ޚަބަރު / މަސްވެރިންގެ ދުވަސް

ހުވަދޫގެ މަސްވެރިންގެ ޝަކުވާތައް އޮއްސާލައިފި، ރައީސް ދެއްވީ އުއްމީދީ ޖަވާބެއް

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ގދ. ފަރެސްމާތޮޑާއިން،  އާސިމާ ނިޒާރު، މިހާރު

11 ޑިސެމްބަރ 2022 - 21:43

15 comments

މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މަސްވެރިންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ރަށުގައި މިއަދު ބޭއްވެވި ބައްދަލުވުމުގައި، ދެކުނުގެ މަސްވެރިންގެ ޝަކުވާތައް އޮއްސާލައިފި އެވެ.

ރާއްޖޭގައި މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރަން ހަމަޖައްސާފައިވަނީ، އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް، ގދ. ފަރެސްމާތޮޑާގަ އެވެ. އެ ހަރަކާތްތަކަށް މި ރަށަށް ވަޑައިގެން، ރައީސް ވަނީ މަސްވެރިންގެ ޝަކުވާތައް އަޑުއައްސަވައިފަ އެވެ.

އެ ބައްދަލުވުމުގައި ފަރެސްމާތޮޑާ އަދި މި ސަރަހައްދުގައި މަސްވެރިކަން ކުރާ ފަންސާހަކަށް މަސްވެރިން ބައިވެރިވި އެވެ.

އެ މީހުންގެ ބޮޑު ކަންބޮޑުވުމަކަށް ވީ މަހަށް ހެޔޮ އަގު ނުލިބުމާއި މަސް ކިރުމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ.

މަސްވެރިކަމުގައި އުޅޭ އަބްދުﷲ ޝަފީގު ބުނީ މިދިޔަ މެއި 8 ވަނަ ދުވަހު ރައީސްއާ ބައްދަލުކުރީ ގިނަ ކަންބޮޑުވުންތަކާ އެކު ކަމަށެވެ. އެ ބައްދަލުވުމުގައި، ހުށަހެޅި އެއް ކަމަކީ މި ސަރަހައްދުގައި މަސް ފެކްޓްރީއެއް އަޅައިދިނުމެވެ. އެކަމަށް އެއް މަސް ދުވަހުގެ ތެރޭގައި ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވިއަސް، މިހާތަނަށް އައި އިރު ވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.

މުހުސިން ނަމަކަށް ކިޔާ މަސްވެރިޔަކު ބުނީ މަސްވެރިކަން ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށާއި އޭގެ ތެރެއިން ވެސް އެންމެ ބޮޑު ގޮންޖެހުމެއް ދިމާވަނީ، އޭނާ ބުނިގޮތުގައި، މަސް ކިރުމަށް އުޅެންޖެހޭ ހާލެވެ.

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި، މަސްވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރަނީ.-- ފޮޓޯ: ރައީސް އޮފީސް

"އޭގެ ފަހުން ލާރިކޮޅު ނުދީ އެތައް ޒަމާނެއް ވޭ. އޭގެ އަނެއް ދުވަހު މަހަށް ނުކުންނާނެ ޑީސަލް ކޮޅެއް ވެސް ނުލިބޭ. އެންމެ ފަހުން، މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވެސް ކޫއްޑުއާ ދިމާލުން 71 މޭލު ބޭރުން މަސް ބާނައިގެން ކޫއްޑުއަށް އާދެވުނުއިރު ދޯނީގެ ޓޭންކު އެއްކޮށް ހުސްވީ. އަނެއް ދުވަހު މަހަށް ނުކުންނަން ލިބުނީ 1،600 ލީޓަރު ޑީސަލް. މަހަކަށް ނުދެވުނު،" އޭނާ ބުންޏެވެ.

މުހުސިން ބުނީ، ކަންކަން ހައްލު ކުރުމުގައި ގޮންޖެހުންތައް ހުންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ސަރުކާރުން ވެސް މަސައްކަތްތަކެއް ކުރާ ކަމަށެވެ.

"ހުރިހާ މަސައްކަތެއް އެއްފަހަރާ ނުވާނެކަން ވެސް ގަބޫލުކުރަން. އެހެން ނަމަވެސް، މި ކަމަކީ އިއްޔެއަކު މިއަދަކު ދިމާވެގެން އުޅޭ މައްސަލަތަކެއް ނޫން މަސްވެރިންނަށް. ޒަމާންތަކެއްވީ. މަސްދޯނިތަކާއި އޮޑިފަހަރުތަކާއި މަސްވެރިން މިހާ ތަރައްގީވާއިރު އަޅުގަނޑު އުފެދޭ ސުވާލަކީ، ކީއްވެތޯއޭ ސަރުކާރުގެ މަސް ވިއްކާ ކުންފުނި ތަރައްގީނުވާ ސަބަބަކީ ކޮބައިތޯ؟،" އޭނާ ބުންޏެވެ.

ކަންބޮޑުވުން ފާޅުކޮށް ސާމީ އިބްރާހިމް ބުނީ މީގެ ކުރިން އިންސްޓޯލްމަންޓަށް އައިސް ލިބެމުން ދިޔަސް ފެނަކައިން އެކަމާ ހަވާލުވުމުން އައިސް ނުލިބޭ ކަމަށެވެ. އެހެންވެ، އެކަން ބަދަލުކޮށްދިނުމަށް އޭނާ އެދުނެވެ. އެކަމަށް ޖަވާބު ދެއްވައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ އައިސް ލިބޭ ނަމަ އިންސްޓޯލްމަންޓަށް ވެސް އެ ލިބޭނެ ގޮތް ވެސް ހަދައިދެވޭނެ ކަމަށެވެ.

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި މީހަކު ބުނީ ޑީސަލަށް އެކަނި ވެސް މިދިޔަ ހަފުތާގައި 270،000ރ. ހަރަދުކުރަން ޖެހުނު ކަމަށެވެ.

މި ރަށުގެ ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކައިރީގައި، ފަސޭހައިން މަސް ކިރުވޭނެ ގޮތެއް ހަމަޖެހިފައިވާ ނަމަ ބޮޑު ހަރަދެއް ކުރަން ނުޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ފެކްޓަރީ އަޅައިދޭނަން، ބޮޑު އުފަލެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި މަސްވެރިންގެ ގިނަ ޝަކުވާތަކެއް ހުރި ކަން އެ މަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވަ އެވެ. އަދި އެ ދާއިރާ ކުރިއަރުވަން ޖެހޭ ބައިވަރު ކަންކަން އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ވިދާޅުވީ ސަރުކާރުން އެ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު ރާއްޖޭގައި މަސްވެރިކަމުގެ މޫސުމެއް ނޯވޭ. ހާއްސަކޮށް ހުޅަނގުގައި އަބަދު ވެސް މަސް ބާނާ. އެހެން އުޅެފައި އެ އަށް ވުރެ ގިނައިން ބާނާ. އެ އަށް ކޭޓާކުރަން މި ޖެހެނީ. ހަގީގަތުގައި ތިޔަ ވިދާޅުވަނީ މަސްވެރިން ކުރިއަރައިގެން އައި ވަރަށް ސަރުކާރަކުން ނެތް ވޭތުވެދިޔަ ތަނުގައި ކުރިއަށް ގޮސްފައި. މިއީ މި ނުކުންނަ މައްސަލައަކީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މަސްވެރިކަމަކީ ރާއްޖޭގައި ވަކިވަކި ފަރުދުންނަށް އެންމެ ޒަމާންވީ ގޮތެއްގައި ފައިދާ ލިބެމުން އަންނަ މަސައްކަތް ކަމަށާއި އެކަން ކުރިއަރުވަން ސަރުކާރުން މަސައްކަތްކުރާނެ ކަމަށް ވެސް، ސްކޫލު ހޯލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.

ފަސޭހައިން މަސް ކިރުވޭނެ ގޮތް ހަމަޖައްސައިދިނުމަށް މި ސަރަހައްދުގައި މަސް ފެކްޓްރީއެއް އަޅަން ވަނީ ނިންމައިފަ އެވެ. އެކަމަކު، ފެކްޓްރީ އަޅާނެ ތަނެއް ނުނިންމަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މަސްވެރިން މިހާރު ކުރާ ހޭދަ ކުޑަކޮށް، ހުވަދު އަތޮޅުން ރަނގަޅު އަގު ލިބޭނެ ގޮތުގެ ޕްލޭންތަކެއް އެބައޮތް ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޕްރައިވެޓް ސެކްޓަރަށް މަސްވެރިކަން ދޫނުކުރެވި އުޅެނީ ވެސް ހައްލުނުކުރެވި ހުރެ މައްސަލަތައް ހުރުމުން ކަމަށެވެ. މި ވަގުތު ސަރުކާރަށް އޮތް ގޮތަކީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުން ކަމަށާއި އެ އަށް ޕްލޭންތަކެއް ހަދާފައި އެބަހުރި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަންނަ އަހަރު މެދުތެރެއަށް އަންނައިރު އެންމެ ބޮޑެތި ކަންބޮޑުވުންތަކަށް، ހާއްސަކޮށް ހުވަދޫ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެވޭނެކަން،" އެ މަނިކުފާނު ޔަގީންކަން ދެއްވި އެވެ.

15 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލިފުތާ

13 December 2022

މަބުނީ، ވެރިކަން ކުރަން ރައްޔިތުމީހުން 5 އަހަރު ދިނީމަ، އެންމެ ފަހު އަހަރުތޯއޯ ކަންކަން ރަނގަޅުވާނެޔޭ ބުނަން އެނގެނީ، ހަމަ އެހެން ބުނެލާއިރަށް ވޯޓު ވިއްކާ ރައްޔިތުން ތިބޭނެ ހީހީފަ އަތްޖަހަން... 4 އަހަރުން ނުވި ރަނގަޅެއް 5 ވަނަ އަހަރު ވަންޏާ، އޭގެ ކުރިން ކީއްވެބާ ކަންކަން ނުވަނީ، ރީތިކޮށް އެބުނަނީ ދެން އަންނަ ދައުރުވެސް ދޭށޭ އޭރުންނޭ ތިކަންކަން ވާނީ، ހުރިހާ ކަމެެއްވެސް ރުކަށް އެރި މީހާގެ ނަދުރަށް..

The name is already taken The name is available. Register?

ކަސްކަލޯ

12 December 2022

ފެނަކަ ސައީދު ރޭގައި މަސްވެރިންގެ ޖަލްސާގައި ވާހަކަ ދެއްކިމީހުންނަށް ފައިސާދީގެން އޭނައަަށް ސަޕޯރޓްކޮށް ތައުރީފްކޮށް ވާހަކަ ދައްކުވާފައި ސަރުކާރުން ދިޔަ ޓީމަށާއި މިނިސްޓަރުންނަށް އަދި ރައީސަށް ގަސްތުގައި އެއްޗެހި ގޮވަން ބުނީއެވެ. ކޮބާ ސޯލިހް ރީތި ވެއްޖެއެއްނު! ދެން ސައީދު ފައިގައި ދޫލާ! ފައްޔާޒުއަށް ހުވަދޫ ކޮންޓްރޯލް ކުރެވިއްޖެއެއްނު!

The name is already taken The name is available. Register?

ކުރުކޮށް

12 December 2022

ޞަލިޙު ގޮނޑީގެ ބޭނުމުގަ އެއުޅެނީ ރައްޔިތުން ހޭލައި ތިބޭތި

The name is already taken The name is available. Register?

މައިދާ

12 December 2022

ނާގާބިލް ވަޒީރުން، ސިޔާސީ އެކްޓިވިސްޓުން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަށް ހިންގަން ލީމަ ވާނެ ހަތެރެސްކަން ތިޔަ ވަނީ! ޖެނިފާރ ކަހަލަ އެކްޓިވިސްޓުން އަދިވެސް ލާފަ ބަހައްޓާ

The name is already taken The name is available. Register?

ކިރު ސައި

12 December 2022

މަސްވެރިން ތި ބުނާ 'ހެޔޮ' އަގު ނުވަތަ 'ހަމަ' އަގަކީ ކޮބައިތޯ؟ ކިލޮއަކަށް 1000 ރުފިޔާ ހެއްޔެވެ. ވިސްނުމުގެ މައްސަލައެކެވެ. އެއްޗެއްގެ ހަމަ އަގަކީ އެއެއްޗެށް ބޭނުންވާ މިންވަރާއި ފޯރުކޮށްދެވޭ ނުވަތަ ލިބެން ހުންނަ މިންވަރަށް ބަލާ އަބަދުވެސް ބަދަލުވަމުންދާ އެއްޗެކެވެ. މަސްވެރިކަމަކީވެސް ވިޔަފާރިއެކެވެ. ސަރުކާރުން މަސްގަންނަން ޖެހޭނަމަ ގޭގަ ހެދިކާހަދައިގެން ވިއްކާ މީހުންގެ ހެދިކާކޮޅުވެސް ތިޔަބުނާ 'ހަމަ" އަގުގަ ސަރުކާރުން ގަންނަން ޖެހޭނެއެވެ.

The name is already taken The name is available. Register?

ފަރެސްމާތޮޑާ މަސްވެރިޔާ

12 December 2022

ނޭގުނޭ ތިޔަ ވިދާޅުވި ބަހުގެ މާނައެއް،(ދޮހޮއްކޮބެ)،، ޕްލޭނެއްގެ އެންމެ އަސާސީ އެއް ކަމަކީ ލޮކޭޝަން ފައިނަލް ކުރުމެވެ، އެކަން ފައިނަލް ނުކޮށް ފީސިބިލިޓީ ސްޓަޑީ އާއި ލާރި ލިބޭނެ މިންވަރާއި ޚަރަދޫ ހިނގާނޭ މިންވަރެއް އަންދާޒާއެއްވެސް ނުކުރެވޭނެއެވެ، އެހެން ވީ އިރު މަސްފެކްޓްރީ ޕްލޭން ކޮށްފައޭ ބުނުމަކުން ގަބޫލު ކުރަން ވަރަށް ވެސް ދައްޗެވެ، ސޮރީ ރައީސް، އަޅުގަނޑު ހަމަ ގައިމުވެސް ގަބޫލު ނުކުރަން ބަޔަކު ތިޔަކަމާ ޑިސްކަސް ކޮށްފަ ހުރި ކަމަކަށްވެސް،، ވެދުން

The name is already taken The name is available. Register?

ގުއިޓައްޕަންއައްޔައްޕާ

12 December 2022

މަސްވެރިކަންވިއަސް އެހެންކަމެއްވިއަސް ކުރިއަރާނީ އެކަމަށް ބަޔަކު މަސައްކަތްކޮށް އެކަމުގެ ތައުލީމައި ތަމްރީނުލިބި ޑިމާންޑެއް އުފައްދައި މާރކެޓުކޮށް ޒަމާނަށްފެތޭ ވިޔަފާރިއެއް ގާއިމުކުރެވިގެން. މިކަމެއްނުކުރެވޭ. ސަރުކާރުގެ އޮފީސްތަކުގެ ކޭޕީއައި އަކީ އޮފީހަށް ދިއުން. ނިމުނީ. އިހަށް ފެކްޓަރީ، އިންޑަސްޓްރިއަލް ބާއްވާފަ މިހާރުތިބި ހާލަތު، އައިސް ކޮޅެއްނުލިބޭ، ބޮޑެތި މަސްވެރިރަށްރަށު މާރުކޭޓުގަޑެއް، ގުދަންގަޑެއް ނެތް. ބާނާމަހެއްނުކިރޭ.

The name is already taken The name is available. Register?

އިރުއޮއްސުން

12 December 2022

ފެކްޓަރީ އަޅައިދެނީ ދަން ދެބައިވީމައި ހެއްޔެވެ؟ ފާއިތުވި ހަތަރު އަހަރުގައި މަނިކުފާނު އޮންނެވީ ގަދަ ނިދީގައި ތޯއެވެ؟ މުޅި ގައުމު ދަވާފައި ތިބި ބަޔަކު ފަހަތަށް ލައިގެން ވެރިކަން ގެއްލިދާނެތީ ކޮންމެފަދަ ވިޔާނުދާ ކަމެއްވެސް ކޮށްފާނެ ހާލަތަށް ރައީސް ތިޔަހަރީ ގޮސްފައެވެ. ދެން އިތުރަށް ހެދޭނެ ގޯހެއްނެތެވެ. ނަހަދާ ގޯހެއްވެސް ނެތެވެ. ސައީދުއާއި ދެންވެސް ހުރިނަމަ ހުރި ވިޔާނުދާ މީހަކު ލައިގެން މަގުމައްޗަށް ގިނަވެގެން އުޅެލާށެވެ.

The name is already taken The name is available. Register?

ސުމަން މިއާ

11 December 2022

އައިސްޕްލާންޓް ފެނަކައިން ހަވާލުވިޔަސް އިންސްޓޯލްމަންޓަށް ފެނަކައިން އައިސް ދިނުމަކީ ކުރިންއެކަން އެގޮތަށް ކުރަމުންއައިނަމަ އޮންނަން ޖެހޭނެ ގޮތެވެ. ނަމަވެސް އާދޭސްދަންނަވައިގެން ނުވަތަ ފެނަކައަށް ޝަކުވާހުށަހަޅައި ސައީދު ހާދަ ހެޔޮފުޅޭ ބުނާނެފަދަގޮތަކަށް ކަންކަން ރާވާފައި ގޮސް ހުރެ މިފަދަ ޖަވާބުދެނީ މަމޮޅުވާން ކަމަށްތޯއެވެ؟

The name is already taken The name is available. Register?

ޖުޖު

11 December 2022

ބުނޭ ރަށު އޮފީހަށް މަސްއަޅަން. އެމްޑީޕީ ފަލްސަފާ އެއްނުން އެއީ. ހުރިހާ ކަމެއް ހައްލުވާނެ އޭރުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454