާ ބެހޭ ގާނޫނުގައި ބުނާ ހުޅުމާލޭގެ ޕްލޭނިން އަދި އިމާރާތް ކުރުމާ ބެހޭ ގަވައިދު މަޖިލިހުގެ ގަވައިދު ކޮމިޓީން އިސްލާހު ކުރުމަށް ފަހު ވަނީ ހައުސިން މިނިސްޓްރީ އަށް ފޮނުވައިފަ އެވެ.
އެކަމަކު، މިހާތަނަށް ވެސް އެ ގަވައިދު ގެޒެޓު ނުކުރާ މައްސަލަ ދިރާސާ ކުރުމަށް ފަހު، މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި އެވެ.
އެކަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވީ ގާނޫނުގައި ވަކި ގޮތަކަށް އަމަލު ކުރަން ބުނެފައި ވަނިކޮށް، އެ ނޫން ގޮތަކަށް އަމަލު ކުރެއްވުމުން "އެ ވަނީ ގާނޫނާ ހިލާފުވެފައި" ކަމަށެވެ.
އެހެންވެ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ވެސް މެންބަރުންނަށް ނިންމެވިދާނެ ކަމަށާއި ނަމަވެސް ވަޒީރާ ގުޅޭ ގޮތުން ނިންމަން ޖެހޭ ނިންމުމެއް ވެސް މެމްބަރުންނަށް ނިންމެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ވަޒީރަކީ އެމްޑީޕީގެ ވަޒީރެއް، އެ ބޭފުޅުންނަށް މެންބަރުންނާ ވާހަކަ ދައްކައިގެން އެދިވަޑައިގަންނަވާ ގޮތަކަށް ކަންކަން ގެންދިއުމުގެ ފުރުސަތު ފަހިކޮށް ހުޅުވިފައި އޮއްވައި، ވަރިހަމަ ކުރައްވައި އަޅާ ނުލައި ބާއްވާފައި ތިމަންނާ އަށް ފެނުނު ގޮތް އެއީ ގޮތް ކަމަށް ނިންމަވައި އެ ގޮތަށް އަމަލު ކުރެއްވުމަކީ ގާނޫނުއަސާސީ ތަންދޭ ކަމެއް ނޫން،" ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި އަސްލަމާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އަސްލަމް ގާނޫނުއަސާސީ އާ ހިލާފުވެފައިވާ ވަރާއި ކަން ކުރައްވާފައިވާ ގޮތް ރަނގަޅަށް މެންބަރުން ބައްލަވާނެ ކަމުގެ އުންމީދު އެބައޮތެވެ. އެ ނޫން ނަމަ އެފަދަ މައްސަލަތައް ބަލަން ކޮމިޓީތައް ބޭއްވުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މައްސަލާގައި ގަވައިދު ކޮމިޓީން ނިންމާފައި ވަނީ ކޮމިޓީ ރިޕޯޓު ފާސްކުރާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ގަވައިދު ގެޒެޓުގައި ޝާއިރު ކުރުމަށް ހައުސިން މިނިސްޓްރީ އަށް އެންގުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯޝާ
23 November 2022
އޮނަރަބްލް އަފީފު ދީދީ: ކިބުރުވެރިކަމާއި ބޮޑާކަމުން ހައްދުފަހަނައަޅައިފައި ތިބި ތިޔަބުނާ ތަހުޒީބުވެފައިވާ ޤައުމުތަކުގައި ޚާއްޞަކޮށް ތިމާމެންވަރެއް ނެތިގެން އުޅޭ އިގިރޭސިން ރައްޔިތުންގެ މައްޗަށް ހަންފަތުރާ ބަރުލަމާނީ ނިޒާމް މިރާއްޖެއަށް ގެނަސް، އެނިޒާމަށް ވެރިކަން ހިންގަންފެށުމުން މިރާއްޖޭގެ ރައްޔަތުން އިތުރަށް ނިކަމެތިވެ، މިރާއްޖެ ކޮރަޕްޝަންގެ މައި ހާއްޔަކަށް ބަދަލުވެ، އަތުޖެހުނު ގޮތަކަށް ކާން އާދަވެފައިތިބި ޖީލެއް އުފެދިގެން ދާނީ.
ޖުހާނާ
22 November 2022
"ގެޒެޓުގައި ޝާއިރު ކުރުން" އެއް ނޫން ކިޔާނީ. "ޝާއިޢު ކުރުން" ކިޔާނީ.
މުހަންމަދުބޭ1
22 November 2022
ތިޔަ އަސްލަންޓޭ ދަތުރުފަތުރޭ ކިޔާފަ މީސްމީހުން ލައްވާ ދަތުރުތައް ކުރިވާ ހަދާފަ ބިންތައް ނުދީ ދައުލަތް ދަރުވާލި.، ދެން ބުނީ ހަވާލުވީ މީހުން ގޯހީއޭ، ތިމަންނަ ސޮއި ކުރީމޭ ބިންތައް ނުދެވުނީއޭ ... ލާމަރުކަޒީ ވެސް މީނަ ލޭނޑް ޔޫސް ޕްލޭންއަކާ ހެދީ ރަށްރަށަށް ބާރުނުދީ އަތްއަޅައިގެން އެ ހުންނަނީ ... މޮޅުނަމެއް އިގިރޭސި ކިޔާފަ ހުސް ވާހަކަ ??????
hasan
22 November 2022
ބުނާކަހަލަ މަށަށް ގޮތްގޮތް ވާނެހޭ . ބަލަ ގާނޫނާ ތިހިލާފް ވެވުނީ . ދެން އޮންނާނީ ތިކަން ބެލުން ، ރަގަޅަށް ބެލިއްޖެއްޔާ މިފަހަރު ބެދޭނެ . މާ ފުއްޕާފަ އިގިރޭސި ވެގެން އުޅުއްވާ މަނިއްޕުޅެއް ތީ . އެގިދާނެތާ !
ހަތްގުދު ބެއްޔާ
22 November 2022
އެބަ ރަނގަޅުވޭ. އަމިއްލައަށް އިލޮށިގަޑު ފޭހުނީމާ އެހެންމީހުން އައިސް އިލޮށިގަނޑު އަނބުރާ ފޭހުނު މީހާގެ ލޮލަށް ނުހަރާނެކަމަށް ހީނުކުރާތި. ކޮންމެމީހަކީ ސޯލިހެއްނޫން.
ފެންބޯ
22 November 2022
މަޖިލިސްގެ ރިޔާސަތުގައި މިހާރު ތިއިންނެވީ އިނދިކޮޅު ލީޑަރުތޯ؟
އެމްސް
22 November 2022
އެޅިހާ ބަތަކަށް ރިހަ ނޫން މީހެއް؟
ހަމަރިހަ
22 November 2022
އެޅިހާ ބަތަކަށް ހަމަ ރިހަ މީހެއް.. މިހާރުވެސް އިބޫ ބަރުލަމާނީ އެބަސް ބުންޏަސް އެޅިހާ ބަތަށް ރިހަވާނެ.. ގާޒީއެއް ހައްޔަރުކޮށްގެން ގެންގުޅުނު އިރު އެއީ ކޮން ގާނޫނަކާ އެއްގޮތެއް.. ތިމާ މީހާ ބޭނުން ނުވީމާ ދެން ތިބި އެންމެން އެއީ ކޮރަޕްޓޯ.. މީހަކު މޮޔަވެދާނެ
އަހައްމަދުބެ
22 November 2022
މަޖިލީހުގެ ތިނިންމުން ވަރަށްގޯސް ތިކަމުގެ ސަބަބުން ހުޅުމާލެ ތޮއްޖެހި އެތާގައި މިހާރު އޮތް ހިތްގައިމުކަން ގެއްލި ނެތިދާނެ
ފޮނިފޮނިޓައްޕު ކުމާރު
22 November 2022
އަސްލަމްޓެއަކީ އެންމެ ނަތީޖާ ދަށް މިނިސްޓަރު. އެއަށްފަހުކަންނޭންގެ ގާސިމްގެ އައިޝާވެސް އަންނާނީ. އެހެންކަމުން އަސްލަމްޓެ އިސްތިއުފާ.
އޮނަރަބްލް އަފީފު ދީދީ
22 November 2022
ގަނޑުބަނޑުކޮށް މޮޑެފައިވާ ވެރިކަމުގެ ނިޒާމްދޫކޮށް ކުރިއަރާފައިވާ ތަހުޒީބު ދައުލަތްތަކުގައިއޮތްފަދަ ޕާލަމެންޓަރީ ސިސްޓަމެއް ރާއްޖެއަށް ގެނެސް ދައުލަތުގެ ޤާނޫނުއަސާސީގައިއޮތް ޒިންމާދާރު 3 ފަރާތް މެދުވެރިކޮށް ދައުލަތް ހިންގުމަށް ރައްޔިތުން ރުހެންވީ މިފަދަ ސަބަބުތަކުން ދުރުވެގަތުމަށްޓަކާ. # ޕާލަމެންޓަރީ ނިޒާމެއްނަމަ މިކަމާއިބެހޭގޮތުން މާތޮޑާ ވަޒީރުމެނާއި ވަގުތުން ވަގުތަށް މަޖިލީހުގައި ސުވާލު ކުރެވި ޖަވާބުދާރީވުމަށް މަޖުބޫރުވާނެ.
ލާމަސީލު
22 November 2022
ޕާކިސްތާން ހަމަޔަކަށް ނޭޅެނީ ކޮން ނިޒާމެއް އޮވެގެންތަ؟ އަނގައެއް އޮތިއްޔާ ވާހަކަ ދެއްކިދާނެ
ެއެބޭފުޅާ ރަނގަޅު
22 November 2022
މިފަހަރު އަސްލަމްގެ ނިންމުން ރަނގަޅެވެ. ކޮންމެ ފަހަރަކު ސިޔާސީ މަންފާއަށް ހިތު ހުރިހާ ކަމެއް ކުރަންނާ އިސާހިތަކު ހުޅުމާލެވެސް މާލެ ކަހަލަ 2ވަނަ ސްލަމް އަކަށް ވެގެން ދާނެއެވެ.
އެމްސް
22 November 2022
އަސްލަމަކަށް އަދި އެހެން ލަމަކަސް ޤާނޫނައްވުރެ މަތީގަ ހުރެވެންޏާ އެނެތެނީ ހަމަހަމަކަން!