ތ. ވިލުފުށި ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓުގައި ރޯވެފައި.
28 ނޮވެމްބަރ 2022 - 19:39
ތ. ވިލުފުށި ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓުގައި މިއަދު ރޯވެ، އަނދައި ހުލިވެއްޖެ އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
ވިލުފުށި ކައުންސިލުގެ ނައިބް ރައީސް ހުސެއިން އަބްދުސަލާމް އާދަމް "މިހާރު" އަށް ވިދާޅުވީ އެ ދެ ބޯޓުގައި ރޯވީ މިރޭ އިރުއޮއްސުނު ފަހުން ކަމަށެވެ. އެ ދެ ބޯޓު އޮތީ ކައިރިކައިރީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ތ. ވިލުފުށި ބަނދަރުގައި އޮތް ދެ ތެޔޮ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަނީ.
އޭނާ ވިދާޅުވިގޮތުގައި، އެއީ އެ ރަށަށް ތެޔޮ އުފުލާ އެ ރަށު މީހެއްގެ ދެ ބޯޓެވެ. ލަކުޑިން ހަދާފައިވާ އެ ބޯޓުތަކުގައި ތެޔޮ ހުރި ކަމެއް އަދި ސާފެއް ނުވެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބުން އަދި ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މިހާރު ވަރަށް ބޮޑަށް [އަލިފާން] ނިއްވާލެވިއްޖެ. ދެ ބޯޓު ވެސް ވަރަށް ބޮޑަށް އަނދައިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބެއްޔާއްކޮ
28 November 2022
މާލޭގަވެސް ގިނައިން ކަންތައްތައް ނުވަނީ މާތްﷲގެ ރަޙްމަތްފުޅުން. އެހެންޏާފަހެ އެހެރަ ފިއުލް ޕަމްޕް ސްޓޭޝަނަށް ތެޔޮ ބޯޓު ކާރިކޮށް އެތާ އިނދެ އެބަ ސިގިރޭޓު ބޮއެހަދާ. ބަލާލާނެ މީހަކު ނެތް. ގޯސްވާނީ ބުނާމީހާ.
ހުސްނުހީނާ
28 November 2022
ތެޔޮ ރައްކާކޮށް، ތެޔޮ އުފުލަން ލަކުޑި ބޯޓު ގެންގުޅޭތަ؟