ކާނިން އުކުޅަހުގައި ހަދަނީ 250 އެނދުގެ ގެސްޓްހައުސްއެއް--ފޮޓޯ:ކާނި
24 ނޮވެމްބަރ 2022 - 21:06
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ގެސްޓްހައުސް ވިޔަފާރި ކުރަމުން އަންނަ "ކާނި" އިން އއ. އުކުޅަހުގައި 250 އެނދުގެ ސިޓީ ހޮޓަލެއް ހަދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ކާނި ހޮޓެލްސްގެ ޗެއާމަން އަދި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ، އުކުޅަހުގައި ހަދަނީ 10 ބުރީގެ ހޮޓަލެއް ކަމަށާއި ހޮޓާ ހަދަނީ 8،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ކަމަށެވެ.
ބީޗް ޕްރޮންޓްގައި ހަދާ މި ހޮޓާ ވާނީ އުކުޅަހުގައި މިހާތަނަށް ހަދާ އެންމެ ބޮޑު ހޮޓަލަށެވެ.
އެރަށުގައި މިވަގުތު ހުރި އެންމެ ބޮޑު ގެސްޓްހައުސްގައި ހުރީ 40 އެނދެވެ. ނަޝީދު ވިދާޅުވީ، އެރަށުގައި ގެސްޓްހައުސް ހަދަން ނިންމީ، އެއީ ރަޝިޔާ އާއި ސްފެއިން އަދި އިޓަލީގެ ޓޫރިސްޓުންގެ މެދުގައި މަގްބޫލު ރަށަކަށްވާތީ ކަމަށެވެ.
"ކާނި" އިން ހަދާ ގެސްޓްހައުސްގެ އެއްބަސްވުމުގައި ސޮއިކުރަނީ. --ފޮޓޯ:ކާނި
"އެރަށުގައި 1.5 ހެކްޓަރުގެ ބީޗް ސަރަހައްދެއް އޮވޭ. އެރަށަކީ ޓޫރިސްޓުންގެ މެދުގައި މަގްބޫލު ރަށެއް،" އޭނާ ވިދާޅުވި އެވެ.
އެރަށުގައި ހަދާ ގެސްޓްހައުސްގެ އަމަލީ މަސައްކަތް ފަށައި ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކާނި ހޮޓެލްސް އިން ބުންޏެވެ.
ކާނި ހޮޓެލްސް އިން މިހާރު ވެސް އަންނަނީ ކ.މާފުށީގައި ހަތަރު ގެސްޓްހައުސް ހިންގަމުންނެވެ. އެ ތަންތަނުގައި ޖުމްލަ 400 އެނދު ހިމެނެ އެވެ. މީގެ އިތުރުން މާލޭގައި 26 އެނދުގެ ގެސްޓްހައުސްއެއް ވެސް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
27 November 2022
މީ ރަނގަޅު ކަމެއް ނޫން.. ރަށު ގެސްޓުހައުސް ރިސޯޓު ސްޓައިލަށް ދިޔައިމަ ކަމަކު ނުދޭ...
އެމްސް
25 November 2022
ހުރިހާ ރިސޯޓްތަކެއް ހައެއްކަ މަހުޖަނުން މައްޗަށް އޮންނަ ފޯމިއުލާ ގެސްޓްހައުސްތަކަށްވެސް ވާރުތަވަނީ!
މުހައްމަދު 22
25 November 2022
ބަރާބަރު، މިހާރު ވެއްޖެ މާފުށި ވައްޓާލަން، އަހަރެން އެތައް ފަހަރަކު ދިޔަ ރަށެއް ހިތް ހެޔޮ ރައްޔިތެއް ދިރި އުޅޭ ރަށެއް، ވަރަށް ރީތި ބީޗެއް ވެސް އޮވޭ
އެއްކަލަ އިބުރާ
25 November 2022
އަނެއްކާ އަނެއް ރަށް އެ ހަލާކުވީ.
ޕޫރުބެ
25 November 2022
ހެދުމަކުން މައްސަލައެއް ނެތް! މައްސަލައަކީ އިޖުތިމާއީ ފޭރާން ވީދި ގަބާއިދު ނުހިންގި އެބައިމީހުންގެ ދަށު ތާށިވުން.
ޙާމަ
25 November 2022
މާފުއްޓައް ވީގޮތް ވިޔަނުދޭތި؟
ލަސްވޭގަސް
25 November 2022
އުކުޅަހު މީހުން ބޭނުމިއްޔާ ތިކަން ކުރަންވީ. މެނޭޖް ކުރަންޖެހޭނީ މާހައުލް ހަލާކު ނުވެވޭތޯ. އަފްގާނިސްތާން މާރަގަޅުވެގެން އުޅެ ދެމީހަކު ކިޔާއެއްޗަކައް ބަލާނެ ކަމެއްނެތް. ރައް ކުރިއަރުވަންވާނީ ރަށުގެ އެންމެންގެ ފައިދާ އައް ވާގޮތައް. ޑްރަގްސް ވަނަ ނުދެއްޗޭ!
ކުޗީ
25 November 2022
" ޑްރަގްސް ވަނަ ނުދެއްޗޭ " ... ހީހީ ހަލާކު ވެދާނެ.
ފަޅުގެ
25 November 2022
އުކުޅަހުގަ މިހާރުވެސް އޮތް އެއްޗެއްތީ. ފަޅަށް ހުރި ގޭގެއަށް ވަދެ ބަލާލަބަލަ އެތަންތަނަށް މީހުން ވަދެ ތިބެ ކުރަނީ ކީއްތޯ.
ޢަލިދީދީއައްޑޫސިޓީ
24 November 2022
އުކުޅަހު ކައުންސިލުން މިހާރުވެސް ވިސްނާ ފިޔަވަޅު އަޅަންވީ ރަށުގެ މުސްތަޤްބަލަށްޓަކާ. ޑޮލަރު ލިބޭނެ. ރަށު ރައްޔަތުމީހާޔަށް ވަޒީފާވެސް ލިބޭނެ. ކަންމަތީ ވިޔަފާރި ވެސް ރަނގަޅުވާނެ. އެކަމަކު، ގެސްޓުންނަށް ދައްކަންވީ އަހަރުމެން ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން. ޑީޖޭ އާއި ބަނގުރާފުޅި އެއްނޫން. ބިކިނީ ލައިގެން މަގުމަތީ ހިނގުމެއްވެސް ނޫން. މިހާރު މިއޮތީ ޒަމާން ބަދަލުވެ އަތުންދޫވެފަ. އެހެންކަމުން ހުށިޔާރު ނުވެއްޖެނަމަ، އުކުޅަހުގެ ޒުވާންޖީލު ބީވެދާނެ.
ދޯޕައްޓާ
24 November 2022
އެކަމަކު ކ.މާލޭމީހުނަށް އެހެން ރަށްރަށުން ބިންނުދެއޭކިޔާފަ އެއްބަޔަކު ދުންއަރުވަނީ.
ވިސްނާށެވެ
24 November 2022
އަނެއް މާފުށި!!
ނަތީޖާ
25 November 2022
20 އަހަރު ތެރޭގައި ތިކިޔާ އިލްމްވެރިންގެ ޕްރޮޕެގެންޑާގެ ނަތީޖާ އަކީ 95% އަންހެނުން ބުރުގާ އެޅުވުމެވެ. އެކަމަކު ރާއްޖޭގެ ހާލަތައް ބަލާއިރު 20 އަހަރު ތެރޭގައި ޑްރަގް އިތުރުވިއެވެ، ވައްކަން ފުޅާވިއެވެ، މަކަރާ ހީލަތާާ ހިޔާނާތް އިންތިހާ އަށް އާންމުވިއެވެ. ރަގަޅު ނިޔަތެއްގައި އިލްމުވެރިން މަސައްކަތް ކުރިނަމަ އިތުރުވެ ދިގުވާނީ ހަމައެކަނި ބުރުގާ އާ ތުބުޅިއެއް ނޫނެވެ. ރައްޔިތުންގެ އުޅުމަށް ރިވެތި ބަދަލުތައް އައިހީހެވެ. އިލްމުވެރިންގެ ނިޔަތް ގޯހެވެ.