ޓްރީ ޓޮޕް ހޮސްޕިޓަލް.---ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
13 ޑިސެމްބަރ 2022 - 14:03
އައިވީއެފް ހެދުމާ ގުޅޭ ފައިނަލް ގައިޑްލައިންގައި ހުރި ކަންކަން ނިންމައި ހުށަހެޅުމުން އެ ހިދުމަތް ފެށުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ހުއްދަ ދޭނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖޭގައި އައިވީއެފް ފެށުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ މި އަހަރުގެ ކުރީކޮޅު ސަރުކާރުގެ ހުއްދައަށް އެދިފަ އެވެ. އެކަމަށް ހާއްސަ ކޮށްގެން އައިވީއެފް ސެންޓަރެއް ރާއްޖޭގެ އެންމެ މަތީ ފެންވަރުގެ އެ ހޮސްޕިޓަލްގައި ހެދުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އައިވީއެފް ހިދުމަތް ދިނުމުގެ ފައިނަލް ގައިޑްލައިން އެ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. ގައިޑްލައިނާ އެއްގޮތަށް ސްޓޭންޑަޑް ކަނޑައަޅައި ފޮނުވުމުން ހުއްދަ ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގުދުރަތީ ގޮތުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ ނަމަ އެކަމަށް ދެން އޮތް ފަރުވާއަކީ އައިޔޫއައި އަދި އައިވީއެފް މެދުވެރިކޮށް ދަރިން ހޯދުމެވެ. އޭގެ ތެރެއިން ރާއްޖޭގައި މި ވަގުތު ލިބެނީ އައިޔޫއައި ފަރުވާ އެކަންޏެވެ.
އައިވީއެފް ހެދުމަށް ބޮޑު ހަރަދެއް ކޮށްގެން މިހާރު ފަރުވާ ހޯދަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. އެ ކަމަށް ގިނަ ވަގުތު ހޭދަވެ އެވެ. އެހެންވެ، މި ފަރުވާ ރާއްޖޭގައި ފެށުމަށް ގިނަ ބަޔަކު އެދެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލުން ވެސް ބުނީ ގައިޑްލައިންގައި ހުރި އުސޫލުތައް ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، އެ ހިދުމަތް ފެށޭނެ ދުވަހެއް އަދި ނޭނގެ އެވެ.
އައިވީއެފް ފެށުމަށް ޓްރީޓޮޕް ހޮސްޕިޓަލުން ވަނީ އެ ތަނުގެ ޑޮކްޓަރުންނާއި މުވައްޒަފުން ރާއްޖެއިން ބޭރުން ތަމްރީނު ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ބިންތި ރަމީޒް ބިންތި އެންމެ ގަމާރު
13 December 2022
ފޮތުގަ އޮވޭތަ؟ ސެލަޑް ގްރޫޕް ކީކޭތަ ބުނަނީ؟ ނޫނީ މިއީ ތުންފިއްތައިގެން ހުންނަންވި ވަގުތުތަ؟
ޚޮންކަަ
13 December 2022
އައްދެ ރާއްޖޭން 4 ގުނަ އަގު ބޮޑުވާނެ ތިޔަ ކަންކަން. މުއްސަދި މިހާ އަށްނޫނީ މިރާއްޖެއިން ތިޔަ ކަމެއް ނުވާނެ. އަވެއްތެރި އިންޑިޔާއިން އަގު ވެސް ރަގަޅުވާނެ
ށަވިޔަނި
13 December 2022
ޚަރަދު ކުޑަވާނެކަމަކަށް ނުބެލެވޭ.