ދިރާގު ހެޑް އޮފީސް: އެ ކުންފުނީގެ ޓީވީގެ ލައިސަންސް ދަމަހައްޓަން ނެރުނު އަމުރު ބްރޯޑްކާސްޓިން ކޮމިޝަނުން ހައި ކޯޓަށް ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
22 ނޮވެމްބަރ 2022 - 14:52
ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރު އިސްތިއުނާފްކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ކޯޓުން މައްސަލަ ނިމެންދެން ދިރާގު ޓީވީގެ ލައިސަންސް ދަމަހައްޓަން އަމުރު ނެރުނީ ބްރޯޑްކާސްޓިން ކޮމިޝަނުން ދިރާގު ޓީވީގެ ލައިސަންސް އާ ނުކުރަން ނިންމި ނިންމުމުގެ މައްސަލަ ކޯޓުގައި ހިނގަމުންދާތީ އެވެ. އެގޮތަށް އެ ކޮމިޝަނުން ނިންމީ ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ލައިސަންސް ނުލިބޭ ގޮތަށް ގަވާއިދު ހެދުމަށް ފަހު އެވެ.
ސިވިލް ކޯޓުގެ ވަގުތީ އަމުރު އޮތްގޮތުން އަންނަ ޖެނުއަރީ މަހު ދިރާގު ޓީވީގެ ލައިސަންސް ހަމަވިޔަސް، ކޯޓުން މައްސަލަ ނިމެންދެން އެ ކުންފުންޏަށް ހިދުމަތް ދެވޭނެ އެވެ. އެ އަމުރު އިސްތިއުނާފް ކުރަން ބްރޯޑްކާސްޓިން ކޮމިޝަނުން ހައި ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު އެވެ.
އެ މައްސަލަ ބަލައިގަތުމާ މެދު އަދި ކޯޓުން ގޮތެއް ނުނިންމަ އެވެ.
ބޭރުގެ ހިއްސާ އޮންނަ ފަރާތްތަކަށް ލައިސަންސް ނުލިބޭ ގޮތަށް ގަވާއިދު ހެދި މައްސަލަ ހޫނުވެ، ރައްޔިތުންގެ މަޖިލީހަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަން ހާޒިރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞުޝްމިން
24 November 2022
ވަހީދާ އައް ސައިޒް އޮޅުނީ. ކޮމިޝަން އަކީ ނަމަކައް ހަދާފަ ހުރިތަނެއް. އަގެއް ނެތް، ބަހެއްވެސް ނުވިކޭ، އެހެލާމީހުންނައް ހަދާފަ ހުރި ފަން އުނދޯލިއެއް. މަޑުން ހުރޭ ދެންވެސް. ލަދެއްގަ ބެދޭނެ މިފަހަރު.
ހުސިއަސް
24 November 2022
ހާދަ ބައިވަރު ހަދިޔާތަކެއް ލިބިގެންނޭ ބްރޯޑްކޮމް މެމްބަރުން މިއުޅެނީދޯ ރައްޔިތުން ތަންކޮޅެއް ހެޔޮއަގެއްގަ ދިރާގުން ހިދުމަތްދޭތީ އެކަމާ ކަންބޮޑުވެގެން މި އުޅެނީ ބްރޯޑްކޮމުން އެކަނި މީޑިއާނެޓަށް ކަސްޓަމަރުން އިތުރުކޮށްދޭން ބްރޯޑްކޮމުން މިހާބޮޑު ބުރައެއްމިއުފުލަނީ
ބައިވަރު
23 November 2022
ހާދަ ބައިވަރު ހަދިޔާ ލިބޭނެތާއެވެ. ލަދުގެ ކަންފުޅެއްވެސް ނެތް ބަޔަކު ލަދެއްވެސް ނުގަންނާނެއެވެ.
އަސްލަމްބެ
23 November 2022
ކޮމިޝަނުންގެ ރައީސް ވަހީދާ އާއި މެމްބަރުން ވަނީ މަޖިލީހުގައި ދޮގު ހަދާފައި އެއްވެސް ނުފޫޒެއް ނެތޭ ކިޔައިގެން. ނުފޫޒެއް ނެތް ނަމަ ދިރާގު ޓީވީ ހުއްޓުވަން ކޮމިޝަނުން އެވަރަށް އުޅޭނެބާ؟ އެކަން ކުރީމަ ކާމެޓުގައި ވާދަވެރިކަން ގެއްލި ނިކަމެތިކަން ލިބެނީ ރައްޔިތުންނަށް ކަން މަރިޔަމް ވަހީދާއަށް ނޭނގުނަސް ބުޅާ މީދަލަށްވެސް އެނގޭނެ. ބްރޯޑްކޮމް ކޮމިޝަން އުވާލަން ގޮވާލައި މެމްބަރުން ވަކި ކުރުމަށް ގޮވާލަން.
LaamuonlineDOTcom
23 November 2022
އެއްވެސް ފަރާތަކުން ކޮށްފައިވާ މިފަދަބޮޑެތި އިންވެސްޓުމަންޓުތައް ބޭކާރުވެގެންދާގޮތައް ގަވައިދު އިސްލާހެއްނުކުރެވޭނެ، ސަބަބަކީ އިންވެސްޓު ކޮށްފައިވަނީ ގަވައިދުގެ ތެރެއިން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށްވާތީ، ވަކިހިސާބަކުން އެއްވެސް އޮޕުޝަނެއްނޯންނަގޮތައް ގަވައިދުއިސްލާހުކޮށް ބިޒުނަސް ހުއްޓުވާލުމަކީ ބޮޑުޖޯކެއް، ބުރޯޑުކޮންއަށް މިކަމުގައި ދިރާގުގެ މައްޗަށް ކުރިއެއްނުހޯދޭނެ، ބުރޯޑުކޮންމުން ކުރަންތިޔައުޅެނީ ތާކުންތާކުޖެހޭކަމެއްނޫން
ބަދަލުދޭ ބިޔުރޯ
23 November 2022
5 އަހަރު ފަހުން 250 މިލިޔަން ބަދަލުދީފައި އަލުން ފުރުސޮތު ދޭނީ.. އޯކޭވާނެ
މެޒޯ
22 November 2022
މިހާރު ހީވަނީ ބްރޯޑްކޮމްއިން އަޅާފައިއޮތް ޅައެތިން ސަލާމަތްވާނެ ގޮތެއް ނޭނގިގެން އުޅޭ ހެން.
އަރިޔަގޯ
22 November 2022
އަހަރެން މި އުޅެނީ މި ގަވާއިދެއް އައިފަހުން ދިރާގު ޓީވި ގެޔަށް ގުޅާ ހިތްވެގެން. މީގެކުރިން އެއްވެސް ކޭބަލް ޓީވީއަކާ އެއްކޮޅެއްނޫން. އެކަމު ކަމުގެ ނާއިންސާފު ފެނިފައި ހަމަ ދެކޮޅުހަދާ ހިތްވަނީ
މޮޔައީތަ ނޫނީ ވަގީތަ؟
22 November 2022
100% ދިވެހި ހައެއްކަ މަހުޖަނުން މޮނޮޕޮލީކޮށްގެން ގޭބިސީތައް ފެލާލުންތަ ރަނގަޅީ ނޫނީ %50 ސަރުކާރު ހިއްސާ އޮތް ކުންފުއްޏެއް ބައިވެރިކޮށްގެން ވާދަވެރިކަމެއް ބާއްވައިގެން ޢާންމުންގެ ޖީބަށްވެސް ބަލާލުންތަ ރަނގަޅީ؟ މި ކޮމިޝަން ބަދަލުކުރަން ރައްޔިތުން ހޮވާފަތިބި މަޖްލިސަށް ގޮވާލަން!
ޑިރާސާ
22 November 2022
ބްރޯޑުކޮމް އިން ވަކި ކުންފުންޏެއް ހިމާޔަތް ކުރަން ކޯޓަށް ދާން ފެށުމުން ވަރަށް ރަނގަޅަށް އެނގިއްޖެ ބްރޯޑުކޮމް އިން ބޭނުންވަނީ ދިރާގު ޓީވީ ހިދުމަތް ރާއްޖެއިން ހުއްޓުވަންކަން .އަދުލުވެރި ވިސްނުމެއް ހުރި ނަމަ ހައިކޯޓަށް ބްރޯޑުކޮމް މިނިވަން މުއައްސަސާއެއްގެ ގޮތުގައި އޮވެ ނުދާނެ ، ދިވެހި ނިކަމެތި ކިތައް އާއިލާތޯ ދިރާގު ޓީވީ ގެ ހިދުމަތް ބޭނުން ކުރަނީ.އަދި މައްސަލަ ވަކި ގޮތަކަށް ނިމެންދެންވެސް މަޑުން ތިބެން ނޭނގުނު. މީޑިޔާ ނެޓުގެ ދިފާއުގައި ބްރޯޑުކޮމް.
އަލަޑަބިޔާ
22 November 2022
ދުނިޔޭގެ ބޮޑެތި ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި މިފަދަ ކަމެއް ކޮށްފިނަމަ ބްރޯޑްކޮމް މެމްބަރުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލާނެ