ޚަބަރު / އެންޓި ކޮރަޕްޝަން ކޮމިޝަން

ވެހިކަލް ކޮރަޕްޝަންގައި ނަހުލާއަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަ ބަލަނީ

ޓްރާންސްޕޯޓް މިނިސްޓްރީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ނަހުލާ ވާހަކަދައްކަވަނީ. -- ފޮޓޯ | މިހާރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އުފެދިފައިވާ މައްސަލަގަނޑުގެ ތެރެއިން ވެހިކަލްތަކާ ގުޅޭ ކޮރަޕްޝަންގައި މިނިސްޓަރު އައިޝަތު ނަހުލާއަށް ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ނަހުލާ އާއި އެ މިނިސްޓްރީގެ މުވައްޒަފަކާ ދެކޮޅަށް މައްސަލަ ހުށަހަޅާފައި އޮތީ ގަވާއިދާ ހިލާފަށް ވެހިކަލް ރަޖިސްޓަރީ ކޮށްދީގެން މާލީ ތަނަވަސްކަން ހޯދަމުންދާ ކަމަށް ބުނެ އެވެ.

ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ދީދީ ވިދާޅުވީ އެ މައްސަލަ ބަލައިގަނެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ފަށާފައިވާ ކަމަށެވެ. ތަހުގީގު ހިނގާތީ ތަފްސީލެއް ނުދެއްވަ އެވެ.

ކޮމިޝަނަށް ހުށަހަޅާފައި އޮތީ މައްސަލައާ ގުޅޭ ލިޔެކިޔުންތަކާ ވެސް އެކުގަ އެވެ. އެ ލިއުންތަކުގައި ގާނޫނާ ހިލާފަށް އުޅަނދުތައް ރަޖިސްޓަރީ ކޮށްދީފައި އޮތީ މިނިސްޓަރުގެ ހުއްދައާ އެކު ކަމަށް ބުނެފައިވެ އެވެ.

Transport: Las hidhumathuge namoonaa 1 office

Transport: Las hidhumathuge namoonaa 1 office

The most trusted news source in the Maldives

Mihaaru

ޓްރާންސްޕޯޓް މިނިސްޓްރީގެ ލަސް ހިދުމަތާއި އެތަނުގެ ތެރޭގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން ލިއުނު ރިޕޯޓެއް.

ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެން ވެހިކަލް ރަޖިސްޓަރީ ކޮށްދިނުމުގައި މިނިސްޓްރީ ތެރޭގައި ތިބި ބަޔަކު ހިންގާ ކަމަށް ތުހުމަތުކުރާ ހިޔާނާތާއި އެ ނޫން ވެސް މައްސަލަތައް މީގެ ކުރިން ވެސް އޭސީސީއަށް ހުށަހަޅާފައިވެ އެވެ. ބައެއް މައްސަލަތައް ތަހުގީގު ނިންމައި އިސް މަގާމުގައި ތިއްބެވި ބައެއް ބޭފުޅުންނަށް ދައުވާ އުފުލަން ވެސް ފޮނުވާފައިވެ އެވެ. އެކަމަކު އެކަށީގެންވާ ހެކި ނެތިގެން ކަމަށް ނިންމައި ޕީޖީން ދައުވާއެއް ނުކުރެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 50 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފަ އެވެ. އެއީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށްފައިވާ ވެހިކަލްތަކެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެ ވެހިކަލުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި އަދި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ވެސް ހިމެނޭ ކަމަށް އިއުލާނުގައިވެ އެވެ.

ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހެޅިއިރު އޭނާ ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީގެ މައްސަލަތަކެއް ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލާގައި ނަހުލާ ވަނީ ގަވާއިދާ ޚިލާފަށް ވެހިކަލް ރަޖިސްޓްރީކޮށްދިނުން ފަދަ ކޮރަޕްޝަންގެ ބޮޑެތި ކުށްތަކާއި މިނިސްޓްރީގެ ސިޔާސީ މީހުންގެ އަބުރު ކަތިލުމުގެ ތުހުމަތުތަކެއް ޝިމާޒަށް ކުރައްވައިފަ އެވެ.

އެކަމަކު އެ ތުހުމަތުތައް ޝިމާޒް ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެއްވެސް ކަމެއް މިނިސްޓަރަށް އެނގިވަޑައިގެން ނޫން ގޮތަކަށް ކުރައްވާފައި ނުވާނެ ކަމަށެވެ. ހަވާލުކުރި ޒިންމާގައި އަމަލުކޮށްފައި އޮންނާނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށް ވެސް ޝިމާޒް ވިދާޅުވެފައިވެ އެވެ.

"ތުހުމަތުތަކުން ބަރީއަވަން، މިނިސްޓަރަށް ނޭނގި އެއްވެސް ކަމެއް ކުރެވޭ ގޮތަކަށް ނޫން މިނިސްޓްރީގެ ކަންކަން އިންތިޒާމުވެފައި އޮންނަނީ. ޒާތީ މައްސަލައެއްގައި އަޅުގަނޑަށް ތުހުމަތުތަކެއް ކުރަނީ،" ޝިމާޒް ވިދާޅުވި އެވެ.

13 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިޔު

07 December 2022

ރީތިކޮށް އަބުރުވެރިކަމާއެކު ގޭގައި އިންނަންވީ މީހެއް. ސިޔާސީ މައިދާނަށް ނުކުތީމަ ބަދުނާމު ތުހުމަތުތަކުން އަބުރު ކަތިލެވެނީ. ވ ދެރަ.

The name is already taken The name is available. Register?

ލޮލްސް

07 December 2022

އަބުރެއް އޮތްނަމަތާ؟ ފަތިފުށް ހާދަ ހުތުރޭ

The name is already taken The name is available. Register?

އެޗް އޯޑީ

06 December 2022

ބަލާދީބަށް މިކަންވެސް، އެސްޓީއޯ ފުލެޓު ބިލްދިން އިންޑިޔާ ކުންފުނިއަކަށް ވިއްކާލި ގޮތް،

The name is already taken The name is available. Register?

ކަނބިލި

06 December 2022

ބޮޑުން އިންސާފުގެ ކުރިމައްޗަށް ނުގެނެވޭ. ވަކި ހިސާބަކުން ހުލިވެ ގެއްލޭނެ ޕީޖީއާ ހަމައަށް ގޮސްފިނަަމަ އުންސުރު ހަމަނުވެގެން އަނބުރާ ފޮނުވާލާނެ. ކޯޓަށް ގޮސްފިނަމަ ސާބިތުވާ މިންވަރަށް ހެކިނެތިގެން އަނބުރާ ފޮނުވާލާނެ. އިންސާފަކީ ހަމައެކަނި ފާޅުކުރާ ޝިއާރެއް. ބަދަލުވީ ނަންބޯޑުތަކާއި މަތީ ފަޑީގައި ތިބޭ މީހުން. ކަންހިނގާގޮތް ބަދަލެއް ނުވޭ.

The name is already taken The name is available. Register?

ސަސި.

06 December 2022

ބޭކާރު ކަންކަމުގަ ވަގުތު ދުއްވާލަނީ. ނަހުލާ ކުއްވެރިވާނެ ގޮތެއް ނޯންނާނެ.

The name is already taken The name is available. Register?

ހުސައިން 803

06 December 2022

މިހާތަނަށް އޭސީސީއިން ބެލި އެއްވެސް ހިޔާނާތުގެ މައްސަލައެއް ކޯޓްމަރުހަލާއިން ނަމަވެސް ނޫނީ އެހެން ގޮތަކުންވެސް ބަދަލުގެ ގޮތުގައި ދައުލަތަށް ހޯދުނު އެންމެ ފައިސާ ފޮއްޗެއްވެސް ނެތް.. މީޑިޔާތަކުގެ ހެޑްލައިން ބޮޑުކުރުމާއި ސިޔާސީގޮތުން މީހާ ފިއްތާލުން މިއޮންނަނީ...

The name is already taken The name is available. Register?

ކޮލަމާ

06 December 2022

ކީކީ އޭސީސީން ބަލާފަ ފޮނުވީމަ ދައުވާ ނުކުރަންޏާ ދެޯ

The name is already taken The name is available. Register?

ސައިފް އަލީ 005504 އޭ އައިޑީ

06 December 2022

ޤާނޫނަކުން އުވާލަންވީ ތަނެއް އޭސީސީ އަކީ އަދި ޖެންޑާ އަކީވެސް ރައްއިޔަތުންގެ ލާރިކާގެން ދިވެހި މުޖުތަމައު ހަލާކުކުރަނީ ބޭކާރު ތަންތަން ކުޑަކުދިން ގާތުގައި ބުނެފައި ހުންނަނީ ތިކުދިންގެ މަމްމަ އަދި ބައްޕަ ތިކުދިން ނުރުހޭ ބަހެއް ބުނެފިއްޔާ ވަގުތުން ތިމަން ނާމެންނަށް ވަގުތުން ގުޅާށޭ

The name is already taken The name is available. Register?

ކަލޯބެއްޔާ

06 December 2022

މީގެން އަންގައިދެނީ މިނިވަންކަން

The name is already taken The name is available. Register?

ހައުލާއްތަ

06 December 2022

އޯކޭ، ބެލެންވާނެ ހަމަ

The name is already taken The name is available. Register?

ގުދުގުދުލީބެއްޔާގެ ތެދުބަސް

06 December 2022

ތިކަންކުރުމަށްވުރެ މާރަގަނޅުވާނެ އިރަށް ކުޅުޖެހޭތޯ އުޅުނިއްޔާ. ނަހޫއަކީ ކާކުކަން އެންޓި ކަރޮޕްޝަނަށް ނޭންގެނީބާ؟

The name is already taken The name is available. Register?

ޑރ. އައުޝަން ހަލީލް

06 December 2022

ބްރޭކިން ނިއުސް. ނަހުލާގެ އެއްވެސް ކުށެއްނެތްކަމަށް އޭސީސީއިން ކަނޑައަޅައިފި. އަދި ގޮތްނޭންގޭ ގޮތަކަށް ހޯމް މިނިސްޓްރީގެ މުވައްޒަފެއް ސިޓީ އުރައެއް ވަގަށް ނެގިކަމަށް ސާބިތުވެ ދައުވާކުރަން އޭސީސީއިން ޕީޖީއަށް ފޮނުވައިފި

The name is already taken The name is available. Register?

ޢެޑްމުންޑޯ

06 December 2022

ބޮޑު މުސާރައެއް ދީފައިވާ ބަޔަކު އޭސީސީގައި ތިބީމާ ކޮންމެވެސް ކަމެއް ކުރަން ޖެހޭނެތާ ، އަސްލު ބޭކާރު ކަމެއް ނަހުލާގެ މައްސަލަ ބެލުމަކީ ، ހަމަޔަގިނުންވެސް ބޭކާރު ވަގުތުތަކެއް ދާނީ ، ނަހުލާ ގެ އެއްވެސް ކުށެއް ނުފެނި ފައިލްތަށް ކްލޯސް ކުރަންޖެހޭނި ، މިކަން އޭސީސީގެ އެޓީމަށްވެސް މާރަގަޅަށްވެސް އެގޭނެ ،

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454