02 ޖުލައި 2025 - 20:42
އައިޖީއެމްއެޗުގައި މުހިއްމު، އާ ހިދުމަތްތަކެއް މި އަހަރު ފަށާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގައި ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވީ ސަރުކާރުގެ މައި ހޮސްޕިޓަލުގެ ޖާގަ އިތުރުކޮށް، ކުޑަކުދިންނަށް ހާއްސަ އިމަޖެންސީ ރޫމެއް ހަދަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ޕްރައިވެޓް 15 ރޫމް ހިމެނޭ ގޮތަށް 75 އެނދު ވެސް އިތުރުކޮށް، ބޭނުންކުރަމުން އަންނަ ކަމަށް ޝާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެނދު އިތުރުކުރުމާ އެކު، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ވޯޑުތައް މަރާމާތުކުރުމާއި އެ ތަނުގެ ފިނިހޫނުމިން ރަނގަޅުކޮށް ބަލި މީހުން ބޭނުންކުރާ އެނދުތައް ރަނގަޅުވާނެ ކަމަށެވެ.
އައިޖީއެމްއެޗުން އަންނަނީ މި އަހަރުގެ ތެރޭގައި ކާޑިއޮތޮރެސިކް ސާޖަރީ އާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ފަރުވާ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީ ފެށުމަށް ތައްޔާރުވަމުންނެވެ. އެ ކަންކަމުގެ ތެރެއިން، އިންޓަވެންޝަނަލް ރޭޑިއޮލޮޖީއަކީ ރާއްޖެ އަށް މުޅިން އަލަށް ތައާރަފްކުރާ ސްޕެޝަލިޓީއެކެވެ.
ކާޑިއޮތޮރޭސިކް ސާޖަރީއަކީ މޭ ފަޅައިގެން ކުރާ އޮޕަރޭޝަނެވެ.
ޝާހު "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗުގައި މި ވަގުތު އެ ފަރުވާ ނުލިބޭތީ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށެވެ. އެ ފަރުވާ ފެށުމުން ފުއްޕާމޭ ފަޅައިގެން އަދި ލޭ ހޮޅިތަކުގެ ސާޖަރީ ވެސް ހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ވަރަށް ބޮޑު ފަސޭހައެއް،" ޝާހު ވިދާޅުވި އެވެ.
އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ފެށުމުން ޓެސްޓުތަކުގެ އެހީގައި ބަލިތައް ދެނެގަނެ، ގިނަ ޕްރޮސީޖާތައް ހެދޭނެ އެވެ.
"ބަލި ދެނެގަނެވުމާއި ފަރުވާ ވެސް އެކުއެކީގައި ލިބިގެންދާނީ،" ޝާހު ވިދާޅުވި އެވެ.
މެޑިސިން ފުޅާވަމުންދާ ވަރަކަށް ގިނަ ގައުމުތަކުގައި މިހާރު އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސްޕެޝަލިޓީތައް ހުރެ އެވެ.
ޝާހު ވިދާޅުވިގޮތުގައި، އުމުރުން ދުވަސްވުމުން އެއް ފަހަރާ ގިނަ ބަލިތަކަކަށް ފަރުވާ ހޯދާތީ އެކަށީގެންވާ ގޮތެއްގައި ހުރިހާ ކަމަކަށް އެހީތެރިކަން ނުދެވެ އެވެ. އެހެންވެ، އައިޖީއެމްއެޗުން ނިންމާފައިވަނީ އެތެރެހަށީގެ ޑޮކްޓަރުންތަކެއްގެ ޓީމެއް، އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ކުރާށެވެ. އޭރުން، އެ އުމުރުގެ މީހުންގެ ބަލިތަކަށް ފަރުވާ ދިނުން އަވަސްވެ، ޖުމްލަ ހައްލެއް އަންނާނެ ކަން ޝާހު ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާސަރު
03 July 2025
ބޭސް ނުލިބޭނަމަ ކީއްކުރާ ޚިދުމަތެއް! ފާމަސީ ތަކަށް ދޭންހުރި ފައިސާ ދޭންފެށީމަ ބޭސް ލިބޭނީ.
ގައުމީލޭ
03 July 2025
ތީ މުޅިންވެސް ނޫހުގައި ސުރުޙީ ރީތިކުރަން ކުރާ ކަންކަން! ހެޔޮނުވާނެ ހޮޕިޓަލުގެ ޖެނަރަލް ވާޑަށް ނަރުހުން އިތުރުކޮށްދީ! އެތާ ތިބޭ ކުދިންތައް ތިބެނި ދެވަރުން އެއްވަރުވެފައި! ބަލިމީހުންނަށް އަޅާލެވެނީކީނޫން ނަރުހުން މަދުކަމުން! ދެން ކޮށްދޭންވީ ކަމަކީ ތާހިރު ބެޑްޝީޓް ހޯދައިދޭންވީ! ދެން ރޫމްތައް ފަންގަސް ދާވަރަށް ރަނގަޅަށް ސާފުކޮށްދޭންވީ! ދެން ޑރ. އެޕޮއިންޓްމަންޓް ފަސޭހައިން ލިބޭގޮތް ހަދައިދޭންވީ. ސުރުހީ ނުހަދަ ރައްޔިތުންނަށް މިކަންކަން ކޮށްދެއްވާ!
ޑރ ވާންޗޯ
03 July 2025
ތިޔަތަނަށް އާހިދުމަތްތަކަކަށްވުރެ މުހިންމީ ރައިއްޔަތުންގެ އިތުބާރުހޯދުން. ކިތަންމެ ގިނަ ހިދުމަތްތަކެއް ނަމުންހުއްޓަސް އިތުބާރާ އުންމީދު ނެތްތާކަށް މީހުންދާނީ ދެންއެހެން އެއްވެސް ގޮތެއްނެތިގެން.
ވޯލް
03 July 2025
މިހާރު ހުރި ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކުރުަން މާ މުހިންމު ނޫންބާ؟ މިސާލަކަށް: ޕްރައިވެޓް ވޯޑުތަކުގެ ފެންވަރު، އެތަންތަނުގެ ފާހާނާތަކުގެ ފެންވަރު. ދިވެހިންނާ މުސްލިމުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށްވެސް ނުފެތޭ މިހާރު ހުރި ވޯޑްތައް. އަންހެން ފިރިހެނުން ވަކިން ބޭތިއބުމެއް ނެތް. އަންހެން ބާލިމާހާ ހެދުން ބަދުކޮށްލަން އެއްވެސް ޕްރައިވެސީއެއް ނެތް.
ައަހަންމައިދީ
03 July 2025
އިޚްލާސްތެރިކަމާ އެކު ހެލްތު ސެކްޓަރ ރަގަޅު ކުރުމަށްޓަކައި އައިޖީއެމް އެޗްގައިވެސް ( އޭޑީކޭ ގައި އޮންނަހެން ) ދެ ޑިއުޓީގައި ( މިސާލަކަށް ފުރަތަމަ ޑިއުޓީ ހެނދުނު 8 އިން ނުވަތަ 9 އިން ގޮސް މެންދުރު ފަހު 2 އަށް ނުވަތަ 3 އަށް ދެން ދެވަނަ ޑިއުޓީ ރޭގަނޑު 9 ހާއިރު ނިމޭގޮތަށް ) މަސައްކަތް ކުރާ ގޮތަށް ތަރުތީބު ކުރަން ޖެހެއެވެ. މިހާރު މި އޮންނަ ގޮތުން އެޕޮއިންޓް މެންޓަކަށް ނޯޓު ކުރުމުން ކިއު ތަރުތީބުން ޖާގަ މި ލެބެނީ 6 މަސް 7 މަސް ފަހުންނެވެ.
މހއމ
03 July 2025
އޭރުން 9 - 9 އަކަށް ކާކު ޑިއުޓީ ހަދަނީ؟
އަހަންމައިދީ
03 July 2025
ދެ ޑިއުޓީއަށް ނުކުންނާނީ ދެ ގުރޫޕެއްގެ ޑރ އެވެ.
އަސްލީ
03 July 2025
އިތުރު ޚިދުމަތް ނުފަށާ މިހަރު ދޭ ޚިދުމަތް ދެވޭތޯ ބެލުން ނމާރަގަޅިވާނެ. މިހާރު ވެސް ޑޮކްޓަރ އަށް ނޯޓްކޮށްގެން އުޅޭތާ 10 ދުވަސް ވެއްޖެ. އަދި އެއްވެސް ޚަބަރެއް ނެތް.
ފަހުދު.
03 July 2025
މީހުން ވަޅުލުމުގެ ޚިދުމަތް
އިމަޖެންސީ
03 July 2025
ކުޑަކުދިންގެ އިމަޖެންސީއެކޭ ކިޔާ ތަނެއް ހުރޭ މިހާރުވެސް.. 2 ކޮޓަރި ހުންނައިރު ބަލަން އިންނަނީ ގިނަ ފަހަރަށް އެންމެ ޑަކުޓަރެއް.. އެއްވެސް ހަމައެއް ލަމައެއް ނޯވޭ.. ގާތްމީހާ ވިއްޔާ ޚިދުމަތް އަވަސްވޭ.. އިހަށްދުވަހު 1 އަހަރު ނުވާ ކުޑަދަރިފުޅު ގޮވައިގެން ނެބިއުލައިޒް ކޮށްލަން ބަރާބަރު 2.5 ގަޑިއިރު އެތާ ހޭދަކުރަންޖެހުނު.. ހެދުނު 8.30 ގަ ގޮސްގެން ވީ ވަރު.. ކުރިޔަަށް އިނީ އެންމެ ޕޭޝަންޓެކޯ އެކަމުން ޑަކުޓަރު ކޮޓަރިއަށް ވެސް ވަދެވުނީ ދޮޅު ގަޑިއިރު ވީ ފަހުން
ވިކީ
02 July 2025
ރައްރަށުގަ ޑޮކްޓަރުން ހަމަޖައްސަންވީ. ބަލިވާ ކޮންމެ މީހަކާ ތައުލީމު ހާސިލު ކުރަން ބޭނުންވާ ކޮންމެ މީހަކާ ވަޒީފާ އާއި އާމްދަނީ ހޯދަން ބޭނުންވާ ކޮންމެ މީހަކު މާލެ އަށް ރެފާ ކޮށްގެން ކޯޗެއްތޯ ހަދަން ތިއުޅެނީ ؟ ރާއްޖެ ތެރޭ ރައްޔިތުންގެ ލޭބޯ ރޭސިސްޓް ނިޒާމު ނިމުމަކަށް ގެންނަން އެބަޖެހެނީ.
ހާސިމާ
03 July 2025
ޢެވަރަށް މީހުނެއް (އަަބާދީއެއް ނެެއް) އެހެންވީމާ ދެކޮޅީ ނުޖެހޭނޭ. ނޮޓް ފީސިބަލް.
ކާއްޓެ
02 July 2025
އަސްލު ދިވެހި ޑޮކުން މޮޅު! ބޭރު ޑޮކުންނަށް ވުރެ ހިތްހެޔޮވެފަައި ޑީލް ކުރަންވެސް ފަސޭހަ. މައްސަލައަކީ އައިޖީއެމް. ހިންގަން ތިބި މީހުން. ވަަސީލަތްތައް އަދި ދިވެހި ހެލްތު ސިސްޓަމް.
ބޮޑުބެގެ ބެއްޔާ
03 July 2025
100 ގެ ކޮމެންޓެއް ބުރަދަރ. އަސްލު ހަގީގަތް