ޚަބަރު / ސިވިލް ކޯޓް

ކޯޓުން އަމުރު ކުރި ގޮތަށް މުސްއަބަށް ފައިސާއެއް ނުދިން!

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުން

30 ނޮވެމްބަރ 2022 - 12:01

17 comments

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ބަދަލު މިދިޔަ އާދީއްތަ ދުވަހުގެ ކުރިން ދައްކަން ސިވިލް ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް އެ ފައިސާ ނުދައްކާ މައްސަލަ އަނެއްކާވެސް އޭނާ ކޯޓަށް ހުށަހަޅައިފި އެވެ.

ސަސްޕެންޝަންގައި މުސްއަބު ބެހެއްޓުމަށް ފަހު، ސަރުކާރުގެ މަގާމުން އޭނާ ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 2019 ގައި ނިންމީ އެ ކޮމިޝަނުން ބެލި މައްސަލަތަކާ ގުޅިގެންނެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން އެންގީ މުސްއަބު ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ދައުލަތުން 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ.

އެ ހުކުމް ތަންފީޒުކުރަން މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ހަފުތާގެ އަންގާރަ ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލު ކޮށްފައި ނުވާތީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރަން އަންގާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުގެ އަމުރުގެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އަދި އެ މައްސަލަ އެ ކޯޓުން ބަލައެއް ނުގަނެވެ.

އެ އަމުރު ތަންފީޒު ނުކޮށް އޮތް މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން މުސްއަބުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ، ސީއެސްސީން މިއަދާ ހަމައަށް ވެސް ފައިސާ ދައްކާފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ އަމުރެއް ނެރެދިނުމަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"ގަވައިދުގައި އޮންނާނެ ކޯޓުގެ އަމުރުތަކަށް ތަބާނުވުމަކީ އެއީ ހުރުމަތް ކެނޑުން ކަމަށް. އެ ގޮތުގެ މަތިން ސީއެސްސީން އެކަމުގެ ޒިންމާ ނަގަން ތިބި މީހުންގެ މައްޗަށް އަމުރެއް ނެރެދޭން ވަނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބެއް ގޮތުގައި ތިން މަސް ދުވަހަށް ޖަލަށް ލުން ނުވަތަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.

އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލަ ކޮމިޝަންގެ ގާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް ކޮމިޝަންގެ ވިސްނުން އަދިވެސް ހުރީ އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔުމަށް ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަދިވެސް އެބައޮތް އިސްތިއުނާފު ކުރެވޭނެ މުއްދަތެއް. ހައި ކޯޓުގެ ނިންމުން އިސްތިއުނާފްުކުރާނަން،" އޭނާ ވިދާޅުވި އެވެ.

މުސްއަބަށް ފައިސޭ ދޭން ހައި ކޯޓުން ނެރުނު ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާތީ އެ ހުކުމް ތަންފީޒު މަޑުޖައްސާލަން ސީއެސްސީން މީގެ ކުރިން ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުގެ ނިންމުމުގައިވަނީ މަތީ ކޯޓަކުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު ހުކުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

17 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 75%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނާސިހެކޯ

02 December 2022

ނާސިހޭ. ބުދެކޭ ތަފާތެއް ނުހުންނާނެ. ސިޔާސީ ބޮހެއް ގޮތަށް އަމުރު މައުރޫފް ހިންގަނީ އިބްރޭ. ތިސުވާލު ކުރަން ޖެހޭނީވެސް އިބްރޭ ގާތުން.

The name is already taken The name is available. Register?

އިދޫ

01 December 2022

ބަދަލު ދިނުންވެސް އޮންނަނީ ކޮރަޕްޝަނަކަށް ވެފައި. ކޮރަޕްޝަނަކާއި ގުޅޭ ކަމެއްގަ ދެ ފަރާތެއްގެ ދެމެދުގަ މި މައްސަލަ ޖެހެނީ. ވައްކަން ކުރި މީހަ ވިޔަސް، ވައްކަން ފަޅާ އަރުވާލި މީހަ ވިޔަސް މިރާއްޖޭގަ ގޯސްވެ. ވައްކަން ފަޅާ އަރުވާލި މީހަ، ދެން މިކުރާ ކަމަކީ އަންނަ ރުޅީގަ ބަދަލު ހޯދަން ދުވަނީ، އެކަންވެސް ހަމަކުރަނީ ކަނެކްޝަންތަކުން ބާރު ހޯދައިގެން!

The name is already taken The name is available. Register?

ބަދަލަށް އަދުލު

01 December 2022

ކުޑަ ގާނޫނެއް ފާސްކޮށްލާ! ދައުލަތުން 1 ލައްކަ އަށް ވުރެ ބޮޑު ބަދަލެއް ނަގާ މީހުންނަށް ލިބޭ ފައިސާ އަދުލުވެރި ބަދަލަކަށް ބަދަލުކުރުމަށް އިތުރުވާ ކޮންމެ 1 ލައްކައަކުން %50 ގައުމުގެ ލޯނުތައް ދެއްކުމަށް ނެގޭނެ ކަމަށް. މުޅި ރައްޔިތުންގެ ފައިސާ ހިތުހުރި ގޮތަށް ޖޫރިމަނާ އާއި ބަދަލަށް ވަކިވަކި ފަރުދުންނަށް ޚަރަދު ކުރާން ޖައްސާނަމަ އޭގެ އަގުވެސް އަދާކުރާން ޖެހޭނީ ބަދަލު އަތުލާ މީހާ ކަމަށް.

The name is already taken The name is available. Register?

ވޯލް

01 December 2022

ލަދުވެތި ކަމެއް. ހުކުމާ މެދު ހިތްހަމަ ނުޖެހޭ ނަމަ އިސްތިއުނާފް ކުރަނީ، އެހެން ނޫން ކަމަށް ވަންޔާ ހުކުމުގައި ބުނާ މުއްދަތުގެ ކުރިން ހުކުމް ތަންފީޒްކޮށް ނިންމަންވާނެ، މި ދައްކަނީ ދައުލަތުގެ ވަހަކަ. ދައުލަތުން މިހެން ކަން ކުރަންޔާ އައު މީހާގެ އަމަލު ހުންނަނި ކިހިނެތް.

The name is already taken The name is available. Register?

ހެހެހޭ

01 December 2022

އިންސާފު ނިދާފަ؟

The name is already taken The name is available. Register?

ކޮމެންޓްކުރާމީހާ

30 November 2022

ފައިސާ ހުންނާނީ ހަމައެކަނި ގާތް ކުންފުނިތަކަށް ބަދަލު ދޭންޖެހޭ ހާލަތާއި ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް ކަމަށް ފެންނަނީ...

The name is already taken The name is available. Register?

އާމްބެ

30 November 2022

ﷲގެ އިރާދަފުޅުން ޙައްޤަށް ނަޞްރު ދެއްވާނެ. އަޅުގަނޑަކީ ފެށުނީއްސުރެ ކޮމިޝަނުގައި ހީވާގިކަމާއެކު މަސައްކަތްކުރަމުން އަންނަ މީހަކީމު. މިހާރު ތިއްބެހިވާ ހީވާގި، ހަފަރާތުން ބެއްލެވުމަށްފަހު ހިކުމަތްތެރިކަމާއެކު ގޮތްނިންމަވާ މެންބަރުންނެއް ކޮމިޝަނުގެ ޙަޔާތުގައި ވެސް އައިސްފައިނުވޭ. އިންޝާﷲ ކާމިޔާބު ލިބޭނީ ކޮމިޝަނަށް.

The name is already taken The name is available. Register?

އާޔަތު

30 November 2022

ލޮލް

The name is already taken The name is available. Register?

ދީނާރު

01 December 2022

ތިޔަ ކޮމިޝަނަކީ އިންސާފުން އެއްކިބާވެ، ތިޔަ ތަނުގެ މުއައްޒަފުންނަށްވެސް ބޭ އިންސާފުން ކަންކުރަމުން އަންނަތަނެއް! ތިޔަ ތަނުގެ އެތެރޭގައި އިންސާފެއް ނެތް އިރު އެހެން ބަޔަކަށް އިންސާފު ލިބޭނެކަމީ މޮޔަ ވިސްނުމެއް! ތިޔަ މީހުން ހެދިހާ ގޮތެއް ހެދިގެން ނޫޅޭ މީހުންނަށް ކުރާ ދުއްތުރާއިން ސަލާމަތްވުމަށް އެމީހުންނަށް މަޖުބޫރުު ވަނީ ތިޔަ ތަން ދޫކޮށްފައިދާން! އެ ވަރުގެ ތަނެއް ތީ!

The name is already taken The name is available. Register?

ބަނޑޭރިބެ

30 November 2022

އަޖައިބުހީވޭ! ދައުލަތުގަ ނެތް ފަައިސާއެއް ހަމަ ހުކުމެއް ކޮށްލިޔަސް ކިހިނެއްތަ ދޭނީ! ބަޖެޓް ސަޕޯޓަށް އަދި އިންޑިއާ އިންވެސް ދިނީ އެންމެ 100މިލިއަން ޑޮލަރުގެ ރަމްޒީ ޗެކެއް. އެމީހުން އަސްލު ޗެކް ދޭނީ ބަޖެޓް ހުސްވާން ކައިރިވީމަހެން ހީވަނީ

The name is already taken The name is available. Register?

ޞބބވވ

30 November 2022

ދައުލަތަށް އޭނާގެ ފަރާތުން ޚިދުމަތް ނުލިބި ދައުލަތުގެ ފައިސާއިން މުއްސަނދިވީ. ހެހެހެހެ.

The name is already taken The name is available. Register?

މުޖާހިދު ޢަބްދުﷲ

30 November 2022

ކޮމިޝަނުގެ ރައީސަކީ ނަމެއްގައި ހުރި މީހެއް. މިޒާތުގެ ގަޅި ނިންމުން ގަދަފައި ވިއްދައިގެން ނިންމާނީ އެތާ އުޅޭ އިބްރާހީމް ރަޝީދު. ބައިކުޅަބައި ކިޔަވައިގެން ހުރީމާ މާ މޮޅު މީހެއްކަމަށް މީހާއަށް ހީވިއަސް އުރައްޕެއް ހުންނަ މީހެއްނޫން. ގާނޫނުގެ ބާރަކީ ކޮބައިކަން ފަހުމް ނުވެގެން އުޅެނީ އެހެންވެ. އަދި މި ކޭސް ވިން ނުވީމަ ވީ ކަޑައިން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454