ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް، ސިފައިންގެ މެރިން ކޯގެ އަސާސީ ކޯހުގައި ބައިވެރިވާ އަންހެން ސިފައިންނާއެކު.
12 އެޕްރީލް 2023 - 11:50
އެމްއެންޑީއެފްގެ މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގައި ފުރަތަމަ ފަހަރަށް އަންހެން ސިފައިން ބައިވެރިވެއްޖެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެރިން ކޯގެ އަސާސީ ތަމްރީނު ކޯހުގެ އާ ބެޗުގައި ތިން އަންހެން ސިފައިން ބައިވެރިވެފައިވާ ކަމަށެވެ.
އެ ކޯހުގައި ބައިވެރިވާ އަންހެން ސިފައިންނާއެކު ނަގާފައިވާ ފޮޓޯއެއް ވެސް ޝަމާލްގެ ޓުވީޓްގައި ހިއްސާކުރެއްވި އެވެ. އޭނާ ވަނީ އެ ތަމްރީނުތައް ކުރިއަށް ގެންދާ ސަރަހައްދަށް އިއްޔެ ވަޑައިގެން، ކޯހުގައި ބައިވެރިވާ ސިފައިންނާ ބައްދަލުކުރައްވައިފަ އެވެ.
Delighted to attend and witness the final exercise of @MNDF_Official Marine Corps Basic Course. This exercise is conducted in the closing phase of the course to evaluate the trainees' ability to employ their acquired skills and training with confidence and expertise. pic.twitter.com/oNTgCSPahX
— Maj. Gen. Abdulla Shamaal (@CDFofMNDF) April 11, 2023
ޝަމާލް ވިދާޅުވި ގޮތުގައި، އެއީ ދިވެހި ސިފައިންގެ ތާރީހުގައި ވެސް އެ ކޯހުގައި އަންހެން ސިފައިން ބައިވެރިވި ފުރަތަމަ ފަހަރެވެ.
މެރިން ކޯގެ ކޯހަކީ އެމްއެންޑީއެފްގައި ހިންގާ އެންމެ ބޮޑެތި އަދި އެންމެ އުނދަގޫ ތަމްރީނުތަކުގެ ތެރޭގައި ހިމެނޭ އެއް ކޯހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިމް
12 April 2023
ސަޅިބައިސާޔާ ތަމްރީނު ވަރަށް ފެނޭ. ބޮޑުކަމެއް ޖެހޭއިރު ޢޮންނަނީ އެޅޭނެ ޅައެއްޗެއް އެޅި ސެކިއުރިޓީ ބްރީޗްވެފަ
ަަލިލާ
12 April 2023
ސިފައިން މީ ކީއްކުރަަބައެއްބާ. ބޮޑު ހަރަދެއް ކުރާކަން އެނގެނީ. ކޮންކަމަކަށް ބާ ކުރަނީ
ނޭނގުނޭ
12 April 2023
ޝަމާލު ބުންޏަސް ތިއީ ދޮގެއް. 3 ނޮވެމްބަރު 1988 ގެ ފަހުން ސިފައިންގެއަށް އަންހެން ސިފައިން ވަންނަން ފެށީއްސުރެ ކިތަންމެ މަދުންނަަަވެސް އަންހެން ސިފައިން މިލިޓްރީ ތަމްރީނުތައް ހަދާ .
އަޖާއިބު އަންތަރީސް
12 April 2023
މީ ހަމަ ކަނޑައެޅިގެން ދޮގެއް. މީ ފުރަތަމަ ފަހަރެއްނޫން. ސިފައިންގޭގަ ތިބޭނެ މިކަން ދަންނާނެ މީހުން. މެޑެލް ޖަހަން ވިޔަސް މިއީ ބޮޑުވަރު
ޭއެތިފަހަރު
12 April 2023
އެއީހަމަ ތެދު mcbc ހަދާފަ އިން އަންހެނަކު އަދި ނުހުންނާނެ އެމް.އެން.ޑީ.އެފް ގަ އެއް ވާނުވާ އެނގިގެން ވާހަކަ ދައްކަބަލަ. ކޮންމެ ކަމެއް ސިޔާސީ ނުކޮއްބަކަ. މެޑަލް ޖަހާ މީހުން އަބަދުވެސް ޖަހަމުން ދާނެ
ބުރުގާ
12 April 2023
ތީ ހަމައެކަނި ސެލްފީއެއް އެކަނި. ކަމަކައް ވާކަހަލަ ކަމަކާ ލައްވާލައިފިއްޔާ ތިތަނުން މީހަކު ހޯދާ ނުފެންނާނެ. ކުރީ ދުވަހަކު ސިފައިން ރައީސްގެ ކާރުކޮޅުގެ ސެކިއުރީ ބެލެހެއްޓިގޮތް ވަރައް ގާތުން ދެކުނިން. އެއްޗެކޭ ބުނާކައް ނެތިން.
ހސނ - ސަރ
12 April 2023
ތިތަމްރީން ހަދައިގެން ތިމީހުން ކީއްތަ ކުރަނީ… ހިވަނީ އެޑްވެންޗަރަސް ގޭމެއްގަ އުޅޭ ބައެއް ހެން.. ކަމަކާއި ޖެހުނީމަ އިނގޭނީ މިބައި މީހުންގެ ވެސް ފެންވަރު.. ބުނާތީ އަޑުއަހަން މައިދާން ދޫކޮށް ފިލާ ގުރޫޕް ވެސް މަދު ނޫންކަމަށް..