އިންޑިއާއިން ހައްޔަރުކުރި ރަޝީދާ.
06 ޑިސެމްބަރ 2022 - 13:11
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކުރި އާމިނަތު ރަޝީދާ, އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވެ އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ އަށް ފޮނުވަން އުޅެނިކޮށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އަތުލައިގަތް މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ތުހުމަތުކޮށް، ބ. އޭދަފުށީ، ރަޝީދާ، 58، ހައްޔަރުކުރީ ބޭސް ފަރުވާ އަށް ދިޔަ ތަނާ ކޮޗީ އިންޓަނޭޝަނަލް އެއާޕޯޓުން މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ މައްސަލައިގައި އޭނާ ބަންދުގައި ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ހުރީ ދޫކޮށްލައިފަ އެވެ. މީގެ ދެ ތިން ދުވަސް ކުރިން އޭނާ ވަނީ ރާއްޖެ އައިސްފަ އެވެ. އެކަމަކު، އޭނާއާ އަދި ގުޅޭ ގޮތް ނުވާތީ މައްސަލައިގެ ތަފުސީލެއް ނުލިބެ އެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)ގެ އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ނޫހެއްގައި ކުރިން ބުނެފައި އޮތީ އަންނައުނު ވިޔަފާރި ކުރާ ރަޝީދާއަކީ މަސްތުވާތަކެއްޗާ ގުޅުން ހުރި މީހެއްކަން އެނގުމާ އެކު، ފުލުހުން ހޯދަން ބޭނުން ވެފައިވާ މީހެއްކަން އެނގޭނެ ލިޔުމެއް ނެރުނު ކަމަށެވެ.
އެ ލިޔުން ނެރުނީ ރާއްޖެ އަށް ފޮނުވަން އުޅުނު އަވަނެއްގެ ތެރެއިން 3.9 ކިލޯގެ އޮޕިއަމް ފެނުނު މައްސަލައެއްގައި ކަމަށް އިންޑިއާގެ ނޫހުގައި ވެ އެވެ. އިންޑިއާގައި އެ ބާވަތުގެ މަސްތުވާތަކެތީގެ ކިލޯއެއް އުޅެނީ އެއް ލައްކަ ރުޕީސް (1،338 ޑޮލަރު) އަށެވެ.
އެ މަސްތުވާތަކެތި ހުރީ އިންޑިއާ އިން މުދާ ފޮނުވާ ބަޔަކު މެދުވެރިކޮށް ފޮނުވި އެއްޗެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި އެޑްރެސް ކޮށްފައިވާ މީހަކީ އައިމިނަތު ރަޝީދާ ކަމަށް އެންސީބީން ކުރިން ބުނެފައި ވެ އެވެ.
އެންސީބީގެ ލިޔުމަށް ފަހު، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ރަޝީދާ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓަށް ލޭންޑުކުރުމާ އެކު، އިންޓެލިޖެންސް ބިއުރޯއިން އޭނާ ކަސްޓަޑީއަށް ގެންދިޔައީ ކަމަށާއި މުމްބާއިގެ އެންސީބީ ޔުނިޓަށް އެންގީ އޭގެ ފަހުން ކަމަށް ވެސް އޮފިޝަލާ ހަވާލަދީ ނޫހުގައި އޭރު ލިޔެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއިއްޒު
08 December 2022
އަދިވެސް ރެޑްވޭވް ސަލީމު ކުރެން މިކަން ވީގޮތް އަހާނެ މީހަކު ނުވިތާ؟
ފިނރުޓޭ
08 December 2022
މީގެ 28 ހަކަށް އަހަރު ކުރިންވެސް އިންޑިޔާގައި ދިވެހިން ބަޔަކު އެގޮތަށް ހަމަ ސާބިތު ނުހިފޭ ކަމެއްގައި ގަނޑަ ތެޅުވި! ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔާ! އިންޑިޔާގެ މި ރޯ އޭ ކިޔާ ބައިގަނޑު އުޅެނީ ދެން މާ އެއްޗެހި އެނގި ގަނެގެން! އެހެނެއްނޫންހޭ ވާނީ އެ މީހުން އަތުން ފައިސާ ހޯދައިގެންނޭ ވެރި ކަމަށް އައިސް އެތިބީ މީހުން އެ ބުނަނީ ހަމަ ކަމެއް ވެގެންނޭ ބުނެވޭނީ އިނގޭ!
މޯދި
06 December 2022
މިރަޝީދާ އަށް ފާރަލާންޖެޖޭނެ ، މީނާ ޑްރަގާއި ގުޅުންހުރިކަން ގިނަބަޔަކަށް އެގޭ
ޢަދު
06 December 2022
ގިނަބަޔަކީ ކަލޯ ކާފަމެންތާ
ވަޒަންބެ
08 December 2022
މިކަންވީ ގޮތް ރެޑްވޭވް ސަލީމު ކުރެން އަހާބަލަ
އިސްލާހު
06 December 2022
"މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި އިންޑިއާ އިން ހައްޔަރުކުރި އާމިނަތު ރަޝީދާ, އޭނާގެ މައްޗަށް ކުށެއް ސާބިތު ނުވެ އަނބުރާ ރާއްޖެ އަތުވެއްޖެ އެވެ." މިރާއްޖޭގައިވެސް ކަންހިގަނީ ހަމަ މިއުސޫލުންނެވެ!!!!!!!!!!!!!!
މަޒް
08 December 2022
ތުހުމަތުގައި ހައްޔަރު ކޮއްފިއްޔާ ސާބިތު ވާން ޖެހޭތަ؟ ތިއެއް އިނގޭނީ ކަލޭގެ މައިން ބަފައިން ކުރެ މީހަކަށް މިކަހަލަ ކަމެއް ދިމާވުމުން
ސދފސދ
06 December 2022
އިންޑިޔާގައި ދިވެއްސެއް 1 އަހަރު ހައްޔަރުގައި. ރާއްޖޭގައި ބުދުދީނުގެ ކުޅިވަރު ކުޅުން މީހުންނާއި ކުޑަކުދިންނާއި ބެހުނު އިންޑިޔާ މީހުންްނާއި އައި ޖީ އެމް އެޗްގައި ދިވެހިންނަށް އަނިޔާ ދިން މީހުންނާއި ޓީޗަރުންގެ ތެރޭގައި އުޅޭ އިންޑިޔާ މީހުން ހިންގި ހުތުރު ކަންކަމާއި އެކުވެސް އެމީހުންނަށް ވަނީ ހިމާޔަތްދީ ޤައުމަށް ފޮނުވާފައި .
ސޯސަން ބާރީ
06 December 2022
އެހެން ރައްރަށާއި ހިލާފަށް އޭދަފުށި ފާހަގަވެގެން ގޮސްފައިވަނީ ހީނުކުރާ ކަހަލަ ހަރުދަނާ މީހުން ކުށުގެ ވެއްޓަށް ވަންނަ ރަށެއްގެ ގޮތުގައި. މީގެ ކުރިން ރަށު ކައުންސިލު އިދާރާގެ އިސް ކަނބަލަކު މެލޭޝިއާގެ ފިހާރައަކުން ވައްކަން ކޮށްގެން ހައްޔަރުކުރި ކުރުން އަދި ދިވެހީންގެ ހަނދާނުން ފިލާނުދާނެ
އަލީހަމީދު
06 December 2022
އޭދަފުށީ މީހުންނަކީ ފައިސާ ހަދަން ވަރަށްމޮޅުބައެއް. އެވަރިހަމަ ކޮންމެ ގޮތަކުންވިޔަސް. ރެޑްވޭވް ވެސް ކިހާ މުއްސަދި. ދިގަލިވެސް މުއްސަދިވިގޮތް އެންމެނަށްވެސް އެގޭނެ. ވަރަށް މަސައްކަތްތެރިބައެއް.
ގުދުގުދާބެއްޔާ
08 December 2022
އެރަށު ފިރިހެނުން ވަރަށް ބޭނުން ވާނެ މާލޭ މީހުންނާއިންނަން! ގެދޮރު ހުރިނަމަ އޯކޭ! ދެން އިދެފަ އަންހެނުންގެ ބޮލަށް އެރި ބަފާގެ ގާތު ބުނާނެ ގެދޮރު ބޭންކް ބަހަށްޓާފައި ލޯނު ނަގަންދޭށޭ. ގެ 6 ބުރިއަށް ހަދާފަހުރިނަމަ ގޭގެ ކުލިން ބައެއް ހޯދަންވެސް އުޅޭނެ! އަދި އަންހެނުންނަށް ގެއިން ދީފައި އިންނަ ފުލޯ ވަކިކޮއްދޭން ބަފާބެއަށް ޕްރެޝަރ ކުރާނެ!
ޑާކޫ
06 December 2022
ވެލްކަމް ބެކް ޓު މަހަލްދީބް.
އަބްޑޫޅް
06 December 2022
އިންޑިޔާ މީހުންގެ މާލްދީބު.