ހަ ރަށެއްގެ އެއާޕޯޓު އަޅަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓްއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީން ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުން ބަދަލުކުރަނީ -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
23 ނޮވެމްބަރ 2022 - 17:12
ފައިސާގެ ބަދަލުގައި ރިސޯޓް ހަދާނެ ރަށެއް ލިބޭ އުސޫލުން، ހަ ރަށެއްގެ އެއާޕޯޓު ހަދަން ބޭނުންވާ ފައިސާގެ ތެރެއިން ބައެއް ހޯދަން އިތުރު ދިވެހި ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މި ފަހަރު ފައިނޭންސިން އެއްބަސްވުމެއް ހެދީ މުނި އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޑެޓާއެކު ކަމަށެވެ. އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަރުނީޗަރު ވިއްކުމުގެ ވިޔަފާރިކުރަމުން އަންނަ ކުންފުންޏެކެވެ.
ބ. ތުޅާދު އާއި ށ. ބިލެތްފައްސާއި ތ. ވިލުފުއްޓާއި ހދ. މަކުނުދު އާއި ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނު ބިތުގެ ރަށެއްގައި ރީޖަނަލް އެއާޕޯޓް ހެދުމަށް މިދިޔަ މަހު ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ހެދި އެވެ.
ދެކުނު ދުނި އިންވެސްޓްމަންޓަކީ ރިސޯޓު ހަދައި ހިންގުމުގައި ގިނަ އަހަރުތަކެއް ވެފައިވާ ސަންލޭންޑް ހޮޓެލްސް އާއި ސަންލޭންޑް ޓްރެވަލްސްގެ ހިއްސާދާރުންގެ ކުންފުންޏެކެވެ. ނަމަވެސް، އެ ކުންފުނިން އަދި އެއްވެސް ވިޔަފާރިއެއް ކުރާ ކަމަކަށް ފިނޭންސް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ މައުލޫމާތުން އެނގޭކަށް ނެތެވެ.
އެ ދެ ކުންފުނިން ފައިނޭންސް ކުރަނީ ސީދާ ކޮން ރަށެއްގައި އެއާޕޯޓް ހެދުމަށް ކަމަށް ޕްލޭނިން މިނިސްޓްރީން އަދި ނުބުނެ އެވެ.
ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އިންވެސްޓަރުން ހަދާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރިސޯޓު ހަދަން ރަށެއް ދޭ ގޮތަށް ހަ އެއާޕޯޓަކަށް ފައިނޭންސްކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހުޅުވާލީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.
• ހދ. މަކުނުދޫ / 23.3 މިލިއަން ޑޮލަރު
• ށ. ބިލެއްފަހި / 23.6 މިލިއަން ޑޮލަރު
• ބ. ތުޅާދޫ / 21.9 މިލިއަން ޑޮލަރު
• ތ. ވިލުފުށި / 33.3 މިލިއަން ޑޮލަރު
• ފ. މަގޫދޫ / 8.2 މިލިއަން ޑޮލަރު
• ރ. އަތޮޅުގެ ދެކުނު ބިތުން ރަށެއްގައި / 23.6 މިލިއަން ޑޮލަރު
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި އެ އިން ކޮންމެ އެއާޕޯޓަކަށް ވެސް ފައިނޭންސް ކުރަން ހުށަހެޅޭނީ ވަކިވަކިންނެވެ. ބީލަން ހުށަހަޅަން ހުޅުވާލީ ވެސް މުޅި އެއާޕޯޓް ހެދުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަނި ހުށަހެޅޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާތޭގެ
24 November 2022
ތިޔަ ދެކުނުދުނި އިންވެސްޓްމަންޓަކީ ބޮޑެތި ދަރަނި ވެރިން. މީރާއަށް ދައްކަން ޖެހޭ ލާރި ނުދައްކާ ތިބި ބައެއް. ހީލަތްތެރި ރޭވުމަކުން ކަޅުފަހަލަ ފުށި ދަމައިގަންނަން ތިޔަ އުޅެނީ.
ޖޫރިމަނާ އާމްދަނީ
24 November 2022
ޓުރެފިކް ޕޮލިހުން ލައްވާ ޖޫރިމަނާ ސްޓިކާ ޖަހައިގެން 200 މިލިއަން އާމްދަނީ ގޮތުގައި މަހަކު ލިބުނީމައި ފަންސާސް ޕަސެންޓު ކޮރަޕްޝަނަށް ކަނޑާފައި 24 އެއަރޕޯޓު އެޅޭނޫންތޯ ؟ މިވަރު މަދު ނަމަ ސްޓިކާ ޖަހަން ޓުރެފިކް ޕޮލިސް ނެރޭ ވަގުތު އިރުކޮށްލަން ފެނޭ
ބަޑިތަކުރު
24 November 2022
އެއްބަސްވުންތައް ހަދާއިރު އެފަރާތަށް ދެވޭ ރަށުގައި ރިސޯޓްހަދައިގެން އެތަނުން ލިބޭ އެއްޗަކުން އެތިއެތިކޮޅުން ތިޔަބުނާ ފައިސާލިބޭގޮތަށް އޮތިއްޔާ ތިޔަބުނާ އެއަރޕޯޓްތަކެއް ނުހެދޭނެއެވެ. ތިޔަގޮތަށް ރަށްތައް ދެވެންވާނީ އެފަރާތުން ޒިންމާވާގޮތަށް ލޯނު ނަގައިގެންވިޔަސް އެއްފަހަރާ ދައުލަތަށް ތިޔަފައިސާ ލިބޭގޮތަށެވެ. އެހެންނޫނީ ތިޔަބުނާ އެއަރޕޯޓްތައް ހެދޭދުވަހެއް ނާންނާނެއެވެ.
ށަވިޔަނި
24 November 2022
ކޮންމެ ރަށަކަށް އެއާޕޯރޓެއް ހަދަމާ.
ހިމް
24 November 2022
އެއާޕޯޓު އަޅަންވާނީ އެކަން އިގްތިސާދީ ގޮތުން ފީސިބަލް ވެގެން. އޭރުން އެކަން ކުރާނެ ވިޔަފާރިވެރިން. ބަދަލުގައި ފަޅުރަށްތައް ބަހައިގެން އެއާޕޯޓު އަޅާކަށް ނުޖެހޭ.
ޙަބީބު.
23 November 2022
މިހާދަތިހާލެއްގަ ރާއްޖޭގެ މާލީ ނިޒާމު އޮއްވާ ޓެކްސްބޮޑުކޮއް އާންމު ދިރިއުޅުމުގެ ބޭނުމުގަ ގަންނަ ކާބޯތަކެތިން ޖީއެސްޓީ ބޮޑުކުރުމުން ދުވަހުގެ ކެއުމާބުއިމައް 1000 ރުފިޔާއައްވުރެ މަތިން ހަރަދުވޭ އޭގެ ބަދަލުގަ ޓެކްސްކުޑަކޮއް ކޮންމެހެން ކުރަންޖެހޭ ކަމެއްނޫނީ ނުކުރުން ރަނގަޅުގޮތަކީ ވޯޓައް 6 އެއްކަ މަސްދުވަހައްވީމަ ތިފަދަ ދަޅަދައްކައިގެން ވެރިކަން ލިބޭނެ ކަމައް ހީކޮއްގެންނުވާނެ މިދިޔަ ހަތަރު އަހަރު ހިންގި ޖަރީމާ ރައްޔިތުން ހަނދާންއެބަހުރި
ތިލައުތުރުން
23 November 2022
ދެބިތުގަ 2 އެއަރޕޯރޓް އަޅާ ފުރާލިއިރު ދިއްދޫ ހުނި ޖަހާލާފަ ބާކީ ކުޅަޔަސް ކިނބިހިނި ހިރޭހެންވެސް މިދިއްދޫއަށް ހީނުވެއެވެ. ދިއްދޫއަށް އެއަރޕޯރޓް އަޅައިދޭނެ ލީދަރު މިހަރު ހުރީ އެނގި ފާޅުވެފައެވެ.
ބޮޑުމީހާ
23 November 2022
އާރުޓީއެލް ފެރީ ފަށަނީ، ސީޕްލޭން ފުޅާކުރަނީ އަދި އެއާޕޯޓްވެސް އަޅަނީ.....
ގޮރުނުދޯރު
23 November 2022
ހިސާބުަތައް ޑޮލަރުން ޖެހުމަކީ ޤާނޫނީ ކުށެއް
އިބްރ
23 November 2022
ދައުރު ނިމެންވާއިރަށް ޕާޓީކުދިންނަށް ފަޅުރަށްތަށް ބަހާލުމުގެ ތަޅާލުންގަނޑު ފެށުނީއެވެ.