އެމްޑީޕީގެ ގައުމީ މަޖްލިސްގެ ޖަލްސާގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: އެ ޕާޓީގެ ޗެއާޕާސަންގެ މަގާމު ވަނީ ހުސްވެފައި. ފޮޓޯ: އެމްޑީޕީ
11 ޖެނުއަރީ 2017 - 19:03
އެމްޑީޕީ އަށް ޗެއާޕާސަނެއް ހޮވަން ބާއްވާ އިންތިހާބު، އަންނަ މަހުގެ 10 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.
ކުރިން ނިންމާފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެ އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރަސްމީ ދުވަހަކާ ދިމާވާތީ އާއި ގިނަ ބަޔަކަށް ވޯޓު ލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އިންތިހާބު ބާއްވާ ދުވަސް ފަސްކުރީ އެވެ.
ޗެއާޕާސަންގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި އަދި މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ އަލީ ވަހީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިދިޔަ މަހު ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިިގަންނަވާ ހަސަން ލަތީފު އެކަންޏެވެ. ނަމަވެސް ޗެއާޕާސަންގެ މަގާމަށް އިންތިހާބުވާނީ ވަކި ވަރަކަށް ވޯޓު ލިބިގެން ކަމަށް ވާތީ އިންތިހާބު ބާއްވަން ޖެހެ އެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން ހަސަން ލަތީފު ކުރިން ވިދާޅުވީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ އެމްޑީޕީގެ ލީޑަޝިޕާއެކު ވީހާ ވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީވަހީދު
12 January 2017
ދެން އޮންނާނީ ހަމައެކަނި ފެންނަ ނުފެންނަ ވޯޓެއް ނެގުމެއްނޫންތޯ
ނިންމާދީ
12 January 2017
އެމްޑީޕީ ޗެއާރ ޕާރސަން އިންތިޚާބު ފަސް ކުރަންވީ އެއް ނޫން. ހަދަންވީ ގޮތަކީ އެމްޑީޕީ ޑިލީޓް ކޮށް ލުމަށް ޓަކައި ޓައިމް ޓޭބަލް އެއް އެކުލަވާލާ އެފަދަ ޓައިމް ޓޭބަލް އެއް ޕިންކީން ނާއި ހަވާލު ކުރަންވީ އެވެ. އެއިރުން މަމެން އެކަން ނިންމާނަމެވެ. ޑެޑްލައިން އަކީ އެއީ މާރޗް 1 ވަނަ ދުވަހުގެ ކުރިންނެވެ. މިކަން ޖެހޭނެ ވާން. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް. މިކަން މިމަގުން ހިނގަން ޖެހޭނެއެވެ. އެނިމުނީ އެވެ.
ނޮންސެންސް
12 January 2017
މީ ކޮން ވައްތަރު ޗެއާރޕާރސަން އެެއްތޭ ތަމެން އަނެއްކާ ކަނޑުކޮސް ގޮވަމުން ތިޔާ ހޮވަން އުޅެނީ. އެންމެ މީހަކު ކުރިމަތި ލީމާ ދެން ވޯޓް ލާން ޖެހޭތޭ. އެކަކު ވޯޓް ލި ނަމަވެސް ތަމެންނަށް ނޯންނާނެ ދެން ލައްޗޭ ޗެއާރޕާރސަން ކަމުން ކަޓް ވާ ލެވޭނެ އެއްގޮތެއްވެސް ގާނޫނީ ގޮތުން. ސަބަބަކީ ޗެއާރޕާރސަން ގެ މަގާމަށް ކުރިމަތި ލުމުގެ ދޮރު ބަންދު ވިއިރު ކުރިމަތިލީ ލައްޗޭ އެކަނި ކަމަށްވާތީއެވެ. ދެން ކިއެއްކުރަން ތަމެން ލާ ވޯޓެއް ތޭ ތިޔާއި. އެއްގޮތަކަށް ވެސް ދެއުޅި އެއް ނުވާ ކަނޑުކޮސް ކަންކަން ކުރަން ނޫޅެގަ ޓްވިޓަރޭ. ތަމެން ކޮން ވައްތަރު ޕޮލިޓިކަލް ސައެންސް ކިޔަވައިގެން ތޭ ތިޔާ އުޅެނީ. މަމެން ހޭނެތިދާނެ ތިޔާ ވައްތަރު ޕޮލިޓިކަލް ސައެންސް ގެ ވާހަކަ މަމެން ކައިރީގައި ދައްކަން ފެށީމާ. ނޮންސެންސެސް ދޯ ތީ.
މެންޓަލިސްޓް
12 January 2017
އަލެފަހެ އަޖާޢިބެއްނުވާނެތަ ،،،، އެކަކު އެކަނި ކުރިމަތިލީމައި ދެން ކޮންއިންތިޙާބެއް ބާއްވާކަން ،،، އޭނާއާޢި ތިޔަކަން ހަވާލުކުރީމައި ނިމުނީއެއްނު ،،، ވާދަކުރާނެ މީހަކު ނެތިއްޔާ ދެން ވޯޓްލުމުގެ ބޭނުމެއް އަޅެބުނެދީބަލަ ،،، ވަރަށްވެދުން
ކުރަންވީ
12 January 2017
އެމްޑީޕީ އަކީ މިހާރު ލަޔަބިލިޓީ އަކަށް ވުރެން ބޮޑަށް ޑެޓް އެކެވެ. ބޮޑު ބޮލުގައި ރިއްސުމެއް ދޯ ރައްޔިތުންނަށް. ކަން މިހެން ހުރުމުން ތަމެން ކޮންމެހެން ޗެއާރޕާރސަން ގެ މަގާމަށް މީހަކު އައްޔަން ކުރުމުގެ ބަދަލުގައި މިހާރުން ފެށިގެން ތަމެން ޝަޓް ޑައުން ކުރާނެ ގޮތުގެ ރޯޑް މެޕް އެކުލަވާލަންވީ އެޕްރީލް އެކެއްގެ ކުރިން މިކަން ނިންމަން. އެއިރުން ދެން ތަމެންނަށް ރަނގަޅު ފޯރޗިއުން އެއް އޮތީ ވެސް.
ޥަހު
12 January 2017
ތިޕާޓީގަޑު އުވާލާ.
ޑާޑާޑާޑާ
11 January 2017
އެމްޑީޕީގެ ޗެއާރ ޕާރސަންގެ މަގާމް އަށް މީހަކު އިންތިޚާބު ކުރަން ފުރަތަމަ ފަސް ކުރާނީ އެވެ. އެއީ ފުރަތަމަ ސްޓޭޖް އެވެ. ދެވަނަ ސްޓޭޖް ގައި ބާތިލް ކުރާނީ އެވެ. މީ މިކަން ހިނގާނެ ގޮތަކީ. އިދިކޮޅު ރަންރީނދުލޭ މެން ތިޔާ އުޅެނީ މޮޔަ ބޮލަށް އަރައިގަނެގެން ތޭ. ތަމެން މިހާރު ބޭނުމެއް ނޫން މިރާއްޖޭގޭ ސިޔާސީ މައިދާނަށް. ތަމެން ރުހުމުގައި ޝަޓް ޑައުން ކުރާނީ ތޭ ނުވަތަ ސިސްޓަމެޓިކަލީ ވީކް ކުރަމުން ގޮސް މަމެން ތަމެންނަށް މަޖްބޫރު ކޮށްގެން ޝަޓް ޑައުން ކުރާނީތޭ. އައި ކާންޓް ޓޭކް ދިސް ސްޓަފް އެނީމޯރ. ޑާޑާާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ، ޑާޑާޑާޑާ...