"ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓާ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ނުބަލާ،"
ދުވާފަރު ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: މި ހިޔާނާތުގެ މައްސަލަ އޭސީސީން އަންނަނީ ތަހުގީގު ކުރަމުން. -- ފޮޓޯ: ފޭސްބުކް
28 ނޮވެމްބަރ 2022 - 10:36
ރ. ދުވާފަރު ކައުންސިލްގެ ހުރިހާ މެމްބަރުންނާއި ބައެއް މުވައްޒަފުންގެ ބައިވެރިވުމާ އެކު ހިންގާފައިވާ ކަމަށް ތުހުމަތުކުރާ ބޮޑު ހިޔާނާތާ ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި އެވެ.
އެ ހިޔާނާތް އާންމުންނަށް ފަޅާއެރީ މިދިޔަ ޖުލައި މަހު އެލްޖީއޭއިން އާންމުކުރި އިންޑެކްސް ރިޕޯޓަކުންނެވެ.
ދުވާފަރުގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައިވާ ކަން އެލްޖީއޭގެ އޮފިޝަލަކު ވަނީ "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
ކައުންސިލަރުން ސަސްޕެންޑްކުރީ އެލްޖީއޭ އިން އިއްޔެ ބޭއްވި ޖަލްސާގަ އެވެ. ކައުންސިލްގެ ހިންގުން މިހާރު ހަވާލުކޮށްފައި ވަނީ ސެކްރެޓަރީ ޖެނެރަލްއާ އެވެ.
އެލްޖީއޭގެ މޮނިޓަރިން ރިޕޯޓަކުން ފެންމަތިވެފައިވާ ގޮތުގައި ކޮވިޑް-19 ފެތުރެމުން ދިޔަ ދުވަސްވަރު ދުވާފަރު ކައުންސިލުގެ މެމްބަރުން ގެންދެވީ އަމިއްލަ އެކައުންޓަށް މިލިއަނުން ފައިސާ ޖަމާ ކުރަމުންނެވެ.
ތިޖޫރިން ނަގުދު ފައިސާ ނަގައި އެކި ކަންކަމުގައި ބޭނުންކޮށް، އެއްވެސް ހިސާބެއް ނުބަލަހައްޓަ އެވެ. މުދާ ގަތުމާއި ކައުންސިލަށް ލިބޭ ބަޖެޓު ބޭނުން ކުރުމުގައި މާލިއްޔަތު ގާނޫނާއި ގަވައިދުތަކަށް އެއްވެސް ވަރަކަށް ބަލައިފައެއް ނެތެވެ. މުސާރަ ދިނުމާއި މުވައްޒަފުންގެ ކަންކަން ބަލަހައްޓަމުން ގެންދެވީ ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަކަށް ވެސް ބެލުމެއް ނެތި އެވެ.
އެލްޖީއޭ އިން އެކުލަވައިލި ހާއްސަ ރިޕޯޓަކުން ހާމަވި ގޮތުގައި ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން ވަނީ މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފަ އެވެ.
އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށް ވެސް ވަނީ ނަގުދު ފައިސާ ފައިސާ ބެހުން ހިމެނެ އެވެ. އެންމެ ގިނަ ފައިސާ ލިބުނު ކަމަށް އެ ރިޕޯޓުން ދައްކަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފުސީލެއް ފެންނަން ނެތަސް ޖުމުލަ 711،617ރ. އޭނާގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ. އޭގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް ކައުންސިލްގެ ވަޒީފާގައި ހުރެ ދިޔައީ ފުލްޓައިމް ކޮށް އެހެން ރިސޯޓެއްގައި މަސައްކަތް ކުރަމުންނެވެ. އަދި އެކަށީގެންވާ ސަބަބެއް ނެތި ވިދިވިދިގެން ހަތް ދުވަހު މެމްބަރުން ކައުންސިލަށް ހާޒިރު ނުވެއްޖެ ނަމަ މަގާމުން ވަކިވާނެ ކަމަށް ގާނޫނުގައި ބުނި ނަމަވެސް ބައެއް މެމްބަރުން 50 އަށް ވުރެ ގިނަ ދުވަހު ނާދެ އެވެ. އެކަމަކު އޭރު އެއްވެސް ސުލޫކީ މައްސަލައެއް ބަލައި ފިޔަވަޅު އަޅައިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޫރި
28 November 2022
ކައުންސިލުން އެކުރީ ކުޑަކަމަކަށްވާތީ އަދަބު ދޭންޖެހޭނެއެވެ. އެމް އެމް ޕީ އާރުސީ އާއި ވެންޓިލޭޓަރ މައްސަލައާއި ކުންފުނިތަކުން ކުރާ ބޮޑެތި އަދަދުން ނަގާފައިސާއާއި ކުންފުނިތަކުން ވިޔަފާރި ކުރީމާ ދޭންޖެހޭ ފައިސާ %10 ދިނުމުން ނޫންގޮތަކަށް ފައިސާ ދޫކުރާ މައްސަލަ އަދި ބަޖެޓްގައި ނުޖަހާ ކުރާ ޚަރަދުތަށް ނުބެލެނީ ކިއްވެތޯ ؟ ގާނޫނު އޮންނަނީ ވަކިބަޔަކު ކުރީމާ ކުއްވެރިވާ ގޮތަށްތޯއެވެ. މީތޯ ޒީރޯ ޓޮލަރަންސް ކިޔާގޮތަކީ އިންސާފް ލިބޭނެކަމަށް ބެލުމަކީ މޮޔަކަމެކެވެ
ކުޑޭ
28 November 2022
ދުވާފަރު ކައުންސިލްގައި ތިބެނީ ޕީޕީއެމް 6 މެމްބަރުން އެމްޑީޕީ1 މެބަރު، ހަބަރު ފުރިހަމަވާނީ މިބައިވެސް ހިމަނައިގެން
ކާސިންދީދީ
28 November 2022
ލ.ގަމު ކައުންސިލްގެ މައްސަލައެއް ބަލައިފިއްޔާ ސަލާމަތްވާނެ އެކަކުވެސް އެތާކު ނުތިބޭނެ. ކައުންސިލަރުން ސަސްޕެންޑް ކޮށްފަ ހިންގުން ހަވާލުކުރަން ހުރި ސެކްރެޓަރީއަކީވެސް ކުރިން ކައުންސިލަރ ކަމުގައި 80 އެތަށް ގޯއްޗެއް ގަމުން ވަގަށް ވިއްކައިގެން ދަޢުވާކުރި މީހެއް. ގަމު ކައުސިލްގެ ހާލަކީ އެއީ.
ޖުހާ.
28 November 2022
ނަމޫނާ ކައުންސިލެއް. އަންނަ އަހަރު އެވޯޑް ދޭންޖެހޭ. މިއީ ދޫނިރާއްޖޭގަ އޮންނަގޮތް.
ހުވޭ
28 November 2022
ސަސްޕެންޑްކުރަނީތޯ ފުލްމުސާރައާއެކު ގޭގަތޯ؟
ސައުތު
28 November 2022
ޕީޕީއެމް މީހުންނަށް ކުރަން އެގެނީ މުޅިންވެސް މިކަހަލަ ކަންތައް! މާދަމާ ސަރުކާރު ހަވާލު ކުރަން މިހާރު ވެސް އެ ގޮވަނީ! މިކަހަލަ ކަން ކަން ކުރަން ސަރުކާރުވެސް ބޭނުންވެގެން އެ އުޅެނީ
އަފްރާސިޔާބު
28 November 2022
ޕީޕީއެމް މެންބަރުންނެއް އެކަނިނޫން އިނގޭތޯ؟ މާލެ އަތޮޅު ކައުންސިލާއި މާލޭ ސިޓީ ކައުންސިލްވެސް ބައްލަވާލައްވަންވީ ނޫންތޯ؟ އެއިރުން އެނގޭނީ ހަދާފައިހުންނަ މަކަރު.
ނޫނު
28 November 2022
ނ. އަތޮޅު ކައުންސިލް ރައީސް ބައްޓޭއާ، މާފަރު ކައުންސިލް ރައީސްގެ އެކައުންޓް ބަލާލަދީބަލަ.
ސެކެޓްރީ ޖެނެރަލް
28 November 2022
ކައުންސިލަރުންނަކީ ދައުލަތަށް ބުރަބޮޑު ރައްޔިތުންގެ ޓެކްސްފައިސާ އިސްރާފުކުރާ ނިޒާމެއްގެތެރެިން ރައްޔިތުން ހޮވާބައެއް. ކުރާނެ މަސައްކަތެއް ނެތީމަ މަހައްދިއުމާ ފަރަށްދިއުމާ ވަޑާންކުރުމާ ކޮންސްޓްރަކްޝަން މަސައްކަތާ ރިސޯޓް ވަޒީފާވެސް އަދާކުރާނެ. 5 މީހުން ކުރާނެ މަސައްކަތެއް ނުހުރޭ. އައިލެންޗީފަކާ އެސިސްޓެންޓަކު އައްޔަންކުރީމަ ފުދިފަ އިތުރުވާނެ.
އަފްރާސިޔާބު
28 November 2022
ރައްޔިތުން ހޮވި ބައެއްނޫން. އެއީ މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ރައްޔިތުން ލައްވައި މަޖުބޫރުން ކުރުވާކަމެއް. ގާނޫނަކަށް ލީމާ ރައްޔިތުންނަށް މަޖުބޫރުކުރެވުނީ.
ކަންކުރަން ދަސްވެއްޖެ! ދެންވީ ޕްރޮމޯޓް ކުރަން!
28 November 2022
ރަގަޅު ބަލާނެ ކަމެއްނެތް. ހމ ފްލެޓް ތަކައް ކުލިވެސް ދޭނެ ކަމެއް ނެތް. ސަރުކާރަކައް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. މާ ސަކަރާތް ވަންޏާ، ޓިކެޓް ކަނޑާލާފަ ބަލަކް ހަދާލަ އިނގިރޭސި ވިލާތައް!
މަރުވެސްވާނެ އިނގޭ
28 November 2022
ބޭނުން ގޮތަކަށް އުޅުމުގެ އިޚްތިޔާރު ﷲ ވަނީ ދެއްވާފަ އެވެ. އެކަމަކު ހަނދާން ކުރައްޗެވެ! ތިބުނި ގޮތަށް އުޅެފިއްޔާ ހަމަ ޔަޤީނުންވެސް ފުރާނަ ހިއްޕެވުމުން ފަށައިގެން ބަރުޒަހުގެ ޢާލަމާއި، މަހުޝަރު ބިމުގައާއި، ހިސާބު ބެއްލެވުމުގެ ފަހުން ވެސް ވަރަށް ވޭންދެނިވި ޢަޒާބުގައި އުޅެން ޖެހޭނެއެވެ. އަދި އެދުވަހުން ދިފާޢުގައި ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ވެސް ކަށަވަރެވެ.
ސަސ
28 November 2022
10 މަސްދުވަސް ހޭދަވީ ސަސްޕެންޑުކޮއްލަން. މިހާ ސްލޯވެގެން ދައުލަތެއް ހިންގޭނެތަ.