11 ޑިސެމްބަރ 2022 - 13:33
ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައިގައި، ޔޫކްރޭންގެ ބޮޑެތި އިންޖީނުގެތަކަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުގެ ސަބަބުން، އެ ގައުމުގެ ގިނަ ސަހަރުތަކެއް މިހާރު އޮތީ ކަނު އަނދިރީގައި ކަމަށް އެ ގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޑްރޯން ބޭނުންކޮށްގެން ރަޝިޔާ ސިފައިން ދިން ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް، ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުގެ އެހީގައި ނާކާމިޔާބު ކޮށްލެވުނު ކަމަށެވެ. އިއްޔެ ރަޝިޔާ އިން ޔޫކްރޭންގެ އެކި ހިސާބުތަކަށް، ހަމަލާ ދޭ 15 ޑްރޯން ފޮނުވައިލި ކަމަށާއި ނަމަވެސް އޭގެ ތެރެއިން 10 ޑްރޯން، ވައިގެ ތެރޭގައި ހަލާކުކޮށްލެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ފޮނުވައިލި މިސައިލްތަކުން ނެއްޓިގެން ގޮސް އޭގެ އަމާޒުތަކަށް ވާސިލުވީ އެންމެ ފަސް ޑްރޯން ކަމަށް ޔޫކްރޭނުން ބުނެ އެވެ. އެ ފަސް ޑްރޯން އަމާޒުވީ އޮޑެއްސާ އާއި މެލިޓޮޕޯލްގައި ހުރި އެކި އިންޖީނުގެތަކަށެވެ.
އެ އިންޖީނުގެތައް ހަލާކުވުމުގެ ސަބަބުން، އޮޑެއްސާ އާއި މެލިޓޮޕޯލްގައި ދިރިއުޅޭ އާންމުންގެ ތެރެއިން 1.5 މިލިއަން މީހުން މިހާރު ދިރިއުޅެމުން އަންނަނީ ކަރަންޓުގެ ޚިދުމަތާ ނުލައި ކަމަށް ޔޫކްރޭނުން ބުންޏެވެ. މި ދުވަސްވަރަކީ މިއަހަރުގެ ފިނި މޫސުމުގެ ދުވަސްވަރަށް ވާތީ، ކަރަންޓުގެ ހިދުމަތް ނެތުމުން، ފިނިން ރައްކާތެރިވުމުގައި ވެސް ވަރަށް ގިނަ ދަތިތައް ތަހައްމަލު ކުރަންޖެހޭނެ އެވެ.
އިއްޔެގެ ޑްރޯން ހަމަލާތައް އަމާޒުވި ސަހަރުތަކުގެ ތެރެއިން ވެސް ހާލަތު އެންމެ ގޯހީ އޮޑެއްސާގައި ކަމަށް ޔޫކްރޭންގެ ރައީސް ވިދާޅުވި އެވެ. އެ ސަރަހައްދުގެ އިންޖީނުގެތަކަށް ލިބިފައިވާ ގެއްލުންތައް ބޮޑުކަމުން، އެ ތަންތަން މަރާމާތުކޮށްގެން އަލުން ކަރަންޓު ދިނުމަށް ވެސް އެތައް ދުވަހެއް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން ރަޝިޔާގެ ހަމަލާތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަމުން ދަނީ ޔޫކްރޭންގެ އިންޖީނުގެތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމަށް މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ މިސައިލާއި، ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން މަތިންދާބޯޓުތަކެވެ.
ޔޫކްރޭނުން ބުނާ ގޮތުގައި އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމަށް ރަޝިޔާ އިން މިހާރު ބޭނުންކުރަމުން ގެންދަނީ، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކެވެ. ނަމަވެސް އީރާނުން އެ ތުހުމަތުތަކަށް އިންކާރުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
12 December 2022
ހަކަތާގެ ވިއުގަތަކައް ހަމާލާ ލާދީ ހަލާކު ކޮއްލީމަ ހަނގުރާމަޔެއް ތެރޭއޮވެ ޔޫކުރޭނު ރައްޔިތުން ހިއްވަރުގަދަކާމާ އެކެތިގަނޑެއް ގޮތުގަ ތިބުމަކީ މީ އަޖައިބުވާވަރު ކަމެއް އަދި ހިތަންއަރާ މިދަޑިވަޅު ސާބިތުވެ ތިބެން ދޫވާކުރަނީ ކޮންފަރާތަކައް ބާއޭ؟ އަޅުގަނޑު ހަދާން އެބަހުރި މާލެއިން އިންޖީނެއްގަރޯވެ ފެންކެނޑުނީމަ ދިވެހިން ކެއްތެރިކަން ކުޑަވެ ޖަނވާރުން ވެސް ނޫޅޭ ފާޑައް ތެޅިގަތް ދުވަސް
ގަޓޫ
12 December 2022
ސަލީމުބޭ ތިއަށްވުރެ ރަނގަޅުވާނެ ޢައްޒާގެ ރައްޔިތުން ގެ ހިތްވަރުގަދަ ކަމުގެ ވާހަކަ ދެއްކިއްޔާ؟ ކަލެޔަށް ކިރިޔާ އަބަދުވެސް ޔޫކްރެއިންގެ ވާހަކަ ދެކެވެނީ މުޅި ޔޫރަޕާއި އެމަރިކާ ވާރޭހެން ލާރިއާއި ކާނާ އަދި އެހެނިހެން ބާވަތްތައް އަބަދުހެން ހުންނަނީ ޔޫކްރެއިން އަށް ފޯރުވަފޯރުވާ ފަލަސްތީނުގެ ރައްޔިތުންނަށް ތިގޮތައް ލިބޭތަ އެއްޗެއް؟ހިތްވަރުގަދަ ޔޯ؟ އީރާން ބަލާބަލަ ފިޔަވަޅުމަތީގަައި ކުރާ ހިތްވަރު އެމަރިކާ އަދި ހުޅަނގުގެ ނުހުންނާނެ އެ ކެތްތެރިކަން
ޔާޔާ
12 December 2022
ޒެލެންސްކީ އަށް ހީވަނީ، ރަޝިޔާއަށް ޖޯކަރު ދެއްކިދާނެކަމައް.
އަފްރާސިޔާބު
11 December 2022
ޖަރުމަނުގައި އެންމެ ފަހުން ހުންނެވި ޗާންސެލަރ އެންޖީލާ މާރކަލް އިހަށް ދުވަހު އެވިދާޅުވީ ޔޫރަޕާއި އެމެރިކާ އިން ރަޝިޔާއާއެކު ނޭޓޯގެ ހަނގުރާމަޔަކަށް ޔުކްރޭނުގެ ސިފައިން ތިމަންމެން ތައްޔާރުކުރާތާ ބަރާބަރު 8 އަހަރު ވެއްޖެޔޭ. 2014 ގައި ރަޝިޔާއާއެކު ސުލްހައިގެ އެއްބަސްވުމަކަށް ތިމަންމެން ގެނައީ ހަނގުރާމަޔަށް ޔުކްރޭނުގެ ސިފައިން ތަމްރީނުކޮށް ހަތިޔާރު ޖަމާކުރުމަށް ވަގުތު ހޯދުމަށޭ. ޕުޓިން ހަނގުރާމަ އެފެށްޓީ ތިމަންނަމެން އެކަމުގައި އުޅެނިކޮށޭ. ލޮލް
ބީރުބޮލު ވަޒީރު.
11 December 2022
ތިއަ ހުރިހާ ކަމެއް ޕޫޓިނަށް އެނގޭ. ޕޫޓިންވެސް ދިއައީ މި ހަނގުރާމައަށް ތައްޔާރުވަމުން. އެގޮތުން ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް އިންޑިޔާ އަދި ޗައިނާއާއި އެއްކޮށް ޑީލްހެދި. އިރާނުގެ ވެރިންނާ މަޝްވަރާ ކޮށްފަ އޮތީ. މީން އެއްވެސް ގައުމަކުން އަދި ރަސިއާއަށް ދޯކާއެއް ނުދޭ. ޝުކުރިއްޔާ އަފްރާސިޔާބު.
ޕުޓިން
12 December 2022
މާރކަލް ހުރިނަމަ މި ހަނގުރާމަ ފެށުން ދުރު. އޭނަ މިހާރުވެސް ވާހަކަ ދައްކަނީ ރަޝިޔާއާ ކޮޅަށް ކުޑަކޮށް ބުރަވެފަ ހުރެ. ރަޝިޔާގެ އަމިއްލަ ސެކިއުރިޓީ އެދުންތަކަށްވެސް ތަން ދޭން ޖެހޭނެކަމަށް ބުނި. އެމެރިކާއަށް ބޯނުލަނބާ ނޯޑް ސްޓްރީމް 2 ވެސް ފެށި. ޓްރަމްޕް ހުރިއިރުވެސް މާރކަލްއަށް އެމެރިކާއިން ވަރަށް ޕްރެޝަރު ކުރި. އެންމެފަހުން އޭނަ ބާލުވާފަ ޕަޕެޓްއެއް އަރުވާފަ އެހެރީ. އެއީ ބްރެކްސިޓްއަށްފަހު އީޔޫގެ ހަގީގީ ބާރަކީ ޖަރުމަނާ ފްރާންސް.
ށަވިޔަނި
11 December 2022
ޒެލެންސްކީ އަށް އަނދިރީގައި އުޅޭކަށް ނުޖެހެއްނޫން. އެހެންވީމަ ރަނގަޅުވާނެ.