14 ޑިސެމްބަރ 2022 - 10:23
ހދ. ނޮޅިވަރަމްއި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަބޫބަކުރު ފައިސަލް 32، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
އޭނާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ނުރައްކާތެރި ކަމެއް ހިނގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.
އާދަމް ޝަރީފު ވިދާޅުވިގޮތުގައި، ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ އަށް އަޅާފައެއް ނުވެ އެވެ. އޭގެ ސަބަބުން ފުލުހުންގެ އިތުބާރު ވެސް ކުޑަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ މަރާލާފައިވާ އާއިލާ އަށް އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.
ފައިސަލް ދަންޖެހެން އުޅުން މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އޭނާ އެކަން ކުރީ ކިހިނެއް ކަމެއް އަދި ސަލާމަތްކުރީ ކިހާ އިރެއް ފަހުން ކަމެއް ވެސް ނުބުނެ އެވެ.
ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށެވެ. އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުކައްކާ ދަތްދޮޅިއާދަނު.
14 December 2022
ދެބޯގެރިދުއްވަނީ.
ހފދ
14 December 2022
ސާބަހޭ ގާތިލުންގެ ދިފާއުގައި.
2023
14 December 2022
ރަގަޅުކަމަކަށް ވާ ކަހަލަ ކަމެއް ތިތަނުން ވެސް ބެލޭތޯ ބަލަންވެއްޖެ އެއްނު. ސަޅި ވާނެ އޭޑީކޭއިން އަގުތައް ބޮޑުކުރުމާއި ގުޅުން ހުރި ކަންކަން ބެލުންވެސް. މީ ހުރިހާ ރައްޔިތުންނާވެސް ގުޅުން ހުރި ކަންކަން، ވަކިވަކި ފަރުދުންގެ ކަންކަމާ ނޫޅެ މިކަހަލަ ކަމަކާ އުޅެބަލަ. އޭޑީކޭ ހޮސްޕިޓަލް ހުރި ބިން ކުއްޔަށް ދީފަ ހުރި އަގުވެސް ރައްޔިތުންނަށް އިގެންޖެހޭ އެނބަ. އަނެއްކާ ބަރާބަރަށް ކުލި ދައްކާތަ؟
ހަސަންދީ
14 December 2022
މުއައްސަސާތައް ފެއިލުވީތޯ، މިފަދަ ކަންކަން ބަލަން ތިބި އިދާރާތަކެއް ތިއްބާ މަޖިލިހުން ތިކަން ބަލަންޖެހެނީ
ައާންތު
14 December 2022
ސާބަހޭ އާދަން ޝަރީފް އަދިވެސް ބަލަންވީ ފައިޞަލު ދަންޖެހެންއުޅުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯދޯ ކޮބާތޯ ކޮބާތޯ އަނިޔާގެ ސަބަބުން މަރުވިމީހާ އެކަމާ ނޫޅޭތި ކޮންމެ ކަމެއް ސިޔާސީ ކޮށް ޤައުމުގައި ފިތުނަ ފަސާދަ އުފެއްދޭތޯ ބަލާ ދޭބަލަ ހދ.ނޮޅިވަރަމަށް ގޮސް އެ ތުއްތު 3 ކުދިންނާއި އާއިލާ އުޅޭ ޙާލުބަލާލަން އަބަދުވެސް ކުއްކުރާމީހުންގެ ޙައްޤުތައް ކަށަވަރު ވޭތޯ އުޅޭ އަނިޔާ ލިބުނުމީހުން މަރުވެދާމީހުން އެމީހުންގެ އާއިލާތަކުގެ ޙާލަތާއި މެދު ވިސްނާނެކަމެއްނެތް
ގިރުދާސް
14 December 2022
އާދަނު ސްކޫލެއްގެ ހެޑް މާސްޓަރަކަށް ހުއްޓަ ރައްޔިތުން ނުކުމެ އާދަނު ރަށުން ބޭލިކަމަށް ރަށުތެރޭގަ އެބަ ކިޔާ އެއީ ތެދެއްވިއްޔާ އެކަމުގަ ދަރިވަރު ސޮރުގެ އިހުމާލެއް އޮތްތޯ ބަލަން ހުށައަޅާ ބަލަ. އެކަމު ބުނަން ޕީޕީއެމަކު ނެތް އާދަނުހާ ރަޢީސަކާ ވައްތަރު މީހެއް. އެކަމާ އުޅެލަބަލަ. މައްސަލަ އެއޮށް ނިމެނީނުން
ގަހަރުލާދާ
14 December 2022
ބަލަން ޖެހެނީކީ ހަމައެކަނި އިހުމާލުގެ އޭންގަލްއަކުން ނޫން. ގައުމުތަކުގަ ފުލުހުންގެ ތަހުގީގުގަ އަނިޔާކުރަމުންކުރަމުން ގޮސް މަރުވީމަ ވެސް އެބަހުރޭ ދަންޖައްސާފަ، މަރުވީ ދަންޖެހިގެން ކަމަށް ހަދާފަ. މިކަމުގައި ވެސް މީނާ ހަމަ ދަންޖެހުނީތޯ ނުވަތަ ތަހުގީގަށް އެއްބާރުލުން ނުދިނުމުން ނުވަތަ ހަސަދައެއް ފިލުވާލުމަށް އަނިޔާތަކެއްކޮށް އެކަން މަތިޖަހަން ދަން ޖެހުނީކަމަށް ދައްކަނީތޯ ވެސް ބަލަން ޖެހޭ. ފުލުހުންނަކީ މަތިން ފައިބާ ތިބި ބައެއް ނޫން ވަކި.
ޡައިކް
14 December 2022
ބަލާނެކަމެއް ނެތް.. މީހަކުު މެރި މީހެއް މަރުވެގެން އެކަމާ ހިިތާމަކޮށް ރޯނެ ބަޔަކު ނެތްް..އެ ހެޔޮ އިހުމާލަކުން ވިޔަސް
ޅަފަތުގެލޯބި
14 December 2022
3 ކުދިންގެ މަންމަ މެރިމީހާގެ ދިފާއުގަ ޕީޕީއެމް ކުދިން.
ހަސަނު
14 December 2022
ކުރިމަތިވާ ކޮންމެ މައްސަލައަކީ މަޖުލީހުން ބަލަނ ްޖެހޭ ކަންކަމެއްނޫން.. ހައްޔަރުގ ަހުރި މީހަކު މަރުވެއްޖެނަމަ އެކަނ ްބަލާނެ މުއައްސަސާތައް ހުރޭ.. އެތަންތަނުން ކަންކަން ނުވެގެން މަޖުލީހާ ހަމައަށް ދާންވާނީ...