ޚަބަރު / އައިޖީއެމްއެޗު

ފުއްޕާމޭގެ އިންފެކްޝަނެއް ހެދިގެން ބެލިއިރު ސުޕާރީ ތާށިވެފައި!

ފުއްޕާމޭގައި ތާށިވެފައި ހުއްޓާ ނެގި ސުޕާރީތައް --- ފޮޓޯ/ޓްވީޓާ

ގިނަ އަދަދަކަށް ސުޕާރީ ކާ ޒުވާނެއްގެ ފުއްޕާމޭގައި ސުޕާރީ ފުށްތަކެއް ތާށިވެފައި ހުއްޓާ ނަގައިފި އެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ ނޭވާލާ ނިޒާމުގެ ސްޕެޝަލިސްޓް ޑޮކްޓަރެއް ކަމަށްވާ މުހައްމަދު އިސްމާއިލް ކުރި ޓްވީޓެއްގައި ވަނީ ޒުވާން އަންހެން ކުއްޖެއްގެ ފުއްމާޕޭގައި ފެން ހެދުމުގެ ސަބަބުން އިންފެކްޝަނެއް އުފެދިގެން ބްރޮކޮންސްކޮޕީ ހަދައިގެން ބެލިއިރު، ސުޕާރީ ފުށްތަކެއް ތާށިވެފައި ހުއްޓާ ފެނުނު ކަމަށެވެ.

ޑޮކްޓަރު މުހައްމަދުގެ އިސްމާއިލްގެ ޓްވީޓް

އެ މީހާއާ އިތުރަށް ސުވާލު ކުރުމުން، އެއީ ގިނަ އަދަދަކަށް ސުޕާރީ ކާ މީހެއް ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުއްޕާމޭގައި ފޯކާއި ސުޕާރީ ތާށިވެގެން ކުރިން ވެސް ނަގާފައިވެ އެވެ. ސުޕާރީއަކީ އަނގައިގެ ކެންސަރަށް މަގުފަހިކުރާ އެއްޗަކަށް ވާތީ އެ ތަކެއްޗާ ދުރުވާން ޑޮކްޓަރުން އަބަދުވެސް އިލްތިމާސް ކުރެ އެވެ.

11 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 86%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

hasn

27 November 2022

ދެން އަވަހަށް ސުޕާރީ އެތެރެކުރުން މަނާ ކޮއްލާ . އެއީ މިރާއްޖޭގެ ހަމަ ! ގާނޫނާއި ގަވާއިދު ތަކެއް ހަދާ ، ބަރާބަރަށް އިމްޕްލިމެންޓް ވަނިކޮށް މައްސަލަ ހައްލުވީ . މިއއީ ބުނެލަން ފަސޭހަ ، އެކަމަކު ބޮޑުފަރުބަދަ ވަރުގެ ކަންކަން ! ހުކުމް އާއި އުގޫބާތު އޮވޭ ! ކޮންތާކަށް ފިލައިގެން ދާނީ ؟ މިހާރު އެހެންތޯ ؟

The name is already taken The name is available. Register?

ޙހހހސހަހ

27 November 2022

ކޯޗެކޭތަ ތި ކިޔަނީ؟

The name is already taken The name is available. Register?

ވޮްއް

27 November 2022

ސުޕާރިއެއްނޫން... ފޯއް

The name is already taken The name is available. Register?

ވިދުވަރު.

27 November 2022

އެ އެތެރެކުރުން ނުހުއްޓުވެނީ މުއްސަނދިންގެ ވިޔަފާރި ނުފޫޒުން

The name is already taken The name is available. Register?

އާދަނު33

26 November 2022

ފޯކާ ސުޕާރީ އާ ބޭނުންކުރަނީ ދުނިޔޭގެ އެންމެ ފަޤީރު ނާތަހުޒީބު ޤައުމުތަކުގެމީހުން. އެއްވެސް ތަހުޒީބު ޤައުމެއްގައި ފޯކާ ސުޕާރީ ބޭނުމެއްނުކުރޭ. އިންޑިޔާއާއި ؛ލަންކާ އަށް ބެލިޔަސް އާބާދީގެ ވަރަށް މަދުބައެއްބޭނުންކުރަނީ.

The name is already taken The name is available. Register?

ދޮންކަބިލި

26 November 2022

ސުޕާރީ އެތެރެކުރުން މަނާކުރަންޖެހޭ.

The name is already taken The name is available. Register?

އައްޔަ ބޮޑޭ

26 November 2022

ތިފަދަކަމެއް ކުރެވޭނެ ކިތައްޑޮކްޓަރުން ރާއްޖޭގަ އެބަތިބިތޯ,

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

26 November 2022

ރާއްޖެއަށް އެތެރެކުރާ ނާކޮޓެކްސް ނުވަތަ ދުންފަތުގެ ބާވަތްތަކުން ޓެކްސް ނަގާއުސޫލުން Areca Nuts ނުވަތަ ފޯއް އަދި އޭގެ އުފެއްދުން ތަކުން ނަގާ ޑިއުޓީވެސް ބޮޑުކުރާންޖެހޭ. # މީގެ އިތުރުން ހޮޓާ ރެސްޓޮރާންޓް ތަކުން މިހާރު ވިއްކާގޮތަށް ދުފުން ވިއްކުން މަނާކޮށް އެތައްބަޔަކު އަތްލެވޭގޮތަށް ބަންދުނުކޮށް ހުންނަ ދުފުން މާލޭގައި ވިއްކުން މުޅިން މަނާކުރާންޖެހޭ. # ހެލްތް މިނިސްޓްރީން ދިވެހިންގެ ސިއްޙީ ހާލަތު ރަނގަޅު ކުރާން މަސައްކަތް ކުރާތަނެއް ނުފެނޭ.

The name is already taken The name is available. Register?

ށަވިޔަނި

26 November 2022

ގެއްލުން ހުރިއެއްޗެއްކަމަށް ޑޮކްޓަރުން ބުނޭ. 1983 ގައި ފޯއް އަދި ދުފާ އެއްޗެހި ނުލިބޭ ގައުމަކަށް ދެވި އެތާ 14 އަހަރު ހުރުމުން ނަސީބަކުން ތިއާދުރުވެވިއްޖެ.

The name is already taken The name is available. Register?

ކުޗީ

26 November 2022

ޕެކެޓް އެެތެރެ ކުރުން މަނާކުރީމަ ދެން ފެށީ ފުޅިގައި އެތެރެކުރަން އެވަރުން ނުވެގެން މިހާރު ބަންދުކުރާ ރޯލު އެތެރެކޮށް ހަމަ އެއްކަލަ ކުދި ޕެކެޓް މާކެޓަށް ނެރެފި. ގާނޫނު ހެދިއިރު މިއޮންނަނީ ކުދި ޕެކެޓް އެތެރެ ކުރުން މަނާކަމަށް ، ރޯލު ގެނެސްގެން މިކޮޅުގަ ޕެކްކުރީމަ އޯކޭ. 'އިއްޒަތްތެރި' ގެ ބަދަލު ގައި ކިޔަންވީ ' ޖާހިލު ގަމާރު ' މެމްބަރު.

The name is already taken The name is available. Register?

ހުސްނުހީނާ

26 November 2022

ދިވެހިން ގާނޫނެއް ހެދިއަސް، ގަވައިދެއް ހެދިއަސް ފަހަތު ދޮރާށި ހުޅުވޭގޮތަށް ހުންނާނީ! އެދޮރާށިން ހުރިހާކަމެއްވެސް ކުރެވޭނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454