ވިލިމާލެ: ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ފިނޭންސް މިނިސްޓްރީން ވަނީ މާފުކޮށްދީފައި -- ފޮޓޯ: ޒޫނާ ނަސީމް
24 ނޮވެމްބަރ 2022 - 14:29
ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުންގެ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ފިނޭންސް މިނިސްޓްރީން މާފުކޮށްދީފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ފިނޭންސް މިނިސްޓްރީން އެ ގޮތަށް ނިންމީ އެ ކައުންސިލުން އެކަމަށް އެދިފައި ވާތީ ކަމަށެވެ. އެ މިނިސްޓްރީން، ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި އެކަން ކަށަވަރު ކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.
ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ސިނަމާލެ ހަތަރެއްގެ ފްލެޓްތައް އަމިއްލަކުރަން ހުށަހެޅި މީހުން ޖޫރިމަނާގެ ގޮތުގައި 540،945ރ. ދައްކަން އޮތެވެ.
ޖޫރިމަނާ މާފުކޮށްދޭން ފިނޭންސް މިނިސްޓްރީން ނިންމާފައި ވާތީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު، އެ މިނިސްޓްރީ އަށް ޝުކުރު އަދާކުރެއްވި ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.
"އަޅުގަނޑުމެން ރައްޔިތުންނާ ބައްދަލުކުރީމަ ރައްޔިތުން އެދުނީ މިކަން ކޮށްދޭން. އެހެންވީމާ އަޅުގަނޑުމެން ސަރުކާރުގައި އެދުނީ މިކަން ކޮށްދޭން. އަޅުގަނޑުމެންގެ އެދުމުގެ މަތިން މިކަން ސަރުކާރުން ކޮށްދިނީމާ ވަރަށް ބޮޑަށް ސަރުކާރަށް ޝުކުރު އަދާކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ސިޓީއާ ހަވާލާދީ، ސިޓީ ކައުންސިލުން ބުނީ އެ މިނިސްޓްރީން ޖޫރިމަނާ މާފުކޮށްދޭން ނިންމީ، "ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި މުދާ އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލުކުރާނެ އުސޫލު"ގައިވާ ގޮތުގެ މަތިން އެއީ ދައުލަތަށް ނުލިބޭނެ ފައިސާއެއް ކަމުގައި ކަނޑައަޅައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ މި ދައުރުގައި ނިންމާފައި އޮތީ މާލޭގައި ހުރި ސިނަމާލެ ފްލެޓުތަކާ އެއްގޮތަށް ވިލިމާލޭގައި ހުރި ސިނަމާލެ ފްލެޓްތައް ވެސް އަމިއްލަކުރުމުގެ ފުރުސަތު އެތަނުގެ ވެރިންނަށް ދޭށެވެ. އެ ފުރުސަތު މިދިޔަ އަހަރު ފަހުކޮޅު ހުޅުވައިލި އެވެ.
އެ ނިންމުމާ ގުޅިގެން މާލެ އާއި ވިލިމާލޭގައި ހުރި ހަ ފްލެޓެއްގެ ޖޫރިމަނާ މާފުކޮށްދޭން ރައީސް އޮފީހުގައި އެެދިފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސްމަސް ބާކީ
26 November 2022
ހިޔާ ފްލެޓްތައް އަމިއްލަ ޚަރަދުގަ ތަން ނިންމައިގެން ވަން މީހުންގެ ވާހަކަ ނުވެސް ދައްކާ މަޑުމަސް އިބުރާހީމަށް ދޭނެ ވޯޓޭއް ނޭތް
ރައްޒާގު
25 November 2022
ތިކުރީ ވަރަށް ނުބައިކަމެއް. ތިގޮތައް ކުއްޔާ ޖޫރިމަނާ މާފްކޮއްދޭންފެށީމަ މިހާރު ކުލިދައްކަމުންދާ މީހުންވެސް ކުލި ނުދައްކަން ފަށާނެ. ގަވާއިދުތަކާ ގާނޫނުތައް ތަންފީޒު ނުކުރެވޭ ސަރުކާރެއްވިއްޔާ ނުވިޔޭ ކިޔާފަ އިސްތިއުފާދިނީމަ ރަގަޅުވާނެ.
ޖުރުޖުމް
27 November 2022
ކުލި މަާފު ނުވެ. މާފުވީ ޖޫރިމަނާ
ކޮރަލް
24 November 2022
ހުރިހާ ފްލެޓް އެއްގެ ވެސް ޖޫރިމަނާ ތައް މާފް ކޮށްދިނުން އެއީ ރަނގަޅު ކަމކެވެ. ބައެއް ފަހަރު ދައްކަން ޖެހޭ ކުއްޔަށް ވުރެ ޖޫރިމަނާ ތައް އިތުރު ވެގެން ދެ އެވެ. އެއީ ޖޫރިމަނާ އަރަމުން ގޮސް އެއަށް ހުއްޓުމެއް ނާންނާތީ އެވެ.
ގިތެޔޮގުޅި
24 November 2022
އަސްތާ، ތިޔަށް އެކައުންޓިންގަ ކިޔަނީ ބޭޑް ޑެޓް ރައިޓް-އޮފް... އެހެންވީމާ މައާފުވީއެއް ނޫނެއްނު... އެއީ ރައްޔިތުންގެ ހައްގެއް ބައިތުލްމާލަށް ހޯދާ ދެވޭނޭ ކަމުގެ އުންމީދު ކަނޑާލުން... ތިޔަ ދާނެއްނުދޯ އެހެންވީމާ ގިޔާމަތާ ހަމައަށް ދަރަންޏެއްގެ ގޮތުގައި... އަހަރެން މަރުވެގެން ދާންބޭނުންނުވޭ ދައްކަންޖެހޭ އެއްޗެއް ނުދައްކަ އޮއްވައެއް... ބިރުވެރި ކަންކަން އެހުންނަނީ... ފިތްކަނޑައިގެންދޭ ލިބޭނެ އަޒާބާމެދު ވިސްނާލިޔަސް.. މީ ދުނިޔެއޭ މީ ދުނިޔެއޭ...
ލަބީދު
24 November 2022
ކަނޑައެޅިގެން ކޮރަޕްޝަން. ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ނިންމާ ނިންމުން. އެއްވެސް ބަޔަކު ޖޫރިމަނާ ދައްކާކަށް ނުޖެހޭނެ. އެންމެނަށްވެސް ހުރިހާ އެއްޗެއް މާފުކޮށްދޭން ޖެހޭނެ. ފެންބިލުގެ ، ކަރަންޓު ބިލުގެ، ބިމު ކުލީގެ ވެސް. އަހަރެންވެސް ދެން ނުދައްކާނަން ފްލެޓު ކުއްޔެއްވެސް.
ޙަބީބު.
24 November 2022
ހަމަތިގޮތައް ހިޔާފުލެޓު ހަދަން ދެލައްކަ ހަރަދުކުރަންޖެހުނު އެފައިސާ ކުލީގެ މުއްދަތުން ދޭންޖެހޭ އެއީ ދެއަހަރާ އައްމަސްވަރު އޭގެފަހުން ކުލިނުދައްކާ މީހުނާމެދު ފިޔަވަޅުއަޅާ އޭގެކުރިން ސަރުކާރުން ޑިމާންޑުކުރުން ގަބޫލެއް ނުކުރެވޭ ސަބަބަކީ ބޭންކުލޯނު ދައްކަންޖެހި ކެވޭނެ ގޮތެއް ނޯންނާނެތީ ހުރިހާ މީހުންނަކީ މަހުޖަނުން ކަމުގަނުވާތީ
ޙހހހހވ
24 November 2022
ހަހަހހަހަ އަނެއްކކާ އަނެއްކަންތައް. ހުޅޫމާލެ ފްކެޓްތައް ހިލޭކުރަަންކަންނޭނގެ ދެން އެބައިގަަނޑު ގޮވާނީ.
ހޯހޯހޯ
24 November 2022
ދެން އެހެންވީމަ ކުލިވެސަ ނުދައްކާ ތިބެންވީ ދޯ... ވަކި ހިސާބާކުން މާފް ކުރާނު.. ކުއްޔާ ދެންވެސް ދައްކަން ހުރިނަމަ ހުރިހާ އެއްޗެއް ބަރާބަރަށް ދައްކާ މީހުންގެ ހައްގުތައް ކޮބާ....?
ނޫންތަ
24 November 2022
އޮހޮހޯ... އެވީ މައާފެއްނޫނޭ އެކޮއި... އޭގެ މާނަޔަކީ އެ އަނބުރާ ލިބޭނޭކަމުގެ އުންމީދު ކަނޑާލުން. މާނަޔަކީ ދެން ދައުލަތުން ނުދުވާނޭ އެ ހޯދާކަށް. ނަމަވެސް ފޮތުގަ އޮންނާނޭ ދަރަންޏެއްގެ ގޮތުގަ... އަނބުރާ ދައްކައިފިޔާ ހަމަ ދަރަނި އަދާވީކަމަށް ވާނީ.