އަމީނީމަގުގައި ތާރު އެޅުމުގެ ޕްރޮޖެކްޓުގެ ދަށުން މިހާރު ހަދަމުން އަންނަ ސަރަހައްދު: މަސައްކަތް ނުނިމެނީސް އެ ސަރަހައްދުގައި ވެހިކަލްތައް ދުއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
04 ޑިސެމްބަރ 2022 - 12:42
އަމީނީ މަގު ހެދުމުގެ މަސައްކަތަށް އެ މަގުގެ އިތުރު ބައެއް ބަންދުކޮށް، އިއްޔެ މަސައްކަތް ފަށައިފި އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ބުނީ އަމީނީ މަގުގެ ސެގްމަންޓް 2 ގެ މަސައްކަތަށް އެ މަގާއި އިރުދޭމާ ހިނގުން ގުޅޭ ހިސާބުން ފެށިގެން، ކަލާފާނު ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މަގު ބަންދުކޮށްފައިވާ ކަމަށެވެ. އެއީ އަމީނީ މަގުން ކަލާފާނު ސްކޫލުގެ ކަންމަތިން ފެށިގެން ކުޑަކުދިންގެ ބަގީޗާއާ ހަމައަށެވެ.
ބަންދުކުރި ސަރަހައްދަށް ވެހިކަލް ވެއްދުން މިހާރު ވަނީ މަނާކޮށްފަ އެވެ.
ނަމަވެސް، އެ މަގު ހަދަން އެންމެ ފުރަތަމަ ބަންދުކުރި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް ވެހިކަލް ވައްދަން ވަނީ ހުއްދަ ދީފައިވެ އެވެ. އެ ތަނުގައި އޮތީ ތާރު އެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިމިފަ އެވެ.
އަމީނީ މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށިތާ ތިން މަސް ދުވަސް ވާއިރު، އެ މަގުގެ އެއްވެސް ތަންކޮޅެއްގައި ތާރު އަޅާފައި އަދި ނުވާތީ، އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑުވެފަ އެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން އާރްޑީސީން ބުނެފައިވާ ގޮތުގައި، އަމީނީ މަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެ މަގުގައި ތާރު އަޅަން ފަށާނީ ބިލަބޮންގް ސްކޫލް ހުންނަ ހިސާބަށް ޕޭވިންގެ މަސައްކަތްތައް ނިމުމުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އަމީނީމަގުގައި ތާރު އަޅަން ޕްލޭންކޮށްފައި އޮތީ ދެ ބަޔަކަށް ބަހާލައިގެން: އާރުޑީސީ https://t.co/sTXSsqS8J4
— Mihaaru (@Mihaarunews) November 22, 2022
ތާރު އަޅަން ނުފެށިޔަސް، ޕޭވިންގެ މަސައްކަތް ނިމޭވަރަކުން އެ މަގަށް ވެހިކަލްތަކަށް ވަދެވޭ ގޮތް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.
ޕްލޭނިން މިނިސްޓްރީން އަމީނީ މަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރީ މި އަހަރު ޖުލައި މަހުގެ ތިނެއްގަ އެވެ. މިދިޔަ އޮގަސްޓް މަހު 30 ގައި އަމަލީ މަސައްކަތް ފެށި އެ މަގުގައި ތާރު އަޅައި ނިންމަން ދިނީ 10 މަސް ދުވަހުގެ މުއްދަތެކެވެ.
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކުރާ އެ މަޝްރޫއުގެ ދަށުން އަމީނީ މަގުގައި 1.7 ކިލޯމީޓަރުގެ ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ވެސް ހަދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
04 December 2022
ތާރު އެޅުމުގެ ޕްލޭން އައް ވަރައްތައުރީފެވެ. ނަމަވެސް ގަސްތަށް ކަނޑާޕްލޭނަށް ނަޝީދަށް ބިރުކަންފަތް ދިނުމާއެކު ކުރިއައް ބާރައްގެންދަން ޖެހެއެވެ.
ބޮޑުމީހާ
04 December 2022
ވެރިކަމުގެ 5 ވަނަ އަހަރުގަ ކުރެވޭނެ މާބޮޑުކަމެއް ނެތް. އަދިވެސް ބަދަލު ދެވިދާނެ
ބަރުބާދު
04 December 2022
މަގުބަންދުކޮއްގެން މަގުހެދޭނަމަ މިހާރުހުންނާނީ ހެދިފަ!. ދެން ތިމަގު ހަދަންބޭނުމިއްޔާ އަވަސްގޮތަކުން އާރޑީސީ ބަންދުކުރޭ!!.
ދޮން ރަ ހާ
04 December 2022
އަމީނީ މަގު ހެދުމުގައި، އެއްދުވަހު ސެގުމެންޓު އަނެއް ދުވަހު މަގު ބަންދު! ވޯރކިންގ ޕުރޮގްރެސް
ޑޮކްޓާރ. ބަނާނާ
04 December 2022
ތިޔަ މަގު ހަދާށޭކިޔާފަ އެތައް މަސްތަކެއް ފާއިތުވެ ދިޔައިރުވެސް މަގުގެ ބަންދުކުރި ތަން ނުނިމި މަގުނަހަދާ މަގުގެ އިތުރު ސަރަހައްދު ތައް ބަންދު ކުރަމުން ދިއުމަކީ ތިސަރަހައްދުގައި ދިރުއުޅޭ މީހުނާއި އަދި ތިޔަަގުން ދުއްވާ އެތަށް ބަޔަކަށް ދެވޭ ވަރަށް ބޮޑުގެއްލުމެއް! މުސްކުޅި ހަރުބަހެއްގަ އޮވޭ " ނުފޯރާ ފޮތިން ފޫ ނުގަޅާށޭ " .
ގުދުގުދުލީބެއްޔާގެ ތެދުބަސް
04 December 2022
އަމީނީމަގު ހަދާންށޭކިޔާފާ ދެން މުޅި މާލެ ބަންދުކުރޭ.
ރަންނަ
04 December 2022
ހުޅުމާލެ ބަންދުކޮށްފަ ނޫނީ ފަޅުރަށެއް ބަންދުކޮށްފަވެސް ހެދިދާނެ. ކޮންމެހެން ނުޖެހޭ މަސައްކަތް ކުރާތަނެއް ބަންދު ކުރާކަށް. އަނގޮޓި ގެއްލުނުމީހާ އެސަރަހައްދު އަނދިރިވީމަ އަލިތަނެއްހޯދި ވާހަކަ ސްކޫލުގަ ކިޔައިދިން. 'ގުދުގުދުލީބެއްޔާގެ ތެދުބަސް' އެދުވަހު ސްކޫލަށް ނުދާތީ މައްސަލައަކީ