މާލޭގައި ބޭއްވި ސިފައިންގެ ޕްރޭޑެއްގައި ސިފައިންގެ ސްޕެޝަލް ފޯސްގެ ސްނައިޕަރަކު ބަޑިއާ އެކު: އައްޑޫގައި ސިފައިން ހަތިޔާރާ އެކު ތަމްރީނުތަކެއް އަންނަނީ ހަދަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 ޑިސެމްބަރ 2022 - 12:03
ތަމްރީނުތަކެއް ހެދުމަށް ފަސް މަސް ދުވަހަށް އައްޑޫގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އެމްއެންޑީއެފްގެ މެރިންކޯގެ އެ ތަމްރީނުތައް އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނިގޮތުގައި، އެ ތަމްރީނުތައް ހެދުމަށް ސިފައިން ހަތިޔާރާއެކު އައްޑޫގެ ހުރިހާ އަވަށްތަކެއްގައި އުޅޭނެ އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު އެ ތަމްރީނުތައް ފަށާފައިވާ ކަމަށެވެ. އެހެންވެ، އައްޑޫގެ މީހުންގެ ސަމާލުކަމަށްޓަކައި އެކަން ކައުންސިލުން މިއަދު ރަސްމީކޮށް އިއުލާންކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި ސިފައިންގެ ބޮޑު ތަމްރީނެއް ފެށިއިރު، މި ފަހުން، ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅިގެން އައްޑޫގައި ބޮން ގޮއްވަން އުޅުނު ބަޔަކު ވަނީ ހުއްޓުވައިފަ އެވެ. އެ މައްސަލާގައި ގިނަ ބަޔަކު ހައްޔަރުކޮށް، މިހާރު ތިބީ ބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
07 December 2022
ހޫނ. އެއުޅޭ މުއްލާ އިން ތައް ބިރުގަންނަވާލާ!
ލޯޝާ
06 December 2022
ތުނޑުޙަސަނު: އޮނަރަބްލް އަފީފު ދީދީ އަކީ ޔޫކޭ ގެ ކިބުރުވެރިންގެ މައިމަރުކަޒު ކަމުގައިވާ އިންގްލޭންޑުން އައިސްގެން އުޅޭ މީހަކަށްވާތީ ކަރުބުޑުން "ގޭން' ކީމާ "ގަން" މިބަސްކިޔޭ ގޮތޯ އެއީ!
ނަންނެއްގޮލާ
06 December 2022
ރަނގަޅު.ސިފައިން ނެރެގެންވެސް ވައްހާބީންތައް މައިތިރޮ ކޮއްބަލަ.އިހަކައް ދުވަހަކު ކޮންމެސް އަންހެން ކުއްޖެއް ގަޔައް ކަޅުތެޔޮ ޖަހާނަމޭ ކިޔައިގެން އުޅުނު މީގެ ސޮރެއް އޭނަ އެދޭ ގޮތައް ހެދުން ނާޅަޔޭ ކިޔާފަ.
ހަލުވިހަމީދާ
06 December 2022
އަސްތާ، އަނެއްކާ ހަނގުރާމައެއް ފަށާންތަ ތިޔަ އުޅެނީ؟
ވަތަނޭ
06 December 2022
ފާއިތުވި ދުވަސްތަކު ދިމާވި ކަންކަމަށް ނަޒަރު ހިންގާލާއިރު އައްޑޫއިން ބޮޑު އޮޕޮރޭޝަން އެން ހިންގުމާ ، ޓުއަރިޒަމް ޕީކް ސީޒަން ފެށޭއިރު އަދި 4 ވަރަކަށް މަސްދުވަހަށް ސީޒަން ދެމިގެންދާއިރު ސަލާމަތީ ގޮތުން އެޅި ފިޔަވަޅެއްހެން ހީވަނީ.ރަގަޅު ނިންމުމެއް
އޮނަރަބްލް އަފީފު ދީދީ
06 December 2022
ޑިފެންސް ފޯޙާއި ޕޮލިސް ސާވިސްގެ ފަރާތުން އެއަރޕޯޓްގެ ބޮޑު ސަރަޙައްދެއްގައި ފެންސް ޖަހައިގެން ފަޅުރަށެއްގައި މަޖާކުރާން ތިބުމުގެ ބަދަލުގައި އައްޑޫގައި މީހުން އުޅޭ އަވަށްތަކުގައި ޕޮލިސް އަދި ޑިފެންސް ފޯހުގެ ރީޖަނަލް ހެޑްކުއާޓަރ ހަދައި އެތަންތަނުގައި ފޯރިމަރަން ތިބޭކަށް ނުވޭތޯ. # މިހާރު ހިތަދޫ ނުވަތަ ފޭދޫ އަވަށުގެ އިތުރަށް ހުޅުމީދޫ އަވަށުން ކަމެއް ދިމާވިކަމުގައިވިޔަސް ގޭންއެއަރޕޯޓް ޔުނިޓުން ޕޮލިހުންނާއި ސިފައިން އެތަނަކަށް ދަނީ.
ތުނޑުހަސަނު
06 December 2022
"ގަން" އެއަރޕޯޓު. "ގޭން" އެއްނޫން.